މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިމާޓުމަންޓުން ކުރިޔަށް ގެންދިޔަ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއް ކަމަށް ފުލުހުން ބުނެފައިވާ ގދ. ހޯޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އޭނާ މިއަދު ދޫކޮށްލައިފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހު ފުލުހުން ކުރިޔަށް ގެންދިޔަ އެ އޮޕަރޭޝަންގައި ޖުމްލަ 9 މީހަކު ހައްޔަރުކުރިއިރު ފުލުހުން ބުނީ އެ މީހުންގެ ތެރެއިން އެންމެ އިސްކޮށް ހުރީ އަރުޝަދު ކަމަށެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ކުރުމުގެ ބޮޑެއް ކަމަށް ވެސް ބުންޏެވެ. އެ މައްސަލާގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދާފައެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކެއްގެ ނަން މަތީގައި ހުޅުވާފައިވާ އެކައުންޓެއްގައި ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށާއި އެ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާކަން ތަހުގީގަށް ތުހުމަތު ކުރެވޭ ކަމަށްވެސް ފުލުހުން ވަނީ ކުރިން ބުނެފައެވެ. ނަމަވެސް އެ އެކައުންޓަކީ ކާކުގެ އެކައުންޓެއް ކަމެއް ފުލުހުން ނުބުނެއެވެ. ފުލުހުން ބުނީ އެ އެކައުންޓުގައި ހުރި ފައިސާ ފްރީޒް ކޮށްފައިވާ ކަމަށެވެ.

މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގދ. ހޯޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު އިތުރު ބަޔަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ޓްރެފިކްކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޕްރޮސެކުއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން އޭނާގެ މައްޗަށް މިއަދުގެ ވަގުތެއްގައި ޑައަމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އަރުޝަދުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު މެންދުރު 12:00ގައި ކޯޓަށް ހާޒިރު ކުރުމަށް ޝަރުތު ކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާ ދޫކޮށްލީ ކޮން ޝަރުތުތަކެއް ކޮށްފައި ކަމެއް ނޭނގެއެވެ.

މިއަދު ފުލުހުން ބުނީ މީގެކުރިން ފުލުހުން ބުނެފައިވާ ބޭންކް އެކައުންޓަކީ ވެސް އަރުޝަދުގެ ނަން މަތީގައި އޮތް އެކައުންޓެއް ކަމަށެވެ. އެ އެކައުންޓުގައި ގާތްގަނޑަކަށް 4.6 މިލިއަނެއްހާ ރުފިޔާ އެބަހުރި ކަމަށާއި އެހެންކަމުން އެ ފައިސާ ކޯޓު އަމުރެއްގެ ދަށުން ފްރީޒު ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ޟމމ

    ދޫކޮއްލުމުގެ ޒިންމާ ފަނޑިޔާރު ނަގަންޖެޙޭ

    43
    2
    • ފަޑިއްތަރު

      ދޫކޮށްލުމުގެ ޒިންމާ ނަގަން ޖެހެނީ ފަނޑިޔާރެއް ނޫން. ދޫކޮށްލުމުގެ ޒިންމާ ނަގަންޖެހެނީ މައްސަލަ ތަޙްޤީޤު ކުރި މީހުންނާއި މައްސަލަ ޝަރީޢަތަށް ގެންދިޔަ މީހުން. ތިޔަކަންވެސް ވެފައި އޮންނާނީ ހ.ރީނދޫމާގެއިން ފެނުނު މަސްތުވާތަކެއްޗަށް ވީގޮތަށް. ނޫހުގެ ހެޑްލައިނު އަހަރެމެންނަށް ފެންނާނެ. ފަނޑިޔާރު ކުރިމައްޗަށް ހެޑްލައިނުގައި އޮތް ވާހަކައެއްވެސް ހެތްކެއްވެސް ނުގެންދާނެ. ފަނޑިޔާރު ދޫނުކޮށް ކީއްކުރާނީ؟

      14
      • ޤާޟިއްޡިއްލި

        މިހާރު ހަދާފައިހުރި މުޅިދުނިޔޭގައިވެސް ނެތް ފެންވަރުގެ މޮޅު ގާނޫނު އަސާސީގެ ސަބަބުން ކުށްވެރިން ދޫކޮށްލަން ޖެހެނީ. ފަނޑިޔާރުން، ޕޮލިހުންގެ ކަމެއްނޫންއެއީ.

