ގދ. ތިނަދު އަށް ވަރަށް ބޮޑަށް އުދަ އެރި މައްސަލައިގައި ރައްޔިތުންގެ މަޖިލިހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ކުއްލި މައްސަލަ މަޖިލިހަށް ހުށަހަޅުއްވައި ދެއްވީ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފެވެ. ސަނީފް ވިދާޅުވި ގޮތުގައި އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ އެ ރަށަށް އުދަ އަރައި، ރައްޔިތުންނަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީއެވެ.
ސަނީފްގެ ކުއްލި މައްސަލައިގައި ވަނީ ތިނަދު އަށް އުދަ އެރުމުގެ ސަބަބުން ރަށާއި އަތޮޅާއި އެހެނިހެން ރައްޔިތުންގެ ތަކެއްޗަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށާއި މިކަމަކީ ކޮންމެ އަހަރަކު މަދުވެގެން ހަ ވަރަކަށް ފަހަރު ދިމާވާ މައްސަލައެއް ކަމަށެވެ. އަދި މިވީހާ ތަނަށް މިކަމަށް ހައްލެއް ލިބިފައި ނުވާ އިރު، އުދަ އެރުމުގެ ސަބަބުން ރަށުގެ ބަނދަރުގައި އަޅާފައިވާ އޮޑި ދޯނި ފަހަރަށް ގެއްލުންވެފައިވާ ކަމަށް ކުއްލި މައްސަލައިގައިވެއެވެ.
މިކަމުގެ ސަބަބުން ބައެއް މީހުންނަށް މަހަށް ނުފުރި، އޮޑި މަރާމާތު ކުރަން ފައިސާ ހޭދަކުރަން ޖެހިފައިވާ ކަމަށް ކުއްލި މައްސަލައިގައިވެއެވެ.
ކުއްލި މައްސަލައިގައިވާ ގޮތުން މި މައްސަލަ އަށް ދާއިމީ ހައްލެއް ނުލިބި ދިގުލައިގެން ދިއުމަކީ ރަށުގައި ދިރިއުޅޭ 12،000 އެއްހާ ރައްޔިތުންނަށާއި ކޮންމެ ހަފްތާއެއްގެ ތިން ދުވަހަކު ފެރީތަކުން ރަށަށް އަންނަ 1،500 އެއްހާ މީހުންނަށް ނުރައްކާތެރި ކަމެއް ކަމަށް ވެސް އެ މައްސަލައިގައިވެއެވެ.
އުދަ އެރުމުގެ ސަބަބުން ދާއިމީ ހައްލެއް ނުލިބޭ ނަމަ، ރަށުގެ ރައްޔިތުންނާއި އަތޮޅުގެ ރައްޔިތުންނަށް ތުރާތަކާއި ތަކުލީފުތައް ނުހަނު ބޮޑަށް ލިބި، ރައްޔިތުންގެ ހައްގުތަކަށް އަސަރުކޮށް ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ވެސް ކުއްލި މައްސަލައިގައިވެއެވެ.
އެހެންވެ، މިކަން ސަމާލުކަން ގެނެސް، އެކަށީގެންވާ ދާއިމީ ހައްލެއް ގެނައުމަށް ކުއްލި މައްސަލައިގައި ސަރުކާރަށް ގޮވާލާފައިވެއެވެ.
މި މައްސަލަ އަށް ބަހުސް ކުރަން ފެންނަ ކަމަށް 37 މެމްބަރުން ވަނީ ވޯޓު ދެއްވައިފައެވެ.
މީސް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯ އާއި ފޮޓޯތަކުން ފެންނަ ގޮތުގައި އުދައިގެ އުސް ބާނިތަކާ އެކު، ފަޅުގައި ހުރި އުޅަނދުތައް ފަޅުގެ ތޮށިގަނޑާ ހަމަ އަށް އުފުލި ތޮށިގަނޑުގައި ގޮސް ޖެހެއެވެ. އަދި ރަށުގެ 800 ފޫޓަށް ލޮނުގަނޑު ދިޔަ ކަމަށް ވެސް އެ ރަށުން މައުލޫމާތު ލިބެއެވެ.
