ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހަށް ރައްޔިތުން ރައްކާތެރި ކުރަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުރަމުން އަންނަ މަސައްކަތަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ޖެއްސުންކޮށް، ދަތި ކުރާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލުފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފް މިއަދު ވިދާޅުވެއްޖެއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން، ރާއްޖެ އަށް ކާޑުގެ ދަތިކަން ފޯރަފާނެތީ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އަފީފް ވިދާޅުވީ ކޮރޯނާ ވައިރަހާ ގުޅިގެން ސަރުކާރުން ވަމުން އަންނަ ތައްޔާރީތަކަށް ދިމާވެފައިވާ ހަމައެކަނި ދައްޗަކީ އަމީން ކަމަށެވެ.

އަފީފް އެގޮތަށް ވިދާޅުވި އިރު، ހެލްތު މިނިސްޓަރު އަމީން ވަޒީރު ކަމަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.

އަފީފްގެ ވާހަކައިގައި ބޮޑަށް ދިފާއު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާއި އެސްޓީއޯއެވެ. އަފީފް ވިދާޅުވި ގޮތުގައި ޗައިނާ އިން ވައިރަސް ފެނުނު ހިސާބުން ފެށިގެން ރާއްޖެ އިން ސަލާމަތީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކަމާ އެކީގައި ވަނީ އަޅައިފައެވެ.

"އެއާޕޯޓް އެރައިވަލްގައި މި ސަރަހައްދުން ވެސް އެންމެ ފުރިހަމައަށް ކެމެރާ ހަރު ކޮށްގެން ތައްޔާރަށް ތިބި ގައުމަކީ މި ރާއްޖެ، އަވަށްޓެރި ސްރީލަންކާގައި ވެސް ހުރީ ދެ ކެމެރާ، މި ރާއްޖޭގައި އެބަ ގެންގުޅޭ 10 ކެމެރާ. ބޮޑެތި ކެމެރާތަކުގެ ހަ ކެމެރާ ވަނީ ހަރުކޮށްފައި،" ރައްޔިތުންގެ މަޖިލިހުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ތެރެއިން އެންމެ ގިނަ ދުވަސްތަކެއް ވަންދެން މެމްބަރުކަން ކުރެއްވި މަދު މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ރާއްޖޭގައި ކާބޯތަކެތި އެބަހުރި ކަމަށާއި އެކަމުގެ އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށެވެ.

އެގޮތުން 58،000 ޓަނުގެ ހަނޑުލާއި 25،000 ޓަނަށް ވުރެ ގިނަ ހަކުރާއި 43،000 ޓަނަށްވުރެ ގިނަ ފުށް ހަމައެކަނި އެސްޓީއޯގައި ރައްކާކޮށްފައި ހުރި ކަމަށް އަފީފް ވިދާޅުވިއެވެ. އަދި އަންނަން ހުރި ޝިޕްމަންޓްތަކުގެ ތެރޭގައި 25،000 ޓަނުގެ ހަނޑުލާއި 20،000 ޓަނުގެ ހަކުރު ދެ ޝިޕްމަންޓާއި 10،000 ޓަނާއި 20،000 ޓަނުގެ ފުށް ހިމެނޭ ކަމަށް އަފީފް ވިދާޅުވިއެވެ.

އެސްޓީއޯ އާއި ސަރުކާރަށް ތައުރީފް ކުރެއްވުމަށް ފަހު އަފީފް ދެން ވިދާޅުވީ ސަރުކާރުން ވަމުންދާ ތައްޔާރީގައި ދަތި ކަމެއް އަންނަނީ ހަމައެކަނި ހެލްތު މިނިސްޓްރީން އަންނަ ދަތި ކަމެއް ކަމަށެވެ. އެއީ ޖޭޕީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރު ކަމަށް ވަޑައިގެން ހުންނެވި އަމީން ސަރުކާރަށް ޖެއްސުން ކުރަމުން ދާތީ ދިމާވާ ދަތި ކަމެއް ކަމަށް ވިދާޅުވިއެވެ.

"މި ކަމަށް އަންނަ ހަމައެކަނި ދައްޗަކީ ހެލްތު މިނިސްޓްރީން އަންނަ ދަައްޗެއް، އެއީ ޖުމްހޫރީ ޕާޓީގެ ވަޒީރަކު އެ ތަނުގައި އިންނަވާތީ ޖެއްސުން ކުރަނީ،" އަފީފް ވިދާޅުވިއެވެ.

އަފީފް ވަނީ ހެލްތު މިނިސްޓްރީން ކުރަމުން އަންނަ ކަންކަން ގާތުން ބައްލަވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި މިނިސްޓަރު އަމަލު ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވާ ގޮތަށް ކަން ސާފުވާން ޖެހޭ ކަމަށް އަފީފް ވިދާޅުވިއެވެ.

