ކުރީގެ ރައިސް ޑރ. މުހައްމަދު ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިނަށް އެމްޑީޕީގެ އެކްޓިވިސްޓަކު ހަމަލަ ދިނުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ޣައްސާން މައުމޫން މިއަދު ކުށްވެރި ކުރައްވައިފިއެވެ.
ރައީސް ވަހީދު ކުރެއްވި ޓުވީޓު ރީޓުވީޓު ކުރައްވައި، ރައީސް މައުމޫން ވިދާޅުވީ ރައީސް ވަހީދާއި އަނބިކަނބަލުން އިލްހާމް ތިއްބެވީ ހެޔޮ ހާލުގައި ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެ ހަމަލާއަކީ ފިނޑި އަމަލެއް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
I too condemn this cowardly attack. I hope YE and Madam are unharmed. https://t.co/VwILyhClOT
— Maumoon Abdul Gayoom (@maumoonagayoom) June 14, 2020
މައުމޫންގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޢައްސާން މައުމޫން ވެސް ވަނީ އެ ހަމަލާ ކުށްވެރިކުރައްވާ ކަން ހާމަކުރައްވައި ޓުވީޓެއް ކުރައްވައިފައެވެ. ޣައްސާން ވަނީ ސިޔާސީ ފިކުރަށް ބެލުމެއް ނެތި މައްސަލަ ބަލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ޢައްސާން ވަނީ އެ މައްސަލައިގައި ފިޔަވަޅު އެޅެން ޖެހޭ ކަމަށާއި ރައީސް ވަހީދަކީ ކުރީގެ ރައީސުންނަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ލިބެން ޖެހިވަޑައިގަންނަވާ ބޭފުޅަކަށް ވާއިރު، އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި ނުވަނީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފައެވެ.
ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ހެނދުނު އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމްއަށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ ހަމަލާދީފައިވާ ކަމަށެވެ. ދެ ބޭފުޅުންނަށް ހަމަލާ ދިނީ ކަސްރަތަށް ބޭރަށް ނުކުންނެވި ވަގުތު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
Strongly condemn the attack on me and my wife Ilham this morning by MDP activist Joarey. People excercising this morning in Male’ Usfasgadu area witnessed this ugly attack. @PoliceMv @ibusolih @hrw @MNDF_Official @PresRajapaksa @narendramodi @MvCrisis
— Mohamed Waheed (@DrWaheedH) June 14, 2020
ރައީސް ވަހީދު ވަނީ އެ ހަމަލާ ދިން މަންޒަރު، އެވަގުތު އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރަން ތިބި މީހުންނަށް ފެންނާނެ ކަން ފާހަގަ ކުރައްވައިފައެވެ.
އެމަނިކުފާނު ކުރެއްވި ޓުވީޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފުލުހުންނާއި އެމްއެންޑީއެފާއި ހިއުމަން ރައިޓްސް ވޮޗާއި ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ޓެގްކުރައްވާފައިވެއެވެ.
ފެބްރުއަރީ 7، 2012 ވަނަ ދުވަހު، ވަހީދު ރައީސް ކަމަށް ވަޑައިގެންނެވީ، އޭރުގައި ވެރިއަކަށް ހުންނެވި މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ. ރައީސް ނަޝީދު އޭރު އިސްތިއުފާ ދެއްވީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި ބައެއް ފުލުހުންނާއި ސިފައިން ބައިވެރިވެ، ނަޝީދުގެ އިސްތިއުފާ އަށް ގޮވާލުމުން ދަނިކޮށެވެ.
ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން، ރައީސްވަހީދު ހުންނެވީ ނައިބު ރައީސަކަށެވެ.
އެހެންކަމުން ރައީސް ވަހީދު ރައީސް ކަމަށް ވަޑައިގެންނެވީ "ބަޣާވާތަކުން" ކަމަށް އެމްޑީޕީގެ ސަޕޯޓަރުން އައީ ވަކާލާތު ކުރަމުންނެވެ. އެފަދަ ތުހުމަތުތަކަށް ރައީސް ވަހީދު ވަނީ މީގެ ކުރިން އިންކާރު ކުރައްވާފައެވެ.
