ރަހުމު ކުޑަގޮތަށް މަރާލާފައި އޮއްވާ ފެނުނު ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ ފަހަތުގައި އިތުރު ބަޔަކު ތިބޭނެ ކަމަށް ޔާމީން ރަޝީދުގެ ބައްޕަ ހުސެއިން ރަޝީދު ބުނެފިއެވެ.
ޔާމީންގެ ބައްޕަ ވަނީ އެ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.
ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޔާމީންގެ ބައްޕަ ހުސެއިން ރަޝީދު ބުނީ، އޭނާގެ ދަރިފުޅު މަރާލުމުގެ ފަހަތުގައި އެއްވެސް އިތުރު ބަޔަކު ނެތްކަމަށް ފުލުހުންގެ އިދާރާއިން ބުނި ނަމަވެސް އެ މަރުގެ ފަހަތުގައި ބަޔަކު ތިބޭނެ ކަމަށް ގަބޫލުކުރާކަމަށެވެ.
ދަރިފުޅުގެ މަރުގެ މައްސަލަ ސިއްރުކުރަން ބޭނުން ނުވަނީ ގިނަ ސަބަބުތަކަކާއިހުރެ ކަމަށާއި އެގޮތުން ޔާމީން މަރާލުމުގައި އެއްވެސް ކުށެއް ނެތް މީހަކަށް އަދަބު ލިބިގެން ދިޔުމަކީ އާއިލާއިން އެދޭ ކަމެއް ނޫން ކަމަށް ޔާމީންގެ ބައްޕަ ބުންޏެވެ.
"ޔާމީނާއި އެއްވެސް އަދާވަތްތެރިކަމެއް ނެތް ބަޔަކު އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލުނުކުރެވޭ, އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މީހަކު މެރުން ފަދަ ބޮޑު ކަމެއް އެއްވެސް ސަބަބެއް ނެތި އަށެއްކަ ނުވަވަރަކަށް މީހުން ކޮށްފާނެ ކަމަކަށް." ޔާމީންގެ ބައްޕަ ބުންޏެވެ.
މަރުގެ މައްސަލައަކަށް ވާއިރު ޤިސާސް ހިފަން އާއިލާގެ ބަހެއް އޮންނަންޖެހޭއިރު، އެކަންވެސް ކުރެވޭނީ ހާމަކޮށް، ޝަރީއަތް ކުރިއަށްގެންގޮސްގެން ކަމަށް ޔާމީންގެ ބައްޕަ ބުންޏެވެ.
މީސް މީޑިއާ ބްލޮގާރ ޔާމީން މަރާލީ، އޭނާ މަސައްކަތް ކުރި އޮފީހުން ގެއަށް ދާން ނުކުތުމުން، މަގުމަތިން ބަޔަކު ފާރަލަމުން ގޮސް، އޭނާ ގެ އަށް ވަން ވަގުތު އެވެ. ޔާމީން މަރައިލި މައްސަލައިގައި ދައުލަތުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްފައެވެ. މި މީހުން އޭނާ މަރާލީ "ދީނީ ހިޔާލުތަފާތުވުންތަކާ" ހެދި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ޔާމީން މަރައިލި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ އެއީ ހ. އަންނާރުމާގޭ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާން ނ. ކުދެހިގޭ، ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްސަލަ އެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
އެބަޔަކުވެސް ބުނެބަލަ ތިވަރަށް އެގެންޏާ! ނާފަހެ.....
ތި ބައްޕަމީހާ އަވަހަށް ހައްޔަރުކޮށްފަ އެއީކޮންބައެއްތޯ ސުވާލުކުރަންވީ. އެބުނާބައެއް އޭނައަށް އެގޭނެކަން ޔަގީން .. ފެންނަންހުރި ހެކިތަކެއްގެ މައްޗަށް ބަލައިގެ ކަމެއްކުރެވޭނީ މިއީ މިހާރު ވަރަށްބޮޑު ވެއްޖެކަމެއް ...
އެއީ މައިންބަފައިން.
ގިސާސް ހިފެނީ އިނަސެންޓް ފުރާނައެއް ނަގައިފި ކަމުގައިވަނީނަމަ. ﷲ ސުބުހާނަހޫ ވަތަޢާލާއަށާއި ބަނިއްޔާއައް ސައްބު ކުރި މީހާގެ ހުކުމަކީ މަރު.
ހައިރާނެކޭ ޔާމީނު މަލާރި އެންމެން ޔާމީނުގެ ބައްޕަ ދައްކަބަލަ. ހީވަނީ ތިމީހުން ބުނެގެން މަރާލީހެން.
މީނާ އަކީ އިސްލަމް
ޔާމީނާ އަދާވަތްތެރިވާން ޖެހޭ ބަޔަކު ދުނިޔޭގަ އެބަތިބިބާ ؟މީހުންގެ ރުހުމާ ނުރުހުން ލިބެނީ އަމިއްލަޔަށް ކުރެވޭ ކަންކަމުން ނިކުންނަ ނަތީޖާ އިން ދޯ އެފަދަ ނޭދެވޭ ނަތީޖާ އެއް ނިކުމެއްޖެ ނަމަ މައާފަށްއެދި އިސްލާހު ވުމަކީވެސް އޮތްކަމެއްދޯ .އެމީހުން އެބުނަނީ ތިމަންނަމެއް އެކަން ކުރީ ކީއްވެކަން. އެމީހުންގެ ހިތުގާ ނަފްރަތު އުފެދުނީ ކީއްވެކަން . ދެން ކީކޭ ތިޔަކިޔަނީ