އިދިކޮޅު ފަރާތްތަކަށް މަޝްވަރާއަށް ފުރުސަތު އޮންނާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ފަރާތްތަކުން ކޮވިޑް 19 އާއި ގުޅިގެން މަޝްވަރާއަށް ގޮވާލާފައިވާތީ އެކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ، އެ މައްސަލަ އަކީ ޤައުމީ ކަމެއް ކަމަށެވެ. އެހެންކަމުން މިކަމުގައި ވަކި ކުލައެއް ނުވަތަ ޕާޓީއަކަށް ނުބައްލަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އިދިކޮޅު ފަރާތްތައް، ހުރިހާ ފަރާތްތަކަށް، އެބައޮތް ފުރުސަތު މިކަމުގައި ބައިވެރިވާން. ވަކި ވަކި ހުރިހާ ރައްޔިތުންނަށް ވެސް އެބައޮތް. ހުރިހާ ޖަމިއްޔާތަކަށް ޖަމާއަތްތަކަށް މިކަމުގައި ބައިވެރިވެވެން އެބައޮތް. ވަކި ކުލައަކަށް، ވަކި ޕާޓީއަކަށް ވަކި ރަށަކަށް ބެލުމެއް ނެތް، މިއީ ހުރިހާ ރައްޔިތުންނަށް ގުޅިގެން މަސައްކަތްކުރަންވީ ވަގުތެއް. މިތަނުގައި މިހާރުވެސް ވޮލެންޓިއަރުންނަށް ހުޅުވާލާފައި ވެސް އެބައޮތް." ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވާއިރު، ކޮވިޑް-19 ގެ ސަބަބުން ދިވެހި ގައުމަށް މިހާރު ދިމާވެފައިވާ އޮތް ހާލަތު ވީ އެންމެ އަވަސް ފުރުސަތެއްގައި އިދިކޮޅު ފަރާތްތަކާއި ހިއްސާ ކޮށްދެއްވާ ގައުމީ ރޫހުގައި މަސައްކަތް ކޮށްދެއްވުމަށް ރައީސް ސާލިހަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މިއަދު ގޮވާލާފައެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 އާއި ގުޅިގެން އިންސާނިއްޔަތަށް އޮތް ނުރައްކާ އިންތިހާއަށް ބޮޑުވެ، ޤައުމުތަކުގެ އިޤްތިޞާދު އެފުށް މިފުށަށް ޖެހެމުންދާ މި ދުވަސްވަރު، ދިވެހި ޖުމްހޫރިއްޔާގެ އެންމެ އިސް ފަރާތުގެ ޙައިސިއްޔަތުން ޤައުމުގެ މަސްލަޙަތު އިސްކުރުމަށް ރައީސް ސޯލިހަށް ގޮވާލާކަމަށެވެ.
އަދި މިހާލަތުން އަރައިގަތުމުގައި ޕާޓީގެ މަސްލަޙަތު ދޫކޮށް، ޤައުމީ އެއްބައިވަންތަ ކަމަށް ޖާގަ ދިނުން ވެގެން ދާނީ، ދިވެހި ކޮންމެ ރައްޔިތެއްގެ ރައްކާތެރިކަމަށް އެޅިގެންދާނެ މުހިންމު އަދި އެހާމެ ބޭނުންތެރި ފިޔަވަޅެއްކަމަށް އެ ކޯލިޝަނުން ބުނެފައިވެއެވެ.
ކުރާ ސުވާލަށް ޖަވާބެއް ދޭކަށް ނޭގެ ހުރެގެން ކޮސްގޮވީ ބީރު މީހަކާ ވަހަކަ ދައްކާހެން މިވަރުގެ މީހުންލައިގެން ބޯހަލަކު ލަދުން ހަލާކު ގައުމެއްގެ ވެރިޔަކު ވާހަކަ ތިޔަށް ވުރެ ރަނގަޅުވީސް ބަންގާޅީ ބޮންދަކު ތިތަނަށް އެރުވިނަމަ އޭނަވެސް ކޮންމެވެސް އަނގެއްތަޅާނެ
އަބްދުއްރަޙީމަކީ ޕީ.އެން.ސީގެ ރައީސްކަމެއް ވެރިމީހާއަކަށް ނޭނގުނު. މިވަރުގެ މީހަކު ވެރިކަމުގައި ހުރީ.
