ކުޑަކުދިން ރޭޕް ކުރުމާއި، އަދި ޖިންސީ ގޯނާއާ ދެކޮޅަށް މިހާރު މާލޭގައި ކުރަމުންދާ މުޒާހަރާގައި ފުލުހުން ޕެޕާ ސްޕްރޭ ބޭނުން ކުރަން ފަށައިފިއެވެ.

މިއަދު ހަވީރު 16:30 ހާއިރު ޖެންޑާ މިނިސްޓްރީ ކައިރިން ފެށި މުޒާހަރާގައި ގިނަ އަދަދެއްގެ ޒުވާނުން ދަނީ ބައިވެރިވަމުންނެވެ.

އެ މުޒާހަރާގެ ބައިވެރިން މިހާރު ތިބީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް ސިލޯން ކައިރީގައެވެ.

އެ މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވަމުންދާ "ވަގުތު"ގެ ނޫސްވެރިޔަކު ބުނީ، މިހާރު މުޒާހަރާ ނިންމާލާފައިވާ ކަމަށާއި، މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހާފައި ވަނީ މުޒާހަރާ ނިންމާލި ފަހުންކަމަށެވެ.

ރޭޕް އާ ދެކޮޅަށް ކުރަމުންދާ މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

އެ ނޫސްވެރިޔާ ބުނީ، ޕެޕާ ސްޕްރޭ ޖަހާފައި ވަނީ ތިން މީހެެއްގެ ގަޔަށް ކަމަށެވެ.

މިިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

މި މުޒާހަރާއަކީ ވޮއިސް އޮފް ޗިލްޑްރެން އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މުޒާހަރާ އެކެވެ.

މުޒާހަރާގެ ބައިވެރިން ބޯޑުތައް ހިފައިގެން ތިބެ ރޭޕް ކުރުމާއި ދެކޮޅަށް އަޑުއުފުލާފައި ވާއިރު، މިދިޔަ މަހެއްހާ ދުވަސް ތެރޭގައި ކުޑަ ދެ ކުރިން ރޭޕް ކުރި މައްސަލައަކާއި، މިިދިޔަ ހުކުރު ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް މި ވަނީ ފެންމަތިވެފައެވެ.

ކުޑަކުދިން ރޭޕް ކުރި މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ މީހުންގެ ޝަރީއަތް ނިމެން ދަން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކައި

    މި ސަރުކާރުގަ ރައްޔިތުނަށް ދޭ އަނިޔާބަލާބަލަ... މި ސަރުކާރުގަ ވެސް ފުލުހުން ލައްވާ ރައްޔިތުންނަށް އަނިޔާ ދެނީ... ސީޕީ އިސްތިއުފާ

    47
    5
  2. އޯގާތެރި

    ނޫނޭ މީ ތިކިޔާ އޯގާތެރިސަރުކާރު މިސަރުކާރުން އެއްވެސް މީހަކައް އަނިޔާކޮއްޕެޕަރސްޕްރޭ ޖަހާނުދާނެ އަދިޖެއްސަސްނުޖަހާނެ އިންތަކުގެތެރެއިން ޖަހާނީ އިމުގެބޭރުން އެއީމިސަރުކާރުގެ އޯގާތެރިކަން

    5
    1
  3. ާަަަުުބިސް

    ކެއްކޮށްލާ އަދި ފަހުން ތިކަންތަށް ވަރުގަދަވާނެ ފުލުހުން ވެސް ތިބޭނީ އާންމުންނާއި އެކު އަންނި ސަރުކާރުވެސް ފުރަތަމަ ކޮޅު ދިޔައީ ތިހެން.

    7
    1
  4. ފުލުހުން ކުރަންނުޖެހޭކަންތައް ކުރުމަކީ ކިހާވަރެއްގެ ކަމެއްކަން އެނގޭބާ!؟

    މިސަރު ކާރު ހަމަމަގަށް އެޅުވޭނީ ޒުވާނުން ނި ކުމެގެން މިނިވަން ކަމަ ކީ ކޮންމެ މީހަ ކަށްވެސް ލިބިދޭން ޖެހޭ ޚައްޤެއް ފުލުން ނަ ކަށް އެއްވެސްމީހެއްގެ މިނިވަން ކަމަށް އަރައިގަތުމުގެ ޚައްޤެއް ނޯންނާނެ ފުލުހުންވެސް ޤާނޫނާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ހިލާފުވެެއް ޖެނަމަ ހަމަނުޖެހުމަށް މަގުފަހިވެގެން ދާނެ ޤާނޫ ނާއިޙިލާފަށް ވެރި ކަން ކުރަމުންދާ މިސަރު ކާރުގެ ވެރިންނަށް ފުފުހުން ބޯލަބާ ކަށް ނުޖެހޭނެ ހަމަނުޖެހުމަށް މަގުފަހިވާގޮތަށް. ކަންތައް ކުރަނީފުލުހުން ޖަރީމާހިން ގަމުންދާ ސަރު ކާރެއް ދަމަހަށްޓަން ފުލުހުން މަސައް ކަތް ކުރުމަ ކީ ތިމާމެނަށް ރައްޔިތުން ކުރަމުންއައި އިޚުތިރާމާއި ޤަދަރުގެއްލި ތިމާމެނަށް ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެދޭނެ ކަމެއް ރައްޔިތުން ކުރާ ރަނގަޅު ކަންތައް ހުއްޓުވަން ފުލުހުން އެ ކަމަށް ހުރަސްއަޅާނަމަ ެެެެެެެެެެެެެ އިތުރަށް ރައްޔިތުން ރުޅިގަދަވުން ނޫން ކަމެއްނުވާނެ!

    4
    1