ރާއްޖޭގައި ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށް ޗެނަލް 13 ގެ "މަޑިސީލަ" ޕްރޮގްރާމްގެ ބައެއް ޕްރެޒެންޓަރުން ދެއްކި ވާހަކަތައް ދޮގުކޮށް، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް، އެ ޕްރެޒެންޓަރުންނަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ.
ޗެނަލް 13 އިން އާންމުކޮށް، ކޮންމެ ރެއަކު ގެނެސްދެމުން އަންނަ މަޑިސީލަ ޕްރޮގްރާމްގެ ބައެއް ޕްރެޒެންޓަރުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައިވާ ދިވެއްސަކަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ބުނެފައެވެ. އަދި އެ ހޮސްޕިޓަލްގައި އިތުރު ދެ ބިދޭސީންނަށް ބަލި ޖެހިގެން ފަރުވާ ދެމުންދާ ކަމަށް ޕްރެޒެންޓަރުން ބުނެފައިވެއެވެ.
ޕްރެޒެންޓަރުން އެގޮތަށް ބުނި ނަމަވެސް، ކޮވިޑް-19 އެއްވެސް ދިވެއްސަކަށް މިހާތަނަށް ޖެހިފައިވާ ކަން ރަސްމީ އިދާރާއަކުން ނުބުނެއެވެ.
ޕްރެޒެންޓަރުންގެ އެ ވާހަކަތަކާ ގުޅިގެން ޔޫތު މިނިސްޓަރު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ދޮގު ހަދައި، އޮޅުވާލައި އަދި ކަންކަން ސިއްރު ކުރި ބަޔަކަށް އަބަދުވެސް ހީވާނީ އެހެން މީހުން އަމަލު ކުރާނީ އެގޮތަށް ކަމަށެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި ރައްކާތެރި ގޮތަކީ އަދި ރައްޔިތުންގެ އިތުބާރު ބޮޑުވާ ގޮތަކީ ފޮރުވުމެއް ނެތި ކަންކަން ހާމަ ކުރުން ކަމަށެވެ.
"ރައްކާތެރި ގޮތަކީ އަދި ރައްޔިތުންގެ އިތުބާރު ބޮޑުވާ ގޮތަކީ ފޮރުވުމެއް ނެތި ކަންކަން ހާމަކުރުން ކަން އެ ކުދިންނަށް ނުވިސްނޭ. ލަދުވެ، ހަމްދަރުދީވަން،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްޕީއެލްގެ ޕީއާރު މެނޭޖަރު ކަން ކުރެއްވި އަހުމަދު ނަރީޝްގެ ވާހަކަތައް ދޮގު ކުރައްވައި މަހްލޫފް ވިދާޅުވިއެވެ.
https://twitter.com/AhmedMahloof/status/1240500518612426754?s=20
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާފަންނު މެދު ދާއިރާއަށް ކުރިމަތިލައްވާފައިވާ ނަރީޝް ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ފައްސި ވެގެން ތިން މީހަކަށް ފަރުވާދެމުންދާ ކަމަށާއި އޭގެ ތެރެއިން ދެ މީހުންނަކީ ބޭރު ދެމީހުން ކަމާއި އަނެއް މީހާއަކީ ދިވެއްސެއްކަން ޔަގީންކޮށްދިނީ ސަރުކާރުގެ ކޯލިޝަންގެ ތެރޭގައި ހިމެނޭ ފަރާތަކުން ކަމަށެވެ.
ރާއްޖެއިން މި ބައްޔަށް 13 މީހަކު ފައްސިވެފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ ރިސޯޓުގައި މަސައްކަތް ކުރާ ބޭރު މުވައްޒަފުންތަކަކާއި ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިންތަކެކެވެ. އެކަމަކު، މި ބަލީގެ އަލާމާތްތައް ހުރެގެން ބައެއް ދިވެހިން ވަނީ ޓެސްޓްކޮށްފައެވެ.
