ރާއްޖޭގެ މުއްސަނދިކަން އިތުރު ކުރުމަށް ގޭބިސީތަކަށް ދައުލަތުގެ ބަޖެޓުން 50 މިލިއަން ރުފިޔާ ބަހަން ޖެހޭ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ރޭ ގޮވާލައްވައިފިއެވެ.
ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި ސަރުކާރުން 50 މިލިއަން ރުފިއާ ބަހަން ޖެހޭ ކަމަށާއި، އަދި ރާއްޖޭގެ ރިސޯޓުތައް ބަންދުކުރިޔަ ނުދިނުމަށްޓަކައި ބޭރުގެ މިލިއަންނަރުންނަށް އެއީ "ރައްކާތެރި ސުވަރުގެ"އެއް ގޮތުގައި ވިއްކަން ޖެހޭ ކަމަށެވެ.
މިއީ އިގްތިސާދު ދަށްވިޔަ ނުދީ ރާއްޖެ މުއްސަނދިކުރަން ވީ ވަގުތު ކަމަށް ޖާބިރު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
Covid-19 mi igthisaadhy haalathun araigathumahttakaa 50,000,000 (50M MVR) Rufiya Geybiseethakah bahaa, Raajjeyge Resort thah bandhu nukoh Dhuniyeyge Millionairunnah ei safe heaven thakuge gothugai vikkaa, marketing strategy badhalukurumah govaalan! Miee masakkai kuran v vaguthu! pic.twitter.com/EBkJahXzzo
— Abdulla jabir (@chairmanjabir) March 23, 2020
ރާއްޖެއިން ކޮވިޑް-19 ފެނުނު އަދަދު މަދުވިޔަސް، ރާއްޖޭގެ އިގްތިސާދަށް އެންމެ ގިނަ ފައިސާ ވަންނަމުން އަންނަ ފަތުރުވެރިކަމުގެ ސިނާއަތް ދަނީ އިންތިހާއަށް ދަށްވަމުންނެވެ.
ކޮވިޑް-19 އާ ގުޅިގެން ގައުމާ މުހާތަބް ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ ވައިރަހުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތަކެއް އިގްތިސާދަށް ލިބޭނެ ގައުމަކަށް ރާއްޖެ ވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރާއްޖެއަށް އާމްދަނީ އެންމެ ބޮޑަށް ވަންނަ ފަތުރުވެރިކަން ދަށަށްދާ ކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ މިމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނި ވެސް ރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅައި ބަލާއިރު 22.8 އިންސައްތަ ވަނީ ދަށަށް ގޮސްފައި ކަމަށެވެ. އަދި ޖެނުއަރީ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161740 ގިނަ ބެޑް ނައިޓް ކެންސަލް ވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ބުކިންތައް ކެންސަލް ވަމުންދާ ނިސްބަތަށް ބަލާއިރު މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅައި ބަލާއިރު 12 އިންސައްތަ އާއި 10 އިންސައްތަ އާއި ދެމެދުގެ އަދަދަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ގްރޮސް ޑޮމެސްޓިކް ޕްރޮފިޓް (ޖީޑީޕީ) ދަށަށް ދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ކުރިން އަންދާޒާ ކޮށްފައި ވަނީ މިއަހަރުގެ ތެރޭގައި ޖީޑީޕީ 7.5 އިންސައްްތައިގައި ކުރިއަރާނެ ކަމަށް ކަމަށާއި، ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އަރާނެ ލޮޅުމަށް ބަލާއިރު މިއަހަރުގެ ޖީޑީޕީ ކުރިއަށް އަރާނެ މިންވަރު މިހާރު ބެލެވެނީ 0.5 އިންސައްތަ އާއި -5.6 އިންސައްތަ އާއި ދެމެދުގެ އަދަދެއްގައި ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ޖާގެ މުސްސަދިކަން އެހެން މީހުންއަށް ލިބުނަސް ރަގަޅުވާނެ، މިހާރު މުސްސަދިކަމުގަ އުޅެވިއްޖެންނު.... ސަރުކާރުން ދެން މަސައްކަތް ކުރަންވީ އާފަރާތްތަކަކަށް މަގުފަހިކޮށްދޭން... ޖާމެންއަށް ވެއްޖެ....
