މި ބްލޮގްގައި ޙިއްސާކުރަމުން ދާނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" އާއި ގުޅުންހުރި އެންމެ ފަހުގެ މަޢުލޫމާތާއި ޚަބަރުތަކެވެ.


22:07

19:42

18:08

17:13

15:14

14:56

14:41

13:29

12:18

11:23

09:48

09:21

04:08

03:27

ބަންގްލަދޭޝް އިން އިތުރު 1694 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 24 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 30205 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 432 މީހަކު ވަނީ މަރުވެފައި.

03:27

ބަންގްލަދޭޝް އިން އިތުރު 1694 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 24 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 30205 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 432 މީހަކު ވަނީ މަރުވެފައި.

03:26

ސްވިޒަލޭންޑުން އިތުރު 13 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 5 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 30707 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1903 މީހަކު ވަނީ މަރުވެފައި.

03:26

ސްވިޑެން އިން އިތުރު 637 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 54 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 32809 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3925 މީހަކު ވަނީ މަރުވެފައި.

03:26

ބެލަރުސް އިން އިތުރު 932 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 5 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 34303 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 190 މީހަކު ވަނީ މަރުވެފައި.

03:26

ގަތަރުން އިތުރު 1830 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 2 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 40481 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 19 މީހަކު ވަނީ މަރުވެފައި.

03:25

ނެދަލޭންޑްސް އިން އިތުރު 188 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 13 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 44888 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5788 މީހަކު ވަނީ މަރުވެފައި.

03:25

ޕާކިސްތާނުން އިތުރު 2603 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 50 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 50694 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1067 މީހަކު ވަނީ މަރުވެފައި.

03:25

ބެލްޖިއަމް އިން އިތުރު 276 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 26 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 56511 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 9212 މީހަކު ވަނީ މަރުވެފައި.

03:24

ޗިލީން އިތުރު 4276 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 41 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 61857 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 630 މީހަކު ވަނީ މަރުވެފައި.

03:24

ސައުދީ އަރަބިއްޔާ އިން އިތުރު 2642 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 13 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 67719 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 364 މީހަކު ވަނީ މަރުވެފައި.

03:24

ކެނެޑާއިން އިތުރު 1096 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 93 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 82420 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 6245 މީހަކު ވަނީ މަރުވެފައި.

03:23

ޕެރޫ އިން އިތުރު 2929 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 96 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 111698 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3244 މީހަކު ވަނީ މަރުވެފައި.

03:23

އިންޑިއާ އިން އިތުރު 6568 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 142 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 124794 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3726 މީހަކު ވަނީ މަރުވެފައި.

03:22

އީރާނުން އިތުރު 2311 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 51 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 131652 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 7300 މީހަކު ވަނީ މަރުވެފައި.

03:22

ތުރުކީން އިތުރު 952 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 27 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 154500 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4276 މީހަކު ވަނީ މަރުވެފައި.

03:22

ޖަރުމަންވިލާތުން އިތުރު 692 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 43 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 179713 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 8352 މީހަކު ވަނީ މަރުވެފައި.

03:21

ފްރާންސުން އިތުރު 393 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 74 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 182219 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 28289 މީހަކު ވަނީ މަރުވެފައި.

03:21

އިޓަލީން އިތުރު 652 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 130 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 228658 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 32616 މީހަކު ވަނީ މަރުވެފައި.

03:21

އިނގިރޭސިވިލާތުން އިތުރު 3287 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 351 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 254195 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 36393 މީހަކު ވަނީ މަރުވެފައި.

03:20

ބްރެޒިލް އިން އިތުރު 8148 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 966 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 319069 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 21048 މީހަކު ވަނީ މަރުވެފައި.

02:46

01:32

00:16

00:14


މިދިޔަ ދެމަހެއްހާ ދުވަސްތެރޭ ރާއްޖެއަށް ކޮވިޑް-19 ގެ ނުރައްކާ އިތުރުވެގެން ދިޔަނަމަވެސް، ފާއިތުވެދިޔަ ދުވަސްތަކުގައި ބައްޔަށް ހުށަހެޅޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަސް ދަށްވާން ފަށާފައެވެ. އެއާއެކު ރާއްޖޭގައި މިހާރު އަންނަނީ، ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދެމުންނެވެ.

އެގޮތުން އިއްޔެ ރާއްޖޭގެ ގިނަ ރަށްރަށުގެ މިސްކިތްތައް އަލުން ހުޅުވާލާފައިވާއިރު، ބައެއް ރަށްރަށުގައި ވިޔަފާރި ކުރުމަށްވެސް ލުއިތަކެއްދީ، ރެސްޓޯރެންޓާއި ކެފޭ ފަދަ ތަންތަން ވެސް އަލުން ހުޅުވުމުގެ ފުރުސަތު ވަނީ ދީފައެވެ.

ރާއްޖެ މިހާރު ތައްޔާރުވަމުން މިދަނީ، ކޮވިޑް-19 ގެ ނުރައްކާ މުޅީން އެކީ ކެނޑިގެން ނުދިޔަނަމަވެސް އާ އާންމު ހާލަތަކަށް ދިއުމަށެވެ. އާ އާންމު ހާލަތުގައި ބަލި އިތުރަށް ފެތުރިގެން ނުދާނެފަދަ ގޮތަކަށް ރައްޔިތުން ސަމާލުވެ ތިބުމަށް އިދާރާތަކުން އިލްތިމާސް ކުރަނީ، އަނެއްކާވެސް ކުރިން ރާއްޖެއަށް ކުރިމަތިވި ނުރައްކާ ދެވަނަ ފަހަރަށް ކުރިމަތިވެދާނެ ކަމަށްޓަކައެވެ.

