ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަހުގީގު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މަރު ކޮމިޝަނުން މިފަދައިން ބުނެފައި މިވަނީ ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާތީ އެ ކޮމިޝަނާއި ސަރުކާރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

މަރު ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ގޮސްފައިވާ ހިސާބު ހޯދުމަށް މަޖިލީހުން އެދިފައިވާ ކަމަށެވެ. އެގޮތުން މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހެކި ހޯދުމަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށް މަޖިލީހަށް ހިއްސާ ކޮށްފައިވާނެ ކަމަށާއި ނަމަވެސް ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަހުގީގު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

މަރު ކޮމިޝަނުން ބުނީ އެ ކޮމިޝަނުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށް ގެންދާ ކަމުގެ މައުލޫމާތުވެސް ދެއްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާ ސުވާލުކުރުން ކުރިއަށް ދަނިކޮށް، ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހަރުކަށި ފިކުރާ ގުޅޭ ސުވާލެއް ކުރެއްވުމާ ގުޅިގެން ނަޝީދު ވިދާޅުވީ މަރު ކޮމިޝަނަށް މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ކޮމިޝަންގެ ސިޓީއެއް ރައްޔިތުންގެ މަޖިލިހަށް ލިބިފައިވާ ކަމަށެވެ.

"މަރުތަކާ ގުޅޭ ކޮމިޝަނުން މި މަޖިލީހަށް މިހާރު ސިޓީ ލިއުއްވާފައި އެބަ އޮތް އެބޭފުޅުންނަަކަށް ދެން އެ މަސައްކަތެއް ނުކުރެއްވޭނޭ. އަޅުގަނޑަށް ޔަގީން އެ ކޮމިޝަންގެ ރިޕޯޓް ތިޔަ ބޭފުުޅުންނާ ހަމައަށް ލިބިވަޑައިގަތީމާ އަދި އިތުރަށް ސާފުވެވަޑައިގަންނަވާނެ. އެ ކޮމިޝަނުން ދެކޭ ގޮތުގައި އެބޭފުޅުންނަށް ދެން އިތުރު ހެއްކެއް ހޯދެން ނެތް ކަަމަށް ވަނީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެގޮތަށް ވިދާޅުވިއިރު، އެ ކޮމިޝަންގެ މަސައްކަތްތައް ލަސްވާތީ އެ މަސައްކަތްތައް ގޮސްފައިވާ ހިސާބެއް ދެނެގަތުމުގެ މަސައްކަތް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޢަލީ

  މަޖިލީހުގެ ރައީސް އިތުރުފުޅު ހައްދަވައިފި، އެހެންކަމުން އެވަރުގެ މީހަކު ރިޔާސަތުގައި ބައިންދައިގެން މަޖިލިސް ކުރިއަށް ގެންދަން ހެޔޮނުވާނެ، ކުރިން ހަދައިފައިއޮތީ ކިތައް ދޮގުކަމެއްވެސް ނޭނގޭ، އަދި ދޮގުގެ މައްޗަށް ފާސްކުރީ ކިތައް ޤާނޫނުކަމެއްވެސް ނޭނގޭ، އަތި ވޯޓުގެ ނަތީޖާއަށް ދޮގުހަދައިގެން ފާސްވިކަމަށް ނިންމީ ކިތައް ޤާނޫނުކަމެއްވެސް ނޭނގޭ، އެހެންވީމާ ރިވެތިގޮތަކީ އެމަނިކުފާނު އިސްތިއުފާ ދެއްވުން، މަޖިލީސްގެ މެމްބަރުން ހައްދަވަންޖެހޭނެގޮތަކީ އެމަނިކުފާނުގެ ރިޔާސަތު ޤަބޫލުނުކުރުން.

  26
 2. ދައިދަބޭ ސޮރު

  ދޮގުހަދާކަން ކަށަވަރީ މާތްﷲ ބާލެއްވި އާޔަތްތަކަށް އީމާންނުވާ މީހުންނެވެ.

  34
 3. ރަބަރޭ

  އެމެރިކާ ރައީސްގެ ދަރިވަރެކޭ މަޖިލީހުގެ ރައީސްއަކީ

  28
 4. އެމަންޖެ

  ދެން ނަސީދާ ބެހިލަބަލަ ނިކަން ކެރެންޏާ ، ނުވާނެ ނަސީދު މިގައުމު ހަލާކު ކޮއްފަ ދޫކުރާނީ.

  27
  2
 5. ޙަސަނާ

  ދެން ތިޔަކޮމިސަނުގެ އަޖަލު ހަމަވީތި އޭނަބުނާގޮތަކައް ބުނާބަޔަކައްދައުވާކޮއްނިންމާލަބަލަ ދޮގާމަކަރާހަދައިގެންވެސް ބޭނުންވީ ވެރިކަން ވެރިކަމާ ބާރު ވަނީ ލިބިފަ ހެދިއެއްޗެއްހަދަންދެން ޖެހޭނީ ނުފެންނަކަމައްހަދައިގެންތިބެން..

  12
  1
  • ޙެހރ

   ޖައްބާރުންގެނިމުން ވވވވ ހިތިވާނެ

 6. މޮހޮނދޭ

  މަޖިލިސް ރައީސް އާއި މަރުކޮމިޝަންގެ ރައިސް މިއީ މިހާރު ދޮގުހެދުމުން ޕީ އެޗް ޑީ ގަ އުޅުއްވާ ބޭފުޅުން..މިވެރިންނަކަށް އިތުބާރެއް ނުކުރެވޭނެ.

 7. ބަލިފައި

  ނަޝީދަކީ އިބޫގެ ބަލިފައި. މީހަކާ ހުރެ މީހެއްގެ ވެރިކަން ވެއްޓެންޏާ ނަޝީދާ ހުރެ އިބޫގެ ވެރިކަން ވެއްޓޭނެ.

  22
 8. ޙހހހ

  ވަކިބަޔަކު ދޮގުހެދީމަ ޕޮލިހުންނަށްވެސް ގޯސްވަނީ ، ދެފުއްކެހެރި

 9. މެދުއިރުމަތި

  ވިޔާނުދާމީކު އެފަދަ މަޖިލިހަކަށް ހޮވިމީހުންނާއި އެފަދަ މަޖިލިހަކުން އެފަދަ ވިޔާނުދާމީހަކު އެފަދަ މަގާމަކަށް ހޮވަން ވޯޓްދިން އިއްޒަތް ތެރިންނަށްވެސް އުނިނުވާނެ ގޮތުގެ މަތިން އަހަރެން ނަފްރަތުކުރަން، އަދި މި ފެނިގެން ދަނީ ގިނަ މީހުން ބޭނުންވާގޮތްކަމާއި އަހަރެން ހިމެނެނީ މަދުމީހުންގެ ތެރޭކައިކަން ވެސް ފާހަގަ ކުރަން

  6
  1
 10. ދޮންމަނިކު

  ނުބުނާވާހަކަތައްވެސް ތިޔަމަޖިލީހުގައިތިބި މެންބަރުން ބުންޏޭ ކިޔައިގެން އެމީހުން ބޭނުންބައެއްގެ ބޮލުއަޅުވަން މައްސަލަ ކީއްކުރަށް، މައްސަލަ ބަލާނެވެސްމެ ހައިލަމާ މެދު ވިސްނާލަބަލަ.