ރޭޕްގެ ޝިކާރައަކަށްވާ މީހުން ރިޕޯޓު ކުރުމަށް ޖެހިލުންވާތީ އާއި ރޭޕިސްޓުން މުޖުތަމައު އަށް ދޫވާ މައްސަލާގައި ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ޖިންސީ ކުށުގެ ގާނޫނުގެ 53ވަނަ މާއްދާގެ (ނ) (ރ) އަދި (ބ) އުވާލުމަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްއެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ރޭޕްކުރަނީ ޝިކާރައަށްވާ ފަރާތް ލާ ހެދުމާއި އޭނާގެ އަބުރުވެރިކަމާއި އަހްލާގަށް ބެލުމަށްފަހު ނޫން ކަމަށެވެ.

މީކާއިލް ވިދާޅުވީ އޭނާ އެ އިސްލާހު ހުށަހެޅުއްވީ މިހާރު ގާނޫނު އޮތްގޮތުން ޝިކާރައަށްވާ ފާރަތް ރޭޕް ރިޕޯޓުކުރަން ޖެހިލުންވެ، ރޭޕިސްޓުން މުޖުތަމައަށް ދޫވާނެ ފުރުސަތު ބޮޑުވާތީ ކަމަށެވެ.

ޖިންސީ ކުށުގެ ގާނޫނުގެ 53 މާއްދާ އަކީ ކުށުގެ ޝިކާރައަށްވީ ފަރާތާ ދެކޮޅަށް ބޭނުންކުރެވިދާނެ ހެކި ބަޔާންކުރާ މާއްދާއެވެ. އެގޮތުން އެ މާއްދާގެ (ނ)ގައި ބުނެފައި ވަނީ ކުށުގެ ޝިކާރައަށްވީ ފަރާތުގެ ނަފްސުގެ އަބުރުވެރިކަމާއި އަޚްލާޤާ ގުޅުންހުރި ކަންކަމުގެ ތެރެއިން ކޯޓަށް ސާބިތުވާ ކަންކަމުގެ މައްޗަށް ބަލާއިރު، އެފަދަ ކުށެއް އޭނާއާ މެދު ހިނގާފައިވާ ކަމަށް ދޮގު ހެކި ދީފާނެ މީހެއް ކަމަށް ކޯޓަށް ޤަބޫލުކުރެވޭ ފަދަ ޙާލަތެއް ކޯޓަށް
ފާހަގަވުން ކަމަށެވެ.

އެ މާއްދާގެ (ރ)ގައި ބުނެފައިވާ ގޮތުގައި ކުށުގެ ޝިކާރައަށްވި ފަރާތާއި ކުށުގެ ތުހުމަތުކުރެވޭ ފަރާތުގެ ވާހަކައަށް ރިޢާޔަތްކުރާއިރު، މަތިކުރެވޭ ކުށް އެގޮތަށް ހިނގާފައިވުމަށް ވުރެ ބޮޑަށް، އެކަން އެގޮތަށް ހިނގާފައިވާ ކަމަށް ބެލެވޭނެ ފުރުޞަތު ލިބިދޭ ޙާލަތެއް ވުޖޫދުގައިވާ ކަމަށް، ކޯޓަށް ޤަބޫލުކުރެވުން ހިމެނެއެވެ.

މީގެއިތުރުން އެ މާއްދާގެ (ބ)ގައި ބުނެފައިވަނީ ކުށުގެ ތުހުމަތުކުރެވޭ ފަރާތާމެދު ކުށުގެ ތުހުމަތު ކުރެވުމުގެ ކުރިން، އޭނާއާއި ކުށުގެ ޝިކާރައަށްވި ފަރާތާ ދެމެދު އޮތް ގުޅުމަކީ، އަދި އެ ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ މުއާމަލާތްތަކަކީ ތުހުމަތުކުރެވޭ ކުށް ހިނގުމަށް މަގުފަހި ވެދާނެ ސަބަބެއް ވުޖޫދުގައި އޮވެދާނެ ހާލަތެއް ކަމަށް ކޯޓަށް ގަބޫލު ނުކުރެވުން ކަމަށެވެ.

