މި ވޭތުވެ ދިޔަ އެހެން އެއްވެސް ވެރިކަމެއްގައި ނުކުރެވޭވަރުގެ ހިދުމަތްތަކެއް މިއަދު އެމްޑަބްލިއުއެސްސީ އިން ދެމުން އަންނަކަމަށާއި، އެކަން އެމްޑަބްލިވްއެސްސީއަށް ބަލާލުމުންވެސް އެނގޭކަމަށް އެންވާރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމްޑަބްލިވްއެސްސީއަށް 23 އަހަރު ފުރުން ފާހަގަ ކުރުމަސް ބޭއްވި ހަފްލާގައި ވާހަކަދައްވަމުން ތޯރިގް ވިދާޅުވީ، އެމްޑަބްލިވްއެސްސީއަކީ މީގެ ކުރީގައި ނަރުދަމާ އާއި މާލެއަށް ފެންފޯރުކޮށްދިނުމަށް އުފެދިގެން ދިޔަ ކުންފުންޏެއް ނަމަވެސް، ކުންފުނި ފުޅާވެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ މިދިޔަ ހަތަރު ވަރަކަށް އަހަރު ތެރޭގައި މި ކުންފުނި ވެފައިވަނީ ވަރަށް މުހިންމު ދައުރެއް އަދާ ކުރާ އަދި ގައުމަށް ފައިދާ ހުރި ކުންފުންޏަކަށް ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަހުގެ ޖަލްސާ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަހުގެ ޖަލްސާ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"މި ވޭތުވެ ދިޔަ އެހެން އެއްވެސް ވެރިކަމެއްގައި މިކަންތައް ނުކުރެވޭވަރަށް މިއަދު މި ކުންފުނިން ވެސް މަސައްކަތްތަކެއް ކުރަމުން މިދަނީ. ރައީސް މައުމޫނުގެ ދައުރާއި ރައީސް ނަޝީދުގެ ދައުރުގައި އެއްކޮށްލިއިރުވެސް އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ނަރުދަމާއަށް ބަލާކަމުގައިވަންޏާމުން 31 ރަށެއްގައި ހަމައެކަނި ނަރުދަމާ އެޅިފައި މި ވަނީ،. އަދި ހަ ރަށެއްގައި ފެނުގެ ނިޒާމް އެޅިފައި މި ވަނީ. ނަމަވެސް، މިހާރުގެ ސްޓެޓިސްޓިކަށް ބަލާއިކަމުގައިވަނީނަމަ އެނގޭ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދީގެން ފެނާއި ނަރުދަމާގެ މަސައްކަތް ކުރެވެމުންދާކަން". މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.

އެގޮތުން ރައީސް އަބްދުﷲ ޔާމިން ސަރުކާރު އައި ފަހުން މި ކުންފުނިން އެކަނިވެސް 54 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފަށައި ކުރިއަށް ގޮސް މި އަހަރު ތެރޭގައި އެ ހުރިހާ ރަށެއްގެ އެ މަސައްކަތްކޮށް ނިންމާލެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަހުގެ ޖަލްސާ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިނިސްޓަރ ވިދާޅުވީ، 2014 ވަނަ އަހަރު އެމްޑަބްލިވްއެސްސީއަށް ދިމާވި މައްސަލައަކާއި ގުޅިގެން ފެން ނުލިބުނު މައްސަލައަކީ އިބްރަތެއްކަމަށް ބަލައިގެން ފެނުގެ ސެކިޔުރިޓީއަށް މިހާރު ކުރަން ޖެހޭ މުހިންމު މަސައްކަތްތައް އެމްޑަބްލިވްއެސްސީއިން މާލެ ގްރޭޓާ އޭރިއާގައި ކުރަމުން އަންނަ ކަމަށެވެ.

އިތުރަށް މިނިސްޓަރ ވިދާޅުވީ، މާލޭގައި ހެދިފައި އޮތް ސުވަރޭޖް ސިސްޓަމަކީ ގިނަ ދުވަސްވީ ސިސްޓަމެއް ނަމަވެސް، މިިދިޔަ އެއްވެސް ސަރުކާރެއްގައި އެ ނެޓްވޯކް ސިސްޓަމަށް އަޅާނުލި ނަމަވެސް މިއަދު ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ވަނީ އެ ނެޓްވޯކް ސިސްޓަމަކީ އާ ކުރަން ޖެހިފައި އޮތް ސިސްޓަމެއްކަމަށް ގަބޫލުކޮށް އަޕްގްރޭޑް ކުރުމުގެ މަސަައްކަތް ފަށާފައިކަމަށެވެ.