  2. ޙަމަހަމަ

    ޝަރުއީދާއިރާ ތިޔޮތީ އެޖެންޑާ19ގެ ދަށުން 100% އިސްލާހުވެފަ.

    ދެންވެސް ބުނޭ ގޭންގުތަކުގެ އަޑީގަހުރީ އަދި ޝަރުއީދާއިރާއަށް ހުރަސްއަޅަނީ ޔާމީނޭ.

    ޢިސްލާހުކުރީ އެންމެ ދާއިރާއަކުން ، އެއީ ރައީސްއޮފީހާ މަޖްލިސްއާ ކޯޓަށާ ޕޮލިސްއަށާ ސިފައިންގެ އިސްމަގާމުތަކަށް ސެކިއުލަރިސްޓުން ވެއްދުން އެކަނި.

    66
    1
  3. ކޮސްވެއްޖެ

    ތީ ވާނެވަރަކީ މިރާއްޖެ އަކު ތި އެއްވެސް ކަމެއް ނުހުއްޓުވޭނެ ހުރިހާ ވެސް ނުބަޔަކީ ދައުލަތުގެ ވެރިން އަދި ފައިސާ އައް ވިކިފަ ތިބި މިއައްސަސާ ތަކުގެ ބޮޑުންނާއި މި ރާއްޖޭގެ ދޮގު ހުވާތައް ކޮށްގެން ތިބި ސޯ ކޯލްޑް ފަނޑިޔާރުން

    58
  4. ނަގުލު ފިއްތި

    ކިހާބޮޑު ނުހޮރޮއްޕާނެއް މީދެން ރައްޔަތުންގެ މަޖިލީހުގެ ރައީސްވެސް އުޅެނީ ދެއިރު ދެދަޅަޔައް ބައްކައްކާ ކުޅޭ އުސޫލުން ގާނޫނު ނެހެދިގެން. އެއްފަހަރުވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ކޯޓްތަކު ތިހާފަސޭހައިން ދޫނުކުރެވޭނެ ޤާނޫނެއް ފާސް ކޮށްބަލަ. މިޔައްވުރެން ރަނގަޅު ކަމެއް ރައްޔިތުންނައް ކޮށްނުދެވޭނެ. މިގައުމުގެ ޒުވާންޖީލު އެއްކޮށް މިވަނީ މަސްތުވާތަކެތީގެ ވަބާއިގަ ޖެހި ހަލާކުވެގެން ގޮސްއަ.

    57
  5. ދޮން ކަމަނަ

    ދޫކޯށްލާނެ ރެކޯޑު އޮންނާނެ އެކަމަކު އުޅޭނީ މިނިވަން ކަމުގަ އެ ވާނީ އެމްޑީޕީން ވިފާރީގައި ބޭނުންކުރާ މާކެޓިން ކުއްޖަކަށް އެހެންވީމާ އެކުދިން ބަންދުގަ މާ ގިނަ ދުވަހު ބައިތިއްބައިގެން ނުވާނެ އަދި ދުވަސްކޮޅަކު ކޯޓުގަ ތަޅުވާލުމަށްފަހު ސާބިތު ނުވާކަމަށްނިންމާލާނެ އަދި ތަޙުޤީޤުކުރާ އިދާރާއިންވެސް ވަކި ހިސާބަކުން ޕްރޮސީޖާރ އާ ޚިލާފަށް ތަޙްޤީޤު ބަދަލްކޮށްލާނެ އޭރުން ފަސޭހައިން ކޯޓު މަރުހަލާއިން އެކުދިން ސަލާމަތްވާނީ މީ ސަރުކާރާ ގުޅިގެން ހިންގާ ޖަރީމާތައް އާންމު މީހަކަށް ކިހިނެއް މިހާ ގިނަ ޢަދަދެއްގެ ރުފިޔާގެ އަގުހުރި މަސްތުވާތަކެތި ގެންނާނީ؟؟

