ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯ އިން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތުކުރާ ވަގު ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓު ނެރެން އޮތީ ފެބްރުއަރީ 7، 2012 ގައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗެއާމަނަކަށް ހުންނަވައިގެން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތުކުރާ 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރިއާ ގުޅިގެން ނަޝީދުގެ ސަރުކާރުގައި ހަވާލު ކުރީ ގްރާންޓް ތޯންޓަން ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.
"ތެލުގެ ވަގު ވިޔަފާރީ"ގެ ތަހުގީގު ރިޕޯޓު ވަހީދު ފޮރުވި ކަމަށް ބުނެ މަޖިލިހަށް މައްސަލައެއް
ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތުކުރާ ވަގު ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓެއް ކުރީގެ ރައީސް މުހައްމަދު ވަހީދު ފޮރުވައިފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ.
ފަލާހް ހުށަހެޅުއްވި މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ގޮތެއް ނިންމަން ވޯޓަށް އެހުމުގެ ކުރިން ވާހަކަފުޅު ދައްވަމުން ނަޝީދު ވިދާޅުވީ ތަހުގީގު ވަކި ހިސާބަކަށް ގޮސްފައި ވަނިިކޮށް އެ ތަހުގީގު ހުއްޓުވައިލީ 10 މިލިޔަން ޑޮލަރު ދީގެން ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެގޮތަށް އެއްބަސްވީ އިރު، ތަހުގީގު ހުއްޓާލަން ބޭނުންވާ މީހަކު ހުރެދާނެ ކަމަށް ވިސްނިވަޑައިނުގަންނަވާ ކަމަށްނަމަވެސް ހުއްޓާލަން ބޭނުން ވަނީ ކާކުތޯ ހިތްޕުޅަށް އެރި ކަމަށެވެ.
ވެރިކަމުގައި އެ ގޮތަށް އެ ކުންފުންޏާއެކު އެއްބަސްވެވިފައިވާއިރު ތަހުގީގު ހުއްޓާލަން ބޭނުންވާ މީހަކު އޮވެދާނެ ކަމަށް ވިސްނުމަށް އައިސްފައިނުވާ ކަމަށާއި ނަމަވެސް ހުއްޓާލަން ބޭނުންވާނަމަ ބޭނުންވާނީ ކާކުތޯ ހިތަށް އެރި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ހަގީގަތުގައި ހަތެއް ފެބްރުއަރީ ދުވަހަކީ އެ ރިޕޯޓް ނެރެން އޮތް ދުވަސް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގި ކަމަށް ތުހުމަތު ކުރާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރިއާ ގުޅޭ ގޮތުން މީގެކުރިން ވެސް ރައްޔިތުންގެ މަޖިލިހުން ބެލިއެވެ. އަދި އެ މައްސަލައިގައި ޔާމީން މަޖިލިހުގެ ކޮމިޓީ އަށް ހާޒިރުކޮށްފައިވެއެވެ.
ނަމަވެސް ފަލާހު ހުށަހެޅުއްވި މައްސަލައިގައި ވަނީ، ތެލުގެ ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓު ވަހީދު ފައިސާ އަށް ބައްލަވައިގެންފައިވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އެހެންވެ، ސަރުކާރުން އެ ރިޕޯޓު ހޯދައި، ރައްޔިތުންގެ މަޖިލިހާ ހަވާލުކޮށް ދިނުމަށް ވެސް ފަލާހް ހުށަހެޅުއްވި މައްސަލައިގަައި ވަނީ ބުނެފައެވެ.
ވަހީދާ ގުޅޭ ގޮތުން މިފަދަ މައްސަލައެއް ހުށަހަޅާފައި ވަނީ އެމަނިކުފާނުގެ އަޑު ވަރަށް ބޮޑަށް ގަދަވެފައި އޮތް ދަނޑިވަޅެއްގައެވެ. އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ އެޑްވައިޒަރަކަށް ދާދި ފަހުން ވަހީދު ހަމަޖައްސާފައި ވަނިކޮށެވެ.
