ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުދުވަހުގެ ޖަލު ޙުކުމް ސުޕްރީމް ކޯޓަށްވެސް ބާޠިލްނުކުރެވޭނެ ކަމަށާއި ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ އެއްވެސް ޤާނޫނީ ހަމައެއް ރައީސް ނަޝީދަށް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލްއެފެއާޒް މިނިސްޓަރު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އާޒިމާ މިހެން ވިދާޅުވީ "ޕީއެސްއެމް ނިއުސް" ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ އާޒިމާ ވިދާޅުވީ ނަޝީދު މިވަގުތު ހުންނެވި ޙާލަތަށް ބަލާއިރު، އެހުންނެވީ ސުޕްރީމްކޯޓުން ކޮށްފައިވާ ނިހާއީ ޙުކުމެއްގެ ދަށުން 13 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރުމުގެ ތެރޭގައިކަމަށެވެ. އެޙުކުމް އަދިވެސް އޮތީ އޮތްގޮތަކަށްކަމަށާ އެޙުކުމް ބާޠިލްނުވާހާ ހިނދަކު ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެ ހަމައެއް ނެތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ އާޒިމާ ވިދާޅުވީ ރާއްޖޭގައި ސުޕްރީމްކޯޓުން ކުރާ ނިހާއީ ޙުކުމެއް އަލުން ބަދަލުކުރުމުގެ ބާރު ޤާނޫނީ ގޮތުން ސުޕްރީމްކޯޓަށް ވެސް ލިބިދީފައި ނެތްކަމަށެވެ.
"ސުޕްރީމް ކޯޓުގެ ިންމުމަކީ ފައިނަލް ނިންމުމެއް. އެހެންވީމަ 1 ފެބްރުއަރީގެ އަމުރުގައިވެސް އަޅުގަނޑު ވަރަށް ސާފުކޮށް ދެންނެވިން ސުޕްރީމްކޯޓުން ނިންމާފައި އޮތް ނިންމުމެއް، އަމުރަކުންނެއް ބާޠިލެއް ނުކުރެވޭނެ. އަދި ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގަ ސުޕްރީމް ކޯޓުގެ ޙުކުމެއް އަލުން އަޑުއަހާފައި އަލުން ބަދަލުކުރެވޭނެ އެއްވެސްކަހަލަ ޤާނޫނީ ފުރުސަތެއް ނެތޭ، ރާއްޖޭގެ ޤާނޫނީ އޮނިގަނޑަކުއެއް. ދުނިޔޭގެ ބައެއް ތަންތާ މިސާލަކަށް، މިސްކަރޭޖް އޮފް ޖަސްޓިސް ހުރި ކަމަށްވަންޏާ ސުޕްރީމް ކޯޓުން ނިމުނަސް އެވަރުގެ ކަމެއް ފެނިއްޖެއްޔާ ފަހުން އެފުރުސަތުތައް އޮންނަ ޤާނޫނީ އޮނިގަނޑުތައްހުރޭ. އެހެންނަމަވެސް ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގައި އެއީ ހަމަ ސީލްޑް، ނިމިފައި އޮތް ނިންމުމެކޭ ސުޕްރީމްކޯޓުން ކޮށްފައި އޮތް ޙުކުމެއް. އެހެންވީމަ ފަހުންކުރާ އަމުރަކުންނެއް އެއެއް ޗޭންޖެއް ނުކުރެވޭނެ. އެއަށް ބަދަލުގެނައުމުގެ ބާރު ސުޕްރީމްކޯޓަކަށްވެސް ނުލިބޭ." މިނިސްޓަރ އާޒިމާ ވިދާޅުވިއެވެ.
މިނިސްޓަރ އާޒިމާ ވިދާޅުވީ ސުޕްރީމްކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރުގެ ހުރިހާބައެއްހެން މިހާރުވަނީ ބާޠިލްވެ ނިމިފައިކަމަށާ މިއީ އަލުން ބަޙުސްކުރަންޖެހޭ ކަމެއްވެސް ނޫންކަމަށެވެ.