ވަގުންނަށް ހީާނީ މުޅިންވެސް ތިބީ ވަގުންނޭ
ދުއާއަކީ ރީލޯޑޭއަށް "ވިސްނޭ" ވަރަށް އެކުދިންނަށް ދުވަހަކުވެސް "ނުވިސްނުން". އެކުދިން މަގުއޮޅި ލާދީނީވެ އެމްއެމްޕީއާރްސީއާއި އެހެން ދިމަދިނާއިން ޑޮލަރު ގޯނިގޯނި ލިބޭ ކުދިން ކަމުގައި ނުވުން އެދެނީ.
މަހުލޫފަށް އެކަނި ވިސްނެނީ! އެހެންމެ އެމްއެމްޕީއާރުސީގެ ޑޮލަރުތައް ކައިލުމުން މި ސަރުކާރުގެ ތަޙްގީގުން ސާބިތުވީ އެއި މަހްލޫފަށް ޞަދަގާތުގެ ގޮތުގައި ލިބުނު ޑޮލަރުބޮނޑިއެއް ކަމަށް!
މަށަކީވެސް ޔާމީންގެ ސަޕޯޓަރެއް . ޢެކަމުން މިފަހަރު ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން ސަރުކާރަށް އެއްބާރުލުންދީ ﷲ ވާގިފުޅާއެކު ކޮރޯނާ ކްރައިސިސް،ނިމުމަކަށް ގެނައުމަށް މަސައްކަތް މިކުރަނީ
ޗެނަލް 13 ކިޔާ ޗެނަލެއް އިޒްރޭލް ގަވެސް އޮވޭ......މި ވަގު ތަކީ ފިތުނަ އުފައްދާންވީ ވަގުތެއްނޫން
ރ (ސޮލީބެއްރަމްޒު ވާހެން ލޯގޯ ޖަހާފަ އިންނަ) ޓީވީ ކިޔާ ޓީވީއެއް ދަންނަންތަ
އެހެންތަ؟ އެހެންވިއްޔާ މިވެސް ކަކޭމެންގެ ލާދޒިނީ ގްރޫޕްފަނޑުން ހިންގާ ޗެނަލެއްތާ. އިޒްރޭލަކީ ކަލޭމެންގެ ލޯބިވެރިން ވިއްޔަ.
ޗެނަލް 13 ކިޔާ ޗެނަލެއް އިޒްރޭލް ގަވެސް އޮވޭ......މި ވަގު ތަކީ ފިތުނަ އުފައްދާންވީ ވަގުތެއްނޫން........މި ޗެނަލް ބަންދު ކުރަން ގޮވާލަން
ހަޖަމުނުވިޔަސް ބޮޑުވަރު ޔާމީނު 5އަހަރު ކޮންމެ ދުވަހަކު ރ ޓީވީން ސޮލަވާތް ފާތިހާ ދޯ އެޗެނަލުން ކިޔެވީ !!!!
އަބަދުވެސް ބުނާ އެއްޗެއް ދޮގު ހަދަންޏާ ބާރަށް ފެލެންޖެހޭނެ އޭ
ޑިސްލައިކް ތެޅިޔަސް ކަމެއްވާނީ އެއްނޫން! ބުނެބަލަ އެ ހެދީ ތެދެކޭ ﷲ ގަންދީ ހުވާކޮއްފަ...
މަހްލޫފް މެންނަށް ރައްޔިތުން ގެ އެއްވެސް އިތުބާރެއްނެތް . މިސަރުކާރަށް ވުރެ މަޑިސީލަވެސް ބޮޑު ތަނުން ރަނގަޅު. މަހްލޫފް ތީ މިޤައުމަށް ހެޔޮއެދޭ މީހެއްކަމަށް ޤަބޫލެއްނުކުރަން. ފާޑުފާޑުގެ ޓްވީޓް ތައް ރަނގަޅުވާނީ ނުކުރިއްޔާ. މަޑިސީލައާއި ކުޅެން ނަހައްދަވާ. އެއީ ރައްޔިތުންގެ ހިތްތަކުގެ ވިންދު. މަޑިސީލަ ކުދިންނަށް ބިރުދައްކަން ނޫޅުއްވާ.އެއީ މިހާރު މިޤައުމުގެ ބޮޑު ތަކުރުފާނުންގެ ޓީމް. އެކަހަލަ ކެރޭ ކުދިން ކޮޅެއް މިގައުމުގެ ތިބިކަމީ ޝުކުރު ކުރާވަރު ކަމެއް.
