ގިނަ ދުވަހެއްގެ އިންތިޒާރަކަށްފަހު މާވެޔޮ މިސްކިތް ހުޅުވައިފިއެވެ.
އެ މިސްކިތަކީ ވަރަށް ރީތިކޮށް، ފަރުމާކޮށްފައިވާ މިސްކިތެކެވެ. ވިޔަފާރިވެރިޔާ އަދި އިމާރާތް ކުރުމުގެ ދާއިރާގެ މީހުންގެ ޖަމިއްޔާ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ އެހީގައި އިމާރާތްކުރި އެ މިސްކިތަށް ދީފައިވާ ނަމަކީ "މަސްޖިދުލް އަލީ ހުސައިން" އެވެ.
މިއަދު އަސުރު ނަމާދަށް ހުޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.
ހަތް ބުރިއަށް ހަދާފައިވާ އެ މިސްކިތަކީ ތަފާތު ޑިޒައިނަކަށް ހަދާފައިވާ މިސްކިތެކެވެ.
އެ މިސްކިތަކީ މުޅިން އޭސީކޮށްފައިވާ އެއް ފަހަރާ 1800 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ. އެ މިސްކިތުގައި 10 މީހުންގެ ޖާގައިގެ ލިފްޓެއް ހުރެއެވެ.
އަދި އެ މިސްކިތުގައު އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދު ކުރެވޭއިރު، ނަމާދުކުރެވޭ ގޮތަށް ޓެރެހެއް ހުރެއެވެ.
މާވެޔޮ މިސްކިތް، ރަނގަޅު ފެންވަރަކަށް ހެދުމުގެ ހުއްދައަކަށް އެދި މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ ނޮވެމްބަރު 14، 2014 ގައެވެ. މިސްކިތުގައި ނަމާދު ކުރުން ޑިސެމްބަރު 2015 ގައި ހުއްޓާލިއިރު، މިސްކިތް ތަޅާލުމަށް ހުއްދަ ދީފައި ވަނީ ޖެނުއަރީ 20، 2016 ގައެވެ.
މިސްކިތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފެށުނީ ޑިސެމްބަރު 7، 2017ގައެވެ.
ވަ ރަށް ޗާލޭ ކިޔާފަ ކިޔުން ތެ ރިންނަށް ފޮޓޯ އެއްވެސް ނުދައް ކަމެއްނު
މަރުހަބާ ރައީސްޔާމީނު އިސްލާންދީނައްޓަކާ ތިޔަކޮއްދެވި ހިދުމަތައް
الحمد لله
މިސްކިތް ބިނާ ކުރެއްވި ބޭފުޅުންނަށް ހެޔޮ ރަޙްމަތް ލައްވާށި
Alhamdhulilahi
ވަރަށް ޗާލޭ ބުނާ އިރު ފޮޓޯ ކޮޅެއް ދައްކާލަން ވާނު
މާތް ﷲގެ އިރާދަފުޅުން މިވަހުގެ ހެޔޮކަމެއް ކޮށްދެއްވި ފަރާތަކަށް ހެޔޮރަޙްމަތް ލައްވަވާފާދޭ.އާމީން