ނަޟީޛުބުނުއްވި ބޭފުޅަކައް ވޯޓުދޭނީ
އެއްކެނޑިޑޭޓެއް ނެރެންވެގެން މިހާރު ކެރަފާ ލާދީނީ ނަޝީދު ނެރެން އެއުޅެނީ 1ފެބްރުއަރީގެ ބަޣާވާތުގެ އަމުރުގެ ދަށުންތަ.....؟؟؟ އަޖައިބުވޭ.
ސްޕްރީމް ކޯޓްގެ ހުކުމް ބާތިލް ކުރެވޭނީ ހަމައެކަނި އާޒިމައަށް. ވަރަށް ވެދުން
ސުޕްރީމް ކޯޓުގެ ހުކުމްވެސް އާޒިމާ މެންނަށް ބާތިލުކުރެވޭނެ.
ހާދަ އަޚްލާޤެއް ނެތޭ. ދިވެހިންގެ އަޚްލާޤު ޖަނަވާރުންނާ އެއްފަދަ ދަށުދަރަޖައަށް ވައްޓާލުންނޫން ކަމެއް އަންނިއަށް ނެތް ދިވެހިންނަށް ކޮށްދެވިފައެއް. އާޒިމާ ވިދާޅުވީ ގާނޫނޫ ހަމަ، ގާނޫނުން ނުދޭ ބާރެއް، ސުޕްރީމް ކޯޓަށް އަދި، ރައީސުލްޖުމްހޫރިއްޔާއަށްވެސް ލިބިގެން ނުވާކަމަށް. މިގައުމުގަ އެންމެ ގިނަ ބާރުތައް ޤާނޫނުން ދީފައިވަނީ، ރައީސުލްޖުމްހޫރިއްޔާ. ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް މިގައުމުގެ ރައްޔިތުންނާ ގައުމާ އިސްލާމްދީން ދިފާއުކޮށްދިނުމަކީ، އެއީ ސުޕްރީމް ކޯޓުގެ ޒިންމާއެއްނޫން. މިއީ ގާނޫނުގަ އޮތްގޮތް.
ޤާނޫނުގައި ކަމަކާމެދު ވަކިގޮތަކަށް ބަޔާންކޮށްފައިނުވާނަމަ އެކަމަކާ މެދު ގޮތެއް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން. މިހާރު ކަންކަން ފެންނަ ގޮތުން ހީވަނީ ޝަރުޢީ ދާއިރާގެ އެންމެ ފަހުބަސް ބުނާ ކޯޓަކީ ރަޢީސުލްޖުމްހޫރިއްޔާގެ ލީގަލް އެފެއާޒް ކޯޓު ހެން.
ގާނޫނުގައި، ކަނޑައެޅިފައިނުވާ ކަމެއްނަމަ، އެއަށް ގާނޫނެއް ހަދާނީ. ސުޕްރީމްކޯޓަށް ފެންނަ ގޮތަކަށް ނުނިންމޭނެ، ގާނޫނުގައި ނެތްކަމެއް ސުޕްރީމްކޯޓަށް ހުށަހެޅުމުން، އެމައްސަލައަކާ ގުޅޭ އެންމެހާ ފަރާތްތަކަށް ވާހަކަދެއްކުމުގެ ފުރުޞަތުދީ، ހެތްކާއި ގަރީނާއާއި، އިސްލާމީ އަދި ތަހުޒީބީ މުޖުތަމައުތަކުގައި ކަންކުރާގޮތަށް ކޮށް ހުކުމްކުރުން ސުޕްރީމްކޯޓުގެ ޒިންމާއަކީ، ދަންދެބައިވީމަ، އަމުރު ނެރުމެއްނޫން އެމީހުންގެ ޒިންމާއަކީ.
އައްނި އައްވުރެ މަގޭ މާރަގަޅުވާނެ. މަގޭ ނަން އޮންނާނެ ދިވެހިރައްޔަތުންގެ ރަޖިސްޓްރީގަވެސް ..މަގޭ ބޭނުމިއްޔާ ވޯޓިންލިސްޓްގަވެސް ޖެހިދާނެ..