"އެދިގެން މިޤައުމު ގޮވަނީ އަގުހުރިކެރޭދަރިންނަށް
މެރިގެންދެލޯ ސިހުންނުވެކުރިއަށްހިނގާދަރިންނަށް"
ތަންކޮޅެއް ކުރިން މަކީ ފޮތެއްގަވެސް އޮވޭ ބާރަށް ހޯބޯލައްވާ ފެލިފަ ދޮގުހަދާ ވައްކަން ކޮށް ގަދަކުޑޭ ހެދިފަ އުޅޭ ބައެއް ވިއްޔާ ކަލޭމެނަށް ރަނގަޅު ވާނެޔޭ... ނަރީޝް އާ އޭނަޔާ ޖެހިގެން ހުރި ފާދިރީއާ ދެމީހުން އިސްތުފާ!!
ވާގިނެތިފަ އޮތް ސަރުކާރަކަށް ކޮންކަމެއް ކޮއްދެވޭނީ .......
އަހަރެން ހީކުރީ ދަގަނޑޭ ބައިނަލް އަޤްވާމީ މުބާރާތެއްގަ ގޯލެއް ޖެހީކަމަށް! މިމީހުން އުފާކޮށް ފޯރިނަގާތީ
މިހިސާބައް ގައުމު ދިޔައީ ގައުމު ހިންގަން ހަވާލްވެތި ބައެއްގެ ނާގާބިލް ކަމުން ހުރިހާކަމެއްވެސް މިވަނީ ބޮއްސުން ލައިގެންގޮސްފަ
މި ޕުރޮގްރާމަކީ އެއްކަލަ ވަގުޑޮލަރު ނެގި މީހުންނަށް ރޭގަނޑު ހިތްހަމަ ޖެއްސުމަށާއި ނިންދެވުމަށް ފޮނުވާ ޕުރޮގުރާމެކެވެ!
މި ޕުރޮގްރާމަކީ އެއްކަލަ ވަގުޑޮލަރު ނެގި މީހުންނަށް ރޭގަނޑު ހިތްހަމަ ޖެއްސުމަށާއި ނިންދެވުމަށް ފޮނުވާ ޕުރޮގުރާމެކެވެ!
ހެޔޮނުވާނެ ތިފަދަ ފިތުނަ އުފައްދައިގެން ރައްޔިތުން މަގުފުރައްދަން ތިވަރަށް ދޮގުހަދާކަށް ފުރަތަމަ ޕުރޮގުރާމުގެ ނަމަކީވެސް ދުފާފަ ރަތް ކުޅުޖެހުން "މަޑިސީލަ"
މަހްލޫފް މެންނަށް ރައްޔިތުން ގެ އިތުބާރު ގެއްލިއްޖެ. ފާޑުފާޑުގެ ޓްވީޓް ތައް ރަނގަޅު ވަނީ ނޫކުރިއްުޔާ. މިސަރުކާރަށް ވުރެ މަޑިސީލަވެސް ބޮޑު ތަނުން ރަނގަޅު. މަޑިސީލަ އާއި ކުޅެން ނަހައްދަވާ. ދިވެހިން ރުޅި އަންނާނެ. މަޑިސީލަ އަކީ ރައްޔިތުންގެ ހިތުގެ ވިންދު. މަޑިސީލަ ޓީމަކީ މިޤައުމުގެ ބޮޑުތަކުރުފާނުންގެ ޓީމު. ޤައުމު ދެކެ ޙަޤީޤީ ލޯބިވާ ދަރިންކޮޅެއް. ހިތްވަރު ގަދަފަހުލަވާނިންގެ ޓީމެއް އެއީ.
