ޓްރާންސްޕޯޓް މިނިސްޓަރ، އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.
މިނިސްޓަރ ނަހުލާ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް އެދުނީ ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ.
މިކަމާއި ގުޅިގެން ޖާބިރު ވިދާޅުވެފައި ވަނީ، މިނިސްޓަރ ނަހުލާ މަޖިލީހަށް ހާޒިރު ކުރުމަށް ބޭނުންފުޅުވަނީ، ރާއްޖޭގެ ރަށްރަށުގެ ބަނދަރުތައް ބޭނުންކުރުމުގައި "އެއްވެސް ހަމައެއްލަމައެއް ނެތުމުން" ރަށްރަށަށް އަރާފޭބުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯދުމަށް ކަމަށެވެ.
ޖާބިރު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ ރަށްރަށަށް އަރާ ފޭބުމުގެ ދަތިކަން ނައްތާލުމަކީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ މުޙިންމު ވަޢުދަށް ވެފައި، ރަށްރަށުގައި މިހާރު ހެދިފައިވާ ބަނދަރުތައް ބޭނުންކުރުމުގައި އެއްވެސް ހަމައެއްނެތްކަން ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.
"އަދި އެހެންމެ މަސްދޯނިފަހަރުގައި ބިދޭސީން މަސައްކަތްކުރުން މަނާކުރެވިފައިވާއިރު، މިކަންވެސް ބޮޑުކޮށް ކުރަމުންދާކަން ވަނީ ފާހަގަވެފައެވެ. މިހެން މިކަންކަން ދިމާމިވަނީ ރަށްރަށުގެ ބަނދަރުތައް ބޭނުންކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަދަންޖެހޭ ޤަވާއިދާއި އުސޫލުތައް ފުރިހަމަނުވުމުންކަން ޔަޤީނެވެ." ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، މިނިސްޓަރ ނަހުލާ މަޖިލީހަށް ހާޒިރުކުރުމަށް އެދެނީ މިކަން މިގޮތަށް ދިމާވާ ސަބަބު ބެލުމާއި ޒިންމާ އަދާނުކޮށް އެކަމަނާ ހުންނެވުމުން ސުވާލު ކުރުމަށް ބޭނުންވާތީ ކަމަށެވެ.
??
ޖާބި ރުގެ ނުހޮ ރޮއްޕާން މާބޮޑު އަދި ފާޑުފާޑުގެ މަކަ ރާ ހީލަތުން މިގައުގެ ރައްތަކާ ބިންތައް ފޭ ރެމުން ދާމީހެއް ޖާބި ރަކީ.
ކޮންމެވެސް ކަމެއް ބޭނުން ވެގެން ނަހުލާ ގައިގަ އަޅާގަތީ.
އަރާ ފޭބުމުގެ ކަންތައް މަޑުޖައްސާލަފައި އޮތީ ކޭބަލް ކާރަށް ބަރޯސާ ވެގެން އުޅޭތީ >> އަދި ލަސްވެގެން އުޅެނީ ކޭބަލް ކާރު ދުއްވަން ހުށަހަލާފައިވާ ފަރާތުން އެއްބާރު ނުލިބޭތީވެ
ނަހުލާ ގެ ނޯކޮންފިޑެންސް ނަގަންވީ. ގާސިމް މަޖުލިސްއަށް ހާޒި ރުކޮށް ގާސިމްގެެ މުއައްޒަފުންނަށް މިހާ ރދޭ އަނިޔާބަލަންޖެހޭ، މާާްޗްް މަހުގެ މުސާ ރަ އަދި އިނާޔަތް ނުދީ. ބޭ ރުމީހުން ފޮނުވާލާއެބަ، ގާސިމް ހުންނަނަނީ މަޖުލިސްއިން ޗުއްޓީ ނަގާގެންތަ؟؟ ސްޓަރފުންް އެމީހުންގެ އަނބި ދަ ރިންނަށް ނުކާންދީ ސާހިބުމީހާގެެ ބަނޑު ފު ރާލަދިނުމުގައ ހޭބޯނާ ރާ މިތެޅެނީ.. ގާސިމް މެން ގާނޫނުހަދާ މަޖުލިސްގަ ތިބޭއި ރު ގާާނޫނުގަ ބުނާއެއްޗެއްނޭގޭ ކީއްކު ރަން ހޮވާބައެއް، ގާސިމް އާއިވެސް ސުވާލުކޮއްބަލަ
ޤަވައިދާ ޚިލާފަށް މި ޤައު މުގައި ތިބި ހުރިހައި ބިދޭސީން އެ ބައެއްގެ ޤައު މަކަށް މިހާރުން މިހާރަށް ފޮނުވާލާ، މީ ދެންބޮޑުވަރު ދޯ، މި ޤައު މުގެ ނޫނީ ނެތޭ ބިދޭސީން ނަށް ބޭނުން ގޮތަކަށް ތެޅެވޭނެ ޤައު މެއް. ދިވެހިން ރާއްޖެއިން ބޭރަށް ގޮއްސަ އެނބުރި ޤައު މަށް އަންނަން އޮންނަ ޑޭޓަށް ނައިއްސި ނަ މަ އެ ް ޤައު މެއްގެ ކަ މާބެހޭ މުއައްސަސާތަކުން އަހަރެ މެން ހޯދައި އެޤައު މުގެ ޤާނޫން ތަންފީޛު ކުރާނެ ، ސުވާލަކީ ކީއްވެހޭ ދިވެހި ރާއްޖޭގައި ބިދޭސީން ނާއި ދޭތެރޭ މިގޮތަށް ޢަ މަލު ނުކުރެވެނީ ކީއްވެބާ؟
ބުއްޅަބޭ އަޑިގަ ހުރެގެން ކުރުވާ ކަންތައް!
ދާއި ރާގެ ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލާފައިވާތީ މަޖިލީހުގައި ޖާބި ރާ ސުވާލު ކު ރަން ގޮވާލަން. ދިޔާނާއަށް ވު ރެ ނަހުލާ ރީތިވީމަ ޖާބި ރު އުޅެނީ ނަހުލާއާއި އަޅާ ގަނެގެން. އެކަމަކު އެކަމެއް ދެން ނުވާނެ.
ބަންގާޅީން މަސްވެރިކަން ކުރުން މަނާ ޖާބިރު ބަރާބަރު
ތިއަށްވުރެޒިއްމާ އުފުލާ މިނިސްޓަރެއްނެތް އަލީ ވަހީދު އަށް ވަރަން ރަގަޅަން އިގޭނީ
ނަހުލާ އަށް ޒިންމާ އަދާ ނުކުރެވެންޏާ ވަކި ޒިންމާ އަދާ ކުރެވޭ ވަޒީރެއް އެބަ ހުރިތޯ !
ރަށްރަށުގެ ބަނދަރު ބެލެހެއްޓުމަކީ ލާމަރުކަޒީ ޤާނޫނުން ރަށްރަށުގެ ރަށު ކައުންސިލް ތަކާއި މަތިކޮށްފައިވާ ޒިއްމާއެއްކަން ޖާބިރަށް އެނގިވަޑައި ނުގަންނަވަނީތޯ
ވަރަށް ރަނގަޅު. މީ ގާސިމުގައިގަ ކޮޅުފައިން ޖަހަންވީ ވަގުތު. ގާސިމުގެ ވިޔަފާރި އެއޮތީ ވިދިފައި. މިއީ ކޯލަޝަން ރޫޅާލަންވީވަގުތަކީ.
ޖާބިރަށް ނަހުލާ ރީތިވެގެން ހިޔަކީދޯ
ތީތި ސަޅިކަން އެނގޭ ކިތައްމީހުން ތިބޭނެބާ؟
ތި ސުވާލު ކު ރާއި ރު ނަހުލާ ކައި ރީ ބުނެގެން ގާސިމްއާ ސުވާލެއް ކޮއްލަންވާނެ. ޥިލާ ރިސޯޓްތަކުގެ މީހުންނަށް މާޗުމަހުގެ މުސާޜައިން ލިބުނީ 6ހާސް އެކަނި. ޜޯދަ އިނާޔަތް ނުލިބޭ. މި ކީއްވެތޯ ވެސް ސުވާލުކޮށްލަަދޭތި
ޖާބިރު ވަރުގެ މީހެއްނެތް އެކަމު ޢަލީވަހީ އަދި ގާސިމް ވ ދެރަވާނެ ތިކަމާ ޖާބިރުގެ އަތުން ރިސޯޓްތަށްވެސް ނަގާފާނެ
ވަކިކުރިއަސް، ދިޔާނާއަކަަށް ނެތް ފުރުސތެއް، މަބޮޑޭވެފަ ދެއިރު ދެދަޅައަށް ނޫސްތަކަށް އަރާ ފެލުނަސް ތިޔަ ޖާބިރު ދިވެހިން ދަނޭ! ލލ ވެސް އިނގޭފަދައިން އިގޭ!
