ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ބާއްވަން މަޝްވަރާކުރަމުން އަންނަ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ގާނޫނުގައިވާ ގޮތުން އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކުރަމުން އަންނަނީ އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅުގައި އިންތިހާބު ބޭއްވުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އަދި ނިންމާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހުރިހާ މެންބަރުންނަށް އިއްތިފާޤުވެވޭ އެއްކަމަކީ އިންތިޚާބު ބާއްވާ ނިންމަންޖެހޭނޭ މިއަންނަ އަހަރުގެ ރޯދަމަސް ކުރިން. ރޯދަަހުގެ ކުރިން ދެވަނަ ބުރުވެސް ނިންމަންޖެހޭނޭ. އޭޕްރީލް މަހުގެ 12 އަށް ރޯދަމަސް ފޯލްވާނެކަމަށް ހަނދާންވަނީ. އަދި ވަކި ތާރީޚެއް ކަނޑައެޅީކީއެއް ނޫން އިނގޭތޯ. އަދި އަޅުގަނޑުމެން މަޝްވަރާކޮށް ނިންމީކީ ނޫން. ބޮޑަށް ބުރަވެވެނީ މާރޗުމަހުގެ ތާރީޚެކޭ އަޅުގަނޑުމެންނަށް ކަނޑައެޅޭނީ މިހާރުގެ ޙާލަތަށްބަލާ އަޅުގަނޑުމެންގެ މަސައްކަތްތައް ރާވަމުންދާގޮތަށް ބަލާއިރު. އެހެންކަމުން މާޗްމަހުގެ ކުރީކޮޅު އިންތިޚާބު ބާއްވަން ވާހަކަދެކެވެމުންމިދަނީ." ޝަރީފް ވިދާޅުވިއެވެ.

މިއަހަރު ބާއްވަން ތައްޔާރުވަމުން ދިޔަ ކައުންސިލް އިންތިޚާބު މުއްދަތެއް ނެތް ގޮތައް މިހާރު ފަސްކޮށްފައި ވަނީ ކޮވިޑް-19 ފެތުރެމުން ދަތީ އިންތިޚާބު ބޭއްވޭނެ މާހައުލެއް ނެތިގެންނެވެ. އިންތިޚާބު ބޭއްވެންދެން ކައުންސިލަރުންގެ ދައުރު ދިގު ދަންމާލާފައި ކައުންސިލް އިންތިޚާބު ނިމުމާއި ހަމައަށް އަމަލު ކުރަން ފާސްކޮށްފައިވާ ޤާނޫނުގައި ބަޔާންކުރާގޮތުން ޤާނޫނު ތަސްދީޤުކުރައްވާ ތާރީޚުން ފެށިގެން އެއްއަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިޚާބު ބާއްވަންޖެހެއެވެ. އެހެންކަމުން އަންނަ އަހަރުގެ މާރޗް މަހުގެ 10 ވަނަ ދުވަހުގެ ކުރިން ކައުންސިލް އިންތިޚާބު ބާއްވާ ނިންމަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޅަތީފާ

    ލޮލް ބޮޑުވަގު

    11
  2. ކެނޑިޑޭޓް

    1 ކޭސް ވަގުތުން ލޮކްޑައުން
    50 ކޭސް ނައު އޯކޭ ނޯ ލޮކްޑައުން
    ސޯ ނޯ ލޮކްޑައުން ސޯ މިއަހަރުގަ ބާވަންޖެހޭ އިންތިހާބު.. އޮކްޓޯބަރ ގައި ބާއްވަން ވީ ހަމަ މިހާރު

    11
  3. އައްޔަ

    ތިންވަނައިންތިހާލިއޮތްފައިދާގަނޑުނުލިބި
    ލަސްވާތީދެރެވޭ

    10
  4. ޓިނު

    ގަައުމު މި އޮތީ އޮތްހާލު.. ކީކުރާން މިވަގުތު ތި ބޮޑު އިސްރާފުކުރަންވީ...!؟?

  5. އައްޔަ

    އިންތިހާބުނުބޭއްވިލަސްވީމަކަންބޮޑުވާނެތާ
    ....................

  6. ފެއާޑު

    ބައިނަލް އަގުވާމީ ހަމަތަކުން މިހާރު ތި އިންތިހާބު ސައްހައެއް ނުވާނެ. ބައެއް ސަރަހައްދުތަކުގެ ކެންޑިޑޭޓުން ނިޔާވެއްޖެ. އަނެއްބައި ކެންޑިޑޭޓުންގެ ސަރުތުތައް މިހާރު ހަމަވުމާމެދު ސައްްކު. ވޯޓުލާ މީހުންގެ ލިސްޓު ހަމަގައިމުވެސް ބޮޑުތަނުން ބަދަލު ވެފަ. މިހާރު ކައުންސިލްތަކުގައި ތިބި އަދި އަލުން ހޮވެން ބޭނުން މީހުން މަގާމުގެ ބޭނުން ކޮށްގެން ކެމްޕޭނުގަ. އަނެއްބައިމީހުންގެ އަނގައިގަ ތަޅު އެޅުވިފަ. މިހެން ގޮސް އެތައް އެތައް ކަމެއް.

    10
  7. ކޮތަރު

    ކޮންމެ އިންްްްތިޚާބަކީ ޝަރީފާއި އައުވާނުންގެ ހިތާނީ ސީޒަން. ރިޔާސީ އިންތިޚާބުގައި ނެގުނު ފައިދާކޮޅުން ތިޔަބުނާ މާރޗް މަހެެއް އަންްްނަންްދެން ހިފެހައްޓާލެވޭނެބާ؟

  8. މޫސަ

    ލާދީނީ ރިޕޯޓުތައް ފާސްވީމާ ޔަހޫދީންދޭނެ ކެމްޕޭނަށް ފައިސާ، ދެއް އިންތިހާބު ބާއްވާނީ މީ މަކަރުވެރިބައެއް

  9. ޖާޒީރާ ބޯއީ

    ދިވެހިރާއްޖެ ދެންއަމާން ބަނދަރަކަށްދާނީ އީސީ ޝަރީފުގެ މައްޗަށް ހުޅިވިގެން ޝަރީއަތެއް ކުރެވުނު ދުވަހަކުން. #މަގޭ ވޯޓު އޮޅުވާލި

  10. ސައްދާމް

    ފަހުގެ ދައްޖާލު ފާޅުކުރައްވާނެކަން ވަނީ އަންގަވާފައި އޭގެ ފުރިހަމަ ނަމޫނާއެއް މީ އީސީ ޝަރީފް އަކީ