ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ)ގެ މަންމަގެ ފައުންޑޭޝަން "ޝަރީފާ ފަައުންޑޭޝަން"ގެ ނަމުގައި ޓެކްސީ އެސޯސިއޭޝަނަށް އެހީވެއްޖެ އެވެ.
މަންޑޭގެ އެހީގެ ޕްރޮގްރާމް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ހުސައިން ނައީމް "ވަގުތު" އަށް ވިދާޅުވީ މަންމަގެ ފައުންޑޭޝަންގެ ނަމުގައި 1000 މާސްކާއި، 1000 އަންގި ޓެކްސީ އެސޯސިއޭޝަނަށް ހަދިޔާކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށަކަށް އެހީތެރިވުމުގެ ގޮތުން މަންޑޭ ފައްޓަވާފައިވާ މަސައްކަތް ރައްޔިތުން ވަނީ ބަލައިގަނެފައެވެ.
އޭނާ މިގޮތަށް ފޯރުކޮށްދޭ އެހީގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ރާއްޖޭގެ ހުރިހާ ރަށަކަށާއި ބައެއް މުއައްސަސާތަކަށް އެހީގެ ތަކެތި ފޯރުކޮށްދީ ވަނީ ނިންމާލާފައެވެ. އެގޮތުން އެ މަސައްްކަތުގެ ތެރެއިން އޭނާގެ ފަރާތުން ހުރިހާ ރަށަކަށާއި ބައެއް މުއައްސަސާތަކަށް ވަނީ މާސްކް، އަންގި، ސެނިޓައިޒަރ، ހޭންޑް ވޮޝް އަދި ރައްކާތެރި ވުމުގެ ގޮތުން ބޭނުން ކުރާ ހެެދުން ހަދިޔާ ކުރައްވާފައި ވެއެވެ.
މަންޑޭ އަކީ ކޮވިިޑް-19 އާއި ގުޅިގެން މިހާތަނަށް އެންމެ ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅާއެވެ.
މަންޑޭ ތިޔަހާ ލާރި ހޯދީ ކިހިނެއް؟ ޢަދި މަނޑޭ ތިހާވަރަށް އިސްތިހާރުކޮއްގެން އެހީވާމީހެއްގެ ގޮތުގަ ލޭބަލްވާން ބޭނުން ވަނީ ކޮން އެދުމެއް ހިތުގެ އަޑީ ފޮރުވިފަ އޮވެގެން؟ މަޖުލީސް މެންބަރަކަށް ވާން ގަސްތުކުރީ ދޯ؟
ސާބަހޭ ދަރިޔާ. މާތްﷲ އެބޭފުޅާގެ މުދަލުގައި ބަރަކާތް ލައްވާއި މުދާ އިތުރު ކުރައްވާ އެބޭފުލާގެ މަންމަގެ ފުރާނަ އަށް ހެޔޮ ރަހުމަތް ލައްވާ ދޭވެ!
ވާތަށް ނޭގި ކަނާތުން އެހީވިނަމަ ކިހާ ރަނގަޅު
މަންޑޭއައް އަދި މަންޑޭގެ ހީވަގިމުވައްޒަފުންނައްފައްފަށުން އަދި ގޮއްގޮށުންވެސް ޝުކު ރު ދަންނަވާލަން .ހެއޮދުއާ ސަލާމް .
އެހީވުމަކީ އިސްތިހާރު ކުރަން ކުރާކަމަކައް ވެއްޖެނަމަ ހަގީގީ ބޭނުން ކެނޑުނީ
ހެޔޮނިޔަތެއްގަކޮއްފިނަމަ ވަރައްފައިދާބޮޑުކަމެއް ދެއްކުންތެރިކަމުގެގޮތުން(ތިމަންނާޔަކީ ވަރައްމީހުންނައް އެނހީވާމީހެކޭ އެހެންމީހުންގެދުލުންބުނުވަން)ކޮއްފިނަމަ ވަރައްގެއްލުންހުރިކަމެއް އެގޮތައްކުރުމައްވުރެނރަނގަޅީ ނުކުރުން ހެޔޮނިތެއްގަތިޔަ ޢަމަލުކުރާނެކަމައް އުއްމީދުކުރަން