އުދައެރުމަށް ދާއިމީ ހައްލެއް އޮވޭތަ ، ތިއީ ހަދާފައިވާ ބަދަރު ، ތިތާގައި ބޮޑުހިލަޖަހާ ކިހިނެއް ބައްދާނީ
ދާއިމީ ހައްލަކީ ރަށުގެ ބަދަރު އެއަށް ވުރެ އުސްކޮށް، ޕަމްޕު ކުރާ ސިސްޓަމެއް ބެހެއްޓުން. އޭރުން ވިއްސާރާއިގައި ފެންބޮޑުވިޔަސް އުދަ އެރިޔަސް ފަސޭހައިން އެ ފެންތައް ބޭރުކުރެވޭނެ. ރަށުގެ ހުޅަނގު ސަރަހައްދުވެސް ވީ އުސްކޮށްލާ އަދިވެސް ވެލިބަސްތާ ޖަހާލަންވީ.
އަވަހައް ޤަރާރެއްނެރޭ ތިނަދުއައް އުދައެރުމަކީ މަނާކަމެއްކަމައް އޭރުން ހުންނާނީ ހުރިހާކަމެއް ހައްލުވެފަ
ތިމައްސަލާގައި ކުއްވެރިވާންވީ ރަށްއެރި އުދަތާ؟ނޫނީ ފަޅުގައޮތްދޯނިބާ؟ ބޮޑަށްވައްތަރީ ކައުންސިލަރުންކަމަށް
ކުރީ ސަރުކާރުން ރަށުގަ އިރުމަތީ ފަރާތުގަ ބޮޑު ހިލަ ޖަހަން ބަޖެޓް ހަމަޖެހި ހުރިހާކަމެއް ނިމުމުން އެމްޑީޕީގެ ކައުންސިލަރުން ބޭނުންވީ ތޮށީގެ ބަދަލުގަ ބޮޑުކްރޭނެއް. އެކްރޭންގެނެސް އޭގެއިން ނާޖާއިޒް ފައިދާހޯދީ. ފްލެޓްއަޅަން އައި ޗައިނާމީހުންނަށް ނަމެއްގަ ދިހަހާސް ރުފިޔާއަށް ކުއްޔަށްދިނީ. އެކަމަކު އެއިރުތިބި ކައުންސިލަރުން އަޑިއަޑިން 30ހާސްރުފިޔާ ޗައިނާމީހުންއަތުންނެގި. ފްލެޓްއަޅާ ނިމުނުއިރު ކްރޭން ހަލާކުވެއްޖެ. ވައްކަންކުރިޔަސް ބޮޑޫވަރު. ހުރިހާކަމެއް ކުރަނީ ޖީބަށް ބައިއެޅޭގޮތަށް
ކިތަންމެ ވަރަކަށް މަޖިލިހަށް ކުއްލި މައްސަލަތައް ހުށަހެޅިޔަސް ގުދުރަތީ ކަންކަމަށް މަޖްލިހުގެ ރައީސަކަށް ފޯރުވޭނެ ބާރެއް ނެތް މޮޔަގޮލައެއް !
ގުދުދުރަތީ ކަންތަކަކަށް ދާއިމީހައްލެއް ލިބޭތަ
ދެން އުދަ އެރީތީވެ ކަނޑަށް ހުކުމް ކޮށްފަ މައްސަލަބަލަން ކޮމެޓީއެއްހަދާ!
އުދަބާނިތައް ކުއްވެރިކޮށްލީމޭ ބުނެލާ ދެން އުދަ އަރައިފިނަމަ އަދަބު ދޭނީ ކާކަށް ދެވޭނީ ކާކަށް ރާއްޖޭގަ ތިބި ގަމާރު ގުރޫޕް
ތިޔަ ތޮށިގަނޑުތަކަކީ ބޮޑުދިޔައިގާ އާންމުކޮށް 2 ފޫޓް ހާތަންން ލޮނުގަޑާ ތޮށިގަޣަނޑުގެ ތުންފަތާދެމެދު ހުސްކޮށް ހުންނަ ތަންތަން މަޖިލީހަށް ގަރާރެއް ހުށަހެޅުމަކުް އެކަމަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ، ކެނެރީގެ ނަސިދަކި ކަލާނ ގެ އެއް ނޫން. ގުދުރަތީގޮތުން އަންނަ ކަންކަމަކީ މީހުންގެ އަމަލުތަކާ ގުޅިފަ ހުންނަ ކަންކަން . ޖެހޭނީ މާތްﷲ ގެ ކިބަފުލަށް ދުއާކުރުން.