ޤައުމުގެ އިޤްތިސާދު ހީނަރުވެ، ރައްޔިތުންނަށް އެކަމުގެ އަސަރު ކުރަން ފަށާފައިވާއިރު، ފުރަބަންދަށް ލުއިތަކެއް ދޭން ނިންމާފައިވަނީ އަބަދު މި ފިޔަވަޅުތަކާއި އެކު ނޫޅެވޭނެތީއެވެ. އެހެންކަމުން މި ދަނޑިވަޅުގައި ރާއްޖޭގެ ހާލަތު ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރަންޖެހޭނީ ހުރިހާ އެންމެން ގުޅިގެން، އެންމެންގެ އެއްބާރުލުމާއެކު އެވެ.

ކޮވިޑް-19 ގެ ނުރައްކަލާއިއެކުވެސް، ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ މާނައަކީ ހުރިހާ ކަމެއް އާއްމު ހާލަތަކަށް ބަދަލުކުރުމެއް ނޫނެވެ. އެއީ އަދިވެސް ރާއްޖޭގައި މިބަލީގެ ނުރައްކާ އޮތުމުންނެވެ. ރާއްޖޭގައި ފުރަބަންދަށް ލުއިދެމުންދާނީ އެހެން ޤައުމުތަކެކޭވެސް އެއްފަދައިން މަރުޙަލާތަކަކަށް ބަހާލައި، ހަލަތު އިތުރަށް ބަދަލުވާ މިންވަރަށް ބަލަމުންނެވެ.

ރާއްޖެ އާ އާންމު ހާލަތަކަށް ގެނައުމުގެ ފަހުގެ ތައްޔާރީތައްވެ، ބައެއް ފިޔަވަޅުތަކަށް ލުއިދީފައިވާއިރު، އިއްޔެވެސް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އެގޮތުން އިއްޔެ 58 މީހަކު ރާއްޖެއިން މި ބައްޔަށް ފައްސިވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ ހާމަކޮށްފައެވެ.

ބަލި ޖެހޭ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް އަދިވެސް އިތުރުވަމުން އަންނައިރު، ރާއްޖެއިން މި ބަލި ޖެހުނު ގިނަ އަދަދެއްގެ ބަޔަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އެގޮތުން އިއްޔެ ފަސް މީހަކު ހިމެނޭހެން ރާއްޖެއިން މިހާތަނަށް 109 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދަކީ 1274 އެވެ. އޭގެތެރޭގައި ހިމެނެނީ 452 ދިވެހިންނާއި 422 ބިދޭސީންނެވެ. މިހާތަނަށް ރާއްޖެއިން އެންމެ ގިނައިން މި ބައްޔަށް ފައްސިވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. އެގޮތުން މިހާތަނަށް އެޤައުމުގެ 661 މީހަކަށް ރާއްޖެއިން މި ބަލި ޖެހިފައި ވެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނާގޮތުން މިހާތަނަށް ރާއްޖެއިން 109 މީހަކު ބަލިން ރަނގަޅުވުމާއެކު، ބައްޔަށް މިވަގުތު ފަރުވާދެމުން ދަނީ 1170 މީހަކަށެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް ހަތަރު މީހަކު ނިޔާވެފައި ވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދުނިޔޭގެ މަޝްރަހަށް ބަލާއިރު، ބައެއް ޤައުމުތަކުގައި އަދިވެސް މި ބަލި ދަނީ ހިފެހެއްޓުމެއް ނެތި ފެތުރެމުންނެވެ. އެގޮތުން އެންމެ ގިނަ ބަޔަކު ފައްސިވީ، އަދި އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި އެމެރިކާއަށް އަދިވެސް ނުރައްކާ ކުޑައެއް ނުވެއެވެ. އެމެރިކާގެ އިތުރުން ރަޝިޔާ އާއި ބްރެޒިލް އާއި ސްޕެއިން އާއި އިނގިރޭސިވިލާތުގެ އިތުރުން އިންޑިއާގައި އަދިވެސް ބަލި ފެތުރެމުން ދަނީ ހަލުވިކަމާއެކު އެވެ.

ދެކުނު އޭޝިއާ ސަރަޙައްދުގައި އަދިވެސް އެންމެ ނުރައްކާ ބޮޑު ޤައުމެއްގެ ގޮތުގައި އޮތީ އަވައްޓެރި އިންޑިއާއެވެ. އެޤައުމުގައި ބައްޔާއި ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅާފައިވީނަމަވެސް، ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިހާތަނަށް އިންޑިއާއިން 124000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހި، އޭގެތެރެއިން 3712 މީހަކު ވަނީ މަރުވެފައެވެ.

މިހާތަނަށް ދުނިޔެއިން 5.2 މިލިއަން މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އޭގެތެރެއިން 337000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 2.1 މިލިއަން މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ދުނިޔެއިން މިވަގުތު މިބައްޔަށް ފަރުވާދެމުން ދަނީ 2.8 މިލިއަން މީހުންނަށެވެ. އޭގެތެރެއިން 45000 އަށްވުރެ ގިނަ މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދެއެވެ.


ކޮވިޑް-19 އާއި ގުޅޭގޮތުން އިއްޔެ ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިފައިވާ މަޢުލޫމާތާއި ޚަބަރުތައް ތިރީގައިވާ ބްލޮގުން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު