ތަފާތު އެކި ކުށްތަކުގައި ޖަލަށް ހުކުމް ކޮށްފައިވާ ތިބޭ އެހެން ގައިދީންނަށް މިއަދު ލިބޭ ހިދުމަތްތައް ވެސް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރައްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައި ނުގަންނަވާތީ އިދިކޮޅު ކޯލިޝަނުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިއަދު ހަވީރު ޕީޕީއެމްގެ އޮފީހުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖޭގެ ތާރީހު ދުށް ތަރައްގީގެ މުޅިން އާ ހަރުފަތަކަށް ރާއްޖެ ގެންގޮސް ދެއްވި ވެރިއެއް ކަމަށެވެ. އަދި އެފަދަ ބޭފުޅަކާއި ދޭތެރޭ އެފަދައިން ކަން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ.
"ޖަލުގައި ތިބޭ އެންމެ އާދައިގެ ގައިދީއަށްވެސް ލިބޭ ހިދުމަތް ރައީސް ޔާމިނަށް ނުލިބޭ މިވަގުތު. އޭގެތެރޭގައި ރައީސް ޔާމީނަށް ޓީވީ ބެލުންވެސް އެއްކޮށް މަނާ ކޮށްފައި ވަނީ. ޓީވީ ވެސް ނުލިބޭ. އެއްވެސް ކަހަލަ މީޑިއާގެ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ހިނގާ ހަބަރެއްވެސް ނުލިބޭ،" ސައީދު ވިދާޅުވިއެވެ.
މި ބައްދަލުވުގައި ވާހަކަދައްކަވަމުން ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ތ. ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ގައްސާން މައުމޫން ވިދާޅުވީ އެހެން އާއްމު ރައްޔިތުންނެކޭ އެއްފަދައިން އޮންނަ އުސޫލުން ހައިކޯޓަށާއި އަދި ކަރެކްޝަނަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. ރައީސް ޔާމީން ހައްޔަރު ކުރެވުނީއްސުރެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ސިޓީ ފޮނުއްވަމުން ގެންދަވާ ކަމަށް ގައްސާން ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިއަދު އިދިކޮޅު ލީޑު ކުރަމުން ގެންދަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނާއި ހަވާލާ ދެއްވާ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ވެސް ހިއްސާ ކޮށްދެއްވާފައެވެ. ވިދާޅުވީ މިއަދު ރައީސް ޔާމީން އަމިއްލަފުޅަށް ހިނގާ ބިނގާވެ އުޅެންވެސް ދަތި ކަމަށެވެ.
"އަދި ތިޔަބޭފުޅުން ސަރުކާރުން ވަކިވެ އެހެން ބަޔަކު ސަރުކާރު ހިންގަން ޖެހޭ ދުވަހެއް އަންނާނޭ. އެކަން ހަނދުމަފުޅުގައި ބަހައްޓަވާށޭ. އަނިޔާވެރިކަން ދެމިގެނެއް ނުދާނެ. އަނިޔާވެރިކަމުގެ ބަދަލު ލިބޭނެކަން ދަންނާށޭ،" އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ހާލަތާއި ގުޅިގެން އިދިކޮޅުން މައުލޫމާތުތަކެއް ހިއްސާ ކޮށްދެއްވިއިރު އަންނަ ބުދަ ދުވަހު އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް ބާއްވަން މިހާރު ވަނީ ތާވަލު ކޮށްފައެވެ.
މިސަރުކާރުން ބޭނުންވަނީ ރައީސްޔާމީނު ވުޖޫދުން ނައްތާލަންކަމަ ގަބޫލުކުރެވެނީ އެކަމް 96000 ރައްޔަތހުން ރައޭސްޔާމީނު އާއެކުގަތިބިކަން ދަންނަންޖެހޭނެ މަންޒަރު މާތާހިރެނުވާނެ މިދާގޮތަދާނަމަކަ މީވަރައް ވާހަކަ
ކަލޭމެން ތިޔަ ޔާމީނުގެ ދިފާއުއޭ މިަދު ކިތައްމެވަރަކަށް ކިއަސް ޖަލުން ސަލާމަތް ވާދުވަހަުން ތޔައިން އެކަކުވެސް މަސައްކަތެއްނުކުރާ ކަމަށް ބުނެ ޖަލަށް ގަޅާލާނެކަމީ ޔަީންކަމެއް. ބުރޯވެސް ކާރިކޮސްގެން އުޅުފަ ހެދިގޮްތް ހަނދާން ބަހައްޓާތި. އެއްބަފާ ކޮސްކޮއަސް ހެދިގޮތް ހަދާންއެބަހުރިތަ، ކަލެމެނަކަސް ނެތް ސަލާމަތެއް.
80 އެތައް މިލިއަން ޑޮލަރެއްކާލިީބުރޯ ލޯންގޮއްވާލާފަ ސަލާމަތްނުވެވުނީމަ 1 މިލިއަން ޑޮލަރު ޔާމިންގެ އެކައުންޓައް ފަހުވަގުތުކޮޅުގަ ޖަމާކުރީ...މީޔާމީން ދިންލަނޑެއްވިޔާ ދެން މަށައްވެސް ތިކަހަލަ ލަނޑެއް ދީބަލަ...ބޯހަލާކު ކޮމެންޓް ނުކޮއްބަލަ..!؟
ކޮބާ މިފެންނަ ނިމާލު ފެނަކައިން ނެގި ލާރީގެ މައްސަލަ ނުބަލަނީތަ؟
އެހެންމީހުންނަށް ނޫޅޭ ގައުމުގެ ހަޒާނާ ދިރުވާލާގެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެން
ހީހީ ގަޔަށް ހީސްލެވިއްޖެ?? ގަދަފަދަ އެރައީސް ގެ ހާލުކޮޅުގެ ދެރަކަމާއެވެ. ރެދުގަ ހުރި ނުބައިކަމާއެވެ. ފުނިޖެހޭވަރަށް ލާރި ހުރެ އެލާރިން އުފަލެއް ނުލިބި ވިކަވެފައިވާ ވަރުގެ ބޮޑުކަމާއެވެ. އައިފައި ނުކަޑައި ބެހެއްޓިކަމުގެ ވިޔާނުދާކަމާއެވެ.
ކޯޓު މަރުޙަލާގެ މައްސަލަ ނުބަލާތީ ހީނުކުރާތި ދެންތިބީ ހުސް ލާރީގެ ނުޖެހި ތިބި ބައެކޭ... ނުކުރާ ތަޙުގީގަކުން މައްސަލައެއް ސާބިތެއް ނުވާނެ އެކަން ވަރަށް ސާފްކޮށް އެއޮތީ ޝަރީޢަތުގެ މަޖިލީހުގެ ވީޑިއޯ އިން ފެންނަން. ދިވެހި ރައްޔިތުން ގަބޫލެއް ނުކުރޭ ތިޔަ މައްސަލަ ސާބިތުވާކަމަށް.
ބަލަ އެލާރިގަނޑު މަޅާލިމީހުންމިއަދުވެރިކަމުގަތިބީ އެމީހުންގެހުރި އޯގާތެރިކަމާ މާތްކަން ދެކިބަލަ ދެނަހުރިކަމައްވެސްހަދާނުލާއެތިބީ ރޯމާދުވާލުވެސް އަތުޖެހުނުވަރަކައް އަތުލައިގެން ކާލަކާލަ އެމީހުންގެހުރި އިންސާނިތުކަމާ ކުޅަދާނަކަމޯ ވާހް.............