"މިއަދު ވެސް އެސްޓީއޯ އިން ފޭސް މާސްކްތައް ގެންނަން ވެގެން ހެލްތު މިނިސްޓްރީން ކޮންފާމް ނުލިބިގެން އެތަކެތި ނުގެނެވިގެން މި އުޅެނީ، އެހެންވީމަ އެސްޓީއޯ ވެސް، ސަރުކާރު ވެސް، މި ތިބީ މި ކަމަށް ތައްޔާރުވެގެން،" އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވި ގޮތުގައި މިހާރު ވެސް އެސްޓީއޯ އިން ފޭސް މާސްކްތަކާއި ބޭސްތަކާ އެއްޗެހި ވަނީ ރާއްޖެ އަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާބޭރު

    މަސްފަލަ ގޮލަޔަކު އަމީނާއި ޖައްސާލީ ދޯ...!، އެމް.ޑީ.ޕީ މީހުންނޫން ބަޔަކަށް ދުވަސް ކޮޅެއްފަހުން މިރާއްޖޭގައިވެސް ނުތިބެވޭވަރު ކުރާނެ އެހާ އޯގާތެރިބައެއްތީ

    55
    1
  2. ޓްރަމްޕަޓް

    އަފީފުގެ ކުންފުންޏަށް އެމްބިއުލެންސް ގެންނަން ނުދީ އެސްޓީއޯއަށް ދިނީމަ ރުޅިގަދަވެގެން އަމީނުޖެއްސުން ކުރަނީ އޭތިގޮވަނީ؟

    16
  3. ޟަމީރު

    އެ ދައްޗަކީ ކަލެއާއި އައްޑޫ ޖީވަން ހިންގާ ކުންފުނިން ބޭސް ގަންނަވަރު މަދުވެގެން ކަލޭމެން ދެވަގުންނަށްވާ ދައްޗެއް. މިހާރުވެސް އެތައް ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން ލާރިގަނޑު ކަޅާކޮށްގެން ތިޔަ ތިބީ. އިތުރަށް ނުކެވިގެން އަދިވެސް ތިޔަ ތެޅެނީ. ދައުލަތް ދަރާފަ އޮންނައިރުވެސް.

    17
  4. ފަރަގު

    ވެދާނެ ރަނގަޅުވާހަކައަކަށް އެހެން ވިދާޅުވާންޖެހޭ. އެއީ އަފީފަކީ ރާއްޖެއަށް ޑޮކްޓަރީ ބޭސް އެތެރެކުރާ ކުންފުންޏެއްގެ ހިއްސާދާރެއް ކަމަށް މީހުން ކިޔާއުޅޭ. އަދި އެކުންފުނިން އެތެރެކުރާ ގިނަ ބޭސްތައް ނަގަނީ އެސްޓީއޯ އަށް ކަމަށްވެސް ކިޔާ އުޅޭ. އެހެންވީމާ އަމީނު ދަތިކޮށްފާނެކަމަށް ބެލެވޭ.

    10
    1
  5. އާމިނަ

    އަމީނަށް ވަރެ ރަނގަޅަށް މަސައްކަތް ކުރާ މީހަކު މިސަރުކާރުގައި ވެސް ނެތް.
    ފާޑުފާޑުގެ ވާހަކަ ނުދައްކާ. ކިތައް ރަށަށް ކިތައް އެމްބިއުލާންސް ހޯދައިފިތަ. ރ. ޔާމީން ފައްޓަވައިދެއްވައިފއިވާ ހުރިހާ ރަށަކަށް އެމްބިއުލެންސް ހޯއްދަވާ ދެއްވާ ލެބޯޓަރީ ތައްވެސް ހުޅުވައި ދެއްވައިފި.ރައްޔިތުންނަށް ވ. ސާފް ޤާބިލް މީހުން ނާއި ނާޤާބިލް މީހުން. ޝުކުރިއްޔާ. އާމީން

    13
    1
  6. ބްރޯ

    އަފީފް މަގިނަ ވަހަކަ ނުދައްކަ . ނަސީދު ވެރިކަމަށް އައިސްފަ އެއްޓީއޯ ގެ ބޭސް އަފީފަށް ހިބައިނަދިނަހަނދާން އަދިވެސް އަހރެން އެބަހުރި މިހާރު އަމީނުގެ މައްސަލަޔަކީ ބޭސް ހިބައިން ނުދިނުނަތަ؟

    10
  7. ނާސިރު

    ލަދުކުޑަ މީހެއްމީ. ކިޔޭނުކިޔޭވެސް ނޭނގޭ

    13