އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް އަހުމަދު އަކްރަމް މިއަދު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަކްރަމް، އީސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަކްރަމަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
އިލެކްޝަންސް ކޮމިޝަނަށް އަކްރަމް އައްޔަން ކުރަން މަޖިލިހުން ފާސްކޮށްފި
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ގައި އީސީގެ ނައިބު ރައީސް ކަމަށް އައްޔަން ކުރި އަކްރަމް އެ ކޮމިޝަނާ ގުޅިވަޑައިގެންނެވީ 2015ގައެވެ. މީޑިއާތަކާ ގާތް ގުޅުމެއް ބާއްވަވައި އަކްރަމް ވަނީ ރާއްޖޭގައި އިންތިހާބުތައް ބޭއްވުމަށް މުހިންމު ރޯލެއް އަދާކުރައްވައިފައެވެ.
އީސީގައި ތިއްބެވި މެމްބަރުންގެ ތެރެއިން މިހާރު އެންމެ ދުވަސްވީ އެއް މެމްބަރަކީ ވެސް އަކްރަމެވެ.
އީސީގައި މިހާރު ތިއްބަވަނީ އަކްރަމްގެ އިތުރުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާއި ފުއާދު ތައުފީގު، އިސްމާއިލް ހަބީބް އަދި އަލީ ނަޝާތުއެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އަކްރަމްގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ. އެ ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލިހަށް ފޮނުއްވި ލިސްޓުގެ ކުރީގައި އޮތީ ވެސް އަކްރަމެވެ.
އަކްރަމްގެ ނަން ރައްޔިތުންގެ ރމަޖިލިހުގެ ތަޅުމުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ އިއްތިފާގުންނެވެ.
ޢިލެކްސަން ކޮމިސަންގަކުރިންތިބި މެންބަރުންނައް މިސަރުކާރުގެ ރުހުން މިހާވަރައްއޮތީމަ ކުރިންސައްކުކުރެވުނު ކަންތައްތައް މިހާރުުޔަގީންވެނިމިއްޖެ ވޯޓުންވައްކަންކުރުމުން ޕީއެޗްޑީ ނަގާފަތިޔަތިބީ.
މިކަހަލަ ވަގުން އެޕޮއިންޓް އެބަކުރެވޭ . ޖަލްސާ ބޭއްވޭ.. ވިޔަފާރި ކުރެވޭ.. ރިސޯޓު ހިންގޭ.. ފޮލިޓިކަލް ކަންކަން ކުރެވެ
އަހަރުމެން މިސްކިތައް ދިއުން މަނަލީ<
ކޮރޯނާ ނުޖެހޭ ތަ މިކަންކަމަށް ބައްދަލުވުން ބޭއްވީމަ..؟
ﷲ ގެ ގެކޮޅަށް ގޮސް ދުއާ ކުރީމަ ނަމާދު ކުރީމަ ހުކުރު ކުރީމަ ނޫންތަ ސަލާމަތްކަން އޮތީ..؟
އަސްބާބު ތަކުގައި ހިފައި ތާހިރުވެ، މާސްކު އަޅައިގެން ހަމަ އެންމެން ނަމާދު ކޮށް ދުޢާކުރަން ވީނޫންތަ؟
އެކަމަކު މިމީހުން މިބަލަނީ އެހެންގޮތްގޮތުން ސަލާމަތް ކަން ހޯދަން.. މިފަދަ ވަބާއެއް ކުރިމަތި ވީމަ ވެސް އިސްލާހެއް ނުވީ..؟
އަނެއްކާ އަނެއް ވަގު ހަމަ ސީދާ ރީނދޫ ހުންޖެހިފަ ހުރި ގުންޑާއެއް ވައްކަން ކުރުވަންވެގެން އެތަނަށް އެކޮށްޕާލީ 5މުލުންގެ ތެރެއިން އެއް ވަގު މިވަގުންގެ ކިބައިން މިރާއްޖެ ސަލާމަތް ނުވަނީހެއް މިރާއްޖެއަކަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެ!