ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ އަމީން ގެންދަވަނީ ސަރުކާރަށް ޖެއްސުން ކުރައްވަމުން ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިން ކޮރޯނާއަށް ސްކްރީން ކުރެވޭނެ ނިޒާމެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްފައި ނެތް ކަމަށް ބުނެ، އެކަން ބަލައި މަސްއޫލިއްޔަތު ނަގަން ޖެހޭ ފަރާތްތަަކަށް ފިޔަވަޅު އަޅަން ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ކުއްލި މައްސަލަ އާއި ގުޅިގެން މިއަދުގެ މަޖިލިސް ޖަލްސާގައި އަފީފް ވިދާޅުވީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ރަނގަޅުކަމަށް ޤަބޫލުުރައްވާ ކަމަށެވެ.

އެހެންނަމަވެސް މި ސަރުކާރުގެ މިނިސްޓަރެއް ވިޔަސް ކަމެއް ގޯސްކޮށް ކުރާ ނަމަ އެ ވާހަކަދައްކަން ޖެހޭނެ ކަމަށް އަފީފް ވިދާޅުވިއެވެ. ރާއްޖެއަށް ތާމަލް ކެމެރާ ގެނައުން ލަސްކުރަން މިނިސްޓަރ އަމީން މަސައްކަތް ކުރެއްވި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"އެހެންވީމައި މިއީ ރައްޔިތުންނަށް އެނގެން ޖެހޭ ކަމެއް. އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑަށް އެކަންތައް އެނގޭތީވެ. އަޅުގަނޑުމެންގެ ތެރޭގައި ތިބެގެން މި ސަރުކާރަށް ޖެއްސުން ކުރާ މީހެއް އޭނާ އަކީ. ހަމަ އަޅުގަނޑު ކަނޑައެޅިގެން ދަންނަވަނީ ޖެއްސުން ކުރާ މީހެކޭ އޭނާ އަކީ. އަޅުގަނޑުމެން އެބަ ޖެހޭ މީނާ އާއި ދޭތެރެ ވިސްނަން." އަފީފް ވިދާޅުވިއެވެ.

ކޮވިޑް 19 ދިވެހިންގެ ތެރޭގައި ފެތުރިޔަ ނުދިނުމަށްޓަކާ، އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަން އަފީފް ފާހަގަކުރެއްވިއެވެ.

ހެލްތު މިނިސްޓަރު އަމީން ޖެއްސުންކޮށް ދަތި އެބަ ކުރޭ: އަފީފް

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ފަތުރުވެރިން އެންމެ ގިނަ އިން އަންނަ ގައުމުތަކުން ފަތުރުވެރިން އައުން ކުއްލިއަކަށް މަނާ ކުރުމަކީ މި ސިނާއަތަށް ބިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތިބި ވިޔަފާރިވެރިންގެ ވިޔަފާރިތައް ފނުޑުފުނޑުވެގެން ދާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ހިތާމަ

    އަފީފުގެ ކުންފުންޏަށް ނުދީގެން އެކަމާ ރުޅިއައިސްގެން އެކަލޭގެ ރަތަށްއެރީ. އެލާޓް ރަތަށް. ހާދަ ޒާތީ މީހެކޭދޯ މީނައަކީ. އެންމެންގެ ސަމާލުކަމަށް ދަންނަވަން. އެއުޅެނީ އަފީފު ބޭސް އެތެރެކުރާ ކުންފުންޏަށް ކެމެރާ ގެންނަން ނުދީގެން

    40
  2. ެައަހަންމަދު

    ތިވާނީ އަފީފުގެ މެޑިކަލް ކުންފުންޏަށް ތިތާމަލް ގެންނަން ނުދިނީމާ އޭގެ ރުޅިގަނޑު ފިލުވާލީކަމަށް

