ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަމިއްލަފުޅު ހަރަދުގައި އެ ރަށުގައި އެއާޕޯޓެއް އެޅުމަށް ނިންމަވައިފިއެވެ.
ޖާބިރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކާށިދޫގައި އެއާޕޯޓެއް އެޅުމަކީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އޭނާ އެ ދާއިރާގެ ރައްޔިތުން ގާތު ވެވަޑައިގެންނެވި ވަރަށް މުހިއްމު ވައުދެއް ކަމަށެވެ. އަދި އެކަމަކީ ކާށިދޫ ރައްޔިތުން ދެކެމުން އަންނަ ވަރަށް ބޮޑު ހުވަފެނެއް ކަމަށްވެސް ޖާބިރުގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
އެރަށުގައި އެއާޕޯޓެއް އެޅިގެން ދިއުމުގެ ރަށުގެ ތަރައްގީ މުޅިން އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއްކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ އެކަމާއި ގުޅިގެން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ މަޝްރޫއު އަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާލުވީ އޭނާ ކާށިދޫ އެއާޕޯޓު ތަރައްގީ ކުރާނީ "ޖާބިރު އެއާޕޯޓު"ގެ ނަމުގައި ކަމަށެވެ. އަދި އެ އެއާޕޯޓު ތަރައްގީ ކުރާނީ ޕްރައިވެޓު ޖެޓުވެސް ޖެއްސޭނެ ފެންވަރަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރުގެ ބަޔާނުގައި ވިދާޅުވީ މަޝްރޫއުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަހުމަދު މަހުރީން ހަމަޖައްސާފައިވާ ކަމަށެވެ. ކާށިދޫގެ ލޭންޑް ޔޫސް ޕްލޭނުގައި އެއާޕޯޓު އެޅުމަށް ކަނޑައަޅާފައިވާ ބިން އޭނާ އާއި ހަވާލުކޮށް ރުއްގަހުގެ ބަދަލުގެ ކަންކަން ހަމަޖެއްސުމަށް ކާށިދޫ ކައުންސިލުގައި އެދިފައިވާނެ ކަމަށްވެސް ޖާބިރު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ކާށިދޫގައި ޖާބިރު އެއާޕޯޓެއް އެޅުމަށް ނިންމެވިކަން ހާމަކުރެއްވިއިރު އެމަނިކުފާނު ދާދިފަހުން ވަނީ އަމިއްލަފުޅު ހެލިކޮޕްޓަރެއް ބައްލަވައިގެންފައެވެ. އަދި އެ ހެލިކޮޕްޓަރު ރާއްޖެ ގެނައުމުގެ ހުއްދަ އަކަށް މިހާރު ވަނީ އެދިފައެވެ. ރޭ އެކަމާއި ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރުކޮށް ވަނީ އެކަމުގެ ހުއްދަ ލިބިދާނެތޯ ޖާބިރު ސުވާލު ކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ޖާބިރަށް ހެލިކޮޕްޓަރު ގެނައުމުގެ ހުއްދަ ދެއްވާނެ ކަމަށެވެ.
މީދެބޯގެރި ދުއްވުމުގެ ބަފާ
ފޮނިނުކަޑާ އަޅާބަލަ
ކޭބަލް ކާރުގެ މަޝްރޫޢު ނިމި ހެލިޕޭޑް ނިމި އަންހެނުން ކެޔޮޅުން ތަމްރީނުކުރުން ނިމި އެއާރޕޯޓް އެޅުމުގެ މަސައްކަތަށް ފަށައިގަންނަނީ! ޖާބެ ގަދަ!
ކޭބަކްކާރު ނުގެންނަވާގޮތަށްތޯ ؟؟
ފޮނި ނުކަނޑާ ފުރަތަމަ މަސައްކަތް ކުރުވާފަ ތިބިމީހުނަށް ދޭންވާ ފައިސާ ދީބަލަ.
ތި އެއަރޕޯޓަށް ކިޔަންވާނީ ސަންރައިސް ބަލާ އެއަރ ޕޯރޓް
ދެރަވަރު
ކޮބާތޯ ކޭބަލްކާރު ޕްރޮޖެކްޓް
ހަމަހިނިއަންނަނީ
ކުރީދައުރުގައި އެޅީ ހުސްގެސްޓުހައުސްތައް މިދައުރުގައި އެއާޕޯޓު ނޫނޭ ގަދަ ޖާބިރު
ކަލެއަކަށް ނުވާނެ ތިކަމެއް! އަދިވެސް މީހުން ގަޅިހެއްދުމުގަ! އަނގައިން ކަލޭ ލައްކަ ކަންކަން ކޮށްފީމެއްނު!
ކައުންސިލާގޫޅިގެން އެތާ ހުރި ރުއްގަސް ތައް ކަޓުވާލަން ޖަހާ ސްޓަންޓަކާ ވައްތަރީ
މީހުންގެ ސަމާލުކަންހޯދަން އިޝްތިހާރުވުމުގެ ބަދަލު ކަންކޮށްފަ ދައްކަބަލަ އެހެންނޫނީ ތިޔަދުލުންބުނާ ބަހަށް އިތުބަރުކުރާނެ ހަމައެކަކުވެސް ނެތިހިނގައދަނެ!
މީނަ އެހަ ކައްދުވަހު ބެހި ހަނޑޫ ބަސްތާގެ ތެރޭގަ ތާށިވެފަ މަމިއޮތީ ދޮގުހެދުމާ ފޮނި ކެނޑުމައް މިވަރެއްނެތް
ހަމަ ހުރެފަ ސާދާގަރަކު ބޭނުންވާއިރަށް ބޭނުންތާކު އެއާޕޯޓުއަޅައިގެން އަމިއްލަ ނަންކިޔައިގެން ވިޔަފާރިގަނޑު ހިންގޭގޮތަށްތަ މިހާރު އޮންނަނީ. އެއާޕޯޓެއް ހަދަންޏާ ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ލައިގެން އޭގެތެރެއިން ހޮވަންޖެހޭ ގޮތަކަށް ނޫންތަ އޮންނަނީ.
ދެން ބަލަންތިބެ. މިހާރު އެއްބާރުލުން ދޭނެކަމަށް ބުނި އެންމެން ގޯސްކޮށްފައި ތިޔަކަން ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް އެމީހުމްގެ ބޮލުގައި އަޅުވާފަ ނިންމާލާނި. ފޮނިޓައްޕު ޖާބިރު
ކޭބަލްކާރު އަޅައި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލްތައް އަޅައި ދުނިޔޭގެ އެންމެ ފެންވަރުރަނގަޅު ޔުނިވަރސިތީތަށް އަޅައި މަތިންނާ އަޑިން ދަތުރު ފަތުރުގެ ނިޒާމު ގާއިމުކޮށް ހެލިކޮޕްޓަރު ޖައްސާ ސްޓޭޝަން ހަދައި ކާށިދުއާ ގާފަރުގެ ރައްޔިތުން ޖައްވުގަ އާބާދުކުރުވައި ދުނިޔޭގެ ނެތް ފެންވަރުގެ ޓޫރިޒަމް ކާށިދުއާ ގާފަރުގަ ޤާއިމްކޮށް މިކަނކަމަށް ލުއިފަސޭހަކުރުމަށް އެންމެ ފަހުން އެއާރޕޯޓު އަޅަން ނިންމީތާ މީވާ ނޫނޭ ކުޅަދާނަ ފަހުލަވާނެއް މިކަހަލަ ބޮލުރޮދި ކެނޑިފަ ތިބޭ މީހުން ދައްކާ ހޮޅިވާހަކަތައް ނޫހުގެ ފަލަޝުރުހީގަ ޖަހާތީ ހަމަ ހިނިއާދޭ
މީނަ ކޮންމެވެސް ކަމެއް ކުރަނީއޭކިޔައިގެން ނޫސްތަކުގަ އެބަޖަހާ ހަފްތާއަކު އެއްފަހަރު. އެކަމަކު މީނަ ހަގީގގަތުގަ ކުރީ ކޮންކޮން ކަންތަކެއްތޯ ބަލާފަ ހަބަރެއްގަ ޖަހާބަލަ.
ކަމެއްވާނެމީހަކު މާ އަޑުގަދައެއް ނުކުރާނެ ! ތިކަހަލަ ކިތަށް ކަންތަށް ކަލޭގެ އަގައިން ކޮށް ނިންމައިފިންތަ ؟
ޖާބިރު ޕުރަމޯޓް ކުރަނީދޯ؟؟؟ ކާށިދޫ ގައި ޖާބިރު އެއާރޕޯޓް އެއް ނާޅާނެ ދޮގާއި މަކަރާ ހަދައިގެން އުޅޭ މީހެއް ޖާބިރަކީ !!!!!!!!
ބިން ސާފުކުރުމާއި ރުއްގަސް ކެނޑުމުގެ މަސައްކަތް ޖާބިރު ފަށާނީ އެއަރ ޕޯރޓް އެޅުމަށް ބޭނުންވާ ގިނަ ސާމާނު ތައް ކާށިދޫ ޖެޓީ އަށް ގެންގޮސް މަސައްކަތު މީހުންނާއި ކަމަށް ބޭނުންވާ މުވައްޒަފުން ތިބޭނެ ގޭގޭ ހިފައި އެތަންތަނުގައި އެމީހުން ގާއިމުކޮށް ބައިތިއްބާފަ. މި ޕްރޮޖެކްޓް އޭނާ ނިންމާނީ 6 މަސްތެރޭގައި ދޯ ޖާބިރު.