ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހުރިހާ ދައުވާއެއް މިއަދު ކްރިމިނަލް ކޯޓުން ބާތިލް ކުރުމުން އެމަނިކުފާނު މިނިވަން ވެއްޖެއެވެ.
އަދީބުގެ މައްޗަށް މިހާރު އެއްވެސް ޖަލު ޙުކުމެއް ނެތެވެ. ފިލައިގެން އިންޑިއާ އަށް ދިޔަ މައްސަލައިގައި އަދީބުގެ މައްޗަށް އިއްވި ޙުކުމް ވެސް މިހާރު ވަނީ ތަންފީޒުވެ ނިމިފައެވެ. މިއަދާއި ހަމައަށް އަދީބު ބަންދުގައި ހުރީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޮށްފައިވާ އަމުރަކާއި ގުޅިގެންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރު ކުރައްވަމުން ގެންދެވި ރިޔާސީ ލޯންޗްގައި ބޮމެއް ގޮއްވާލި ހާދިސާ އާއި ގުޅިގެން އަދީބު ހައްޔަރު ކުރީ 2015 ވަނަ އަހަރުގެ އޮކްޓޯބަރ 24 ވަނަ ދުވަހު އެވެ. އޭގެ ފަހުން އަދީބުގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާ ތަފާތު އެކި މައްސަލަތަކުގައި 33 އަހަރުގެ ޖަލު ޙުކުމެއް އައެވެ.
ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ބަދަލުވި ފަހުން އެކި ފަހަރުމަތިން ކޯޓުތަކުން ވަނީ އަދީބުގެ މައްޗަށް އިއްވާފައިވާ ޙުކުމްތައް ބާތިލް ކޮށްފައެވެ.
ޙުކުމްތައް ބާތިލް ކުރުމުން މިދިޔަ އަހަރުގެ ޖޫން މަހު ވެސް އަދީބު މިނިވަން ވިއެވެ. ނަމަވެސް ފަހުން ބަންދުގެ އަމުރުތައް ނެރެގެންނާއި، އަދި ފިލައިގެން އިންޑިއާ އަށް ދިޔަ މައްސަލައިގައި އަދީބު ހައްޔަރުކޮށް ބަހައްޓާފައި ހުރީ ބަންދުގައެވެ.
މިއަދު އަދީބު މިނިވަން ވިއިރު ރައީސް ޔާމީންގެ ވެރިކަމުގައި އަދީބު ހައްޔަރުކުރި ފަހުން މިއަދަދަށް ވަނީ 1726 ދުވަސް ފުރިހަމަ ވެފައެވެ. އެއީ ހަތަރު އަހަރާއި އަށް މަހާއި 21 ދުވަހެވެ.
އެމްއެމްޕީއާރްސީގެ މަައްސަލާގެ ތަހުގީގު ގޯސްކަމަށް ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހު އެއްވަނަ ދުވަހު ނެރުނު އަމުރަށް ރިއާޔަތްކޮށް ހައިކޯޓުން ކަނޑައަޅާފައި އޮތްވައި އެކަމާ ގުޅޭ ގޮތުން ކޯޓުތަކުން ގޮތްތަކެއް ކަނޑައަޅާފައިވަނިކޮށް އަނެއްކާ ހަމަ އެ މައްސަލަތަކުގައި ދައުވާ ނުކުރެވޭނެ ކަމަށް ވެސް މިއަދު ކްރިމިނަލް ކޯޓުން ނިންމިއެވެ.
ސަދޫމް ދައުލަތް
މިކުރަނީވެސް ވެރިކަމެއް...
މިރާއްޖޭގެ ކޯޓް ތަކުގެ އެއްވެސް އިތުބާރެެއް ނެތޭ ސަބަބަކީ ކުރީގައި ކޯޓުން ކޮށްފައި ހުރި ހުރިހާ ހުކުމް ތައް ބާތިލްވީއޭ މިއިން އެގިގެންދާ އެއްޗަކީ ދައުލަތުގެ މާލިއްޔާ އެއްކޮށް ލޫޓުވާލާ މިނިސްޓަރަކު ވެސް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މިނިވަން ވާނެ ކަން ކޯޓް އިން އެކަން މިއަދު ފެނިގެން މިދަނީ މީ ވަރަށް ނުރައްކާތެރި ފައްތަރަކަށް ރާއްޖެ ދާނެ ކަމެއް މިކަމުގެ ސަބަބުން މީހުން ގެއްލުމާއި އަދި މީހުން މެރުން ވެސް އިތުރުވެގެން ދާނެއޭ މީ އޮގަނައިޒްޑް ކްރައިމް އިތުރުވުމަށް މަގު ފަހިވުމަކީ ދެން ފެންނާނީ މިތަން ބަލަންތިބޭތި
ގަދަ އިގޭ! ވައްކަން ކުރިމީހާ މިނިވަންވެ ވައްކަމުގެ ދަޢުވާ އުފުލިމީހާ ހުރަގެޔަށް! ޖަސްޓިސް ހަމަ ހަބޭސް
އަހަރުން އެންމެން އަަނދިރި ވެފަ ކަނު...
ދާދި ދެންމެއަކު ފަނި ދޫވެއްޖެ.
ރާއްޖޭގެ ކޯޓް ތަކުން އިންސާފު ލިބޭ ގޮތް އެއީ މަމެން ހައިރާންވާ ކަމެކޭ ދައުލަތުގެ ޚަޒާނާއިން ބިލިއަނުން ޚިޔާނާތް ތެރިވާ މީހުން އަތުން ފައިސާ ހޯދަން ކޯޓުން ހުކުމް ކޮށްފައި ވަނި ކޮށް އެހުރިހާ ފައިސާ ވެސް ނުހޯދާ އޭނާ މިނިވަން ވުން އެއިން އެގިގެންދާ އެއްޗަކީ މިސަރުކާރުގެ ބޮޑުންނަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އިން ބޮޑު އަދަދެއް ލިބިފައިވާ ކަމަށޭ އެނޫން ނަމަ މިކަން މިހެން ނުދާނެއޭ މީ ޕީޖީގެ ވަކީލުން ނާއި އަދި ކޯޓް ތަކުގެ ފަނޑިޔާރުން ގުޅިގެން ކުރާ ކަމެކޭ މަމެންނަށް ވަރަށް ބޮޑަށް ޝައްކު ކުރެވޭ މިކަން މިގޮތަށް ހިނގާ ކަމަށް....
ތިހުރިހާ މަ އްސަލަ އަންނާ ނީ ޔާމީނަށް އަދީބުގެ މަ އް ޗަށް ޝަރީ އަތް ހިންގަން ވެ އްޖެނަމަ ފަޞީޙަތްވާނީ މިސަރުކާރުގެ އިސް ފަރާތްތަ އް އަދީބު ފަ އިސާ ނުދޭ ރީދޫ އިސްފަރާތްތަ އް މަދުކަމަށްވަނީ ޖާބެ ބުނި ދޮ އްތަ ކިނބުލަށް ވެސް ބަ އި ލިބުނު ކަމަށް އެހެންވީމަ އަދީބުގެ ޝަރީ އަތެ އް ކުރިޔަކަށް ނުގެން ދެވޭނެތާ
ރައީސް ނަޝީދާއި، ރައީސް މައުމޫނާ، ކާނަލްނާޒިމް ޖަލަށްލާން ހުކުމް ކުރިއިރު ތިބައިގަނޑު ބުނީ ކޯޓުތަކުން ގޯސްކޮށް ހުކުމެއް ނުކުރާނެއޭ. ކޯޓުތަކުގެ ހުކުމްތަކަށް އިހުތިރާމް ކުރަންޖެހޭނެއޭ. ދެން އެހެން ނޫނަސް ކޯޓުން ކުރާ ހުކުމަކީ ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަމީހަކު ކުރާ ހުކުމެއްނޫން. އެއީ ކޯޓުގެ ނިންމުން. މިހާރު މިއޮތީ ތިންބާރު ވަކިވެފަ އޮތް ނިޒާމެއް. ޔާމީނުގެ މައްޗަށް ކަލޭމެން ތިއޮންނަ ފިރިހެން-ފިރިހެން ޖަޒުބާތުގަ ޖެހިގެން ހޭބުއްދިވެސް ފިލާފަދޯ ތިތިބެނީ.