ތި ނޫނީ އަދި ދިވެހިރާއްގޭގައި އެއްވެސް ހާލެއްގައި ބަދަލު ނުވާނޭ ހުކުމެއްނެތްތާ! އަނެއްކާ އުމަރުގެފާނު ކުރެއްވިފަދަ ހުކުމްފުޅެއްބާ! ގައިމު އެހާ ތެދުވެރިނަމަ ގާނޫން އަސާސީ ވީދާ ކުދިކުދި ކުރުމުގެ ބޭނުމެއްނޯންނާނެ. އަދީބު އަށް ދިން ނައިބު ކަމުން ފެށިގެން އަދީބު ގައުމު ހަލާކުގެ ތެރެއަށް އެއްލާލާނެ ކަމުގެ ބިރު އޮތީތީވެ އެވާހަކަ ދައްކާ ފާޑޫކިޔާތީ ކުރީގެ ރައީސު މައުމޫން އެއްވެސް ހުއްޖަތަކާ ނުލާ ނަގާ ހުރަގޭގަ ބެހެއްޓުމާ. ސްޕޮރީމް ކޯޓުން ނެރެންޖެހޭ ހުކުމްތައް ނެރުމުގެ މާކުރިން ޕީޕީގެ މަޖޖިލިސް މެމްބަރުންނަށް އޭތި އިލްހާމްވުމާއި އެކު އެހުކުމް އެގޮތަށް އިއްވުން ހިމެނޭ
މައުމޫނު ޖަލުގައި އެހުރީ ކޯޓުން އެގޮތަށްނިންމީމަ. ޕީޕީގެ ޖަލްސާއެއްގަ އިލްހާމްވީކީނޫން. އިލްހާމްއަށް އަންގާފައޮތީ، އެރޭ ވެރިކަންވެއްޓޭކަން. މަހުލޫފާ، އަލީހުސައިންގެ ބަހުން ނޫސްތަކަށްދީފައޮތް އިންޓަރވިއުތަކުން އެނގޭ އެމީހުންނަށް އެހުކުމުން ކުށްކެނޑާ މޮޑިފައިކުރަން ޗާންސްއޮތްކަން. ތިމާމެންގެ ކުރިމަތީ ފެންނަންހުންނަ ހެކި އެއީ ނުފެންނަ އެއްޗަށްހެދުމަކީ، އަބޫޖަހުލުއަށް އިރު ދެފަޅީވެގެން ދިޔަތަން ނުފެނުނު ނުވަތަ ގަބޫލު ނުކުރިގޮތަށް ގަބޫލުނުކުރުން. ޖާހިލުންނަކީ، ތިމާމެންނަށް އެނގިތިބެމެ އެކަން ގަބޫލުނުކުރާ އެންމެ ނުބައިނުލަފާ މީހުން
ތިޔަ ބުނާ އޮނިގަނޑަކީ ބާވާތް ލެއްވި އެއްޗަކަށް ނުވީމަތާ، 1 ފެބުރުއަރީ ގެ ޙުކުމަށް ދައުލަތުން އަތްބޭނީ...
1 ފެބްރުއަރީގެ އަމުރަކީ، ރިޝްވަތާ ފަސާދައާއި، އިސްލާމްދީން ހަލާކުކުރުމަށް ބަޔަކު ފައިސާގެ ދަހިވެތިކަމުގައި ނެރުނުއެއްޗެއްކަން އެހެރަފެންނަންހުރި ބަޔާންތަކުން އެނގޭ. ދެން ތިމާ ހިތްނޭދޭ ގޮތަށް ކަމެއްވީމަވެސް ހަމަ ޖަދަލުކުރުން ދޫނުކޮށް ހިފަހައްޓައިގެން ތިބެއްޗޭ. ހަލާކު ލިބިގަތުމަށް އެދޭނަމަ، ދުނިޔޭގަ އެބަހުރި އެފަދަތަންނަން ވަޑައިގަންނަވަންވީނޫންތޯ.
