ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ފޯނުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި، ދެ ބޭފުޅުންވެސް ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ މި ނުރައްކާތެރި ޙާލަތުން އަރައިގަތުމަށް ދެ ގައުމުން ވެސް އަޅާފައިވާ އަދި އަޅަމުންގެންދާ ހަރުދަނާ ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައި ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑް-19 ބަލި ބާރަށް ފެތުރެން ފަށައިފި ނަމަ ކުރިމަތިވެދާނެ ދަތިތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވަމުން، ރައީސް ސޯލިހާއި ލަންކާގެ ބޮޑުވަޒީރު ވަނީ ބަލި ފެތުރޭ މިންވަރަށް ފަރުވާދޭ ވަސީލަތްތައް އިތުރުކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ހަމަ އެއާއެކު، ކުއްލިއަކަށް ބަލި މީހުން އިތުރުވެދާނެ ހާލަތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ބަލި މީހުންނަށް ބޭނުންވާނެ އެނދާއި، އެހެނިހެން ވަސީލަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކާއި ބެހޭ ގޮތުންނާއި، އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރުވެސް އަމަލު ކުރަމުންގެންދާ ގޮތްތައް ކަމުގައިވާ ބޭރަށް ނިކުމު އުޅުމުގައި ގައިދުރުކަމަށް އިސްކަން ދިނުން ފަދަ ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ފިޔަވަޅުތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެއިތުރުން ދެ ބޭފުޅުން ވަނީ ލަންކާ އާއި ރާއްޖެ އިން ވެސް، ބައެއް ދަތުރުފަތުރު ހުއްޓާލުން ފަދަ ހަރުދަނާ ފިޔަވަޅުތަކާއި މިދުވަސްވަރު ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަމަށް ބާރުއަޅާ ފިޔަވަޅުތައް އަޅާފައިވާ ކަން ފާހަގަ ކުރައްވައިފައެވެ.

އޭގެ އިތުރުން ދެ ގައުމުގެ ލީޑަރުން ވެސް ވަނީ މި ހާލަތުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމު ކަމަށާއި، ދެ ގައުމުގެ ދޭދޭ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި، މި ސަރަހައްދަށް ކުރިމަތިވާ ދަތިތަކުން ސަލާމަތްވުމަށް ސަރަހައްދުގެ ގައުމުތައް ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ބާރު އަޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހުރެބަލަ

  ތީ ރައީސެއް އިނގޭ... ރައްޔިތުންނަށް އެންމެ އޯގާތެރި ރައީސް 3>

  10
  45
 2. ދީދީ

  ޕެންޝަން ފައިސާގެވާހަކަ ހަނދާނެއްވެސްނެތް ކީއްކުރާނީ

  17
 3. ވަޒީރު

  އިބްރާހިން ؛ ހެލޯ ރާޖާ.
  ރާޖާ؛ ކޮންކަމެއް ޖެހުނީ. ބަފައިބެއަށް އަނެއްކާ ޓައިގަރުން ބޭނުންވީތަ.
  އިބްރާހިން ؛ އިންޑިޔާ ދަންނަންތަ. އެމީހުން ހާދަ މޮޅޭ ލޮކްޑައުން ކުރީމާ ބޭސްކޮޅު ގެނެސްދެން. ކަލޭ ވެސް ގުޅާބަލަ ލަސްނުކޮށް. ޗިންޗަންޑާ ކޮޅެއް ހުއްޓަސް ގުޅާ
  ރާޖާ ؛ ތިތާ ލޯކަލްމާރުކޭޓްގައި ހުރި ގުންބަޅަކަޑަ ކޮޅު ބަލާ ފޮނުވާނަށް
  އިބްރާހިން؛ 4 ގެ ކުރިން ފޮނުވާ ލޮކުވާނެ. އެހެން ނޫންނީ

  15
 4. އިނގޭތޭ

  ވަޒީފާގެ ގާނޫނާ ހިލާފުވާ ރިސޯޓުތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބުނަނީ ކެޔޮގަނޑު ކަނޑާލީމާ ދޯ ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުންދިޔާ މިހާރު ބޭނުންވެއޭ