ދުނިޔޭގައި މިހާރު ހުރި އެންމެ ބޮޑު ދޮގުވެރިޔާ އަނެއްކާ އަނެއް ދޮގު ހަދައިފި.
މިހާރު އެމްޑީޕީގަ އަހަރުމެންނަށް އަންނި ނޫނަސް އޮޕްޝަންތައް އެބަހުރި. ވ ސަލާމް.
ޚުދު ލައިލާވެސް ބުނި، "އީސާއޭ، ހެޔޮނުވާނެއޭ ކެނެރީގޭ ނަސީދު ދައްކާވަހަކަ އަޑުއަހަން. އޭނަ ދައްކާވާހަކަ އަޑުނާހާށޭ." އެހެންވީމާ ނަސީދު ތިވާހަކަތައް ދެއްކިޔަސް މިއަދަކު ކުރާނެ ފައިދާއެއްނެތް.
ޚުދު ލައިލާވެސް ބުނި، "އީސާއޭ، ހެޔޮނުވާނެއޭ ކެނެރީގޭ ނަސީދު ދައްކާވަހަކަ އަޑުއަހަން. އޭނަ ދައްކާވާހަކަ އަޑުނާހާށޭ." އެހެންވީމާ ނަސީދުގެ ތިވާހަކަތައް އަޑުއަހައިގެން އަހަރެމެންނަށް ވާނެ ފައިދާއެއްނެތް.
މާތްވެގެން ވާ އިސް ލާމް ދީނުގަ ދޮގު ހެދުމާއި އެނަކުންނަށް އޮޅުވާލުމަކީ ކޮންފަދަ ފާއެއްތޯއޭ. ތެލުގެ މައްސލަ އެމް.ޑީ.ޕީ ސަރުކާރުގަ ވަނީ މަޖިލިސްގެ ކޮމެޓިއަށް ކަމާބެހޭ މީހުން ޙާޟިރުކޮށް ސުވާލްކޮށް މަޢުލޫމާތު ސާފުކުރެވިފަ މިހާރު ދެން ވާހަކަ ހުސްވީމަ ކިޔާނެ އެޗެއް ނެތީމަ ކިޔެނެީ އޮޅުމަކުން.
ޓްރަންޕް ބުނި ފާރުރޭނީމާ ކޮރޯނާ އަކަށް ނުވަދެވޭނޭ!!! މީދަ މަރުމޯލެއް ކަލޭ ހަދާހާ ދޮގުތައް ގަބޫލުކުރާނީ ޓްރަންޕް..
މީނާ ދިވެހިންގެ އެންމެ މުސްސަދި މީހުންގެ ތެރޭގައި ހިމެނުނީ ކޮންވިޔަފާރިއެއްކޮށްގެންބާ. މީހަކު ހަމަ ވިދާލާއިރަށް އެމީހަކާ އެބަ ޖެހިގަނެޔޭ. ކިހާ ބޮޑުވެއްޖެ ކަމެއް
ފެބުރުވަރީ 7 ގަ ކަލޭ ހުޅުޖެހި މައްސަލަ ބަލާބަލަ.
ބުރާންތި.
އެރިޕޯޓް އަޅުގަނޑު ނެރެން އުޅުނީ ފެބްރުއަރީ7ގައި. އެކަމަކު އޮޅިގެން އެދުވަހު އަޅުގަނޑަށް ރައީސްކަމުން އިސްތިއުފާދެވުނީ.