ކުރެވޭނެ އެއޮތީ ކޮށްފަ މިހާރު ތިއުޅެނީ ބަޔަކު ރަހީނު ކޮށްގެން އެހެންވީމާ ބިރުން ކަލޭގެ ދަރިންވެސް އުޅެންޖެހެނީ މިހާރު ސެކިއުރިޓީ އާއެކު، ޖީއެމް އާރު އަށް ދަށްކަން ޖެހުނު ލާރިގަޑު އާޒިމާ ކަލޭ ދައުލަތަށް ދަށްކަން ޖެހޭނެ
އަޅުގަނޑުމެން ގާނޫނުތައް ކިޔައިކިޔައި ބަލިވިއިރުވެސް ނުފެނުނު، ސްޕްރީމްކޯޓުން ނިންމާފަ އޮތް ހުކުމެއް، 2 ވަނަ ފަހަރަށް ސުޕްރީމްކޯޓުން އިސްނަގައިގެން ބެލުމުގެ އިހްތިސާސް ސުޕްރީމްކޯޓަށް ނުވަތަ އެހެންވެސް ފަރާތަކަށް ލިބިދޭ ގާނޫނީ މާއްދާއެއް ނުވަތަ ނިންމުމެއްވެސް.
ތެދެއް. ހުކުމެއް ބަދަލުކުރެވޭނީ، އެހުކުމާގުޅޭ އެންމެހާ ފަރާތްތަކުގެ ބަސް އަޑުއަހާ ހެތްކާ ގަރީނާގެ މައްޗަށް. ރޭދެބައިވެފަ ހުއްޓަ ނެރޭ އަމުރުން، ހުކުމް، ނުވަތަ، ޝަރީއަތް ނިންމުން މިއީ އިންސާނީ ބުއްދިންވެސް ގަބޫލުކުރެވޭ ކަމެއްނޫން.
މިގައުމުގެ ގާނޫނުތައް އޮތީ، އަމުރުން ހުކުމް ބާތިލް ކުރެވޭ ގޮތަކަށްނޫން. ރޫލް އޮފް ލޯގެ އުސޫލެއްނޫން ކޮޑިފައިކޮށްފައިވާ ގާނޫނީ އުސޫލުތަކެއް ބަލައިގެންފައިވާ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި، އަމުރު މައުރޫފު ހިތުހުރިގޮތަކަށް ހިންގުމަކީ.
ގާނޫނުގަ ފަހުބަސްބުނަފަރާތެއްކަމައްލިޔެފަވަނީލީގަލްއެފެއާޒްމިނިސްޓަރުއާޒިމާތަމަށައްއޮޅިއްޖެ
މީކިހިނެއްވެގެންއުލޭއަންހެނެއްތަމީނަޔައް ގާނޫނުއިނގެނީކިހާވަރަކައްކަންއެނގިއްޖެނޫނީ ގާނޫނުގައޮތްއެއްޗެއްބަލަންބޭނުންނުވަނީކަންނޭގެއަދި އެއްފަހަރު ގާނޫނުގަ އޮތްއެއްޗެއްކިޔާލަބަލަ އާޒިމާ ވާނުވާނޭނގިގެންނުތެޅިގާނޫނުގަ ފަހުބަސްބުނަފަރާތެއްކަމައްލިޔެފަވަނީލީގަލްއެފެއާޒްމިނިސްޓަރުއާޒިމާތަމަށައްއޮޅިއްޖެގާނޫނުގަ ފަހުބަސްބުނާފަރާތަކީލީގަލްއެފެއާޒްމިނިސްޓަރުތަމަށައް އޮޅިއްޖެ
ފަހުބަސްބުނާފަރާތަކިއާޒިމާކަމައްތަ ގާނޫނުގައޮތީހީކުރާގޮތްތަ ނަޝީދުއައޤވޯޓުލާނީނޫނީ ނަޝީދުބުނާމީހަކައްމިފަހަރަކުނެއްމައުމޫނެއްގާސިމެއްޓައީގަފޮޓޯޖަހާކައްރައްޔިތުންތިބީކަރުދާސްކޮޅުނުލިބިލަސްވެފަތިޔައާޒިމާގެސަބަބުންމިގައުމައްކިހާބޮޑެތިގެއްލުމެއްތަވެފައިވަނީޖީއެމްއާރުއެގްރީމެންޓަކީއުފެދުމުގަވެސްބާތިލްއެއްޗެކެބައިރުފިޔާއެއްވެސްދޭކައްނުޖެހޭނޭތާހިރުވިއެއްނުދެންމީނަދައްކާވާހަކައަޑުއަހާނެމޮޔައެއްމިގައުމުގައެބަހުރިތަނެތޭދައިތާ