ނާ ތެދެއް މީ ހަމަ ތިން ބާރު ވަކިވެފަ އޮތް ނިޒާމެއް ވިއްޔާ. މި ރީނދޫ މީހުންގެ އޮންނަނީ ފޫކޮޅާ ފޫކޮޅުގެ ގުޅުން ވިއްޔާ
ރައްޔިތުން ފައިސާއައް އެގޮތްތޫން ހީނައްމީހުނައް ބާރު ދެނީސާރުކާރުން! ބޮޑުކުންފުންޏަކުން ބޭރުމީހުއްލައްވާ މުސާރަނުދީ މަސައްކަތް ކުރުވާފަ އެތައް މާންފާއެއް ހޯދާފަ އެމިހުން މުސާރަ ހޯދަން ހަޅުތާލުކުރީމަ ސަރޫކާރުން ފުލުހުން ފޮނުވާ އެމިހުން ޖަލައްލައިގެން ރައްޔިތުން ފައިސާއިން އެމިހުން ބަލަހައްޓަނީ! އިބުރައިން މުހަންމަދު ސޯލިހާ މުހަންމަދު ނަސީދު އިންސާފޭކީއާ އަނގަ ހުވާނީވެސް ހުންނަލަދު ހަޔާތް ކުޑަކަމުން ކަމުގަދެކެން!
ރޯޔަލް ރޭޕިސްޓުންގެ ދިފާޢުގައި މުޅި ސަރުކާރު ފަހަތަށްފައިބާއޮއްވައި ހީވެސްނުކުރާގޮތަކަށް މަތިންއައި ބޯޅައެއް ގޯލަށްވަދެ އަދީބު މިނިވަންވެއްޖެ. އިންސާފުގެ ދަތުރު މިއޮތީ ނިމިފައި.
ރާއްޖޭގައި މިވާ ސަދޫމީ ސަރުކާރު ވެއްޓޭ ދުވަހު މިސަރުކާރުގައި ތިބި ހުރިހާ ފަޑިޔާރުންނާއި މިނިސްޓަރުންނާއި މަޖްލިސް މެމްބަރުންނާއި ރައީސްވީ ޖަލަށްލާން. މިސަރުކާރުގައި ކުށްވެރިންނަކީ މިނިވަނުން. މިސަރުކާރުގައި ކަމާ ނުބެހޭ ރައްޔިތުންނަކީ ކުށްވެރިން. ކުށްވެރިންގެ ޝިކާރައަށްވާ ފަރާތްތަކަކީވެސް ކުށްވެރިން. ސަފާރީ ރޭޕްގައިވެސް ކުށްވެރިވީ ޝިކާރައަށްވި ފަރާތް. މިސަރުކާރުން ކުރަން އެގޭހާވެސް ކަމަކީ އެމްޑީޕީގެ ކުށްވެރިން ސަލާމަތްކުރުން. އެމްޑީއެންގެ ކާފަރުންވެސް ރާއްޖެއިން ބޭރަށް ފުރުވާލީ. މުރުތައްދުވި އަންހެންމީހާވެސް ފުރުވާލީ. މިސަރުކާރުން އަދީބު ފިއްލަވަން މަސައްކަތް ކޮށްފަ މިހާރު އެހުރީ ދޫކޮށްފަ. ލުތުފީއަށްވެސް ލަންކާގައި މިނިވަންކޮށް އުޅެން ފުރުސަތު ދިނީ އެމްޑީޕީ އިން.