    38
  3. އަދާލަތު

    ޤައުމުގެ މާލިއްޔަތަށްވާ ކޮންމެ ގެއްލުމެއްގެ ޙިއްޞާދާރެއް، ކޮންމެ ރައްޔިތަކީވެސް. މާލީގޮތުން ލިބެމުންދާ ގެއްލުމަށް ހިތާމަކުރަން.
    އެކަމަކު، ޤައުމުގެ ތަރިކަޔަކީ، އެ ޤައުމުގެ ރައްޔިތުން ކަމުގައި ވީހިނދު، މާލީ ގެއްލުމެއްކޮށްފައިވެސް ރައްޔިތުންގެ ސަލާމަތާއި، ރައްކައުތެރިކަން އިސްކުރަންޖެހޭ. "ކޮވިޑް" ރޯގާޔަކީ، ޤުދުރަތީ އިމްތިޙާނެއް.
    ސަލާމަތްވެވޭތޯ؟ މާތްﷲގެ ޙަޟުރަތުގައި ދުޢާ ދެންނެވުމަށްވުރެ ފައިދާބޮޑު ބޭހެއްނޯންނާނެ.
    ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ އެއްބައިބޭފުޅުން ދުޢާ ކުރައްވަނީ ރޯގާ ނައިސްގެންކަން ސާފުކޮށް، ލައިވްކޮށް އެނގޭ. ޖުމްލަ ރައްޔިތުން ރޮއެ ﷲގެ ޙަޟުރަތަށް ދުޢާ ދަންނަވަނީ، މިކަހަލަ މުޞީބާތެއް ނުފޮނުއްވެވުމަށް.
    އަދިވެސް ބައެއްބޭފުޅުން، ﷲއާއި، ރަސޫލާޔަށް، ކުރައްވަނީ މަލާމާތް.
    ހައްދަވައި ގެންގުޅުއްވާ އިލާހު. މި ދިވެހި ޤައުމު ކްރޯނާ ވަޔަރެސްފަދަ އެއްމެހައި ބަލާޔާއި މުޞީބާތްތަކުން، ދާއިމަށް ސަލާމަތްކޮށްދެއްވައި، ދުޅަހެޔޮ އަމާން މުސްލިމް ޤައުމެއްގެގޮތުގައި، ތާ އަބަދަށް ލައްވަވާށި. އާމީން

    13
  4. މާބޭރު

    މީނަ މިއުޅެނީ ހެލްތު މިނިސްޓަރުކަން ބޭނުންވެގެންހެން ހާދައެބަހީވެއޭ، ކަލޯ ނެއްޓެން ނޭގިގެން ތިއުޅެނީ އަމީނުމެން މަސައްކަތުން ގެނައި ސަރުކާރެއްމީ އެގޭތަ، ކަލެއަށްވުރެ މާބުރަކޮށް އެމީހުން މަސައްކަތްކުރި

    30
    3
  5. ޢުސްމާނުބެ

    ޥެރިޔަކަށް ހުރި މީހާ އެހެރީ ދެދޮރު ދޭތެރޭ ތާށިވެފައި، ދެންކިހިނެއް ފިޔަވަޅު އަޅާނީ، އަތްވަޅުވެސް އެޅޭކަށް ނެތް! ގާބިލު މީހުން މިގައުމުގައި ނެތިގެންތޯ މިއުޅެނީ؟

    24
  6. ކިންގފިޝަރ

    މޑޕ އިން އަމީން ބޭރުކޮށްލަން ހިފާފައި ހުރިކަމުގެ ހެއްކެއް.

    25
  7. Anonymous

    ރަސޫލާ ޞ. ފުރައްސާރަކުރުން ދީނުގެ އަޞްލުތަކަށް އިންކާރުކުރުން ދީނާ ދެކޮޅު ވޯކްޝޮޕް ހިންގުން އެޖެންޑާ ނުކުރެވެ.

    25
  8. 19 ނަވާރަ

    ތޮއްޑޫ އައްޔައަށް ކިޔައެއްޗެއް ކިޔާބަލަ. ނުނީ ރައީސް މީހާއަށް ކިޔަބަލަ. ކަލެއަކަށް ނުއެގޭތަ ކޮރޯނާ މިގައުމަށް އައީމާ އައްޔަ ﷲ ޝުކުރު ކުރިކަމެއް.

