ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޓާޓާ ކުންފުންޏާއިއެކުގައި އެއްބަސްވުން ހަދާފައިވާ ގޮތުން ޓާޓާއިން ކަމެއް ނުކުރިޔަސް ދިވެހިން ތިބެން ޖެހެނީ އަތްގާ ދަށުވެފައިކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާއެކު ކުރިން ހަދާފައިވާ އެއްބަސްވުމެއް ކުރީ ސަރުކާރުން އުވާލުމާއި ގުޅިގެން ބަދަލުގެ ގޮތުގައި އެކުންފުންޏަށް އޭރު ދޭން އެއްބަސްވި ދެ ބިމާއި ފަޅުރަށް ދޭން އަލުން ނިންމުމާއި ގުޅިގެން ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އޭރުގެ އެމްޑީޕީގެ ސަރުކާރުން ހެދި އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ޓާޓާ އެއްބަސްވުން ރައީސް ނަޝީދުގެ ސަރުކާރުން ހަދާފައިވަނީ މާލޭގެ ދެ ބިމާއި ރިސޯޓެއް އުމުރު ދުވަހަށް ވެދުން ކޮށްފައި ކަމަށާއި ޓާޓާއިން ކަމެއް ނުކުރިޔަސް ދިވެހިން ތިބެން މިޖެހުނީ އަތްގާ ދަށުވެފައި ކަމަށް އެ އެގްރީމެންޓް ބާތިލުކުރި އިރުގައި އިކޮނަމިކް މިނިސްޓަރުކަމުގައި ހުންނެވި ސައީދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، އެ އެގްރީމެންޓުގެ މައްސަލަ ހައްލު ކުރުމަށް ވެސް ދިވެހި ސަރުކާރުން ދާން މިޖެހުނީ އިންޑިއާގެ އާބިޓްރޭޝަނަށްކަން ފާހަގަ ކުރައްވާ އޭނާ ވަނީ އެ އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"ތާހިރު ނޫންތޯ؟" ރައީސް ސޯލިހް ޓެގް ކުރައްވާ ޓުވީޓު ނިންމަވާލައްވަމުން ސައީދު ވިދާޅުވިއެވެ.

ފާހަގަ ކޮށްލެވޭގޮތުގައި އެމްޑީޕީގެ ސަރުކާރުން ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެޓު ވަނީ އަޅާ ނިންމާފައެވެ. އަދި އޭގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކަން އޯޑިއޯން ހުރި ބިމާއި ނާދީ ހުރި ބިމުގެ އިތުރުން ރިސޯޓެއް ހަދަން ޅ. ޅޮއްސަލަފުށި ވެސް ޓާޓާ އަށް ދޭން އޭރުގެ ސަރުކާރުން ވަނީ އެއްބަސްވެފައެވެ.

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރުގައި ހަދާފައިވާ އެއްބަސްވުން އުވާލާފައިވަނީ ރައީސް ޔާމީންގެ ޒައާމަތުގައެވެ.

އެކަމާއި ގުޅިގެން ނޭޝަނަލް ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލްކުރުމުން 200 މިލިއަން ރުފިޔާ ހޯދުމަށް އެކުންފުނިން އާބިޓްރޭޝަނަށް ގޮސްފައިވާ ކަމަށާއި އެހެންކަމުން އޭގެ ބޭރުން މައްސަލަ ނިންމުމަށްޓަކައި ރިވައައިސްޑް އެގްރީމެންޓުގައި މި ހަފްތާގެ ތެރޭގައި ސޮއި ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަބްދޫ

    ޓާޓާއަށް ފްލެޓް އަޅަން ހަވާލު ކުރި 4 ބިމުގަ ފްލެޓް އެޅުމަށް ޓާޓާ އިންދިން 21 މިލިއަންޑޮލަރުން 15 މިލިއން ޑޮލަރަށް ވީގޮތެއްނޭގޭ.

    21
    • Anonymous

      މިހާރު މިއުޅެނީ ރިޔާސީ އިންތިހާބުގެ ވޯޓު ގަންނަންމަނީ ލޯންޑަރ ކުރާނެ ގޮތެއް ހަމަޖައސަން. ބޭރުން މިގައުމަށް ލޯންޑަރ ކޮށްގެން ވައްދާ ފައިސާ މިކަހަލަ ނަންނަމުގަ ދެން ވެއްދޭނެ މިގޮތައް ހެދުމުން.

  2. ފައިސް

    މިހާރު މި ފެންނަނީ ހަގީގަތުގައި ރާއްޖޭގެ ސަރުކާރުގެ މައްޗައް އޮތް އިންޑިޔާގެ ނުފޫޒާއި ބާރު. ކިހިނެތްތޯ ހެޔޮވާނީ. ވަތަނުގެ ލޯބި ހުރި ރައްޔިތަކައް ކެތްކުރެވޭނެތޯ މިފަދަ ޖަރީމާތައް ތަހައްމަލުކުރަން.

    29
  3. ރަދީފް ހުސެން

    ވެރިކަމުގެ ދަހިވެތިކަމުގަވިޔަސް އަދި އެހެންސަބަބަކާ ހެދިނަމަވެސް ބައެއްގެ އަތުންނާޖާއިސް ފައިދާނަގާފައޮތީޔާ އޭގެބަދަލު ދޭން މަޖުބޫރުވާނެ. މިސަރުކާރު ވެރިކަމައް އަލުންގެނެސްދޭސް 2012 އިންފެށިގެން ހާދަ ހޭދައެއް ޓާޓާ އަދި ޖމރ ކުރިއޭ. އެހެންވީމަ މާލޭގެ އެންމެ އަގޮބޮޑު ދެބިމާ ފަޅުރަށެއް އަދި މަދު.