"އެދިގެން މިޤައުމުގޮވަނީ އަގުހުރިކެރޭ ދަރިންނަށް
މެރިގެންދެލޯ ސިހުންނުވެކުރިއަށްހިނގާދަރިންނަށް"
ދެން ލޮލް.... ބާރަށް ފެލޭ...މާފަންނު މެދު އަނދަގޮނޑީގަ ތި އިންނެވީ
މިނިކާ ރާއްޖެ އެއް މިހާރު މިއޮތީ
ސަރުކާރުގެ ބަހެއް މިކަމުގައި އާއްމު ރައްޔިތުން ބޭނުންވޭ
މަހްލޫފް އައްތަ އައް ބޮޑު ވަޒޭފާ އެއް ލިބުނީމަ މިހާރު އނގަފެަޅީ
ސަރުކާރުގެ ބަހެއް މިކަމުގައި އާއްމު ރައްޔިތުން ބޭނުންވޭ
ސަރުކާރުގެ ބަހެއް މިކަމުގައި އާއްމު ރައްޔިތުން ބޭނުންވޭ! އަވަސްކުރަން ގޮވާލަން
ޗެނަލް 13 އިން ގެނެސްދެމުން އަންނަ މަޑިސީލަ ޕްރޮގްރާމްގެ ޕްރެޒެންޓަރު ކީވެތަ ނުބުނަނީ ޔާމީން އަކީ ބޮޑު ވަގެކޭ !!!!
ވަގެކޭ ނުކިޔަނީ ވަގަކަށްނުވާތީ. އަސްލު ވަގު ގޭގަ ބަހައްޓައިގެން، ވަގެއް ކަމަށް ހަދައިގެން ހުރިހާ މައުލޫމާތެއް އަނބުރާލައިގެން ކަލޭމެން ތިކުރާ ކަންތައް މާ ރަގަޅަކަށްނުދާނެ. މި ވެރިކަން އައި ފަހުން ޖެހޭ ގުދުރަތީ މުސީބާތްތަކާ މީހުން މަރުވުމުގެ ރެކޯޑުން އެނގެނީ މި ވެރިކަމަކީ ރަސޫލާ ދުއާދެއްވި ފަދަ ބޭފުޅެއްގެ ވެރިކަމެއްނޫންކަން.
ރާ ޓީވީން މިހާރު މުޅިންވެސް ފޮނުވަނީ “ތެދު” ޚަބަރު ދޮއްތޯ!?
އެބަޔަކު ކުރިކަމެއް އެބަޔަކާއި ބައްދަލްކުތާނެތެވެ.!ﷲ އަކުބަރު.:
1. ރާއްޖެ ބޮއިކޮޓްކުރަން ނަސީދު އައްނި ޓުއަރިސްޓުންނަށް ގޮވާލި.
2. ދަރިން ސުކޫލަލަށް ނުފޮނުވުމަށް ރޮޒެއިނާ ގޮވާލި.
3. ދަރުމަވަންތަ ހޮސްޕިޓަލަކީ ބޭކާރުތަނެއްކަމަށް އެމްޑީޕީން ބުނި.
4. ޓެބްލެޓަކީ ބޭނުމެއްނުހިފޭ އެއްޗެއްކަމަށް އެމްޑީޕީން ބުނި.
މި ހުރިހާކަމަކާއި މިއަދު އެމްޑީޕީ ސަރުކާރަށް ކުރިމަތިލާންޖެހިއްޖެ.
ދިރިތިބީންނަށް މިއީ ޢިބުރަތެއް!!
ޗެނަލް 13 ގެ މަޑިސީލަ ޕްރޮގުރާމުގައި ބުނަނީ މުއުތަބަރު ގޮތެއްގައި މި ޚަބަރު ލިބޭ ކަމަށާއި، މިކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދޮގު ތެދު ހާމަ ކޮށްދިނުމަށް.