ލަޑަޔާއި ވާނީ ލަޑަޔާއި
ކޮބާކަލޯމެނޭ ހީވޭ ކަމެއްހެން ރީދޫގުރޫޕު ލަދެއްހަޔާތެއްނެތް މީހުންގެ ގަޔަށްބޮލަށް އަރަނީ އަނިޔާވެރިކަކީ ކޮބައިތޯ ކޮބައިތޯ އެމް ޑީ ޕީ ގެ ދުރޫސުލް އަހުލާގު ނަންވާނީ ހިޓުލަރ
ގައްސާނު ރިއާސީ ކެންޑިޑޭޓެއްގެ ޒިންމާ އުފުލަންފަށައިފި...މާޝާﷲ ...ރޔާމީން އަވަހަށް މިނިވެ އެމަނި ކުފާނުގެ ދެވަނަ ދައުރެފުރިހަމަ ކުރެއްވުމަށްފަހު ގައްސާނުގެ ރިޔާސީ ދައުރެ ފެށުމުގެ ނަސީބު މާތްﷲމިންވަރު ކޮއްދެއްވާށި...ރޔާމީންގެ ޒިންމާ ގައްސާނު ފުރިހަމަޔަށް އަދާކުރުމަށް ތެދުވެރި އިޙުލާސްތެރި ކަން ސާބިތުވާތި...ރޔާމީން މިނިވަން ކުރަން ގައްސާނު އިސްވެ ލީޑު ކުރަން ނި ކުންނަވާ ރޔާމީންގެ ސަޕޯޓަރުންގޮވައިގެން...މަގުމައްޗަށް ގައްސާނު ފަރިތަވާންވީ...
އެބަރަނގަޅުވޭ. އިބޫއަކީ ސޮހޮލެއް. ނަޝީދުގެ ޕަޕެޓެއް
ކާކުތަ ކާޅައްވޯޓްދިނީ ރައީސްކަމަށް ކޮންއިނަޔަތެއް ރައްޔަތުންގެލާރިކޮޅުން ކަލޭމެންބައިއަޅާލީމަ ރައްޔިތުން ނައްއޮތީކޯޗެއް؟
ކަލޭ ކާޅަކަށް ވެއްޖިއްޔާ ކަލޭވެސް ދެރަވާނެދޯ...
އިންސާނުންނަށް ޖަނަވާރުގެ ނަމުން މުހާތަބު ކުރާކަށް ނުވާނެ....
ކަލޭގެ ހުރިހާ ދަރިން ކާޅަށް ވާންކަލޭ ވެސް ބޭނުމެއް ނުވާނެ ދޯ...
މިހާރު އެއްޗެއް ވިސްނިފަ ހުންނާނީ...
ދެރަވެއްޖެ ދޯ
ނަޝީދުއަށް ވެރިކަމައް އާދެވުނީ ޑރ. ވަހީދުގެ ތާއީދު އޮތީމަ. މިހާރުދެން ނަޝީދައް ތާއީދު ހޯދަދޭން ކޮން ކިޔަވައިގެން ހުރިމީހެއް ނިކުންނާނީ. ރައީސް ވަހީދު ހުންނަވާނީ ގައުމައް ހެޔޮ އެދޭމީހުންނާއި އެކުގަ.
ކާކުތަ ނަޝީދަށް ވޯޓް ދިނީ ބޮޑު ވަޒީރު ހެދިގެން ގައުމު ހިންގަން؟ ރީނދޫ މީހުން ބައި އަޅާ ވާހަކަ ނުދެއްކިއްޔާ މާ ތާހިރުވާނެ
7 ފެބުރުވަރީގައި އައީ ބަޣާވާތެއް ނޫން. މީހަކު ދެބަންދިހާރު ވުމުން ދިމާވި ކަމެއް. ދެބަންދިހާރު ފިލައި ހަމަ ބުއްދި އައިމާ ތެދަށްވުރެ ގިނައި ދޮގުހަދާ ދުލަކުން ބަޣާވާތެކޭ ގޮވީމާ ހަމަ އެގޮތަށް ލާޗާރުބިޗާރުވެފައި ބުއްދިފިލައިގެން ގޮސްފައި ތިބި ބަޔަކު ބަޣާވާތޭ ބަޣާވާތޭ ގޮވައި ދައުލަތުގެ މުދަލުގައި ހުޅުޖެހީ. މީ ފަހުގެ ތާރީޚުގައި ރާއްޖޭގައި ހިންގާފައި އެންމެބޮޑު އެންމެ ނުރައްކާތެރި ޖަރީމާ.
ކަޑަކަމެއް.. ހަޑިހުތުރުއަމަލެއް. ރ ވަހީދް އާއި މެދުކިތަ ންމެ ހިތްހަމަ ނުޖެހު ނަސް ގަޔައްބޮލައް އަރާކަށްނުޖެހޭ.
އަ ނެކާއާއިމެދު ހިތްހަމަ ނުޖެހި އަތްފައި ން ނޭދެވޭ އަމަލްތައް ހި ންގުމުގެ ނަތީޖާ އަކީ ތިމާގެ އަަގުވެއްޓު ން ކަމުގާ މެ ނުވީ ނުވާ ނެ
ތިމައްސަލަ އެއް ނުބަލާނެ
ތީކެނެރީގޭ ބުއްޅަބޭ އަޑީގަ ހުރެގެން މަޖިލީހުގައި ހިންގިޖަރީމާގެ ފޯކަސް ދުއްވާލައްވަން ވެގެން ހިންގި ޖަރީމާއެއްކަމަށް ހަމަޔަގީން ކަށަވަރު. އެނޫން ގޮތަކަށް ތިޔަކަމެއް ނުވާނެ. ޑރ،ވަޙީދު ދެކެ ރުޅިއައިސްގެ ކުރިކަމެއްނަމަ އެބުނާ ބަޣާވާތަކަށް 9 އަހަރު ފުރެން ގާތްވެފާ ވަނިކޮށްނޫން ތިޔަ ޙަމަލާ އެއްދޭނީކީ. މިހެން ލިޔެގެން އެމްޑީޕީގެ ޕޭއިޑް ސޯޝަލްމީޑިއާ އެކްޓިވިސްޓުން ކިތަންމެ އައުގުރާނަ އެއް ލިޔުނަސް މަށައް ހެވޭ. އަދި އަހަރެންނަކީ ޣައިބު އެގޭ މީހެއްކަމަށްހެއްޔޭ ބުނެ ސުވާލު އުފެއްދިޔަސް މަށައް ފަރުވާލެއްނެތޭ. ތިޔަ ސިޔާސީ ޕާޓީ ތަކަކީ ރައްޔިތުންގެ ފައިސާ އިން އިސްރާފުކުރަމުން ގައުމުގައި އޮތް ހަމަޖެހުން ނަގާލަން މަސައްކަތް ކުރާ ބައިގަޑެކޭ. އެހެންވީމާ މިބާވަތުގެ ތާކުންތާކު ނުޖެހޭ ޖަރީމާތައް ހިންގުން ގިނަވާނެޔޭ. ދެންފެންނާނީ ދާޚިލީވަޒީރު ގެ އިސްތިއުފާ އަށް އަނދުންހުސޭނު ގޮވާ އަޑޭ. ބަލަން ތިބޭތި. މިހުރިހާކަމެއް ވެގެން ނުގޮސްފިނަމަ އެމްޑީޕީ އެއްނޫން ވެރިކަން ކުރަނީ.
ރައްޔިތުން ބަލަންބާރުވެގެން އަންނި ވެރިކަންދޫކޮށް ދިޔަދުވަހު މިޤައުމާ، ޤާނޫނުއަސާސީއާ، ރައްޔިތުންނަށްޓަކައި ވެރިކަންކުރެއްވި އިޙްލާސްތެރި ވެރިޔެއް ރ. ވަހީދަށް ދިން ޙަމަލާ ކުއްވެރިކުރަން ކުއްވެރިޔާ އިންސާފުގެ ކުރިމައްޗަށް ގެނެސްދޭޖެހޭ
ބަޤާވާތް ކުރަންޏާ ބާޤީއޭ ގޮވާނެ. ހަޖަމް ކޮއްލާ ކާޅު. އަނެއް ބަޤާވާތް ރާވަނީހެން ހާދަ ހީވޭ ހުރިހާ ބާޤީންތައް އެކުވެގެން. މަޖުލީހުން މިކަމަށް ފާރަލުން ވަރަށް މުހިންމު މިގައުމުގެ މުސްތަގުބަލައްޓަކައި.
ކަލޭމެން ލާދީނީންނަކަށް އެކަމު ހަޖަމެއް ނުވޭ ދޯ އެހެން ގޮވީމަ؟ އެއީ ކިހިނެއްވާ ކަމެކޯ؟
ބަލަޤާނޫނުއަސާސީގަނޯވޭ އެއިރެއްގަ އެހުންނަރައީސަކު އޭނާގެ ނާޤާބިލްކަމުން އިސްތިޢުފާދިނުމާއެކު ނައިބުރައީސްވެސް އިސްތިޢުފާދޭންޖެހޭނެކަމައްލިޔެފަ ލިޔެފައޮންނަނީ ނާއިބުރައީސް ޤާނޫނުގަވާގޮތައްހުވާކޮއް ރައީސްކަަމާ ޙަވާލުވާންވާނެއެވެ އެހެންނޫނަސް ރައީސް ވަޙީދަކީ ރައްޔިތުންގެވޯޓުންހޮވިފަހުރި ބޭފުޅެއް
ޙެހެ ހީވަނީ ބޮޑަށް ފިލްމެއް ހެން 2023ގަ ހަމްދަރުދީގެ
ޥޯޓް ދޭންވީ
ޙަމަލަ ދިނީއޭ ބުނީމަ މަ ހީކުރީ ތަޅާރާކިސް އަރުވާލީކަމަށް އެކަމަކު ވީކަމަކީ ކުޑަކޮށް އަނގަ މަޖާކޮށްލީއްޔޯ
މޮޔަ އަކު ޖަހާހާ ބެރަކަށް ކިޔަވައިގެން ތިބޭ މީހުން ނެށުމަކީ ހުތުރު ކަމެކެވެ. މިހާރު ވަހީދު ކަންތައް ތިޔަ ކުރެއްވި ގޮތުން އޭނާ އާއި އެއް ފެންވަރު ވީއެވެ. ތިޔަ ކަންތައް ކުރެއްވެވި ގޮތުން އޭނާ އަށް ކުރި ލިބުނީ އެވެ. މައްސަލަ ބަލާ ނަމަ ދެ ފަރާތް ވެސް ޝަރިއްޔަތަށް ހާޒިރު ކުރާނެއެވެ. އޭނާ ގެ ނަން ވަހީދު އަށް އެނގިވަޑައި-ނުގަތަސް އޭނާ އަށް ވަނަމެއް ކިޔާ އޭނާގެ އަބުރު ކަތިލުމުގެ ދައުވާ އޭނާ ކުރާނެއެވެ. އަދި ދުނިޔޭގެ ބޮޑެތި ވެރިންގެ ކުރިފުޅު މަތީގައި އޭނާގެ އަބުރު ކަތިލި ތަނަށް ބަދަލު ހޯދަން އޭނާ ވަހީދު އަށް ދައުވާ ކުރާނެއެވެ. އެޓެކް އެއް ދީފައި ނުވާ ކަމަށް އޭނާ ބުނާނެ އެވެ. އެޓެކް ދިނިއްޔޭ ކިޔައިގެން ދޮގު ހެކި ބަސް ވަހީދު އޭނާ އާއި މެދު ދިންކަމަށާއި އޭނާ އަށް އެކަމުން ލިބުނު ގެއްލުމަށާއި، ޑެމޭޖް އަށް އޭނާ ބަދަލު ހޯދުމަށް ވަހީދު އަށް ދައުވާ ކުރާނެ އެވެ. "ފެތުނު އޮޑީ ގެ ރިޔާ ދަށުވިޔަސް މޮޔަ އެއްގެ އަތް ދަށު ނުވާށޭ"، ބޯދާ ބަހެކެ މަ ކޮޔާ....!!!!
ބާގީ ވަހީދު. ކަލޭ ޓެގުކުރާނެ މީހަކަށް ޓެގު ކުރޭ. ފަރުވާލެއް ނެތް. ބާއީ ވަހީދު ނުގޮވާނެ ގޮތަކަށް ކަލެއަކަށް ބޭރުތެރެއަކު ނޫލެވޭނެ. އެހެން ގޮވާނެ.
ވެރިކަން ދެން މީގެން އެއް ލަޑައަކައް ދޭންވިސް ނުމަކީ އަނެއްކާ ގައުމް އަދަވަޅަކައް ވެއްޓުން ރައްއިތުންވެއްޖެ ދެން ވެރިކަން ހަވާލުކުރަންޖެހޭނީ ޕާޓީއަކައް ނޫން އިޑިވިޖުއަލް މީހަކައް އޭރުން ދެން ގައުމް ކުރިޔައްދާަނީ
ރައީސް ނަޝީދު އޭރު އިސްތިއުފާ ދެއްވީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި ބައެއް ފުލުހުންނާއި ސިފައިން ބައިވެރިވެ، ނަޝީދުގެ އިސްތިއުފާ އަށް ގޮވާލުމުން ދަނިކޮށެވެ.
އިނދިކޮޅުން ކުރި މުޒާހަރާގައި ސިފައިންނާއި ފުލުހުން ބައިވެރިއެއްނުވޭ. ސިފައިންނާއި ފުލުހުން ބުނަމުންދިޔައީ ޣައިރު ޤާނޫނީ އޯޑަރު ނުކުރުމަށް. އަދި ސިފައިންނާއި ފުލުހުން ބުނީ ޣައިރު ޤާނޫނީ އޯޑަރަށް ތަބާނުވާނެ ކަމަށް. އެއީ ހުވަޔާއި ޚިލާފު އަމަލެއް ކަމަށް. ދެން އެ އޯޑަރަށް ތަބާނުވުމަށް މަޑުކޮށްގެން ތިބީ. ދެން ރައީސް އެންގީ ތަބާނުވަންޏާ އެމީހުން ގަޔަށް ބަޑިޖަހާށޭ. މިހެން ބުނުމުން ސިފައިންގެއިން އެމްޑީޕީ ފިކުރުގެ ހޭބައްޔަކު އުންޑަޖެހި. ނަމަވެސް ގުޑުމެއްނާރާއި ފުލުހުން އަދި ސިފައިން ތިބުމުން ރައީސް ލައިވް ވަޒަން ޖެހުމަށް އޯޑަރުކުރި. އެހިސާބުން ސިފައިން ވެސް އެކަމަށް ދެކޮޅުހެދި. އޭރުވެސް ޣައިރު ޤާނޫނީ އޯޑަރަށް ކިޔަމަން ނުވާނެ ކަމަށް ބުނި ފުލުހުންނާއި ސިފައިން ބުނަމުން ދަނީ އެމީހުންގެ އިހުތިޖާޖަށް އާންމުން ނުވަނުމަށް.
ފުލުހުންނާއި ސިފައިން އާންމުންނާއި ނުގުޅޭ. ފަހުވަގުތު ބައެއް ސިޔާސީ ވެރިން ފައިދާނެގިތަން އެހެނަސް ފެނުނު