ނަސީބެއްތާ އެރިޕޯޓް ނެރުމުގެކުރިން ވެރިކަންބަދަލުވިކަން އެހެންނޫންނަމަ އަނެއްދުވަހުބުނާނެ ވެރިކަން ބަދަލުކުރީ އެރިޕޯޓްނެރެގެންނޭ ރައީސުލްޖުމްހޫރިއްޔާއޮފީހުގަ ކެބިނެޓުމެންބަރުންކުރިމަތީގަ ތިމަންނާއިސްތިއުފާމިދެނީ ރައްޔިތުންނާ ގައުމައް އަބަދުވެސްހެޔޮގޮތް އެދޭތީއޭބުނެ އިސްތިއުފާދީފަ ޖެހިގެންއައިދުވަހު ގޮވަންފެށީ އިސްތިފާދިނީ ބޮލުގަބަޑިޖައްސައިގެނޭ އެހެންވީމާ ރިޕޯޓުގެސަބަބުންނޭވެސް ބުނެފާނެ
ހައްހައް. އެހެންވެދޯ އެދުވަހު އަވަހަށް އިސްތިއުފާ ދިނީ
8 އަހަރުފަހުންތޯ މަނިކުފާން ހޭފުޅުލެވުނީ! ކީއްވެތޯ ކުރިން ތިވާހަކަ ނުދެއްކީ! މިހާރު ތިއުޅެނީ ޑރ، ވަހީދު އާއި ޖެހިގަންނާނެ ގޮތެއް ނޭނގިގެން! އެމަގު ތިހޯދަނީ!
ތިހުރިހާކަމަކީ ކަލޭމެން އެންމެން ކުޅޭ ޑްރާމާ ތަކެއް ނުވަތަ މީހުންގެ ފޯކަސް އެހެން ދިމާލަކަށް އަނބުރާލަންވެގެން!
ތިޔަ ރިޕޯޓަކީ އޮތް އެއްޗެއްނަމަ އެވާނީ 7 ފެބްރުއަރީގެ ކުރިން ވެރިކަމުހުރި މީހެއްގެ އަތުގަ އަދި ތި ފައިސާ އަކީ ވެސް 7 ފެބްރުއަރީގެ ކުރިން ވެރިކަމުތިބި ބަޔަކު ދޭން ނިންމާފަވާ ފައިސާ އެއް. ތިޔަ މައްސަލާގެ ހުރިހާ ޒިންމާ އެއް ނަގަންޖެހޭނީ 7 ފެބްރުއަރީގެ ކުރިން ވެރިކަމުގަ ހުރި މީހެއް. މީ ސުވާލެއް އޮތް ކަމެއްނޫން. މީ އެއަށްވުރެ މާ ސާފު މައްސަލައެއް. މިކަމުގެ ފުރިހަމަ މައުލޫމާތު އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވަރަށް ސާފުކޮށް އެނގިވަޑައި ގަންންވާނެ.
ކަލޭ ތިބުނާ އެއްޗެއްގެ މާނައަކީ ފެބްރުއަރީ 7 އާއި ދިމާކޮށް ބަޣާވާތް ކޮށްގެން މަގޫދަނޑި ސަރުކާރު ވައްޓާލީ އެރިޕޯރޓް އެދުވަހު ޢާއްމު ކުރަން ހަމަޖެހިފަ އޮތީމައޭތަ؟ތިޔަ ހެދިި ބޮޑުވެގެންވީ ދޮގު ބުޅާވެސް ގަބޫލު ނުކުރާނެ. މިިހިރަ ކަލޭގެއާ.
މިދެން މިހާރު މަޖުލީހަކީ ކުޅޭކުޅޭ އެއްޗަކަށްވެ ހުރިހާ ކަމަކާ ބެހި. އަނބި މީހާ ވަރިކޮށްދޭނީވެސް ދެން މިމީހުންހެން ހީވަނީ. މަޖުލީހުގެ އިސް އުއްތަމަ ފަނޑިޔާރު ހުކުމް ނުކުރާ ކަމެއް މިހާރަކުނެތް.
މިކަލޭގެ ދައްކާވާހަކަ އަޑުއަހާނެމީހަކު ކީއްކުރަން ޝައިތާނެއްވެސް ނުހުންނާނެ ޝައިތާނާވެސް ބިރުގަނޭމިކަލޭގެދެކެ އިންސާނުން މަގުފުރައްދަން އައިސްހުރި ދައްޖާލެއް
މާސްކު އެޅިޔަސް ނޭޅިޔަސް އަމަލުތަކާއި މެދު ސުވާލުކުރެވޭ ދުވަހެއް އަންނާނެ!
ކެރަފާ އާއި އިން މީގެކުރިން ހިންގާފައިވާ ޓެރަރިޒަމް އަދި ބަޣާވާތްތައް ފިސްތޯލައެތެރެކޮށް ގެންނަނައުޅުނު ބަޣާވާތްތައް އަލުން ބަލަން މަޖިލީހަށް ހުށައަޅަންޖެހޭ!!!