    21
  9. ނާޒުކު

    ކޮވިޑް19 ގައުމުތަކަށް ޒިޔާރަތް ކުރާއިރު ގެންގުޅެމުންދަނީ ވަގު ޕާސްޕޯޓެއް. އެއްވެސް ގައުމަކުން އޭނާ ނުހިފެއްޓޭ. އޭނާ ވަގަށް އެގައުމަކަށް އެތެރެވެވިއްޖެނަމަ އެ ގައުމެއް ދުނިޔޭގެ ސަމާލުކަމަށް ގެނޭ. އެހެންކަމުން ގައުމުގެ އިސްވެރިން ތިބެނީ އޭނަޔަށް އިންތިޒާރުގަ. އެހެންކަމުން އިމިގްރޭޝަނުންވެސް އޭނަގެ ޕާސްޕޯޓް ޗެކް ކުރުމަށް މާބޮޑު ސަމާލުކަމެއް ނުދޭ. ދުނިޔޭގެ މަސްހޫރުކަން ލިބޭތީ އެކަމަށް ﷲ އަށް ޝުކުރުކުރަމުން އެބަދޭ ބައެއް ފަރާތްތައް،

    18
  10. ށަކި

    ދެން ކީއްވެ ވަކިކުރަން ނުކެރިގެން ތިޔައުޅެނީ؟؟؟

    17
  11. މަދިހާ

    މީ ދެއްކާކުތަ އަމީނޭ ކިޔާގެން ވާހަކަ ދައްކަން އުޑެއްބުޑެއްވެސް ނުދައްނަ ޖާހިލެއްމީ