    18
  4. ކާފަބޭ2020

    އެމްޑީޕީގެވެރިކަމެއް ޤާއިމްވާކޮންމެފަހަރަކު އަމާގެއުނުއޮތް ފައްޓަރުބައިވެސްމިޖެހެނީ އިންޑިއާއަށްހަދިޔާކުރަން! މިނޫންގޮތަކަށް ވެރިކަންކުރަންނުދަންނަނީ ކީއްވެބާ؟ އާބިޓުރޭޝަނަށް ދާންމިޖެހެނީހަމައިންޑިއާއަށް؟ ދެންމިނިވަންކަމޭމިކިޔަނީ ކީއްވެބާ؟ މިނިވަންކަމަކީ ހަތަރެސް ފައިގަޗޭނުޖަހާފަގުދަށްބޭއްވުމަށްކިޔާނަމަކީތޯ؟ އިންޑިއާމިލިޓަރީއައުޓް

    16
  5. ސަމީހް

    ދެން ރާއްޖެ އިންޑިޔާގެ އަޅުވެތިކަމުން ސަލާމަތް ނުވެވޭވަރުކޮއްފަ މި ސަރުކާރު ފައިބާނީ. އާޚިރަތް ދުވަހުން މި ސަރުކާރާއި މިސަރުކާރުގެ ބައިވެރިންގެ ކިބައިން ދިވެހި ރައްޔިތުންނައް މިދިން ނިކަމެތިކަމުގެ ބަދަލު ދެއްވާށި. އަދި ޣައްދާރު ވެރިންނާއި އެމީހުންގެ ބައިވެރިންނައް ހައްގު ޖަޒާ ދެއްވާށި.

  6. އަބްދޫ

    ޓާޓާ އިން ފައިސާހޯދާ މޮރިސަސް ގެ ބޭންކަތަކަށް ޖަމާކޮށްފައިވާނަމަ ތިބޭނީ ޓާޓާ ގެދަށުވެފަ. މިކުރާ ކޮންމެ އެގްރީމެންޓް ގެ ވެލިއުގެ 2.5% މިކަމުގާ އިސްކޮށްއުޅޭ މީސްމީހުންގެ އެކައުންޓް ތަކަށް ޖަމާކޮށްދޭނެ. އެއީ ރާއްޖޭގެ ގާނޫނު ބުނާގޮތުންމަނާކަމެއް ނަމަވެސް އިންޓަރނޭސަނަލް ބިޒްނަސްގަ ހުއްދަކަމެއްގެ ގޮތުގަ އެޑްމިނިސްޓްރޭޓިވް ހަރަދުގެ ގޮތުގަ ކުރަމުންދާކަމެއް.

  7. ރަން ރީނދޫ

    އިންޑިއާ ހިލޭ އެހީގެ އަނދިރި ފަރާތް. މިޔަކީ ބަޔަކަށް އެހީއެއް ހެޔޮހިތުން ވެވޭ ފެންވަރެއް ހުރި ގައުމެއް ނޫން. އެއަށްވުރެ މަކަރުވެރި ހިޔަޅެއް.

  8. ރާއްޖެތެރެ

    ހުރިހާ ނުބައެއް ހަދަނީ އެމްޑީޕީ އިންޑިޔާ ސިފައިން ރައްޖެ އެރުވުމުގެ ހަގީގީ މީހުންނަކީ އެމްޑީޕީ

  9. ދިވެހިންގެ ބަސް

    އެމްޑީޕީޔަ ސަޕޯޓްކުރުން ނިމުނީ.

    • ކަނީރު

      ތީދުވަހަކުވެސް އެމްޑީޕީއަށް ސަޕޯރޓް ކުރި މީހެއްނޫން. އެމްޑީޕީ މީހުން ސަޕޯޓްކުރާނެ ތިކަހަލަ ސޮހޮލަކު ނުކުރިޔަސް

  10. ޒަބީބު

    ކަރުން ނާރު ފުއްޕާފަ ޗައިނާއިން ދަރަނި ދަންތުރަ ޖަހައިގެން ބިންފޭރެނީއޭ ކިޔާފަ ނަޝީދު ފިސާރި ގަތަޔަށް ވާހަކަ ދެއްކީމެއް ނޫން. ކޮބާ ދެން މިހާރު ކީކޭ ބުނާނީ؟ ބިން ފޭރެނީ ޗައިނާ ތަ ނުވަތަ އިންޑިއާތަ؟ ހަމަ ގައިމުވެސް ޗައިނާއިން ފޭރުނު ބިމެއް ނަޝީދަކަށްވެސް އަދި އެހެންމީހަކަށްވެސް މިއަދާއި ހަމައަށް ދެއްކިފައެއް ނެތް. އެކަމަކު ދެންތިބީންގެ ވާހަކަ ދައްކަން މިޖެހެނީ ރައްޔިތުންގެ ލޯމަތިން މާލޭގެ އެންމެ ޕްރައިމް ލޮކޭޝަންތަކުގައި ހުރި އެންމެ އަގުބޮޑު ރައްޔިތުންގެ ބިންތައް ރޯމާދުވާލު ބަދަލޭ ކިޔާފަ ނުކުރާ މަސަތްކަތުގެ ބަދަލުގެ ގޮތުގައި ކަބްޒާކޮށްލާތަން ފެންނާތީ. މިވަރުން ދަންޏާ ރައްޔިތުން ގެއިން ބޭރުކޮށްފައި އެތަންތަންވެސް އިންޑިއާށް ދޭނެ. އެމްޑީޕީގެ ވެރިކަމަކީ މިއަދު ރައްޔިތުންނަށް ޖެހިފައި އޮތް އާފާތަކަށް ވެއްޖެ!