ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނީ ބަދަލު ކުރުމަކާ ނުލައި ރައްޔިތުން ވޯޓުލީ ގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ނައިބު ރައީސް އަހުމަދު އަކްރަމް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބު އޮޅުވާލި ކަމަށް ބުނާ މައްސަލައިގައި ފުލުހުން ކުރި ތަހުގީގަށް ފަހު ތައްޔާރު ކުރި ކަމަށް ބުނާ ރިޕޯޓެއް ވަނީ ލީކްވެފައެވެ. މި ރިޕޯޓްގެ އިތުރަށް އިލެކްޝަންސް ކޮމިޝަންގެ އޭރުގެ ރައީސް އަަހްމަދު ޝަރީފް, ފުލުހުންނަށް ދިން ބަޔާން ވެސް ވަނީ ލީކު ކޮށްލާފައެވެ. އޭގައިވާ ގޮތުން ޝަރީފް ވޯޓު ލުމުގެ ކުރިން ބަޔަކު މީހުންނާއި ބައްދަލުކޮށް ވޯޓު އޮޅުވާލުމަށްޓަކައި ކުރާނެ ކަންތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށާއި ވޯޓު ފޮށި ކައިރީގައި ތިބި އޮބްޒާވަރުންނަށް އީސީގެ އޮފިސަރުން އިންޒާރުދީ ބިރުދައްކާފައިވާ ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އަކްރަމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނީ ބަދަލު ކުރުމަކާ ނުލައި ރައްޔިތުން ވޯޓުލީ ގޮތަށް ކަމަށެވެ.

"ﷲ ގަންދީ ބުނަމެވެ. އެ އިންތިހާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނީ ބަދަލު ކުރުމަކާ ނުލައި ރައްޔިތުން ވޯޓުލީ ގޮތަށެވެ. ދުލާއި ގަލަމުގެ ބޭނުން ތެދު ގޮތުގައި ނޫނީ ނުހިފާށެވެ. ﷲ ގެ އަޒާބަށް ބިރުވެތިވާށެވެ." އަކްރަމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ އަޑު އަނެއްކާ ވެސް ގަދަވެފައި މިވަނީ ޝަރީފަކީ ޚާއިނުންގެ ތެރެއިންވެސް އަރާ ހުރި ޚާއިނެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި "ކޮތަރު ކޮށި" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ވެރިކަން ބަދަލުވެ ދިޔަ ގޮތާއި އިންތިޚާބުގައި އޮޅުވާލި ކަން ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"މިކަން ފެށުނީ 2018 ގައި. އިންތިޚާބުން ބަލިނުވާނެކަން ބަލި ނުކުރެވޭނެކަން ޔަގީންވީ ހިސާބުން ހުރިހާ ޗަރުކޭހެއް ކުޅެން ފެށީ. އެއީ މީގެ ހަގީގަތް. އަޅުގަނޑުމެން އީސީ ޝަރީފުގެ ނަން ގެންނަނީ ޒިކުރާ ގޮތަށް އެއީ މި މީހުންގެ ތެރޭގައި ހުރި ޚާއިނުންގެ ތެރެއިންވެސް އަރާ ހުރި ޚާއިނެއް." ޔާމީން ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިޚާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވާފައި ވަނީ 130،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އެމަނިކުފާނާ ވާދަކުރެއްވި ޔާމީނަށް ލިބިވަޑައިގެންނެވީ 90،000 އަށް ވުރެ ގިނަ ވޯޓެވެ. އެކަމަކު، ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށް ބުނެ ޕީޕީއެމުން އިންތިހާބު ގަބޫލެއް ނުކުރެއެވެ.

އިންތިހާބު ބާތިލް ކުރަން ޕީޕީއެމުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ. އެކަމަކު، ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ރިޔާސީ އިންތިޚާބު ބާތިލްކޮށް އަލުން އިންތިޚާބު ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. މީގެކުރިން ޝަރީފް ވެސް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލާފައި ނުވާނެ ކަމަށެވެ..

