އައްޑޫގެ ފިހާރަތައް ރޭގަނޑު ނުހުޅުވާ ގޮތަށް އައްޑޫ ސިޓީ ކައުންސިލުން އަނެއްކާ ވެސް ނިންމައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ އިކޮނޮމިކް މިނިސްޓްރީން ކުރިން ނިންމާފައި އޮތް ގޮތުގެ މައްޗަށް ރިއާޔަތްކޮށް އައްޑޫގައި ވިޔަފާރިތައް ހުޅުވާފައި ހުންނަ ވަގުތުތައް އަލުން ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ. ވިޔަފާރި ގަޑިތަކަށް ގެނައި ބަދަލާ އެކު، ފިހާރަތައް ހުޅުވައިގެން ހިދުމަތް ދެވޭނީ ހެނދުނު 6:00 އިން ހަވީރު 6:00 އަށް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
މިއީ ކޮވިޑް-19 އާ ގުޅިގެން ސިޓީ ކައުންސިލުން މިގޮތަށް ގަޑި ކަނޑައެޅި ދެ ވަނަ ފަހަރެވެ.
މިވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ފިހާރަތައް ހުޅުވައިގެން ޚިދުމަތް ދިނުމަކީ މަނާކަމެއް ކަމަށާއި އަދި ޑެލިވަރީގެ ޚިދުމަތްވެސް ނުދެވޭނެ ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން އައްޑޫގެ ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ޚިދުމަތް ހޯދޭނީ ހެނދުނު 6:00 އިން ރޭގަނޑު 10:00 އަށް ކަމަށާއި އެ ނޫން ގަޑިތަކުގައި އެ ތަންތަން ހުޅުވުމަކީ މަނާކަމެއް ކަމަށް ކައުންސިލުން ބުންޏެވެ. ހެނދުނު 6 އިން ރޭގަނޑު 10 އަށް ނޫނީ ޑެލިވަރީގެ ޚިދުމަތް ވެސް ނުދެވޭނެ ކަމަށް އިއުލާންގައިވެއެވެ.
ކައުންސިލުން ބުނިގޮތުގައި މިގޮތަށް ނިންމި ނަމަވެސް ކުރިން ވެސް 24 ގަޑިއިރު ހިދުމަތް ދޭން ހުއްދަ ދީފައިވާ ވިޔަފާރިތަކަށް ފުރުސަތު އޮންނާނެއެވެ. ވިޔަފާރީގެ މުއާމަލާތްތައް ހިންގަންވާނީ ކައުންސިލުން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އިއުލާންގައިވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އައްޑޫގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން އައި ނަމަވެސް މިހާތަނަށް މި ސިޓީން އެ ބައްޔަށް އެއްވެސް މީހަކު ފައްސިވެފައެއް ނުވެއެވެ.
ވޯޓުނުދިނީމަ ރުޅިގަނޑޫބާލަނީ އެވެ. ދިގު ދަންމާލި ކައުންސިލަރުން ތިއުޅެނީ އަހަރުމެންގެ ތެރޭގާކަން ހަނދާން ބަހައްޓައްޗެވެ.
އަސްލު ވަރަށް އުނދަގޫވޭ ރޭގަނޑު ޑެލިވަރީވެސް ނެތީމަ. ހެނދުނު އަށެެއް ޖަހާއިރު ޑިއުޓީއަށް ގޮސްފަ ރޭގަނޑު އަށެެއް ޖަހާއިރު ނިމިގެން އާދެވޭއިރު ފިހާރަތައް ބަންދުކޮށްފަ ހުންނަނީ. ގަންނަން ބޭނުން އެއްވެސް އެއްޗެއް ލިބޭނެ ގޮތެއް ނޯވޭ. ފިހާރަތައް ބަންދުކުރިޔަސްވެސް ޑެލިވަރީ އޮންނަނަމަ ކިހާ ރަނގަޅު..
ސޯބެ އިސްތިއުފާ ދީ.. ތީކީ ރައްޔިތުން ބޭނުންވާ މީހެއްނޫން.
ސޯބެ މޮޔަވީތަ؟