އިއްޔެ އެކަނި 91 ފަރާތަކުން ލޭ ހަދިޔާކޮށްފައިވާ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސް އިން ބުނެފިއެވެ.
ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ތެލެސީމިއާ ކުދިންނަށް ލޭ ލިބުމުގައި ވަނީދަތިތަކާއި ކުރިމަތިވެފައެވެ. އެގޮތުން އެ ކުދިންނަށް އެހީވުމަށް އިދިކޮޅު ކޯލިޝަންގެ މެންބަރުންވެސް އިއްޔެ ވަނީ ލޭ ހަދިޔާކޮށްފައެވެ.
އިއްޔެ މެންދުރު ތެލެސީމިއާ ސެންޓަރަށް އިދިކޮޅު ފަރާތްތަކުން ގޮސް ލޭ ހަދިޔާކޮށްފައި ވަނީ، ވީހާވެސް ގިނަ ފަރާތްތަކުން ލޭ ހަދިޔާ ކޮށްދިނުމަށް ތެލެސީމިއާ ސެންޓަރުން އެދިފައިވާތީ އެކަމަށް އިޖާބަ ދިނުމުގެ ގޮތުންނެވެ.
ޕީޕީއެމްގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު "ވަގުތު" އަށް ވިދާޅުވީ، އިއްޔެ 20 ވަރަަކަށް މީހުން ލޭ ހަދިޔާ ކުރަން ދިޔަ ކަމަށާއި، ނަމަވެސް ވަގުތުގެ ގޮތުންނާއި، އަދި ތެލެސީމިއާ ސެންޓަރުން ހެދި ޓެސްޓުތަަކަށް ފަހު އިއްޔެ ލޭ ދެވުނީ 12 ވަރަކަށް މީހުންނަށް ކަމަށެވެ.
އަދި މިއަދުވެސް ޕީޕީއެމްގެ ސަޕޯޓަރުން ލޭ ހަދިޔާ ކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
"ކޮވިޑް-19 ގެ ދުވަސްވަރު ކަމަށްވާތީ ސޯޝަލް ޑިސްޓެންސްއަށް ބަލައިގެން ކުރިއަށްގެންދަނީ". ހީނާ ވިދާޅުވިއެވެ.
ބްލަޑް ސާވިސް އަށް ހަފުތާއަކު 160 ޔުނިޓްގެ ލޭ ބޭނުންވެ އެވެ. އެތަނުގައި އެއަށްވުރެ ގިނައިން ލޭ ރައްކާކުރެވުނަސް ސްޓޯރޭޖުގައި މިވަގުތު އެންމެ ޔުނިޓެއްގެ ލޭ ވެސް ނެތް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އަދުރޭގެލޭ ނަމަނަމަ އަހަރެންގެދަރިއަކަށްނާޅާތި، ހުރިހާހިސާބެއް އެކޮޅުކޮޅުން އަދި ބުހުތާނުދޮގުން ދުނިޔެފަސާދަކޮށްފާނެ. ގައްސާނުލޭ.... އަމަޔެއްބަފައެއްވަކިނުވެހިނގައިދާނެ...ސަހާދެއްވާ މިއޮތީކަމެއް.
ނަމަ ނަމަ ގެ ނަމުގައި ކޮމެންޓު ކޮށްގެން މި އުޅެނީ ހާދަހާ ވާ ހަޔާތްކުޑަ މީހެކޭ ދޯ.
މުސލިމުންގެ ލެއަކީ ތިފަދަ މުޑުދާރު ލެޔަކައް ނުވާނެ އަދުރޭ ވިޔަސް ގައްސާނުވިޔަސް ލޭދިނީމަ އެއޮތީ އިންސާނިއްޔަތައް ކޮންމެވެސް ކަމެއް ކޮއްދެވިފަ ހަމަ ގައިމުވެސް ލާދީނީ މީހެއްގެ ލޭ އަހަރެން ހަމަ ހޭ ހުއްޓާ ނާޅާނަން އަހަރެންގެ ދަރިއެއްގެ ގަޔައް ގައްސާނާ އަދުތޭއައް ﷲ ހެޔޮރަހުމަތް ލައްވާށި އާމީން
ދެން ކަލޯ ގޮސް ހުރިހާ އެންމެންނަށް ވާވަރަށް ލޭ ދޭންވީނު އެހެންމީހެއްގެ ލޭ ނާޅާންޏާ!
އެއްކޮޅާ އިދިކޮޅު ކިޔުން ހުއްޓާލާމާ...މީ އެއްގައުމެއ
އެއްޕާޓީއޭ އެނެއްޕާޓީއޭވެސް ނުކިޔާ.