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އައްލާ

    އަދަތެޅިގަންނާނެ ކަ މެއްނެތް

    37
    2
  2. އައްޔު

    ހަކުރުބޭނުންކުރާމީހުން ފުލުހުންދާއިރަށް ހަކުރު ނައްތާލާއުސޫލުން އިލެކްޝަން ކޮމިޝަނުން ވޯޓުކަރުދާސް ނައްތާލުމުން ތިކަން ވަރަށް ރަނގަޅަށް އެނގި ސާބިތުވޭ އަދި ހާމަވާނެ ދައްކަވަން ހުރި ތަނެއް ދައްކަވާފަ ގެންދަވާނީ

    50
    1
    • Anonymous

      2018ގެ ރިޔާސީ އިންތިޚާބު ވޯޓުގެ ކަންތައް ބެލެހެއްޓުމާއި ވޯޓުގުނަން ހަވާލުކުރި މީހުންނަށް އީސީގެ އިސްވެރިން އަމުރުކޮށް ޕްރެޝަރ ކުރަމުންދިޔައީ ވީހާވެސް އަވަހަކަށް ވޯޓުގުނައި ރިޕޯޓު އީސީއަށް އަންގަން ޖެހޭނެކަމާއި އެރޭގެ 10 ނުވަތަ 11ޖަހާއިރަށް ފައިނަލް ނަތީޖާ އިއުލާންކޮށް ހުރިލާކަމެއް ނިންމަން ތިމެންނަމެން ބޭނުންވާކަން، ހައިރާންވި އަނެއްކަމަކީ މިގައުމުގައި މީހުން ދިރިއުޅޭ އެތައްހާސް ރަށްތައްވާއިރު 2ގަޑީގެ ތެރެއިން އެހުރިހާ ރަށްތަކެއްގެ ވޯޓު އިއުލާންކޮށް ނިމިއްޖެއޭ، ފާއިތުވި އަހަރުތަކަށް ބަލާއިރު ހަވީރު އިއުލާންކުރަން ފަށައިގަންނަގޮތަށް އެނެއްދުވަހު ހެނދުނުވާއިރުވެސް ވޯޓު އިއުލާންކޮށް ފައިނަލްނުވޭ ވޯޓު ކާމިޔާބުވީ ކޮން ކެންޑިޑޭޓަކަށްކަން އެނގުނަސް.

  3. ތަހްގީގްކުރޭ

    2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓް އިން ވައްކަން ކުރުމުގައި އިލެކްޝަންސް ކަމިޝަންގެ މެމްބަރުން ވަގުންގެ ގޮތުގައި ހަރަކާތް ތެރިވެފައިވާތީވެ އެ އެންމެން ހައްޔަރުކޮށްގެން މައްސަލަ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ

    39
  4. އައުޓް

    ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް

    38
  5. ނާހަމަ ތެދެއް

    ވައްކަން ކުރި ބަޔަކު ބުނާނެތަ ވައްކަން ކުރި ވާހަކަ

    44
    • ވޯޓް

      ވައްކަންކުރި ވޯޓް ފޮށި ނުބަހައްޓާ ރިސޯޓް ތަކުގައި ތިބި މުވައްޒަފުންވެސް އެރިސޯޓެއްގެ ކައިރީގައި މީހުންއުޅޭ ދެރަށް ނުވަތަ ތިންރަށް އޮންނަނަމަ އެ ތިންރަށުގައިވެސް އެމީހުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވޭ އަދި އެ ތިންރަށުގެ ވޯޓްފޮށްޓަށް އެމީހުން ވޯޓްލާފައިވެސްވޭ އަދި އެމީހުންގެ ބަދަލުގައި އެމީހުންނާ ވައްތަރު އެހެން ބިދޭސީންލައްވައި ވޯޓްލާފައިވެސްވޭ
      އަދި ނުވީތާކަށް އަނގޮޓިންވެސް ވޯޓް އޮޅުވާލާފައިވޭ. އަދި އެކަރުދާހުން ފާހަގަ ބަދަލުވެސް ކޮށްފައިވޭ

