ޕީޕީއެމްގެ އިސް މަގާމަކަށް މެޑަމް ފާތުމަތު އިބްރާހިމްގެ ނަން ހުށަހަޅަން ފުވައްމުލަކު ރައްޔިތުން އެއްބާރުލުން ދެއްވުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދް ފުވައްމުލަކު ރައްޔިތުންގެ ކިބައިން އެދިއްޖެއެވެ.

ފުވައްމުލަކުގައި ރޭ ބޭއްވި "އެކަލެސް، މިކަލެސް ދެނަސް ރައީސް ޔާމީން" ޖަލްސާގައި ވާހަކަދައްކަވަމުން ފަޒާދް ވިދާޅުވީ ޕީޕީއެމްގެ އިސް މަގާމަކަށް މެޑަމް ފާތުން ވަޑައިގަންނަވަން އެބަޖެހޭ ކަމަށެވެ.

"ޕީޕިއެމްގެ މެންބަރެއްގެ ހައިސިއްޔަތުން މި ހުރިހާ އެންމެންނާއި އެއްބަސް ވެވޭ ގޮތަށް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ ކަމަނާ އެބަ ޖެހެއޭ ޕީޕީއެމްގެ ލީޑާޝިޕަށް ވަޑައިގަންނަވަން. ޕީޕީއެމްއަކީވެސް ރައީސް ޔާމީން 2018 ކަހަލަ ރަނގަޅު ބްރޭންޑަކަށް ހެދުމަށްޓަކައި. އަޅުގަނޑު ފުވައްމުލަކު ރައްޔިތުން އަޒުމް ކަނޑައަޅަންވީ ރިޔާސީ އިންތިޚާބު ނިންމާފައި ނަމަވެސް ދެން އޮންނަ ޕީޕީއެމްގެ ކޮންގްރެސްއެއްގައި އެންމެ އިސް މަގާމަކަށް "ރައީސް ނުވަތަ ނައީބް ރައީސްގެ ލެވެލް" އަށް މެޑަމް ފާތުމަތު އިބްރާހިމްގެ ނަން ހުށަހަޅަން ވާނެ". ފަޒާދް ވިދާޅުވިއެވެ.

ފަޒާދް ވިދާޅުވީ، މިއަދު 2018 އޭ ކިޔައިފިކަމުގައި ވާނަމަ ސިފަ ވަނީ ރައީސް ޔާމީން 2018 ކަމަށެވެ.

"ރައީސް ޔާމީން 2018 މިއީ ބްރޭންޑެއްގެ ގޮތުގައި ހައްދަވާ ވަރަށް ރަނގަޅަށް މެޑަމް ފާތުމަތު އިބްރާހިމް ދިވެހި ރާއްޖޭގައި ޕްރޮމޯޓްކޮށްދެއްވައިފި" ފަޒާދް ވިދާޅުވިއެވެ.

 

އިތުރަށް އޭނާ ވިދާޅުވީ، އެކަމަނާ މިއަދު ފުވައްމުލަކަށް ވަޑައިގެން ރަށުގެ ގިނަ ބައެއްގެ ހާލު ބައްލަވާލައްވާފައިވާކަމަށާއި، އަދި ރަށުގެ ގިނަ ރައްޔިތުންތަކެއްގެ ޝަކުވާވެސް އަޑުއައްސަވާފައިވާކަމަށެވެ.

"މިއަދު ދިވެހިރާއްޖޭގެ މުޖުތަމައު ރަނގަޅު މުޖުތަމައުއަކަށް ހެދުމަށްޓަކައި މެޑަމް ތި ކުރައްވާ މަސައްކަތަކީ ދިވެހި ހުރިހާ އެންމެންވެސް ބަލައިގަންނަ މަސައްކަތެކޭ. އަދި އަޅުގަނޑުމެން އެންމެންވެސް ފަހުރުވެރިކަމާއެއްކޮށް ޝުކުރު އަދާކުރައްވާ މަސައްކަތަކޭ". ފަޒާދް ވިދާޅުވިއެވެ.

ފަޒާދް ވިދާާޅުވީ، ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ ވާހަކަތައް ފުވައްމުލަކު ރައްޔިތުން ދައްކަނީ އެ ތަރައްގީތައް އެރަށަށްވެސް ބޭނުންވާތީކަމަށެވެ.

"އަޅުގަނޑުމެންގެ ރައީސް ވިދާޅުވާ ފަދައިން ދިރުމެއް އޮތިއްޔާ އުއްމީދެއް އޮންނާނެއޭ ބުނާތީވެ އަޅުގަނޑުމެންެވެސް މިތަނުގައި ދިރުމެއް އޮތީތީވެ މި އުއްމީދުތައް ކުރެމޭ. އަޅުގަނޑު ހުރިހާ ރައްޔިތުންނަށްވެސް ވިދާޅުވާން ބޭނުންވަނީ އުއްމީދު ކުރައްވާށޭ. މީ ނުވާނެ ކަމެއް ނޫނޭ އެކަން ވާނެއޭ . އެކަން ކުރުމުގެ ގާބިލްކަން އެބަހުއްޓޭ. އެކަން ކުރެވޭނެ ވެރިއަކު މިއަދު އަޅުގަނޑުމެންގެ އެބަހުއްޓޭ". ފަޒާދް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކައްކަކާކޯ

    ރަގަޅު ޚިޔާލެއް. މެޑަމަށް ޕާޓީ ގެ އިސްމަޤާމެއް ދީފައި ، ޕްރިންސު ކުޑަސޮރަށްވެސް މަޤާމެއް ދޭންވާނެ.

  2. ވގ

    ތިތިބީ މޮޔަވެފާ ސާބަސް އަމިއްލައެދުންބޮޑުކަމުން އަލީމެން

  3. މަސް

    އަރަތެ