    48
    1
  6. ވާނުވާ

    ކޯޓު ތައް އިސްލާހު ކުރާނަމޭ ކިޔާފަ އެމްޑީޕީ އިން ވެރި ކަމަށް އައީ. ކޯޓު ތައް އިސްލާހެއް ނުވިތާ

    56
    1
    • Anonymous

      ކަލޭ ހާދަ ގަމާރޭ ދޯ! ކަލޔަށް ނުފެނޭތަ ދީނީ މިނިވަންކަން ހޯދަދިންތަނެއް؟ ފާޅުގަ ލާދީނީ ފަތުރަން ކުރާ މަސައްކަތް ނުފެނޭތަ!!

  7. ޝީޒާ

    ދޫކުރާނެކަން ކުރިންވެސް އިނގޭ. ނުކުޅެދޭ ސަރުކާރެއް ނުކުޅެދޭ މަޖިލީހެއް. ހިތުން ކުޅެދޭބަޔަކު ކަމަށް ހީކޮށް މިމީހުން ގެނައީ. އެކަމަކު ޖެހިވަޅައް ހަމަ މިޖެހުނީ. ދުނިޔޭގެ ހުރިހާ ޤައުމެއް ފުރަބަންދު ކޮށްގެން ހާސްކަމާއި ނުތަނަވަސް ކަމުގަ އުޅޭއިރުވެސް މިގައުމުގެ މަޖިލީސް ރައީސް އުޅެނީ ފަރުމަތީގަޔާއި ކޮޓަރި ތެރެ އާއި ވަލުތެރޭގަ ވެބްކެމް ޖައްސައިގެން މަޖިލީސް ނުބޭއްވިގެން. ދެން ބާއްވާ އެންމެ ފުރަތަމަ ޖަލްސާއަޔަކަށް އެޖެންޑާ ކޮށްބަލަ މަސްތވާތަކެތި ވިއްކާ މީހުން ތިހާ ފަސޭހައިން ކޯޓްތަކުން ދޫނުކުރެވޭނެ ޤާނޫނެއް ހަދަން. ޖަލްސާ ބާއްވަން ފެންނަނީ ގުޅީފަޅުގަ. ވީހާވެސް ބޮޮޑައް ޖަލްސާ ކުރިޔައް ގެންދާއިރު ދޭތެރެ ދުރުކުރުމައް ދަންނަވަން

    13
  8. މޯޑް ޝާނީ

    ނަގުލު ފިއްތި ށީޒާގެ ވާހަކަޔައް ސަތޭކައިން ސަތޭކަ

    10
  9. ސައިމަން

    އަބަދުވެސްވާވަރުތީ.ބޮޑެތި ކުއްވެރިންވިއްޔާ ގިނަފަހަރަށް ކޯޓަށް ގެންދިޔުމުން ދޫކޮށްލާނެ.މަގޭ ހިތަށްއަރާ ކޮންދުވަހަކުންބާވައޭ މިގައިމުގަ ރަނގަޅު ޝަރުއީ ނިޒާމެއް އޮންނާނީ.ވެރިކަމަށް އަންނަންވީމަ ވަރަށް އަނގަޔަށް ބާރުލާފަ ޝަރުއީ ދާއިރާ މިނިވަންކުރާނަމޭ އޭއްޗެކޭ މީއްޗެކޭ ކިޔާފަ ވޯޓް ހޯދައިގެން ވެރިކަމަށް އާދެވުނީމަ ކުރިން އޮންނަ ސަރުކާރަށްވުރެން ކަންތައް ގޯސް.ވަޓާ އަކީ މުޅި ހުވަދު އަތޮޅަށް މަޝްހޫރު މީހެއް.އަދާ ކުރާ ވަޒީފާއެއްނެތް.އެކަމަކު އެކަންޓްގަ މިލިޔަނުން ރުފިޔާ.މަސްތުވާތަކެތި އަޅަފަހުރި ބަސްތާ ކޮނޑަށްލައިގެން ދުވިޔަސް ފުލުހުންނަށް އަންގާނެކަމެއްނެތް.އެންގިޔަސް ވާކަމެއް އޮތީ އަކީނޫނިއްޔާ.ކޯޓަށް ގެންދާތަނުން ދޫކޮށްލަނީ.އެކަމަކު ވަރެއްފަސޭހައިން ގުރާމެއް އަތުގަ އޮންނަ މީހާ ޖަލަށްލާފާނެ،މިހާރު މިއޮތީވާ ސަރުކާރެއް.ބަހަކާ އަމަލަކާ ދިމާނުވޭ ވިއްޔާ.