  6. ފޭކްއަކްރަމްބެ

    އަކްރަމާ ތީ ހަމަ ބަރާބަރު ވާހަކަ އެކޭ..ނަތީޖާ ދިނީ ވޯޓުލީ ގޮތަށޭ...އެކަމަކު އަހަރެމެން މި ބުނަނީ ވޯޓު ކަރުދާސް ފޯޖުކުރިއޭ...ވޯޓަރސް ރަޖިސްޓަރ އާ ކުޅުނޭ...ވޯޓުލުމުގެ ކަނަތއް މޮނިތަރ ކުރުން ގެންދިއައީ ވަކި ނަތީޖައެއް ނެރެން ރާވަިއގެނޭ....މިކަންކަމަކަށް ނޫނެއް ނުން ﷲ ގަންދީ ތި ހުވާ ތިކުރީ؟؟؟އަނެއްކާ އިންތިހާބު ވަގަށްނަގަން އިންޑިއާއިނ ްރާވައިގެން އިންޑިއާ އެމްބަސީން ބެހި ފައިސާ ގެ ރިޝވަތު ނެގި ބަޔަކު ކުރާ ހުވައަކީ ކަޑުގަ ދަމާ ރޮގެއްފަދަ އެއްޗެއްނުން

    ލީކްވި ޕލޮސް ރިޕޯޓުވެސް އެބަ ބުނޭ ސެކިއުރިޓީ ފީޗަރ ނެތް ކަރުދާސް ހުރިކަމަށް!!! ދެނޯ؟؟؟؟؟ ދެން އަނެއްކާ ވޯޓު ކަރުދާސްތައް ކޯޓުގައި މައްސަލަ އޮއްވައި އަންދާލުމަށް އެހާ ތެޅިގަތީ ކިއްވެހޭ؟ އަންދާލީ ކިއްވެހޭ؟؟؟؟؟؟/

    50
  7. ކެޔޮޅު

    ދެން ކީއްވެ މައްސަލަ ތަހުޤީގު ހިނގަމުންދަނިކޮއް ކުއްލިއަކައް ކަރުދާސްތައް އަންދާލީ؟

    51
  8. ޢަހު

    ކަލޭމެން ވޯޓް ތަށް އޮޅުވާނުލާނަމަ މުއްދަތުގެ ކުރިން ވޯޓް ނައްތާލީ ކީއްވެ؟ކަލޭމެން ވޯޓް އޮޅުވާނުކާނަމަ ރ ޔާމީން ހުށަހެޅި މައްސަލަތައް ތަހްގީގް ނުކޮށް އެކަން ފިރުވަން ކުނިވަށިގަނޑަށް ލީ ކީއްވޭ ؟ ޥޯޓް އޮޅުވާނުލާނަމަ މުއައްސަސާ ތަކަށް ބިރު ދެއްކީ ކީއްވެ.؟ ﷲ ގަންދީ ދޮގު ހުވާ ކުރަންޖެރޭނީވެސް އެފަދަ ދޮގު ހަދާ ބަޔަކަށް

  9. Anonymous

    އިޙްލާސްތެރިކަމާއިއެކު ށައްކުނުއުފެދޭ ގޮތައް އިންތިހާބު ގެންދިޔަނަމަ މިއަދު އިކުރާމު ހުވާކޮއް ނަދުރުގޮވާކައްނުޖެހޭނެ

