ކުޑަކުއްޖަކާއި ޖިންސީ ގުޅުން ހިންގި ބަންގްލަދޭޝް މީހަކު ފިލައިގެން އުޅޭތީ އޭނާ ހޯދަން ފޮޓޯ އާއްމުކޮށްފިއެެެވެ.
ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީ ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި ސްޕޮންސަރ އަށްވެސް ފިލައިގެން އުޅޭ މީހަކަށް ވާތީ އުޅޭ ވަކި ތަނެއް އެނގިފައިނުވާތީ އޭނާ ފުލުހަށް ހާޒިރު ކުރެވިފައި ނުވާ ކަމަށެވެ.
އަދި އެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހަށް ހާޒިރުވާން އަންގާފައިވާ މީހާގެ ނަމަކި އެމްޑީ އިދްރީސް (33އ)، ބަނގްލަދޭޝް. އެވެ، އޭނާގެ ޕާސްޕޯޓް ނަންބަރަކީ C1497280 އެވެ.
ފުލުހުން ވިދާޅުވީ، އޭނާއަކީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކާމެދު ބަދުއަޚުލާޤީ އަމަލު ހިންގާފައިވަކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.
ބަން ގްލަދޭޝް ބޭފުޅެއް ދެއްތޯ
ކުދި ރައްތަކު ގަ މިމީހުން އުޅެނީ ދާދާ ހެދި ގެން
ކުދިރަށްތައް އެކަނިތަ މުޅި ޤައުމު ވެރިކޮށްގެން އުޅެނީ
މިބަންގާޅިންގެ މުސީބާތުން މިޤައުމު ސަލާމްކުރަން ނުވޭތޮ އދިވެސް
އޭނާ ބުނީ ތިނަންބަރަކީ ބޭބެގެ ޕާސްޕޯޓު ނަންބަރޭ. ދެން ކިހިނެތް ހަދާނީ.