ފަލަކީ ހިސާބުން ދައްކާގޮތުން ފިޠުރު ޢީދު ވާނީ އަންނަ އާދީއްތަ ދުވަހަށް ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ގޮތުން މިހިނގާ ރަމަޟާން ވެސް ވާނީ 30 ދުވަހުގެ މަހަކަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ޤަބޫލު ކުރެވިފައި އޮންނަނީ، ހިޖްރީ މަހެއް 30 ވެއްޖެނަމަ، ދެން އަންނަ މަހެއް ވާނީ 29 ކަމަށް. ހިޖްރީ މަހެއް 29 ވެއްޖެނަމަ، ދެން އަންނަ މަހެއް ވާނީ 30 ކަމަށް. ޢާންމުކޮށް ބަލާއިރު މިކަން ހިނގަނީ މިހެން. އެހެންނަމަވެސް، ބައެއް ފަހަރު 29 ދުވަހުގެ ދެ މަސް ވިދިވިދިގެން އަތުވެދާނެ. ނުވަތަ 30 ދުވަހުގެ ދެ މަސްވެސް ވިދިވިދިގެން އަތުވެދާނެއެވެ. މިފަހަރު މިވަނީ، އެހެން." މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ، ހަނދު މަހެއް ފެށެނީ، ހިނގާ ހަނދު މަހުގެ 29 ދުވަސް ހަމަވެ، އެދުވަހުގެ އިރުއޮއްސުމަށްފަހު ހަނދު ނޯއްސި ހުރިނަމަ، އެވަގުތުން ފެށިގެން ކަމަށެވެ. ނުވަތަ 30 ދުވަސް ހަމަވުމުން ކަމަށެވެ. އަދި ހިނގާ ހަނދުމަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސިއްޖެނަމަ، އެމަސް ވާނީ 30 ދުވަހުގެ މަހަކަށް ކަމަށް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ ފަލަކީ ހިސާބުން ދައްކާ ގޮތުން، މިއަދު އިރު އޮއްސުމުގެ ކުރިން ހުރިހާ އިސްލާމީ ގައުމުތަކަށް ހަނދު އޮއްސޭނެ ކަަމަށެވެ. އަދި ރާއްޖެއަށް ބަލާނަމަ، ރާއްޖޭގެ އެންމެ އުތުރަށް އެދުވަހު އިރު އޮއްސުމުގެ 12 މިނެޓު ކުރިން، މާލެއަށްވެސް އިރު އޮއްސުމުގެ 12 މިނެޓު ކުރިން، އަދި ރާއްޖޭގެ އެންމެ ދެކުނަށް އެދުވަހު އިރު އޮއްސުމުގެ 11 މިނެޓު ކުރިން ހަނދު އޮއްސޭ ކަމަށް ރައީސް މައުމޫން ވިދާޅުވިއެެވެ.

"އެހެނިހެން އިސްލާމީ ގައުމުތަކަށް ބަލާއިރު، އެންމެ އިރުމައްޗަށް އޮންނަ އިންޑޮނީޝިޔާގެ ޖަކާޓާއަށް އެދުވަހު އިރު އޮއްސުމުގެ 14 މިނެޓު ކުރިން ހަނދު އޮއްސޭ. އެންމެ ހުޅަނގަށް އޮންނަ މޮރޮކޯގެ ކެސެބްލަންކާއަށް އެދުވަހު އިރުއޮއްސުމުގެ 4 މިނެޓު ކުރިން ހަނދު އޮއްސޭ. އެންމެ އުތުރަށް އޮންނަ ތުރުކީއަށް އެދުވަހު އިރު އޮއްސުމުގެ 14 މިނެޓު ކުރިން ހަނދު އޮއްސޭ" މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ، އެ ހުރިހާ ތަންތަނަށް މިހިނގާ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ، މާދަމާ މި ހިނގާ ރަމަޟާން މަހުގެ 30 ވަނަ ދުވަހަށް ކަމަށެވެ.

އަދި މިއަހަރުގެ ޝައްވާލު މަހުގެ 1 ވާނީ (ފިޠުރު ޢީދު ވާނީ) މި ހިނގާ މޭ މަހުގެ 24 ވަނަ ދުވަސް ކަމަށްވާ އާދީއްތަ ދުވަހަށް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. މާމީ

    ފަލަކީ ހިސާބުން މިވެރިކަން ބަޚާވާތަކުން ވެއްޓޭނެ ދުވަހެއް ބުނެދޭ ނަމަ ކިހާރަގަޅު..