    19
    2
  12. ބިންޓޭ

    އެމްޑީޕީގެ ބައެއް މެމްބަރުން މަޖިލީހުގައި ކުރެވޭ ބަހުސް މަރުހަލާގައި ސަރުކާރުގެ ވުޒާރާތައް ހިންގެވުމަށް ތިއްބެވި ކޯލިޝަން ގައި ހިމެނޭ އެހެން ޕާޓީ ތަކަށް ނިސްބަތްވާ ވަޒީރުންނާއި ދިމާކޮށް އެމީހުންގެ ޝަޙްސު ކަތިލަމުން ގެންދަނީ ވަރަށް ހީލަތްތެރި ރޭވުމެއްގެ ދަށުން. މީ ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން ހިންގާ ވަރަށް މަކަރުވެރި ސިލްސިލާއެއް. ރައީސް ނަޝީދު ވަނީ އެމްޑީޕީ އަަށް ހައްގު މިންވަރު ނުލިބިގެން އުޅެނީ ކޯލިޝަންގެ ސަބަބުން ކަމަށް ވިދާޅުވެފައި. އެއިގެ ފަހުން އެމްޑީޕީގެ ނަޝީދު ވިންގުގައި ހިމެނޭ މެމްބަރު ދޮންބިލަތް ވަނީ ކައުންސިލް އިންތިޚާބަށްފަހު ކޯލިޝަންގެ މޫނު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައި. ނަޝިދާއި އައުވާނުންގެ މި ހީލަތްތެރި ރޭވުމުގެ ސިލްސިލާގެ ދަށުން ޖެންޑާ މިނިސްޓަރަކަށް ހުންނެވި އަދާލަތު ޕާޓީގެ ޝިދާތާ އާއި ދިމާކޮށް އިސްތިއުފާ ދޭން މަޖުބޫރު ކުރުވީ ޝިދާތާގެ ވަޒީރުކަމުގެ ދުވަސްވަރާއި އެއްވެސް ގުޅުމެއް ނެތް ކަމަކާއި ގުޅުވައިގެން. ބޭނުމަކަށްވީ ނަޝީދުއާއި އައުވާނުން ބޭނުންވީ ބޭފުޅަކު ޖެންޑާ މިނިސްޓަރަކަށް އައްޔަން ކުރުން. އާޚިރުގައި ނަޝީދު އާއި އައުވާނުން ބޭނުންވި ބޭފުޅަކު ޖެންޑާ މިނިސްޓަރުކަމަށް ރައީސް ސޯލިހު އައްޔަން ނުކުރެވުމުން ނަޝީދުގެ މިބައިގަނޑު ޝިދާތާ އަރިހުގައި އިސްތިއުފާ ނުދިނުމަށް އެދި އާދޭސް ކުރި. އެކަމަކު ޝިދާތާ އިސްކުރެއްވީ އޭނާ އާއި އަދާލތު ޕާޓީގެ ޕްރިންސިޕްލްސް. ޝިދާތާ ދެއްވީ އިސްތިއުފާ. ގޮވީ މިބައިގަނޑުގެ އަތަށް. ދެން މިހާރު ދިމާ މިކުރަނީ ޖޭޕީގެ ސްލޮޓުގައި ހުންނެވި ހެލްތް މިނިސްޓާރ އަބްދުﷲ އަމީން އާއި. ބޭނުމަކީ އަފީފު ގެ ޕަޕެޓެއް ހެލްތް މިނިސްޓްރުގެ މަޤާމަށް އައްޔަން ކުރުން. ސަބަބަކީ އަފީފު އާއި އެލައިޑުގެ ޗެއާރމަން ކަމުން ދާދި ފަހުން އިސްތުފާދެއްވި ހިޔަލީ ރަޝީދު އާއި ދެބޭފުޅުން ހިއްސާވާ ކުންފުންޏަކީ އައިޖީ އެމްއެޗް އަށް ބޭނުންވާ ހުރިހައި މެޑިކަލް އިކްއިޕްމެންޓް އަދި ސްޕެއާރސް އަކާއި ކޮންސިއުމަބަލްސް(ކެމިކަލްސް، ސިރިންޖް، ބެންޑޭޖް، އެކްސްރޭ ނެގަޓިވްއިން ފެށިގެން ނަން ހުސްކޮށް....) ސަޕްލައިކުރާ ފަރާތް. މީ މާގިނަ ބަޔަކަށް ފަހަރެއްގައި ނޭންގި އޮވެދާނެ ހަޤީޤަތެއް. ލަފާ ކުރެވޭ ގޮތުގައި އަފީފަށް އަމީން ކަމުނުގޮސްގެން މިއުޅެނީ ރައީސް ސޯލިހުގެ ކޮރަޕްޝަނަށް އޮތް ޒީރޯ ޓޮލަރަންސްގެ ސިޔާސަތުގެ ހުދުވަލުގައި އަމީނު މާބާރަށް ހިފަހައްޓަވައިގެން ހުންނަވާ ހުންނެވުން. އަފީފު ގެ މިވާހަކައިން ހާމަވެގެން މިދަނީ އަމީނުގެ ނާޤާބިލުކަމެއް ނޫން. މިއިން ހާމަވެގެން މިދަނީ އަފީފުގެ ދަހިވެތިކަން އަދި ކޮރަޕްޝަނަށް އަފީފު ފެންބޮވައިގަނެފައި ހުރި މިންވަރު. ބަލަންތިބި ބަޔަކަށް މިކުޅިގަނޑު ވަރަށް ސާފުކޮށް ފެންނާނެ! ވަރަށް ސަލާމް!

  13. އާދަންބެ

    އަފިފޫ މޮޔަނުވެބަލަ. އަފީފު ހީކުރީ މިސަރުކާރުގަ ބިޑަށް ނުލާ އަފީފާއި ޙިޔަލީގެ ކުންފުންޏަށް ސަރުކާރުން ބޭނުންވާ މެޑިކަލްސް ގެންނަން ލިބޭނެކަމަށް. އެކަމަށް ރޭވި ރޭވުން ކާމިޔާބު ނުވީ އަމިއްލަ އެދުމެއް ނެތް އަމީނު މިނިސްޓަރުކަމަށް ހުރީމަ. އަމީނު އާއި ޖައްސާލައިގެން އަފީފު އެއުޅެނީ އެހެންވެގެން. ސަރުކާރަށް ޖެއްސުންކުރަނީއޭ ފަޅޮލޭ އެކިޔަނީ ތިމާގެ ފައިކޭޓަށް ބޮޑުވާގޮތަށް ވިޔަފާރި ނުލިބިގެން.