    11
  10. ފިރާގް

    ކީއްވެ ދެންތިބިމީހުން ދޫކޮށްނުލީ؟ބަޔަކު ހައިރާން ނުވާނެތަ؟އާދޭސްކޮށްފަ ބުނަން ތިވާހަކަތައް ނޫހުގަ ނުޖަހަބަލަ.އެއިރުން ބަޔަކަށް ނޭގޭނެތާ..ތިކަމާ ވިސްނާ ވިސްނާ ލޭމަށްޗަށްގޮސް އަދި ހަކުރާ ހަނޑުލާ ފުށްވެސް މަށްޗަށް ގޮއްސި.މިހާރު މިއުޅޭ ކޮރޯނާގަ ވެސް ނުރައްކާކަން ބޮޑި އޭގެބަލި މީހުންނަށް.ހެޔޮނުވާނެ.ތިކަންތަށް ސިއްރުކޮށްފަ ތިކުޅޭ ކުޅިގަނޑެއްކުޅޭ.އެކަމަކު ދެން މިވެރިންނަކަށް ވޯޓެއް ނުދޭނަން.

    12
  11. ފުލްބެގީ

    ރައީސްޔާމީން ވެރިކަމު ގައި ތިވިޔަފާރި އޮތީ ވަރަށް ދަށަށް ގޮސްފަ ރީނދޫ ޖާހިލުންތައް ކައިބޮއެ ހަދަނީ އޭގެ ވިޔަފާރިކޮށްގެން އެހެން ވީމަ މިހާރު އެކަމުގައި އެންމެ އަޑީގައި ތިބި ޖާހިލުން ތަކަށް އެކަން ކުރަން ފުރުސަތު ލިބުނީމަ ހޭބޯ ނާރާ އެކަމައި ގެން އެތެޅެނީ ކީއްކުރަން އޭނައެކަނި ހިފަހައްޓަންވީ އެއަށް ވުރެ އަޑީގައި އެކަން ކުރަމުން ދާމީހުން ވެސް އެތިބީނު ފުލް ބެގީގައި ދެޖީބަށް އަޖަހައިގެން ޓައީ އަޅާފަ މަބޮޑު ހެދިފަ!

    12
  12. ޝީޒާ

    އެޖެންޑާ 19ތަފާތު ވާނެ. ކޮބާތަ ކަލޭމެންނައް މަޖިލީހިގެ ސުޕަމެޖޯރޓީ ދިނީ ރަށްދުބިޑައް ތުނޑުކަށި އަނބަރަންތަ

    13
  13. ށާނީމޯޑް

    ފަންޑިޔާރުންގެ މައްސަލައެއް ނޫން ތީ. ހުރިހާވެސް މައްސަލަޔަކީ ތިކަންތައް އިސްލާހު ކުރަންވެގެން 65މެންބަރުންނާއި އެކީ ސުޕަ މެޖޯރިޓީ ދީފައޮށް މަޖިލީސް

    12
  14. ގޫބެރާ

    ހޮވާފަ އޮށް މަޖިލީހުގެ ދޯދިޔާކަން

    11
  15. ށީޒާ

    ރަންރީދޫ ކުދިން ދެން ބާރައް އައްޖަހާ. ހެޔޮބަދަލެއް ގެންނަން ވެގެން ކުރިމަސައްކައް ފަންފުލުން މިދިޔައީ

    13
  16. އިންސާފު ކޮބާ

    ދޫކޮށްލާކަން ނުޖެހޭނެ މި ސަރުކާރަކީ ވަރަށް ނުބާ ނުލަފާ ވެރިން އުޅޭ ވެރިކަމެން????