މި މައްސަލަ ހުށަހަޅާފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަކު ރޭޕްކުރި މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުން ހައްޔަރު ކުރުމަށްފަހު ފަހުން އެ ދެމީހުން ދޫކޮށްލުމުން އާއްމުން "ރަތަށް" އަރާފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ކްލޮޕް

  ގާނޫނު ނެތިގެނެއްނޫން މިގައުމުގައި ގާނޫނު ނުހިންގެނީ. މިގައުމުގައިކަންހިނގާ ގޮތަކީ، ކުށެއް ކުރުމުން ކުށްކުރި މީހާއަކީ ކާކުތޯއާއި، ދައުލަތުގެ ހިންގުމުގެ މަގަމެއްގައި ހުރިމީހަކާ ގުޅުމެއްވޭތޯ ޗެކް ކުރަންޖެހޭ. މަޖްލިސްމެންބަރަކާ، ދައުލަތުގެ ވެރިއަކާ ގުޅުން ހުރެއްޖެނަމަ އެމީހަކީ ގާނޫނު ނުހިނގާނެ މީހުން. ގާނޫނުތަކަށްވުރެ މާމަތީގައި ތިބި ބައެއް. އަނެއްހެން ބުނަންޏާ ބަނީ އިސްރާއީލް ބާގައިގެ މީހުން ގަބޫލުކުރާގޮތަށް އެމީހުންނަކީ ހުރިހާ ކުށަކުން މައުސޫމު ބައެއް.

 2. ޑޭވިޑް

  މީކައިލް އަހުމަދު ނަސީމު ބަލަ ކަލޭ އަށް ނުފެންނަނީތަ ﷲ ބާވައިލެއްވި ޝަރީޢަތުގައި ތިކަމަށް އޮތް ހުކުމްފުޅު. ކަލޭމެންގެ ހުރި މަގުފުރެދުމުގެ ބޮޑުކަމާއެވެ.
  ﷲ ވަޙީ ކުރައްވާފައިވަނީ:
  މާނައީ: "އަދި الله ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާމީހާ ދަންނާށެވެ! ފަހެ، އެއުރެން އެއީ
  ހަމަ ކާފަރުންނެވެ."

  މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ ޙުކުމްކުރާ މީހަކު ކަމުގައި الله ނޫންފަރާތެއް އަހުރެން
  އެދޭނެހެއްޔެވެ؟ އެކަލާނގެއީ، ޙައްޤާއި ބާޠިލު ތަފްޞީލުކޮށް ބަޔާންކުރައްވާފައިވާ ގޮތުގައި،
  ތިޔަބައިމީހުންނަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ.

  މާނައީ: "...الله ޙުކުމްކުރައްވަތެވެ. އެކަލާނގެ ޙުކުމަށް ބަދަލެއްގެންނާނޭ އެއްވެސް ފަރާތެއް
  ނުވެތެވެ. އަދި އެކަލާނގެއީ، ޙިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ."

  މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން، الله އަށް ކިޔަމަންވާށެވެ. އަދި،
  ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ. ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، الله އަށާއި، ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ. އެބަހީ: އެކަމާމެދު الله އާއި، އެކަލާނގެ ރަސޫލާގެ ޙުކުމްއޮތްގޮތެއް ބަލައި އެގޮތަށް ޢަމަލު ކުރާށެވެ. ތިޔަބައިމީހުން، الله އަށާއި، އާޚިރަތްދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި،
  ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ."

  މީސްތަކުންގެ ތެރެއިން ގިނަ މީހުންގެ ހާލު މިއޮތީ ޤުރުއާނުގައި:
  މާނައީ: "ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި، ކަލޭގެފާނުންގެ ކުރިން ބާވައިލައްވާފައިވާ
  ފޮތްތަކަށް، އީމާންވެގެން ތިބިކަމަށް ބުނާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެއުރެން
  ޙުކުމްލިބިގަންނާން، ޠާޣޫތުކައިރިއަށް ދިއުމަށް އެއުރެން އެދެތެވެ. ހަމަކަށަވަރުން، އެފަރާތަށް ކާފަރުވުމަށް އެއުރެންނަށް އަމުރުކުރައްވާފައިވާ ޙާލު ގައެވެ. އަދި، ޝައިޠާނާ އެދެނީ، ޙައްޤު މަގުން ދުރުވެގެންވާ މަގުފުރެދުމަކުން، އެއުރެން މަގުފުރެއްދުމަށެވެ.އަދި، الله ބާވައިލައްވާފައިވާ ފޮތަށާއި، ރަސޫލާ އަންގަވާ ގޮތަށް ތަބަޢަވާން ތިޔަބައިމީހުން އަންނާށޭ ބުނެފިނަމަ،މުނާފިޤުން، ނަފުރަތުވެ ކަލޭގެފާނަށް ފުރަގަސްދޭތީ ދެކެވަޑައިގަންނަވާނޫއެވެ.