    17
    1
  14. ދޮންކަމަނަ

    އަފީފު އަޑަށް ބާރުލާފަ ވަކި މީހަކު ބޮލުގަ ޒިންމާ އަޅުވާނެކަމެއްނެތް މި ޤައުމަށް ކޮރޯނާވައިސް ވަދެފައިވަނީ އެމްޑިޕީ ސަރުކާރުން ގަސްތުގަ ވައިރަސް ވައްދައިގެން މި ޤައުމަށް ކޮރޯނާ ވައިރަސް އެތެރެކޮށްގެން އެމްޑީޕީން އެކަމުގެ ނާޖާއިޒު ފައިދާ ނަގަންބޭނުންވަނީ ސަރުކާރުން ގަސްދުތަ މިޤައުމަށް ކޮރޯނާ ވައިރަސް ވެއްދިކަން އެނގޭ ސަބަބަކީ ދުނިޔޭގައި އެންމެ ހަލުއިކަމާއެކު ފެތުރެމުންދާ މި ވައިރަސް އެންމެ ބޮޑަށް ފެތުރޭ ޤައުމުތަކުގެތެރޭގައި އިޓަލީ ހިމެނިފައިވާކަން އެނގި އަދ އެޤައުމުން ރާއްޖެއަށް މީހުން އައުން މަނާނުކޮށް މިޤައމަށް ވައިރަސް ވަންނަންދެން އެމްޑީޕީ ސަރުކާރުން ބަލަން އޮތީ އެންމެ ފަހުން އިޓަލީމީހުގެ ފަރާޓުން މިޤައުމަށް ވައިރަސްވަނީމާ ދެން މީހުން އެޤައުމުން އައުން މަނާކުރީ މިސަބަބާހުރެ ބުނަންޖެހނީ މީ ގަސްތުގަ މިސަރުކާރުން ހިންގި ޖަރީމާއެކޭ އެކަމުގެ ނާޖާއިޒު ފައިދާނެގުމަށް ދެން މިވެނިކަމެކޭ ކިޔާފަ މީހުންގެ ބޮލުގަ ކަންކަން އެޅުވުމުގެ ބޭނުމެއްނެތް

    17
  15. ޚމމ

    ބޭސް ބިޑު ނުދިނީ ދޯ

    17
  16. ރީޗް

    ކެމެރާ ބިޑް ނުލިބުނީމަ ރުޅިގަނޑު ބާލަނީ. ރިސޯޓެއްގެ މެނޭޖްމަންޓާ ގުޅޭ މައްސަލައެއްގައި އަފީފަށް 40 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ނިންމަން ސަރުކާރުން އުޅެނީ ކީއްވެތޯ؟ ނޫސްެވެރިން މި މައްސަލަ ދިރާސާ ކޮށްބަލަ ރައީސް އޮފީހުންނާއި ފިނޭންސުން މަޢުލޫމާތު ހޯދައިގެން. ހޯދާ ބަލާބަޔަކަށް މި މީހުންގެ އަޑި އަދި ނުބައި ފަރާތް ފެންނާނެ.