  10. Anonymous

    ތިގޮތަށް ބުހުތާން ދޮގު ހުވައިކުރަން ކެރޭމީހުނަށް ބޮޑެތި ރިޝްވަތަށް އެތައް ރައްޔިތުންގެ ހައްގު ވިއްކާލަންވެސް ކެރޭނީ، ވޯޓަށް މަކަރުހެދީ ވޯޓު އެޅިދުވަހު އެކަންޏެއްނޫން، ވޯޓުލުމަށް އިންތިޒާމުކުރުގެ މަސައްކަތް ފެށި ހިސާބުން އީސީސީގެ ތެރޭގައި އެތާގެ އިސްވެރިން މަކަރު ހެދުމުގެ ޖަރީމާތައް ފަށައިގެންފި، ވޯޓުލައި ނިންމާފަ ރިޝްވަތް ދިންފަރާތައް ކާމިޔާބު ކޮށްދީފަ ދެން ކަލޭމެން ފަހަރަކު މީހެއް އުދުއްސާފައި ދިޔައީ ސިރީލަންކާއަށް ގޮސް އެގައުމުގައި އެކައުންޓު ހުޅުވައި ރިޝްވަތު ޑޮލަރފުނި އެތާ ބޭންކަށް ޖަމާކުރީ، އެއްމެފަހަށްދިޔައީ ބޮޑު ޚާއިނު އީސީ ޝަރީފޫ، މި ޚާއިނުންތަކަށް ސިރީލަންކާ އެއާޕޯޓުން ރިސީވުކުރީ އަންނީ ރައީސަކަށް ހުންނެވިއިރު އަންނީގެ ބޮޑީގާޑު ބޯދިގު ޒިޔާ، މި މީހުން ތިބީ 7ސްޓަރ ހޮޓަލެއްގައި، ހޮޓަލުގެ ނަން މިވަގުތު ބުނާކަށް ނެތިން.

  11. މާމީ

    އަކުރަމު ކަލެއައް ކިތައް މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގަ ލިބުނުތަ ކަލޭ އެފައިސާ ހަލާލު ނުވާނެޔޭ ކިއާފަ އާއިލާ މީހުނާ މަޝްވަރާ ނުކުރަމުތަ ؟ ނިކަން ޖަވާބުދީބަލަ..

  12. ޙައްޕު

    ޙަމަ ބުއްދިއަކުންވިސްނައިފިނަމަ އެނގޭނެ ، ރާއްޖޭގެ ބޮޑު ކޯލިޝަން ބަލިކޮށް ، ފިޔާތޮށި ޕާޓީ އަކަށް ކާމިޔާބެއް ނުވާނެކަން.އޭރު ޔާމީން ދުރުކުރުމަކީ ގިނަބަޔަކު ބޭނުންވެފަ ތިބި ގޮތްވެސްމެ.

    2
    15
    • Anonymous

      ކޯލިޝަން ކިތައްމެ ބޮޑުވިޔަސް ރ.ޔާމީން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެއްކެވި ވައުދުފުއްދުމުގެ ގާބިލުކަމާއި މުޅިގައުމުގައި ކުރިތަރައްގީއާއި އަދި އިސް ރަތްވެހިންނާއި ނިކުޅެދޭ ކުދިންނަށް ވެދެއްވި ފައިދާތައް ރައްޔިތުން ވަރަށް ބަލައިގަނެ ގައުމުގެ ގިނަ ރައްޔިތުންތިބީ އެމަނިކުފާނަށް 2ވަނަ ދައުރަށް ރައީސުކަން ދޭންވެސް ހުށިޔާރުވެ ކެތްމަދުވެފައި، އީސީ ޝަރީފު ގުރޫޕު ހިންގި ބައެއް ޖަރީމާތަކަކީ ރާއްޖެތެރޭގެ ރަށްރަށު ޕީޕީއެމް މެމްބަރުން ވޯޓްލާން ރަޖިސްޓްރީކުރަން ފޮނުވި ފޯމްތައް ސިސްޓަމަށް އެނޓަރ ނުކޮށް 30000ފޯމް ޝުރެޑުކޮށްލީ، ދެން ވޯޓުލީ ދުވަހު އެމީހުން ވޯޓްލާން ދިޔައިމަ ރަޖިސްޓަރީވެފައި ނެތްކަމަށްބުނެ އަނބުރާ ފޮނުވާލީ، އަދި އީސީއަށް ޝަކުވާ ހުށަހަޅަންޖެހޭ އޮފީސް ކުއްލިގޮތަކަށް ބަދަލުކުރީ ދަރުބާރުގޭ ފޯނެއްނެތް ރޫމަކަށް، ވީއިރު އެފަދަ މައްސަލަތައް ކުރިމަތިވި އެއްވެސް ރައްޔިތަކަށް ޝަކުވާއެއްވެސް ނުއެންގުނު، ވޯޓުގެ ނަތީޖާ އިއުލާންކުރިއިރު އީސީ ޝަރީފޫ ބުނީ އެހެންފަހަރު އިންތިޚާބުތަކާއި ޚިލާފަށް މިފަހަރު އިންތިޚާބުގައި ވޯޓު ނައަޅާ މީހުންގެ އަދަދު ގިނަކަމާއި ބާޠިލުވި ވޯޓުގެ އަދަދުވެސް އެހެން އަހަރުތަކަށްވުރެ އެތަށްހާސްވޯޓު ގިނައެވެ.