މަހުލޫފަކީ އަބަދުވެސް ބޮޑުކޮޅުން ކައިއުޅޭމީހެއް ކުދިންނޭ މަހުލޫފުގެ ސިއްރުތަށް ފަސްނުޖެހި ހިއްސާ ކޮށްބަލަ ބަލަ ކޮބާތަ ކަލޭފެލުނުދުވަސް ކަލޭމެންގެ ސަރުކާރުގަ އިސްކޮށް ތިޔަތިއްބްވާ ބޭފުޅުންގެ ދުލުވިހައިން މިގައުމާމި ފަސްގނޑު ސަލާމަތް ކުރައްވާށި!!!!!
ހޭނެތިފަ ހުރިމީހަކަށް ކޮންއެއްޗެއް ވިސްނޭނީ އެހެންމީހުންނަށް ނުވިސްނޭވާހަކަ ދައްކަނީ
މަހުލޫފަށް. "ބޭފުޅާއަށް ވިސްނޭވަރުންދޯ މިދަނޑިވަޅުގައި ބޮޑުަދައިތަ މޫމިނާ އާމްއަށް ވަޒީފާ ހަމަޖައްސާލީ"
ދޮގެއްކަން ކިހިނެއް އިނގެނީ ހަގީގަތް ދެނެވޮޑި ގެންވާނީ މާތް ﷲ .... 1 ފެބްރުއަރީގެ އަމުރު ނުކުތުމުގެ ކުރިން މަޚުލޫފު ދެއްކި ވާހަކައިގެ ރެކޯޑިންގ އަޑު އަހާލާ އޭރުން ދޮގު ތެދު އިނގޭނީ މިގައުމު ބަނޑަށް ޖައްސަން ގޮވި މީހުން ކޮބައި ޓޫރިސްޓުން ނައުމަށް ޖަރުމަން ބާލިން ފެއަރ ގައި ރާއްޖޭގެ ސަރުކާރުން މީހުން މަރާ ކަމަށް ބުނެ ފޮޓޯ ޖެހި ލީފް ލެޓް ބެހި ކެރެފާ ނަސީމު ކޮބާ... ޕާރކެއް ހަދަނިއްޔޭ ކިޔާފައި ޖީބަށް ފައިސަ ވަންދަމުން އެދަނީ ދުވަހަކު އެޕާރކެއް ނުނިމުނު ސިލޯނުން ގެނަައި ފެން ފޯ ރުއްތަކާ.... ހިލޭ .. ސަންފްރަޓުން ހޯދި ލައިޓް ތަކަށް ބިލް ހަދާ ފައިސާ ނެގިކަން ދަންނަ މީހުން ސިޓީ ކައުންސިލް ގައި އެބަތިބި
ސަރުކާރުގެ ޕްރޮޕެގެންޑާ މެޝިނަކަށް ނުވެއޮތީ ހަ މައެކަނިޗެނަލް13.،އެހެންވެ ޗެނަލް13ހުއްޓުވަން ސަރުކާރުން ވަރަށް މަސައްކަތްއެބަކުރޭ...ސަރުކާރުގެ އަދިރިފަރާތް ސަރުކާރުންކުރާ ނޭދެވޭކަންތައްތަ ފޮރުވަން ޗެނެލް13 ބަންދުކުރަން ސަރުކާރު ފޫގަޅާފައޮތީ....ބޮޑުގައު މެއްގެ ހުރިހާ މުއައްސަސާތަ ކުޑަކުޑަ ޓީވީޗެނަލެއްގެ ފަހަތުން ދުވަނީ... މަޑިސީލަޓީ މުންކުރާ މަސައްކަތަށް އައްސަރިބަހާ ސާބަސް.. މަޑިސީލަ ހުއްޓާނުލާތި....ސަރުކާރު ކޮށިއަރައިގެން މަޑިސީލަފަހާދުވަނީ މަޑިސީލަ ބާރުގަދަވީ މަ... ކަ މެނެތްނަ މަ ސަރުކާރެ ޕްރޮގްރާ މެ ހުށަހަޅާބަޔަކު ފަހާނުދުވާނެ....ހަގީގަތް ހާ މަކުރާތީ ސަރުކާރު ބިރުގަންނަނީ.....