    51
    6
    • ތަފާތު އެއްޗެއް އިގޭ

      ފަލަކީ ހިސާބަކީ އަދި ނުޖޫމީ އިލްމެއްނޫން. އިރާއި ހަދާއި ތަރިތަކުގެ ދައުރުވުމާއި ފަލަކުގެ އެހެނިހެން ކަންކަން ހޯދާ ބެލުމުގެ އިލްމަކީ ރާހިބެލުމާއި އިރުވަރުބެލުމާއި އަސްލެއްގެ މައްޗަށް ބިނާނުކޮށް މިވެނިކަމެއް އެވެނިއިރަކުން ވާނެ ކަމަށް ބުނެއުޅޭ ނުޖޫމީ އިލްމާ މުޅިން ތަފާތު އެއްޗެއް. މައުލޫމާތަށް ޓަކައި ހަމަ ބުނެލީ

      10
      1
    • އެމްޑީޕީ ބުރޯ

      މި މުސްކުޅި ބެއްޔާގަނޑު ކުނިއަނގަތެޅުން އަދިވެސް ހުއްޓްއެއްނުލާދޯ؟

      5
      2
    • ޙައްގުބަސް

      މީނަ ކައިރީ ބުނޭ ނަޝީދު ބުނާހެން ގާހިރާގެ ސަހަރާތެރޭ ހިރަފުސް ތަޅަންދާށޭ!! ފަލަކީ ހިސާބޭ ނުޖޫމީ ޢިލްމޭ ކިޔާނެ ކަމެއް ނެތް!! މާކަ ތާހިރުކޮށް ކަންތައްތައް ކޮށްފަ ހުރި މީހެއްނޫން!! ދަރިއަށް ނައިބު ރައިސްކަން ހަވާލު ނުކޮށްގެން ކޮށްކޮގެ ސަރުކާރު ވައްޓާލަން އުޅުނީ ތިބުނާ ފަލަކީ ހިސާބާ ނުޖޫމީ ޢިލްމު ދިރާސާ ކޮށްގެން އޭގައި އޮތްގޮތަށް ކަންތައް ކުރަންތަ؟ ފައިސާ ސޫޓު ކޭހަށް އަޅައިގެން ބަހަން ނޫޅެ މިހާރު އަނގަ މަޑުން ލައިގެން ހުންނަނީ ކީއްވެ؟ މިހާރު މިރާއްޖޭގައި ކަންކަން ކޮންމެ ގޮތަކަށްދިޔަސް އޯކޭއި ވެގެން ދެ ލޯ މަރައިގެން ކަންފަތަށް ނެރުބައްތި ޖަހައިގެން ބީރަކަށް ހެދިގެން ތިތިބެނީ ކީއްވެ؟ ކަލޭމެން ކިތަންމެ ވަރަކަށް ފަލަކީ ހިސާބޭ ނުޖޫމީ ޢިލްމޭ ކިޔާ ވާހަކަ ދެއްކިޔަސް މިރާއްޖޭގެ ރައްޔިތުން ކަލޭމެން ކަންތައްތައްކުރިގޮތް ހަނދާނެއް ނުނެތޭނެ!!

  2. ދިވެހިން

    ސުކުރިއްޔާ ރައީސް މިގައުމުގެ ބާނީ....

    17
    56
  3. ހުސޭނުބޭ

    ފަލަކީ ހިސާބު ބޭނުންކޮށްގެން ސްޕްރީމްކޯޓުގެ ގާޒީންނަށް ރިސްވަތުދޭގޮތް ބުނެދިންނަމަ އަހަރެމެނަށްވެސް އެކަން ކުރަން އެގުނީސް!

    34
    1
  4. ހުދުހުދު

    އެއްކަލަ ބެއްޔާ. މިހާރު ބެއްޔާގެ ބަހެއް ބޭނުނެއް ނުވެއޭ. އަނބި ދަރިން އައުރަ ނިވާ ކުރުވާ ހެޔޮ އަމަލު ގިނަ ކޮށްބަލަ ދެން މިހާރު

    23
    2
  5. ޙަޑި

    މާމީ... އޭނަ ތިކަމަކާ ދެރަނުވާނެ... އަދިވެސް އެދާއިރާއިން ކިޔަވާފަހުރި މޮޅު މީހެއް ރާއްޖެ އަކުނެތޭ....

    6
    20
  6. ތަފާތު އެއްޗެއް އިގޭ

    ފަލަކީ ހިސާބަކީ އަދި ނުޖޫމީ އިލްމެއްނޫން. އިރާއި ހަދާއި ތަރިތަކުގެ ދައުރުވުމާއި ފަލަކުގެ އެހެނިހެން ކަންކަން ހޯދާ ބެލުމުގެ އިލްމަކީ ރާހިބެލުމާއި އިރުވަރުބެލުމާއި އަސްލެއްގެ މައްޗަށް ބިނާނުކޮށް މިވެނިކަމެއް އެވެނިއިރަކުން ވާނެ ކަމަށް ބުނެއުޅޭ ނުޖޫމީ އިލްމާ މުޅިން ތަފާތު އެއްޗެއް. މައުލޫމާތަށް ޓަކައި ހަމަ ބުނެލީ

    17
  7. މާމިގިލީ މީހާ

    ބަލަ ކާފަބޭ ތިޖަހާ ފަލަކީ ހިސާބެއް ދިމާލެއް ނުވެޔޭ މިހާރަކު.