  17. ޒަބީބު

    އަފީފޫ ވިދާލުވެދެއްވާނުތޯ ހެލްތް މިނިސްޓަރު އަމީނު ޖެއްސުން ކުރަނީ ސަރުކާރަށް ތޯ؟ ނޫނީ އަފީފު އާއި ހިޔަލީ ރަޝީދުގެ މެޑިކުއިޕް މޯލްޑިވްސް ބޭނުންވާ ގޮތަށް އަމީނުގެ އަމަލުތަށް ނުބަހައްޓަވާތީ އެއީތޯ ތިޔަ ވިދާޅުވާ "ސަރުކާރަށް ޖެއްސުން" ކުރުމަކީ؟ ނޫނީ އަފިފުގެ މެޑިކުއިޕް މޯލްޑިވްސް އާއި ގުޅިގެން ކޮރަޕްޝަންގެ އަމަލުތަށް ހިންގަން އަމީނު އެއްބަސް ނުވާތީ އަފީފު މެން ހިންގަން ތިޔަ ބޭނުންވާ ކުޅިގަނޑު ކުޅެދޭނެ މީހަކު ވަޒީރުކަމަށް އައްޔަން ކުރަން ބޭނުންފުޅުވެގެން އުޅުއްވަނީތޯ؟ ނޫނީ ރައީސް ސޯލިހު ގެންގުޅުއްވާ ކޮރަޕްޝަނަށް ޒީރޯ ޓޮލަރަންސްގެ ސިޔާސަތު ދެކެ އަމީނު މާބޮޑަށް ބިރުގަންނާތީ އަފީފު ބޭނުންވާގޮތަށް ސަރުކާރުން ހިންގާ ހޮސްޕިޓަލުތަކަށް ބޭނުންވާ ތަކެތި އަފީފު ގެ މެޑިކުއިޕް މޯލްޑިވް ނޫން ތަނަކުން ނުގަންނާނެ ގޮތަ ހަދާދޭނެ ބޭކަލަކު ވަޒީރުކަމުގައި ބަހައްޓަން ވެގެން މަނިކުފާނު އުފައްދައިގެން އުޅުއްވާ " އަމީނުގެ ޖެއްސުމެއް" ތޯ ތިޔައީ؟

  18. ހުސެން

    އަމީން އާއި އަޅައިގެން ތިޔަ އުޅެނީ އަފީފު ކުންފުނިއަށް ބިޑުނުދީގެން ތި އުޅެނީ ،ކަލޭމެން ގެ ސަރުކާރު ކޮހީ ؟އިޓަލީ މީހުން އެތެރެ ކުރީ އެމްޑީޕީ ގުންޑާއިން ޕުރެޟަރާ ހެދީ

  19. މަރިި

    މިހާލަތުގައި ގައުމު އޮތްއިރު އަދިވެސް އަމީނު އަށްތަ އެއަޗެހި ގޮވަންވީ މިމިިހުން ބޭރުކުރަންވީ

  20. ޙުއްތު

    އަމީން ހިނގި މަހަކުން ވެސް އަފީފަކަށް ނުހިނގޭނެ. މިބުނީ ވަރަށް ވާހަކަ. ދެން ވަރަށް ސަލާން

  21. ބްރޯ

    ބަހުގެ ހަމަލަ އަމާޒުކުރަންވީ އަމީނަކަށްނޫން . ނަސިދަ އިބޫސާލިހް އަށް އަމާޒުކޮށްބަލަ . ކިތައްމެ ރުޅިއަޔަސް އެސްޓީއޯގެ ބޭސް އެތެރެކުރުން އަފީފުގެ ކުންފުންޏަކަށް ދެނެއް ނުދެވޭނެ. ނަސިދު ކުޅުނު ކުޅިވަރު މިހާރަކު ނުކުޅެވޭނެ

  22. އެޑްމުންޑޯ

    އަމީން ރަގަޅަށް މަސައްކަތްކުރާތީ ހަޖަމް ނުވަނީދޯ ، ރީދޫވިއަސް ތިއީ ބޮޑުވަރު

  23. ރިހިވެލި

    އަފީފް ހޮވާފައިތިހުރީ އަ މިއްލަ ފައިދާއަށް ވަކާލާތުކުރާކަށްނޫން. ދާއިރާގެ ރައްޔިތުން މިތިބީ މާޔޫސްވެފައި. ވޯޓު ދެވުނު މޮޔަ ހިތަށްއަރާފައި. ދެންވެސް ނިކަން ރައްޔިތުންގެ އާދޭސްތަކަށް އިޖާބަދީބަލަ.