ބަލަ މިމަހުލުފަކީ ލިބޭ މުސާރައްވުރެން މުއްސަދި ދިރިއުޅުމެން އުޅޭ މީހެއް ދެން ކޮބައި ކޮމެސަންތައް؟؟ މަހުލޫފަކައް ހަޖަމެންނުވާނެ؟؟ މިސަރުކާރުގެ ވެއްޓުން މިކަހަލަ ފައިސާއައް ވިކޭމީހުން ގެނާމާ؟؟
މިގައުމައް މިވަބާ އައީ ކޮން ދުވަހަކު ކަމެއްވެސް ސަރުކާރަކައް ނޢނގޭ ނަމުން ސޯލިހު ކަމުން ކޮރަޕްޓް
މިއީ އަދި މާ ވިސްނޭމީހެއްތަ؟؟
މަޑިސީލަ މީހުން ކިޔާ އެއްޗަކަށް މަހުލޫފް ރައްދުދޭންޖެހޭކަމަށް ހީވެ މަހްލޫފަށް މުހިއްމުވީ ކީއްވެތަ؟ ކުރިން ޔާމީނާ ގުޅުވައިގެން ދެއްކިހާ ދޮގު ވާހަކަތައް އޭރު މަހްލޫފް ގްރޫޕް މީހުން އެހާ ބޮޑަށް ގަބޫލުކޮށް ތިކޮޅަށް ބަޔަކު ސަޕޯޓްކުރީމަ މަހްލޫފަށް ހީވީތަ މަޑިސީލަ ކުދިން ކިޔާ އެއްޗެހި ބަޔަކު ގަބޫލުކޮށް މާ ތާއީދު ބޮޑުވެދާނެއޭ؟
މަހްލޫފު ކުއްޖާއަށް ވެސް އަދި ނުވިސްނެނީ
ސާމްޕަލް ނެގި މީހުންގެތެރެއިން 13 މީހުން ފިޔަވައި ހުރިހަމީހުންވެސް ނެގެޓިވް ، ޕޮޒިޓިވް ވީ ގެސްޓުންނާ ރެސޯޓް މަސައްކަތް ކުރާ ބޭރުމީހުން . ނަމަވެސް މިހާރު އަޅަމުންދާ ފިޔަވަޅުތަކަށް ބަލާއިރު އެހެންބަޔަކު ވައިރަސްއަށް ޕޮޒިޓިވް ވީބާއޭ ހިތަށް އަރާ . ބޭރު ގައުމު ތަކުން އަންނަމީހުން މިބައިތިއްބަނިއަކީ މީހުން ނޫޅޭ ފަޅު ގެއެއްގައެއްނޫން .އެގޭމީހުނަށް ބަލިޖެހުނަސް އޯކޭ ވަނީތަ އެގޭގަ ކަރަންޓީނު އެކުރަނީ ؟ އެއްރަށުން އަނެއް ރަށަށް ވެސް މީހުނަށް އެބަދެވޭ . ބަލި ޖެހިފައިވަ ގައުމު ތަކަށް އެބަދެވޭ އެގައުމުތަކުން ރާއްޖެ އާދެވޭ ވެސް މެއަ . ހިތަށް ވަންނަ ސުވާލު ހަގީގަތަކަށް ނުވެވެސް ހިގައިދާނެ.
