ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރައްވަމުންގެންދަވާ "އިންކުއަރީ" އާގުޅޭ ގޮތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ކަންބޮޑުވުން ފާޅުކުރާ ކަމަށް ބާކައުންސިލުން ބުނެފިއެވެ.

ބާކައުންސިލުން ކުރި ޓްވީޓެއްގައި ބުނީ ފުލުހުން ޤާނޫނާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ކުރެވޭ ތުހުމަތުތަކަކީ އެކަން ހިނގައިދިޔަ ގޮތް ބެލެންޖެހޭނެ ކަމެއް ކަމަށްވާއިރު، އެކަން ބަލަންވާނީ ހިނގަމުންދާ ތަޙުޤީޤަކަށް އަސަރުނުކުރާނޭ އަދި ހުރަސްނޭޅޭނޭ ގޮތެއްގެ މަތިން ކަމަށެވެ.

ޤާނޫނުއަސާސީގެ 5، 6 އަދި 7 ވަނަ މާއްދާއަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މެއި މަހުގެ 29 ވަނަ ދުވަހު ދީފައިވާ އިސްތިޝާރީ ލަފާގެ 8 ވަނަ ނަންބަރުގެ (ނ) އާ ޙަވާލާދީ، ދައުލަތުގެ ތިން ބާރު ވަކިކުރެވިފައި އޮންނަ އުޞޫލަށާއި، މިއިން ކޮންމެ ބާރަކަށްވެސް ބާރު ލިބިދީފައިވަނީ ޤާނޫނުއަސާސީއިން ސަރީޚަ ބަހުން އެފަރާތަކަށް ބާރުތައް ދީފައިވާ މިންވަރަށްކަން ރައްޔިތުންގެ މަޖިލީހަށް އަށް ހަނދާންކޮށްދޭ ކަމަށް ބާކައުންސިލުން ބުންޏެވެ.

އަދި ޖިނާއީ ކުށްތައް ތަޙުޤީޤުކުރުމުގެ ބާރުދީފައިވަނީ ފުލުހުންނަށް ކަމަށް ޤާނޫނުއަސާސީގެ 244 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، ޖިނާއީ ތަޙުޤީޤުތައް ކުރިއަށްދަނީ ޤާނޫނުގައިވާ ގޮތަށްކަން ބެލުމުގެ ބާރު ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) ގައި ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލިބިދޭކަމަށް ބަޔާންކޮށްފައި އޮންނަ އޮތުން މަޖިލީހުގެ ސަމާލުކަމަށް ގެންނަ ކަމަށް ވެސް ބާކައުންސިލުން ބުނެފައި ވެއެވެ.

"މި މައްސަލައިގައި އިންކުއަރީ ހިންގެވުމުގައި ޤާނޫނުއަސާސީގެ 5، 6، 7 ވަނަ މާއްދާ އާއި 244 ވަނަ މާއްދާގެ (ނ) އާއި 241 އަދި 242 ވަނަ މާއްދާގައި ބަޔާންކުރާ އިންތަކުގެ ތެރޭގައި، ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ދަށުން އިންކުއަރީ ހިންގެވުމަށް މަޖިލީހަށް ލިބިދޭ ބާރުތައް ބޭނުންކުރެއްވުމަށް ސަމާލުކަންދެއްވުމަށް ގޮވާލަމެވެ." ބާކައުންސިލުން ބުނެފައި ވެއެވެ.

މަޖިލީހުން މިމައްސަލައިގައި އަމަލު ކުރަމުންދާ ގޮތުން ބާކައުންސިލް ކަންބޮޑުވުން ފާޅުކުރި އެހެން ބައެއް ފަރާތްތަކުން ވެސް ގެންދަނީ މަޖިލީހުގެ އަމަލުތައް ކުށްވެރިކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހަޖަމް

  މިހާރު މިއޮތް މަޖިލިހަކީ ޤާނޫނެއް ޤަވަޢިދެއް އުޞޫލެއް ބޭނުންވާ ބައެއްނޫން ޖާހިލުންގިނަ ޓަނެއް. ބޭނުންވަނީ ތިމާމެންވަރުގެ ބަޔަކު ނެތްކަން ހާމަކުރަން. އިމުންބޭރަށްނުކުމެވެސް އަތްބާނަން.

 2. ނަައީމް

  އަންނިގެ ސިޔާށީ ހަރުގެ މިދުވަސްވެސް ފެނިއްގެ ދެން ނިމޭނީ ފެނުންމަށްޗަށް އެއްނޭވާ ލިޔަސް މުޅިގައުމު ހަލާކު ނުރައްކާތެރި މީހެއް މީނަގެ ކިބައިންސަލާމަތްވެގެން ނޫނީ ދިވެހިންނަކަށްސަލާމަތެއްނެތް

 3. ޢަލަނާސި

  ކަން ބޮޑުވާނެ ކަ މެއްނެތް.... މީ ތިޔަ ބައި މީހުންވެސް ބޭނުންވި ދުވަސް.... ވ. ސަލާ މް.....

 4. ޢައިޝް

  އަހަރެންނަށް މިއަދު މާގިނައިން ފާޚާނާ އަށް ދެވެނީ... ޕްލީޒް މަޖުލީހުން މިކަންތައް ބަލާދީބަލަ...