ރިސޯޓުން ފައިބަން ހުއްދަ ނުދީފިނަމަ އަމިއްލަ ނަފްސަށް ގެއްލުންދޭނެ ކަމަށް ބުނި މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 33 އަަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލހުން ވިދާޅުވީ، ވ. ސިނަމަން ވެލިފުށި ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ރިސޯޓުން ފޭބުމަށްޓަކައި މެޑިކަލް ލެޓާ ނުދީފިނަމަ އަމިއްލަ ނަފްސަށް ގެއްލުން ދޭނެ ކަމަށް ބުނެ އޭނާ އިންޒާރުދިން ކަމަށެވެ.

އަދި އޭނާ އަށް ކަމެއް ދިމާވުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން އެ ރިސޯޓަށް ގޮސް އިއްޔެ އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރިސޯޓުތަކުގެ މުވައްޒަފުން ރިސޯޓުން ފޭބުމާއި އަދި ރަށްރަށުން މީހުން ރިސޯޓުތަކަށް ދިޔުން އޮތީ މަނާކޮށްފައެވެ.

އެހެން ނަމަވެސް އެ އެންގުންތަކާއި ރިސޯޓުތަކުގެ މުވައްޒަފުން އަމަލު ނުކުރާ މައްސަލަ ފުލުހަށް ހުށަހަޅާފައި ވެއެވެ. އަދި އެ މައްސަލަތަކުގައި ބަޔަކު ހައްޔަރުވެސްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޜިސޯޓު ބޯއި

    ޢެއްވެސް މީހަކައް އިހުސާސެއް ނުވާނެ އަހަރުމެން އުޅެން ޖެހޭ ހާލެއް

    28
    5
  2. ކެރެޑިމޮހޮދާ

    ކޮރޯނާއައްވަނި މިކަހަލައި ދެތިން ދާރަކާމެންގެ ބަލާބޮނޑަ

    6
    1
  3. ޢެދުރުދައިތަ

    ޢެންމެންގެ ސަލާމަތާއި ރައްކާތެ ރިކަމަށް އަޅާ ފިޔަވަޅުތަކަށް އެންމެންވެސް އަމަލުކޮށްގެން ކާމިޔާބު ވާނީ...

    15
    3
  4. ސިޓުއޭޝަން

    މިރިސޯޓު ތަކުގައި ތިބެނީ ހަމަ ބައެއްތަ؟

    5
    6
  5. ކެޔޮޅު

    މިތާ ތިބެން އިބޯސޯލިހު އާދެބަލަ ވާނުވާ ދެކިލަން ރެސޯޓުބޯއިން އުޅޭ ހާލު ބަލައިލަން.