ތިފުރުސަތު ދީފިނަމަ މަނިކުފާނަށް ސެލިއުޓް ޤައުމާއި ދީނުގެ ދިފާއު ގައި ތެދުވެ ވަޑާއި ގަންނަވާ އޭރުން އިދިކޮޅުގެ ލޯބިވެސް މަނިކުފާނަށް ލިބިވަޑައި ގަންނަވާނެ ތިވެސް ﷲހެއްދެވި އިންސާނަކަށް ވީތީ ހިތްވަރާއެކު ތެދު މަގަށް ރުޖޫޢަވުމަށް އިޚުލާސްތެރި ކަމާއިއެކު މަސައްކަތް ފައްޓަވާ ކެނެރީގޭ ނަޝީދު ދައްކާހާމަގުން މަނިކުފާނު ހިންގަވާހާ ދުވަހަކު މަނިކުފާނަށް ގެއްލުމާއި ހަލާކުގެ މަގުން މަނިކުފާނަށް ދެވޭނީ އޭނައާއި ދުރުވެވޭތޯ މަސައްކަތް ކޮށްލަށްވާ ވަކިކުލަ އަކަށް ނުބައްލަވާ ހުރިހާ ރަށްޔަތުންނަށް ހަމަހަމަ ކަމާއިއެކު ކަންތައް ކޮށްދެއްވާ އެމީހެއްގެ ފެންވަރުން އެމީހަކަށް މަސައްކަތް ކުރުމުގެ ބާރުދެއްވަނީ ﷲ އިންސާނުނަށް ކުއްވެސް ކުރެވޭނެ ތައުބާވުމަށް ފަހު ތެދުވެރި ކަމާއި އާއަޒުމަކާއި ހިތްވަރާއި އިޚުލާސް ތެރިކަމާއި އެކު ރަށްޔަތުންގެ ލޯބި ހޯއްދަވަން މަސައްކަތް ކުރަށްވާ ނުބައިވެގެންވި ކޮންމެ ކަމަކާއި ދުރުހެލިވުމަށް މަސައްކަތް ކުރަށްވާ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގަތު މަށްޓަކައި ހިތްވަރާއި އެކު ކުރިޔަށް ވަޑައި ގަންނަވާ ނަފުރަތާއި ބަދަލުހިފުމުގެ ރޫޚު ދޫކޮށްލަށްވާ ދިވެހި ޤައުމާއި އިސްލާމްދީ ނާއި ރަށްޔަތުނަށް ޓަކައި ތެދުވެރިކަމާއި އެކު އިންސާފުގެ މަގު އިޚުތިޔާރު ކުރަށްވަވާ ފަލާޚާއި ކާމިޔާބަކީ ވަކިލުލައެއްގެ ޕާޓީ ފިކުރަކުން ލިބޭނެއެއްޗެއް ނޫން ﷲގެ އެންގެވުމާ ދެކޮޅު ހަދާ މީހުންގެ މަގު ﷲ ބަންދު ކުރަށްވާނެކަން ހަމަކަށްވަރު ﷲގެ މަގު ބަންދުކުރެވޭ ވަރުގެ ބާރުހުރި އެއްވެސް ޕާޓީ އެއް ނޯންނާނެ އެކަންމުގެ ހެކިމިއަދު މުޅި ދުނިޔެ އިން ފެންނަމުންމިދަނީ އަހަރެމެންގެ ނިކަމެތި ކަން އިޚުސާސް ނުކުރެވޭ މީހަކުމިއަދު ވާނެބާ މިކަމުން އިބުރަތެއް ލިބިގަންނަމާ!،
ބަނގުލަދޭޝްގަ ހުރި ހަސީނާއައްވުރެ މީހުނާ ދޭތެރެ ޚުލްގު ނެއް މީހެއް،،،،،،،،،
ބީރުބޮލް ވަޒީރު
ބަރުލަމާނީ ނިޒާމަކަށް ބަދަލްކޮށް ބޮޑުވަޒީރަކަށް އަންނި އައީމާ ރަގަޅުވާނެ ...ފުރުސަތު ދެއްވާނަންތޯ؟؟؟؟؟؟؟؟