 3. Anonymous

 4. ނ

  ގާނޫންގައި މިހާރުވެސް އެބައޮތޭ ކަލޯމެންގެ ސަރުކާރުގެ
  ޙީލަތްތެރިކަމުން ގާނޫން ނުހިންގެނީ
  މީނާވެސް މިއީ 2023 ގެ ރަނިން މޭޓޯ

 5. Anonymous

  އަނބިމީހާ ގާނޫނު ހަދާ މަޖިލިހުގައި އިނުމަކީ ކުށްކުރުމަށް ލިބޭ ހުއްދައެއްވީމަ، ތިހެން ބޭކާރު އަނގަތެޅުމުގެ ބޭނުމެއް އެބައޮތްތަ؟ ހަދަންޏާ ހަދަންވީ ގާނޫނަކީ، މަޖްލިހުގެ މެންބަރެއްގެ ގާތްމީހެއް ކުށުގެ ތުހުމަތުގައި ހިފަހައްޓައިފި ފުލުހެއް އުލުބައިންދާ އިރަށް ދޮންކުރަން.

 6. Anonymous

  ﷲ ވަޙީ ކުރައްވާފައިވަނީ:
  މާނައީ: "އަދި الله ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާމީހާ ދަންނާށެވެ!  ފަހެ، އެއުރެން އެއީ
  ހަމަ ކާފަރުންނެވެ."

  އަދިވެސް  ވަޙީކުރައްވާފައިވެއެވެ. މާނައީ: "އަދި ތިޔަބައިމީހުން އެކަމަކާމެދުގައި ޚިލާފުވާ ކޮންމެ ކަމެއްގެ ޙުކުމް ކުރެއްވުންވަނީ، الله އަށެވެ. އެއީ الله އެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެއަށް ތިމަންކަލޭގެފާނު ވަކީލުކުރައްވައިފީމެވެ. އަދި ތައުބާވަނީ ހަމައެކަލާނގެ ޙަޟްރަތަށެވެ."

  އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.
  މާނައީ: "ނުވަތަ الله އިޛްނަ ދެއްވާފައިނުވާ ދީނެއް، އެއުރެންނަށް، ޝަރުޢުކޮށް ކަނޑައަޅައިދިން ޝަރީކުންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟

  އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.
  މާނައީ: "އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި
  ވަޙީކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ޙުކުމްވެރި ކޮށްފުމަށް ދާންދެން، އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން އެ ނިޔާއަށްފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ."

  އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ. މާނައީ: "...އިބަރަސްކަލާނގެ އަޅުތަކުންގެ މެދުގައި، އެއުރެން ޚިލާފުވެގެންއުޅުނު ކަންތަކުގެ މައްޗަށް ޙުކުމް ކުރައްވާނީ ﷲއެވެ." ..."

  މައްކާގެ މުޝްރިކުންނާއި އަހަރުމެންނާއި ހުރި ތަފާތަކީ ކޮބަތޯއެވެ. މުޝްރިކުން ﷲ ސުބުޙާނަހޫ ވަތަޢާ އުޑުތަކާއި ބިން ހެއްދެވި ކަމަށް ޤަބޫލުކުރި ކަމުގައިވިޔަސް، އަޅުކަން ކުރުމުގައި އެއްކައުވަންތަ ނުކުރުމުގެ ސަބަބުން އެބައިމީހުންވީ ނަރަކައަށް ވަންނަން ޖެހުނު ބައެއް ކަމުގައެވެ. ހަމަ އެފަދައިން އަހަރުމެން ވެސް ޝަހާދަތް ދުލުން ކިޔުމަށްފަހު އޭގެ ރުކުންތަކައި ވަޖިބުތަކަށް އަމަލުކުރުން ދޫކޮއްލުމުގެ ސަބަބުން ތައުހީދުގެ  އުލޫހިއްޔަތުގައި އެބަ ޝިރުކުކުރަމުއެވެ.
  ﷲ ސުބުޙާނަހޫ ވަތަޢާލާ 07 އުޑުމަތީން ބާވައިލެއްވި ޝަރީއަތް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވޯޓު ދިނުމަކީ ﷲ ޝަރީއަތް ބަދަލުކުރުމަށް އެމީހުންނަށް ވެވޭ އެހީތެރިކަމެކެވެ. އެއީ އެނގިހުރެ ވިޔަސް އަދި ނޭނގި ނަމަވެސް މީހާ ކުފުރުވާ ފަދަ އަމަލެކެވެ. ނޭގުމަކީ އުޒުރެއް ނޫނެވެ. އެކަލާނގެ ވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވައި ޤުރުއާން ބާވައިލައްވާ ޝަރީއަތް ފުރިހަމަ ކުރައްވާފައެވެ. އެހެންކަމުން ނޭގުމަކީ އެމީހާ އެ ކުރި ކުށަކުން ސަލާމަތްވާން އޮތް ހުއްޖަތެއް ނޫނެވެ. އެންމެ ފުރަތަމަ ވެސް ހޯދަން ޖެހޭ އިލްމަކީ ތަޢުހީދެވެ.