މަނިކުފާނުގެ ހަދާނަށް ތިކަން އަންނަން ހާދަ އަހަރެކޭ ތިނެގީ..ފުރަތަމަ ބަލަންވީ މަނިކުފާނުގެ ބުއްދިޔަށް ވެފަހުރި ގޮތެއްނޫންތޯ
ވެރިކަން ވެެއްޓުނީ ބޯންޖެހޭތީ ބޮއެގެން ވަނުވާގަ ހުއްޜެ އިސްތިއުފާ ދީފައި ރައްޔިތުން ހަވާލުކުރި ވެރިކަން ރައްޔިތުންގެ ބޮލަށް ޖަހާފަ ޕާޓީ އާއި ޕާޓިގެ ހުރިހާ މެމބަރުނައި ވަޒީރުން މަގުމަތިކޮށްފަ ފިލީމަ. ޥެރިކަން ނުލިބިގެން ވެރިކަމާހެދި ބޫތުކެޔަސް ތީދެން ބޮޑުވަރު. ހަނދުކޭތަ ހިފާދުވަހެއގަ ވިއްޔާ ބުނާނެ ވެރިކްނ ވެއްޓުނީ ހަނދުކޭތަ ހިފީމަތޭ. ބަލަ މިހާރު ޕާޓީ ތެރޭގަ އަންނި ނޫން އޮޕަޝަންސް އެބަތިބި
މަނިކުފާނު އެވެ. ނިކަން ކެރެންޏާ، ހުޅަނގުގެ ލާދީނީ މީހުންނާއި އެކި ހެދި ޑީލްގެ ދަށުން، މި ރާއްޖެއަށް "ޑިމެކްރަސީ" އޭ ކިޔާ އިސްލާމްދީނާއި ދެކޮޅު ޕްރޮޕެގަންޑާއެއް ތަޢާރަފްކޮށް، އެހާރުން ފެށިގެން މިއަދާ ހަމައަށް ކެނޑިނޭޅި މި ރާއްޖެއިން އިސްލާމްދީން ފޮހެލުމަށް ތިޔަ ކުރައްވާ މަސައްކަތްތަކާއި ގުޅޭ ރިޕޯޓެއް ނެރެދެއްވަފާނަންތޯއެވެ؟ މަނިކުފާނުއެވެ. ރައްޔިތުން ވީ ލޯތްބާއި ކުރި ޤަދަރު ގެއްލިގެން ދިޔައީ މަނިކުފާނުގެ ދޫ ރައްކާތެރި ނުކުރެވުމުންނެވެ. ތިޔަ ގޮތަށް ހުޅަނގާއި ޔަހޫދީންގެ ޕަޕެޓެއްގެ ގޮތުގައި އުޅުން ދޫކޮށްލާ ހެޔޮލަފާ ރަނގަޅު މުސްލިމަކަށް ވެވޭތޯ މަސައްކަތްކުރާށެވެ. 2 ދުނިޔޭގެ ބާއްޖަވެރިކަން އޮތީ އޭރުންނެވެ.
ތިއީ މިޤައޮމައް
ފާވިބަލާވކަމާއި މުޞީބާތެއް
އިސްތިއުފާ ދިނަސް ނެރެވުނީސް ދޯ.. އޭގެ ފަހުން މިވީ އަހަރު ތަކުގަ ކީއްކުރީ.. ވެރިކަން ތި ޕާޓީ އަށް ލިބުނު ފަހުން ވެސް 2 އަހަރު...
މިހާރު މަރަށް ތެޅެނީ އެހެންވެ ހެދެން ހުރި ހުރިހާ ދޮގެއް ހަދައިގެންވެސް ވެރިކަމުގަ ހުރެވޭތޯ ބަލަނީ..
ކެރެފާ ޢާއިލާމީހުން މިއޮތް ހުރިހާދުވަހު ރާއްޖޭގައި ކުރި ބަޢާވާތް ބަލަން ކަމިޝަނަށް ހަދާބަލަ.