ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަދުލްވެރި އިންސާފު ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް ޑޮކްޓަރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރައީސް ވަހީދު މިހެން ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީ އެކުވެގެން އުފައްދާފައި އޮންނަ ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރުގެ މަގާމަށް އެމަނިކުފާނު އައްޔަން ކުރެއްވުމުން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަހީދު ވިދާޅުވީ މިއީ އަމިއްލަ ޖަޒުބާތާއި އަމިއްލަ އެދުންތައް ކުރިއަށް ނެރެންވީ ވަގުތެއް ނޫން ކަމަށާއި މިއީ ހަސަދަވެރިކަން ފާޅުކުރަންވީ ވަގުތެއް ވެސް ނޫން ކަމަށެވެ. "މިއީ އެކުގައި މަސައްކަތް ކުރަން ޖެހޭ. ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު މިވަރުގެ ނުރައްކަލެއް ރާއްޖެ އާއި ކުރިމަތިލާފައެއް ނުވޭ. އަދި ކުރިއަށް އޮތްތަނުގައި ވެސް ނުރައްކާތެރިކަން ދެމިގެން ދާނެ." ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ އިޤުތިޞާދީ މަސައްކަތްތައް ވެސް ހަލުވިކަމާއި އެކު މިހާރު ކުރިއަށް ނުގެންދެވޭ ކަމަށާއި އެހެން ކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ދަތިތައް ކުރިމަތިވެގެން ދާނެ ކަމަށެވެ.
ދައުލަތުގެ މާލިއްޔާ އަށް ލިބޭ އާމްދަނީ ވާނުވާއެއް ނޭނގި ގެއްލެމުން ދާތަން އެބަފެނޭ ކަމަށާއި އަދި ދައުލަތުގެ އާމްދަނީ "ބައިބަޔަށް އެޅެމުންދާތަން." ވެސް ދަނީ ފެންނަމުން ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ނަމުގެ ކުރިއަށް ޑިމޮކްރަސީ އައުމުން ޑިމޮކްރަޓިކް ޕާޓީއަކަށް ނުވާނެ ކަމަށެވެ. ޑިމޮކްރަޓިކް ޕާޓީއެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންނާއި އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނަށް ލިބިފައިވާ ހުރި ތައުލީމާއި ތަޖުރިބާ ޕާޓީގެ މެންބަރުންނަށް ހޭދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
މަރުހަބާ ރައީސް ވަހީދު
މީނަވެސްމިހާރު ކޮސްގޮވަންފެށީތަ.
މަރުހަބާ ރ ވަހީދް. ތިޔައީ ގައުމު ހަމަމަގައް އެޅުވޭވަރުގެ
އިލްމުހުރި ގާބިލް ބޭފުޅެއް.
އެހެންވެތާ ބޮޑުތަނުން ނޫނެކޭ ބުނެ ބޭރުކޮށްލީ ... މިގައުމު ހިންގަން ކޮހުންނާ ހަވާލުކޮށްގެން ބާރައް އަތްޖެހުން ނުވަތަ ކަމުނުދޭ ކިޔާ ބާރަށް ހަޅޭއްލުން ރައްޔިތުންނަށް އޮންނަހާވެސް ކަމަކީ
ކަމެއްވާނީކީވެސްނޫން އަގައެއް އޮތީތީ ތަލާ ބާލަނީ
ވެލްކަމް ސަރ
ތިޔައީ މިވަގުތައް ވަރަށް މުހިންމު ނިންމުމެއް. ލާދީނީ ސަރުކާރު ނިމުމަކަށް ގެންނަން ކުރާ މަސައްކަތައް ލިބުނު ހިއްވަރެއް
ލަޑަޔާވާނީވެސް ލަޑަޔާ ،ވަގުންނާވާނީވެސް ވަގުންނާ
ކުރިންވެރިކަންކުރިއިރު ނެރުނުއޯޑިޓްރިޕޯޓުތައްވެސް އަދިހުރީއަތްނުލާ ހަމައެކަނިއެބަޔަށްބަލާލިއަސް ރައީސްޔާމީނު ތިޔަބުނާވަރަށް ކައިފަވެސް ހަމައެއްނުވާނެ އަދިނަމުގަކޮވިޑްގެރިޕޯޓުތައް ހުރީހުރިގޮތަށް ދެންވައްކަން ބައިއަޅާނެ ތަފާތުފޯމިއުލާއެއްހޯދައިގެންދޯ ރައީސްޔާމީނުގެއަދަދު މައްޗަށްދާނީ؟??????
ރައީސްޔާމީން ގެ ދިފާއުގައި މަ ނަމަވެސް ރވަހީދުއަކަށް އިތުބާރެއް ނުކުރެވޭނެ ތީގައި ވަރަށް ބޮޑު ގޯހެއްއެބައުޅޭ ރައީސްޔާމީން އަށްޓަކައި ފިދާވަން ވެސްތައްޔާރު ނަމަވެސް ރއީސް ވަހީދުއަށް ބުނެވޭނީ ސޮރީ ރައީސްޔާމީން ގެ ތާއިދު ރައީސް ވަހީދުއަށް ދީފިނަމަ މަވެސް އޯކޭ!
ތި މަގާމަށް ވެސް ތި އާދެވުނީ ނިކަމެތި ޖޯރޭގެ ސަބަބުން ވަހީދުގެ އަޑު މި ދުވަސްވަރު ގަދަވުމުންނެވެ.
ވަހީދަށް މަރުހަބާ އެކަމަކު އަޅުގަޑު ވަހީދަށް ވޯޓްދޭނީ ޔާމީނަށް އެފުރުސަތު ނުލިބިއްޖެ ހާލެއްގައެވެ. އަދި ޕީޕީއެމް ކެޑިޑޭޓަކަށް ވުމަށް ޕްރައިމެރީއަކުން ކޮންމެ ބޭފުޅަކު ވަޑައިގަތަސް ޔާމީނު ދޫކޮށްލުން ޝަރުތަކަށް އޮންނަންވާނެއެވެ. ނޫންނަމަ ވޯޓުނުދޭނަމެވެ.
ކަލޭމެން ކިތަންމެ ރުޅިއަޔަސް ރައީސްވަހީދު ހިންގެވިމަގަކުން ހިނގޭވަރުމީހަކުވެސް ތިޔަޕާޓީގަ ނުހުންނާނެ ތައުލީމާ ޤާބިލްކަމާ އޯގާތެރިކަމައް ބެއްޔަސް
ޕީޕީއެމްގަ ވަރުގަދަ ލަޝްކަރެއް އެބައޮތް. ނެތީ ޤާބިލު ތަޢުލީމީ ލީޑަރެއް. ރައީސް ޑރ.ވަހީދަކީ ޕީޕީއެމް ސަލާމަތްކޮށްދެއްވާނެ ޝަހްސިއްޔަތު. އަހަރެމެންގެ ވޯޓް ރައީސް ވަހީދަށް.
މިއޮއްހާދުވަހު ކޮންތާކުތޯ ތިޔައުޅުއްވީ. ރައީސް ޔާމިންއަށް ނާއިންސާފުން ހުކުމް ކުރިއިރު.