  13. Anonymous

    400000 ހާސް މީހުންގެ މުހިންމުކަން ބޮޑު ހައްގައް ރިށްވަތުހިފައިގެން އަރައިފި ބަޔަކު ދޮގުހުވާކުރަން ފަސްޖެހޭނެބާ؟

    11
  14. އަޙްމަދު

    ހަހަހަހަ! ހަމަ ޔަގީންތަ! ﷲގަންދީ ހުވާ ކުރަންކެރޭނެތަ! އާން!!!!! މިމީހުން ކޮށްފާނެ!

    13
  15. ޙަަަހަ

    ﷲ ގަންދީ ހުވާކޮށްފައި ބުނެބަލަ ، ކަރުދާސްތައް އަންދާލީ ކީއްވެގެންތޯ ، ﷲ ގަންދީ ހުވާކޮށްފަ ތިބުނަނީ ވޯޓުލިގޮތަށޭއެކނި ، ވޯޓުލަފާނެ ރައްޔިތަކު 10 ފަހަރުވެސް އެވެސް ގުނިއްޔާ ވާނީ ރައްޔިތުން ވޯޓުލީގޮތަށް ، ދެން ތެދުވެރިންނަށްވެސް ދުވަހެއް އަންނާނެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ

    12
  16. ހައްޔަރުކުރޭ

    އީސީ ޝަރީފް ޕާރސްޕޯރޓް ހިފަހައްޓާ އޭނާ ހައްޔަރުކުރޭ އޭނާ ވަނީ ރައްޔިތުންލީ ވޯޓް ތައް އަންދާލާފައޭ އޭނާ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ

  17. ޙަފޯ

    ވޯޓް ލީގޮތުގެ ވާހަކަ ނުދައްކާ، އަކްރަމްއަށް ކެރޭނެތަ ވޯޓްގެ ނަތީޖާ އޮޅުވާ ނުލާކަމަށް ﷲ ގަންދީ ހުވާކުރަން.

  18. ހައްޔަރުކުރޭ

    އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ އީސީ އަކްރަމް ހައްޔަރުކުރޭ

  19. ވަޖީހު

    މިކަލޭގެޔަށްވެސް ބައިއެޅި ދޮގުހަދަމުންގޮސް ހަދާނެއެއްޗެއްނެތަސް ކަލޭމެން ބުނާނީ ތިހިން އެހެންވިއްޔާ ކަލޭގެ ޝަރީފު ވޯޓުކަރުދާސްތަށް އަންދާލީކީއްވެ އެއީ ރަށްޔަތުންވޯޓުދިންގޮތް ފެނިދާނެތީ ހެކިފޮރުވަން ޖެހި ރޮކެޓެއް ނޫންތަ ކަލޯ މާދަން އެބައާދޭ އެދުވަހު ކަލޯ ރޮއިފަ ކަންހިނގިގޮތް ކިޔައިދޭނެ ℅ 100ގެރަންޓީ 2023 ރައީސްޔާމީން ރައީސްޔާމީން ގެރަންޓީ އިންޝާ ﷲ...