  11
 5. ޢަހުމަދު

  މި އެޅޭ ފިޔަވަޅުތައް ރަނގަޅު. އަދި އެބައޮތް އެޅިދާނެ ދެ ފިޔަވަޅު
  1. އެންމެން ބޭރަށް ނި ކުންނައިރު މޫނުމަތީގައި މާސް ކް އެއް އެޅުން. މާސް ކް އެވަރަށް ނެތިއްޔާމުން ސިއްހީމީހުންނަށް ރަނގަޅު މާސް ބަހައްޓާފައި އަދައިގެ ރުމާލެއް ނަމަވެސް ދެންތިބި މީހުން އެޅުން.
  2. ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ޑީޕޯޓް ކުރުން. މިހެން ކަން ކުރަންވީ އަންނަނިވި ސަބަބަށްޓަ ކައި
  ހ. އެ މީހުން ތިބެނީ ވަރަށް ގިނަމީހުން އެއްތަނެއްގައި. ބަލި ފެތުރޭނެ އެ ކަހަލަ މާހައުލުގައި އަވަހަށް
  ށ. އެ މީހުން ބަލިވާން ފައްޓައިފިއްޔާމުން ރާއްޖޭގެ ސިއްހީދާއިރާ ވަރަށް އަވަހަށް ސެޗުރޭޓްވެދާނެ. އޭރުން ފަރުވާދޭން އިސް ކުރާނީ ދިވެހިންނަށް. އެމީހުން މަރުވާން ފެށިޖެއްޔާމުން ރާއްޖެގެ ނަން ހަޑިވާނެ.
  ނ. ރާއްޖޭގެ ބޭނުމަށް ، ކުރިއަށް މިއޮތް ތަދުދުވަސް ވަރު، ކާއެއްޗެހި ލުބިން ދަތިވާނީ. މި މީސްމީހުންނަ ކީ ވެސް ކާންދޭން ޖެހޭ ބައެއް. ރާއްޖޭގެ ފުޑް ސް ކިޔުރިޓީ ގާއިމް ކުރަން ޖެހޭނެ

  13
 6. ޑރ. ރާމީ ހަސަން ނިއުޔޯކް/އެމެރިކާ

  ސިއްހީ މީހުންނަށް ރަނގަޅު މާސްކް ބަހައްޓާފައި އެހެން މާސްކް ހެދުމުގައި ރާއްޖޭ ގެ ހުނަރުވެރި ފެހުންތެރިން މާސްކް އުފައްދަވާ ގިނަބަޔަކަށް މާސްކް ލިބޭނޭ ގޮތް (ވަކި އަގަކަށް ނަމަވެސް) ހަމަޖައްސަވާ ދެއްވުން ކުހިނެތް ވާނެ ބާއޭ ހިތަށް އަރާ !

 7. ކަލޯބެ

  ޜައީސް މީހާ އަށް ރަގަޅަކަށް އިނގިރޭސިން ވާހަކަ ދައްކަން ނޭގެނީސް ކިހިނެއް ވާހަކަ ދައްކާނި ދުނިޔޭގެ ޔޮުނިވަރސިޓީ ތަކުން ކިޔަވައިގެން ތިބޭ މީހުންނާ!! މިފަދަ ނުކިޔަވައި ތިބޭ މީހުން ޤައުމް ތަކުގެ ވެރީ ކމަށް ގެނައުމުން ރަޢިސް މީހާގެ ޕްރަޑަކްޓިވިޓީ ދައްވެ ޤައުމް އިތުރަށް ކުރިޔަށް ނުދާނެ ކަމުގެ ހެކި މި ފެންނަނީ!! މިޤައުމުން ބޭނުންވާ ގޮތަކަށް ނުވޭ!! ޢަބަދުވެސް އަނެއް ޤައުމަށް ފައިދާ ވާގޮތަށް. ނިމި މުޅި ޤައުމް މިދަނީ ސުންނާފަތި ވަމުން!!

 8. ޑަބިޔާ

  ކޮބާހޭ ސާހިދު ތަންތަނައް ފޮނުވާގެން އެމީހުން ދިންހާ ލާރިތައް. އީވާ އަގަޔައް ބާރުލާފަ މިމަޖިލީހުގަ އުޅޭ ލާރި ލިބުނު މީހުން. މިކަންތައް ބަލަން ކޮމެޓީއެއް ހަދާ މިހޯދަން އުޅޭ