އިދިކޮޅު ސިޔާސީ ޕާޓީތަކުން މިއަދު ހަވީރުން ފެށިގެން ކުރިއަށްގެންދާ "ވާމްއަޕް" މުޒާހަރާގެ ތެރެއިން، މުޒާހަރާގެ ބައިވެރިއެއްގެ އަތް ބިނދިއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުޒާހަރާގެ ތެރެއިން އަތް ބިންދައިގެން ގޮސް އަނިޔާވެފައި ވަނީ އުމުރުން 54 އަހަރުގެ ފިރިހެނެކަށެވެ. އޭނާގެ އަތް ބިނދުނީ، އާޓިފިޝަލް ބީޗް ސަރަޙައްދަށް އެއްވެފައި ތިބި މީހުން ފަހަތަށް ޖެއްސުމަށްޓަކައި ފުލުހުން މަސައްކަތް ކުރި ވަގުތު، ދުއްވައިގަތުމުން ވެއްޓިގެންނެވެ.
އެއާއި އެކު އޭނާ ވަނީ ފުލުހުންގެ އެހީތެރިކަމާއި އެކު، އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުން ވަނީ އޭނާގެ ފަރުވާ ކުރިއަށް ދިޔަ ވަގުތުވެސް ހޮސްޕިޓަލުގައި ޙަރަކާތްތެރިވެފައެވެ.
އިދިކޮޅު އިސް ފަރާތްތަކުން ބޭރުގައި ތިއްބަވައިގެން ރާއްޖޭގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުންދާއިރު، އެފަރާތްތަކުން އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން މާލެއަށް ގެނެސް "ބޮޑު" މުޒާހަރާއެއް ކުރުމަށެވެ. ނަމަވެސް އެކަމަށް މާގިނަ ބައެއްގެ ސަމާލުކަން ނުލިބުމުން ފަހުން ބުނެފައި ވަނީ މިއަދު އޮންނާނީ ބޮޑު މުޒާހަރާއަށް ކުރާ "ވާމްއަޕް" މުޒާހަރާއެއް ކަމަށެވެ.
މި މުޒާހަރާ ކުރަމުން މިދަނީ، އެއްވެ އުޅުން މަނާކޮށްފައިވާ ދަނޑިވަޅެއްގައި ކަމުގައި ވާއިރު، މުޒާހަރާ ރޭވި ފަރާތްތަކުން ވަނީ ދިވެހި ސަލާމަތީ ބާރުތަކާއި ކުރިމަތިލައި ފުލުހުންނާއި ސިފައިންނަށް ޙަމަލާ ދިނުމަށް ތައްޔާރުވެފައެވެ.
ސުލްޙަވެރިކަމާއި އެކު ޝުޢޫރު ފާޅުކުރުމަށް ކަމަށް ބުނެ މިއަދު އިދިކޮޅުން ކުރިއަށްގެންދާ ހަމަނުޖެހުންތަކުގައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ މަގުތަކުގެ އަމާންކަން ނަގާލުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުންދެއެވެ. މި ހަމަނުޖެހުންތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް ވަނީ އަނިޔާވެސް ވެފައެވެ.
ތީ އެމް ޑީ ޕީ ން ބޭނުންވާގޮތް ތިބޭގެ ދުވަސް ތިދިޔައީ ރިދޫ ގުރޫޕު ދެންބަލާނުލާނެ އެބޭބެ މަރުވީތޯވެސް އަތް ބުރިކޮއްލީތޯވެސް.....
ގާސިމް ބޭސްކޮށްދޭނެ. އާއިލާއަށް ފައިސާ ފޮނުވައިދޭނެނު. ގައުމު ވިއްކާ ގްރޫޕުގެ މީހުނަކީ ގައުމުގެ ގައްދާރުން. މިބިމުން ޖާގަދޭވަރުގެ ބައެއްނޫން.
އެފަކީރު މިސްކިތުގައި އިންދައި އުރާލައިގެން ގެނެސް މުޒާހަރާއަށް ލީ މީހަކު ތީގަ ކުށް ވެރިވާނެ. ދެން ގައުމު ހަމަ މަގަށް އަޅުވަން އުޅުން ގަޑީގަ އަތްބިނދުމަކީ ވެސް އަތުގެ މައްސަލައެއް. ތީގަ އެފަކީރުގެ އެއްވެސް ކުށެއް ނެތް. މަށަށް ތީގަ ކުށްވެރިވަނީ ފުލުހުން. އެއީ އަތް ބިނދޭނެކަން ކުރިން ފުލުހުންނަށް ނޭނގުނީމަ.
މިސްކިތުގަ ހުއްޓާތަ !
ހޫމް ސަޖިދާގައި އޮއްވައި އަތްބިނދުނީ ދޯ؟
އަނިޔާ ކުރި މީހެއްގެ އަތް ބިންދާލާ...
މައިތިރި އަރައިގެން ގޭގަ އޮތްނަމަ ނުބިންދޭނެ... ހަމަ ރަނގަޅަ ތިއަވީ...