  އެންމެ ބޮޑުވެގެންވާ ފާފައަކީ ﷲ ޝިރުކު ކުރުމުގެ ފާފައެވެ. އެއީ ﷲއާއި އެއްޗެއް ބައިވެރިކުރުމެވެ. ޝަރީކުކުރުމެވެ. އެއްވެސް ގޮތަކަށް ޝިރުކުކޮށްފިނަމަ އެހާލުގައި ހުރެ މަރުވެއްޖެނަމަ އެމީހެއްގެ ކިބައިން އެކަން ނުފުއްސެވޭނެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.
  (إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ، وَمَن يُشْرِكْ بِاللَّـهِ فَقَدْ ضَلَّ ضَلَالًا بَعِيدًا) سورة النساء 116.

  މާނައީ: “ހަމަކަށަވަރުން اللَّه، އެކަލާނގެއަށް ޝަރީކުކުރުމުގެ ފާފައެއް ނުފުއްސަވާނެއެވެ. އެނޫން ފާފަތައް، އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ. اللَّه އަށް ޝަރީކުކުރާމީހާ ބޮޑުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ.”

  އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.

  (إِنَّهُ مَن يُشْرِكْ بِاللَّـهِ فَقَدْ حَرَّمَ اللَّـهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ) سورة المائدة: 72

  މާނައީ: “ހަމަކަށަވަރުން اللَّه އަށް ޝަރީކުކުރާ މީހާ ދަންނާށެވެ. ފަހެ، ހަމަކަށަވަރުން، اللَّه، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ.”

 7. ސަންތިމަރިޔަބު

  ‎ކިތަންމެ ވަރަކަށް އިސްލާހުކޮށް ކޮށާއި މަށާއި އޮފްދާރުކުރިޔަސް ތިޔާކަމެއް ހައްލެނުވާނެ ފިސާރިކެރިގެން މިބުނަނީ ހައްލުވާނީ ﷲ ގެ މަގަށް ރުޖޫއުވެ ކީރިތި ގުރުއާނާއި ރަސޫލު‎(ޞޢވ)އަށް އަމަލު ކުރަން ފެށި ދުވަހަކުން

 8. ވަންޖޭ

  ފުރަތަމަ އެމީހުން ކިތަންމެ ބާރުގަދަވިޔަސް ހިފާ ހައްޔަރުކޮށްފަ ގާނޫނަށް ބަދަލުގެނެސްބަލަ. އޭރުން ތިކަމުގަ އިހްލާތެރިކަމެއް ހުރިކަމަށް ގަބޫލުކުރެވޭނި

 9. އެމަންޖެ

  ތިކަމައް އިސްލާހު ލިބޭނެ ކަލޭ އިސްތިއުފާ ދީފިއްޔާ.

 10. ޅަތީފް

  ކޮންމެ ގާނޫނެއް ހެދިޔަސް ބޮޑުން ބުމީމަ ދޫކުރާކައްނުޖެހޭނީ ފޮތު ގަ ގާނޫނުލިޔެފަ އޮތީމަ އޮންނަނީނު ސަދޫމު ގެ ވެރިކަމެއް ނޫންތަ މިތާ މިއޮތީ ލަދުން ބޯފަޅައި ގެން ދާވަރުވޭ މިހުރިހާ ކަމެއް ގެ ޒިންމާ އީސީ ސަރީފް ނަ ގަންޖެހޭނެ ބަޔަކައް ވަ ގައް ވެރިކަން ހަވާލުކޮއް ގެން މީނަ ހެވިފަ މިހުންނަނީ މިކަމު ގެ ހިތި މީނަޔައް ލައްވާލާނެ

 11. އަހުމަދު

  ބަލަ މީކާއީލް ކަލޯމެންގެ ސަރުކާރުންނޭ މިކަން މިކުރަނީ ކޮން އިންސާފެއް ކަލެއަށް ހޯދާ ދެވޭނީ އަދި މީނާ ހިތުން މީ 2023 ގައި އަންނިގެ ރަނިންމޭޓޯ ހައްހާ ހައްހާ