ކިހާމޮޅު ބޮޑުމުޖުރިމަކު ސަލާމަތްވީ ނިކަމެތިމީހެއްނަމަ އުމުރުދުވަހު ގޮޅީގަ މީހަމަހަމަ އިންސާފަކީ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި އެކަން ކުރި ބޮޑެތި ވަގުންނޭ މީހުން ބުނި އެންމެންނަކީ އެއީ ކުށްވެރިން ނޫން ކަަމަށް ރާއްޖޭގެ ކޯޓް ތަކުން ނިންމާ ކުރިން ކުރި ހުކުމް ތައް ބާތިލް ކޮށްލަނީއޭ ދެން ރައީސް ޔާމީން ގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ވުން އެއީ ކުށަކަށް ވާން ޖެހޭނެ ގޮތް މަމެންނަށް ނުވިސްނިގެން އުޅެނީ މިހާރުގެ ސިޔާސީ ބޮޑުން އިންޑިއާ އަށް ދަތުރު ކޮށްފައި އަންނަ އިރު ގެންނަ ބޮޑެތި ފޮށި ތަކުގައި ހުންނަ ޑޮލަރު ފީނި އެއީ ވެސް ބަލަން ޖެހޭނެ ކަމެކޭ އިނގޭތޭ
މިސަރުކާރަށް އިނގޭނެ ޢަދީބުގެ ދައުވާ ކުރިއަށް ގެންގޮސްފިއްޔާ އެއްމެފުރަސަމަ ތަޅާއިގެންދާނީ މިހާރުގެ ރ.އިބޫއާއިމިސަރުކާރުގެ އިސް ސިޔާސީ ބޭފުޅުންކަން، އަދި މިވެރިކަމަކީ ވަގުއަދީބު ހޭދަކުރި އެމްއެމްޕީއާރ ޚިޔާނާތު ފައިސާއިން ގެނައި ނަހަލާލު ސަރޔކާރެއްކަން ފާލުގައި މުޅި ގައުމު ހެކިވޭ. މިދުނިޔެއިން ކުރިހަށް ނުގެންދެވޭ ޝަރީޢަތް އިންސާފާއިއެކު ކުރިއަށް ގެންދެވޭނެދުވަސް އަންނާނެ، އިންޝާﷲ
ޓޯރިޒަމް މިނިސްޓަރުކަމާ ހަވާލުވާން އަވަހަށް އާދޭ އަދީބް ބްރޯ
ރާއްޖޭގެ ކޯޓް ތަކުން ބޮޑެތި މީހުންގެ ހުކުމް އެއްދުވަހު ނެރޭނެ 3000 އަހަރަށް ޖަލު ހުކުމެއް އަނެއް ދުވަހު ނެރޭނެ އެ 3000 އަހަރުގެ ހުކުމް އެއީ ބާތިލް ހުކުމެއް ކަމަށް މީ ހަމަ ސީދާ ގާނޫނުގައިވާ ގޮތަށް ހުކުމް ނުކުރެވޭތީވެ ވާގޮތޭ ރައީސް ޔާމީނަށް ކުރި ހުކުމް ވެސް ތިޔާއީ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާ ކުރެވިފައިވާ ހުކުމެއްތޭ މިހާރު ސުވާލު އުފެދޭ މަމެންނަށް...
ސުބްހާނަﷲ
ބަލަކިހެނެއް އޭނާހައްޔަރުކޮއްޖަލައްލާނީ އެކިޔަނީ މިހާރުވެރިއަކައްހުރިމީހާ އޭނައަތުން ބައްތިރީސްމިލިއަންޑޮލަރުނެގިވާހަކަ
އެމް ޑީ ޕީ އަށް ދެން ޢުމުރަށް ސަލާން
މިހިގާ ކަންތަކުގެސަބަބުން ދިވެހިރައްޔިތުންގެ ހިތުގައި ރައީސް ޔާމިން ގެ މަގުބޫލްކަންއިތުވުންނޫން ކަމެއްނުވާނެ ޖަލުގަ ކިއަމަންތެރިކަމާއެކު ކެތްކޮއްލާ ހަގީގަތްދިވެހިންނައް އިގޭ އެބުރި ވަޑައިގެން މިގައުމުގާ އިސްލާމީސަރީއަތް ގާއިމުކޮއްދެއްވާނެ ލީޑަރަކީވެސްތީ...