ވަރަށް ރަނގަޅު މާލަސްވެސް ވެއްޖެ މީނާ މީކީއްކުރާމީހެއް ތިއްތި ދެކުން ނޫންކަމެއް ނުކުރޭ ޓޮްރާންސްޕޯޓުން ނު ހައްގުން މީހުން ކެނޑުން ފިޔަވާ ކުރި ކަމެއްނެއް އަނގަތަށްމިނަށް ހުޅުވާފަ ތަންތަނަށް އަރާވާހަކަ ދެއްކީމަ ކަމަކުނަދާނެ ވަޒީރުކްނަގާފަ ބޭރުކުރެ
ގަސިމް އަންހެން ނަކީ ވަރަށް ބޮޑާ އަންހެނެއް. އެނާ ބުނީ ސްޓާފް މީޓިންގައި އަހަރެން ނަށް ނުލިބޭ އެއްވެސް އެއްޗެއް ނެތް ކަމަށާއި ވަޒީފާ ގައި ހުރީ ރައްޔިތުންނަށް ހިދުމަތް ކުރަން އެކަނި ކަމަށް. އެހެންވީއިރު ގާސިމް ގެ އަންހެނުން ކީއްވެތަ މުސާރަ ނަގަނީ؟ މަދުވާ އެއްޗެއް ނެތް ކަމަށް ބުނެ އަދި ރައްޔިތުންނަށްޓަކާ 6 ކުޑަކުދިން ދޫކޮށްފަ އޮފީސް ގައި. ކ
ހައުސިންގ މިނިސްޓަތާވެސް ސުވާލުކޮށްބަލަ އަހަރެމެންގެ ފްލެޓްތައް ކޮބައތޯ، ކުއްޔަށް އުޅޭ ތަންތަނުން ނެރެނީ، އެ ފްލެޓްތައް އަހަރެމެންނަށް އަވަހަށް ދީބަލަ، ހަދާ ނިންމާފާ ހުރިތަންތަން 2 އަހަރު ވީއިރުވެސް ނުދެވުނު، މަސައްކަތް ނުކުރާ މިނިސްޓަރުން ބޭރުކޮށްބަލަ،
ހެރިޓޭޖް، އެގަރިކަލްޗަރ، ހައުސިންގ،
ޖާބިރު ކޮބާހޭ ކޭބަލް ކާރުތައް ،،ކަލޭ ދޮގު ހަދައިގެން ތީނީ ހޮވިފަ..ކަލެއައް ޒިންމާ ނެގޭތަ؟
ބިދޭސީން މަސްދޯނިތަކުން މަހައް ގެންދިއުން ވަގުތުން ވަގުތަށް ހުއްޓުވާ. ފިހާރަ ތަކުގެ ކައުންޓަރ ތަކުގައިވެސް މިހާރަކަށް އައިސް ބިދޭސީން އެހާގިނަ މިކަން ވެސް ހުއްޓުވަން އެބަ ޖެހޭ. ދިވެހިން ނަށް ހުރި ވަޒީފާގެ ފުރުޞަތު ތަށް އިތުރުވެ ތަނަވަސްވެ ދިވެހިން ނަށް ދިވެހި ރާއްޖެއިން ބޭކާރު ޑޮލަރު ތަކެއް ބޭރު ނުކޮށް އުޅެވޭނީވެސް ވީވަރަކުން ޤަވާއިދާ ޚިލާފާށް މި ޤައުމުގައު ތިބި ބިދޭސީން މި ޤައުމުން ބޭރުކޮށްގެން. ޤަވައިދާ ޚިލާފަށް މިޤައުމުގައި ތިބި އެންމެހައި ބިދޭސީން މިހާރުން މިހާރާށް ދިވެހި ރާއްޖެއިން އެބައެއްގެ ޤައުމަކަށް ފޮނުވާލާ.