ކަމެއްސިއްރުކުރަންއުޅޭހެންހީވާކަހަލަ މާލޭގަވައިރަހެއްނެތް؟؟؟ހުރިހާމިސްކިތެއްބަންދު؟؟؟ ހުކުރުނަމާދެއްނުކުރޭ؟؟؟ ސަރުކާރުއެންހަފްތާއައް ބަންދު ؟؟؟މީހުންބޭރައްނުކުމެއުޅޭނަމަ ؟؟؟ފުލުހުންސުވާލުކުރާނެ؟؟؟ އެހެންވީމަމިފަދަބިރުވެރިހާލަތަކަށް މިމާލެ’ހުޅުމާލެ’ވިލިމާލެ ދާންޖެހުނީކީއްވެބާ ރާއްޖޭގެ އެހެންރައްރަށައް މިހާލަތެއްނާދޭ؟؟؟ ސުވާލުއުފެދޭ ތެދުމަޢުލޫމާތު ރައްޔިތުންބޭނުންވޭ ﷲގެހެޔޮރަހްމަތާއެކު މިބަލިމަޑުކަމުން އަޅަމެން ސަލާމަތްކޮށްދެއްވާންދޭވެ އާމީން
މަޑިސީލައިން ސަރުކާރައްގޮވާލީ އެއީ ތެދެއްތޯ ދޮގެއްތޯ ރައްޔިތުންނައް އޮޅުންފިލުވާދޭށޭ އަދި މިވަގުތާހަމައައް ސަރުކާރުން ނެތް ރައްޔިތުންނައް އެކަން އޮޅުންފިލުވާދީފަ އެހެންވީމަ މަޑިސީލައިން ދެއްކި ވާހަކައަކީ ކޮންމެވެސްވަރެއްގެ ތެދުވާހަކައެއްކަން ޤަބޫލުކުރެވޭ ރިލޯޑު މިނިސްޓަރު ދެންރަނގަޅުވާނީ މިކަމާބެހޭގޮތުން ވާހަކަފުޅުނުދައްކަވާ އަނގަފުޅުމަޑުންލައްވައިގެން ހުންނެވިއްޔާ
މީގައި އެއްވެސް މައްސަލައެއް ނޫޅޭ ދިވެއްސަކު ޕޮޒިޓީވްވިއޭ ބުނީ ލިބުނު މައުލޫމާތަކަށް އަދި އެޗްޕީއޭއިން މިކަން ކަށަވަރުކޮށްދިނުމަށް އެދުނީ ކޮބާތަ މައްސަލައަކީ މީގައި ދޮގު ޚަބަރަކީކޮބާ؟ ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކާއިވެސް ހަމަ ކުރަނީ ސުވާލު އޮންލައިންކޮށްވެސް ހަމަ ސުވާލު އޮންއެއަރކޮށްވެސް ހަމަ ސުވާލު ފިތުނައަށް އިނގޭތަ އިޒުރޭލުގެ ޗެނަލް 13 މާޅަވާނެ 2017 ގައި އުފެދުނު ޗެނެލެއް އެއީ ކޮންޕެއަރ ކުރަންވެސް ސްޓެޓިސްޓިކް އެއް ހަދާފަ ކޮންޕެއަރ ކޮށްބަލަ
އޭނަ ކުޑައިރު އިސްލާހިއްޔާ އަށް ލީ ވެސް ނުވިސްނޭތީއޯ ރާ ޓީ ވީ ކުޅުނު ރޯލު ޗެނަލް 13 ނުން ކުޅުމަކީ ވެސް ހަމަ ނޫސްވެރިކަމުގެ މިނިވަންކަން ވީ މަ އެސޮރުމެންނާ ނުބެހިބަލަ މަޑިސީލަ އެންމެ ކާމިޔާބު ޕްރޮގްރާމް މަވެސް އެއްބަސް
ކަމެއްކެރިމަ އެނގޭނެ މީއަދުރޭގެ ހިސާބުތޯ މިހާތަނައް ނެގި ސެންޕަލް 463 450 ނެގެޓިވް ދެން ބާކީ މިއޮތީ 13 އެހެންވީމަ ނުލިބޭ 35 ސާމްޕަލް މި35 މީ ކިހިނެއް އައިއެއްޗެއްތޯ އަނެއްކާ ކަމެއް ސިއްރުކުރައްވަން ހަދައިގެން މިސްކިތު ހުޅުޖެހިމީހާހެން ވިދާޅު ވެވޭނީތޯ މީހައްތާވެސް ސުވާލް