  17. އެޅަބެއްުޔާ

    ޕޮލިހުން ކީތް ކުރަންތަ ތިޔަމީހުން ތިހައްޔަރު ކުރަނީ ކީ ބޭ ކާރު ކަމެއް ކުރުމުގެ އެއްވެސް ބޭނުމެއްނެއް ދެންވެސް ތިޔަޒާތުގެ ބަޔަ ކު ދިމާވެއްޖެއްޔާ ސައިބޯން ރަންގަޅު އަދަދެއްގެ ލާރި ކޮޅެއްދީފަ އެ ކަމައް އެ ކުދިންނައް ހިއްވަރު ދީފަ ފޮނުވާލާ.

    9
    1
  18. މަނަ

    ބަލަ މައްސަލަ ސާބިތު ނުވަނީސް އަގު ވެއްޓުމުގެ ދައުވާފުލުހުންނަށް ކުރަން އެބަ ޖެހޭ

    7
    2
  19. ނަން

    ތި ގޮތަށް މަސްތުވާތަކެތި މީހުން ހިފާ ހައްޔަރު ނުކުރިޔަސް ރަގަޅުވާނެވެ. މިހާރު ތި އަތުލަނީ ނޫސް ހެޑްލައިން ހަދަންނެވެ. ދެން އޮތް ދޮރުން ދޫކުރާގޮތަށް ށެވެ.

  20. މީތާ

    ރަގަޅު ވޔަފާރިއެއް ހުޢްޓުނިޔާނޫނީ ނުހުއްޓޭނެ.....އެެންމެން ލާމެހިގުޅިފައި....
    ޓެކްސް ދައްކާކަށް ނުޖެހޭ
    ސޭޓެއް ބައިންދާކަށް ނުޖެހޭ
    ކަރަންޓްބިލް ދައްކާކަށް ނުޖެހޭ
    ތަނުގެ ކުލި ދައްކާކަށް ނުޖެހޭ
    ހަމަ ކުރިއަށް ކަނޑުމަގުންނައި، ވައިގެ މަގުން..... އަހަރެމެންގެ ޖީލް... އަހރެމެންގެ ޖީލް ކުރިއަށް އޮތް ޖީލް... ހެޔޮނުވާނެ ސަލާމަތްކުރަންތިބީ އަހަރެމެންނާއި ވެރިން... ނުފޫޒްގަދަ ބޭފުޅުން...

  21. ޖެކް

    4.6 މިލިއަނެއްހާ ރުފިޔާ ސަރުކަރަށް ނަގަންވީ. އެފައިސާ އިން ނިކަމެތިންނާއި ހާލުގައި ޖެހި ޒަރޫރީ ބޭނުން ނުފުއްދޭ ނިކަމެތި އާއިލާ ތަކަށް އެހީތެރިވާންވީ.

  22. އަހު

    ތިހުރިހާ މީހުންނައް މަރުގެ ހުކުމް އިއްވާ ، މިގައުމުގެ މުސްތަޤުބަލު ހާލާކުގެ ތެރެއައްވައްޓާލަން މަސައްކަތް ކުރުމުގެ ކުށުގައި ، ދިވެހި ލޮބުވެތި ދަރިންގެ މުސްތަގުބަލު ދުއްވާލަން މަސައްކަތް ކުރި ކުށުގެ ދައުވާ ، ތީގެ އަޑީގައިވާ ބޮޑެތި ވިޔަފާރިވެރިންގެ ވިޔަފާރިތައް ބަގުރޫޓުކޮށް ލައްވާންދޭވެ! އެބައި މީހުން ނިކަމެތިކޮށް ވީރާނާ ކޮށް ދެއްވާންދޭވެ! އާމީން!!

  23. ޑަކައިތި

    މިފަދަ މުޖުރިމުންނަށް ސަރިއަތުގައި އޮންނަށް މަރުގެ އަދަބު ދޭނަމަ ތިކަންހުއްޓޭނެ