    22
    4
  8. ޙަމްސަތު

    ފަލަކީ ހިސާބަކުން ނުދައްކާތަ ނަސްރީނާ އާއި ދަރިން ބުރުގާ އަޅާނެ ދުވަހެއް

    26
    2
    • ގަމާރުމޯލްޑިވިއަން

      ކަލޭ އަޅުވއިފިންތަ؟؟؟؟؟

      1
      2
  9. ތިމަންނަ

    ފަލަކީ ބޭބެ ބުނާނީ ހެޔޮކޮށް....

    6
    15
  10. ނާނި

    ކަލޭ ނުބުންޏަސް އަހަރުމެންނަށްވެސް ތިކަން އެނގޭ، ކަލަންޑަރުގަވެސް އޮތީ އެހެން، ދަންނަ ބޭކަލަކަށް ހެދިގެން އުޅޭނެ ކަމެއްނެތް، ނުލަފާ ކަ މާ ، މަކަރާ ހީލަތްނޫން އެހެން ކަމެއް ނުދަނޭ،

    19
    3
  11. ާަާަަައަސްލު

    ދީންއޮޅުވާލިވަރު ކުޑަވެގެންތަ އަދިވެސް ތިިއުޅެނީ..

    22
    3
  12. މުހައްމަދު

    ބާނީޔޭ..
    30 އަހަރުވާންދެން ގައުމަށް ޖެހުނު ނުހަރޮށްޕާނެތީ..

    18
    6
  13. ސްކިޕަރ

    ގިނަ ދިވެހިން ގަބޫލުކުރަނީ ފަލަކީ އިލްމަކީ ފާލުބެލުންކަމަށް. އެއީ ދެބަހުގައިވެސް "ފ" އޮންނާތީ. ތަރައްގީވެބަލަ

    11
    3
  14. މުސްކުޅި ސާރިދޯޅު

    ކަލޭ ނުބުންޏަސް އެނގޭ ތިވަރު. އެހެންނޫނަސް މާކުރިން ނެރަފަ އޮތް ކަަލަންޑަރުގަވެސް ތިހެން އެބަ އޮތް. ކޮންމެހެން ރޯނުއެދުރު ހެދޭނެ ކަމެއް ނެތް. ދިވެހިން މިހާރު ބަލައިގަންނަ މީހެއް ނޫން ތީކީ..!

    7
    1
  15. ފަލަކު

    އަހަރެމންވކަލޭގެ ފަލަކީ ހިސާބެއް ދެނެތް ބޭނުމެއްނޫން..ތިހިސާބު ކަލޭ އައްނިއައް ބުނެދީ..އެއީ ކަލޭބުނާ ވެރިކަމަށް ކުފޫހަމަނުވާ މީހާ...ހަ މަ އެހެންބުނީވެސް ކަލޭ..ހަ މަ ފަލަކީ ހިސާބު ޖަހައިގެން..އެކަމަކު ކަލޭބަލި ކޮށްލާފަ އޭނަ ވެރިކަމަށް އައީ..ހައްހައް

    8
    1
  16. ބޭރުމީހާ

    މައުމޫނު ބުނަންވެފަ ނުބުނެވި ވާ ބަހެއް އެބައޮތެވެ.
    އެއީ ޔާމީނަށް ހެޔޮވަތައި ރ ނަޝީދު ބުނިބަހަށް ދެކޮޅުހެދުމުގެ ބަހެވެ.

  17. އެހީ

    ހަސަނު ބުނީ ހޮނިހިރު ކަމަށް

  18. ކާފަގ

    ތުއްތޮން ނުބުންޏަސް ތީ ލިޔެފަ ހުންނަ ހިސާބެކޭ. ތުއްތޮން އެކަންޏެއް ނޫންދޯ ތިހިސާބު އެނގެނީ.

    4
    1
  19. ސައިކަލް މީހާަ

    މިބޭ މީ މާމޮޅު ފަލަކީ އިލްމު ވެރިޔަކަށް ހެދިގެންއުޅޭ ދޮގުވެރިއެއް. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މިކަހަލަ އެކިވައްތަރުގެ ދޮގުހަދާ މީހުން ކޮންމެރެއަކު ތީމުގެއަށް ގެނެސްގެން އެއްވެސް ހުއްޖަތެއް ނެތް ދޮގު ހައްދައިގެން އެމީސްމީހުނަށް ގިނަ ލާރިއާއި ވަޒީފާ ހުށަހެޅި ދުވަސްތަކެއްވެސް ދިޔަ. ލަދުން ބޯހަލާކު.

  20. ބާާރީ

    ގޫލް އިންވެސް އިނގޭ ހިސާބު ނުޖެހިޔަސް....