އިބޫ ވެރިކަމަށް އައީ މަކަރާ ހީލަތުން ހުވާކުރުމަށްފަހު ކޮންމެ ދުވަހަކު އިރުއެރުމާއެކު މުސީބާތަކާ ދިވެހިން ކުރިމަތިލާންޖެހޭ ފަތުރުވެރިޔަކު ގެބިގެން މަރުވާނެ އޮޑިޔެއް ފަރައްއަރާނެ އެންދަމަށް ފީނިމީހަކު މަރުވާނެ ކޮންމެވެސްތާކު އަލިފާރޯވާނެ ދޯނި ކައްޕި ގެއްލޭނެ ތިޖޫރީއެއް ފަޅާލާނެ ބެންކުކައިރިން ރުފިޔާތަކެއް ފޭރިގަންނާނެ ފެންބޮޑުވެދާނެ އިންޑިޔާއަށް 2 މިލިޔަން ޑޮލަރ ދީފާނެ ....
އެ 50 މިލިއަން ޖާބިރު އަތަށް ލިބުނިއްޔާ ދެން އެހެން މީހަކަށް އެކައްޗެއް ނުދިނަސް ރާއްޖެ އެ އޮތީ މުއްސަދިކަން އިތުރުވެފައި!
މަނިކުފާނުގެ އަޑު އަސަވަލައްވާ!
މި ދުވަސް ވަރަށް އންމެ ފައިދާ ބޮޑު ގޮތަކީ ދިވެހި ހުރިހާރައްޔިތުން ގޭގަ ތިބުމަށް އެހީތެރިވެދިނުން. މިގޮތުން އަޅަންޖެހޭ ފިޔަވަޅެއްކަމަށް ފެންންނީ 1 މަސްދުވަހަށް ވާމިންވަރަށް ކާބޯތަކެތި ގޭގެއަށް ފޯރުކޮށް ދިނުން. ދަވްލަތަށް އަބުރާ ދައްކާގޮތަށް 1 މަހުގެރެންޓް ފޯރުކޮށްދިނުން. ކާބޯތަކެތި ފޯރުކޮށް ދިނުމުގާ ބަލަންޖެހޭނީ އައިޑީކާޑަށް .އެ ގެއަކުން އެގޭގަ ދިރިއުޅޭ މީހުންގެ އައޑީކާޑު ނަންބަރުތައް ފޮނުވީމާ ތަކެތި ތައްޔާރު ކޮށް އެގެޔަކަށް ގެންގޮސްދީ އައިޑީކާޑު ޗެކްކޮށް ތަކެތިހަވާލުކުރަންވީ އައޑީ އޯޑަރ ކުރެވިފަވަ ލިސްޓް ފުރިހަމަކޮށް ޗެކް ކުރެވެންވާނެ. ޑަބަލް ކޮށް އެކަކަށް ވެސް ނުދެވޭކަން ޔަގީން ކުރެވެންވާނެ.
މިއަށް ވުރެ ފަގީރު ހާލަތުގާ ދިވެހިގައުމު އޮތްއިރު ދަރަނި ކާޑު ރައްޔިތުންނަށް ފޯރުކޮށްދީފާ އެބަހުރި ދަރަނި އަތޮޅުބަޖެޓުން ދައްކަދިފަ ވެސް އެބަހުރި އަދި ދަރަނި ދަވްލަތުން މައާފް ކޮށްދީފަ ވެސް އެބަހުރި
ކަލޭ އަމިއްލަ ރިސޯޓުތަށް ސޭފު ހެވެން އަށް ހަދާ ނުވިއްކައިގެން ތި އުޅެނީ ކީއްވެއޯ؟ އެކަން ކޮށްފަ ދައްކަބަލަ.
ބިޔަރު ފީފާއެއްގެ ތެރެއައް އެރި އޮންނަންވީނޫންތޯ..؟