މިހާރު ޔަގީންވެ ނިމުނީ ޔާމީނަށް އަނިޔާދިނީ ކަމާ ބޮޑުމުޖުރިމު ދޫކުރީ ދީލަކުންކަން. ސަދޫމް ގެ އިންސާފުހުރިގޮތް.
ކޮބަ ޒީރޯ ޓޮލަރޭޓުބެ. އަންގައި ދެކޮލައް ޒީރޯ ޓޮލަރެންސް ލައިގެން މޮޅެތި ވާހަކަ ދައްކާފަ ކުޑަކޮއް މީހުނައް ފެންނަގޮތައް ނޯށުން ރޮއިލާފަ ކަންކުރާނީ ދިމާ އިދިކޮޅައް. މަކަރުވެރި ހިޔަޅުންގެ އުސޫލު...
ސަދޫމުގެ ގާނޫނު ހިނގާ ވެރިކަމެއްގަ ތިކަހަލަ ކިތަންމެ ކަމެއް މިދަނީ ހިނގަމުން. ރުހޭމީހާ ސަލާމަތްކުރަން ޒައްރެއްގެ ތަންކޮޅެއް އިނަސް އެމީހާ ސަލާމަތްކުރާނެ. ނުރުހޭމީހާ ހަމަ އެހެން ޖަލުގޮޅިއަށް ދާނެ. މިސަރުކާރަކީ އެއްވެސް އިންސާފެެއްނެތް ލާދީނީ މަކަރުވެރި ހިޔަޅު ވެރިކަމެއް. ދެން އަވަހަށް އަދީބަށް ޓޫރިޒަމް މިނިސްޓަރުކަންދީ. މި މުސީބާތުން މިގައުމު ސަލާމަތްކުރަން ތެދުވަން ރައްުިތުންނަށް މިއޮތީ މަޖުބޫރުވެފަ.
މަރުހަބާ! ހިޒް އެކްސެލެންސީ ވައިސް ޕްރެޒިޑެންޓް އަހްމަދު އަދީބް
سُـبْـحَـانَ ٱلله
މިދެން ވަރަށް ހެއްވާ ކަމެއް.. ރޯމާ ދުވާލު ހުރިހާ ކަމެއް ކުރީ.. އެކަމު ކުއްވެރިއެއް ނުވޭ . . ބައެއް މީހުން ބާރަށް ކިނބިއްސެއް އެޅިޔަސް ގެންގޮސް ކުޑަގޮޅީގަ ބައިންދާ އެބަ އުމުރު ދުވަހު... ހުރިހާ ވައްކަމެއްކޮށް އެލާރިގަނޑު ކައި މީހަކު މަރަން ބޮން ގޮއްވީމަ ވެސް ހަމަ ހުދު ފޮތިކޮޅެއް.. މީނަ ހަވަރަށް ދޭންވީ.. ރާއްޖެއެއް ވާނެތް . .
ރުފިޔާ، ހުރިހާވެސް އެއްޗަކީ އެ ހުރިއްޔޭ ނުގަނެވޭނެ އެއްޗެއް ނެއް، އެ ވަރިހަމަ އިނދެގެން އުޅޭ އަނބި މީހާ ކަމުގަވީނަމަވެސް، މިފަހަރު ތިއޮތީ ކޯޓްތަކުގެ ގާޒިން ގަނެލާފަ، ސާބަހޭ ބްރޯ...ގަދަ ކަލޭ...
އެއީ ރިޔާސީ ވައުދެއް
ރައްޔިތުންނަށް ސާފުވެއްޖެއްނު މިހާރު މިމީހުން މިގަތްގަނޑު އެބަކުރެވޭތެ ރަގަޅު އެއްކަމެއްވެސް
ރައްޔިތުންގެ މަޖިލީހުން މިހާރު ނިންމަންވެއްޖެނު އެ ރިޔާސީ ދައުރެއްގައި ހުކުމް އިއްވާފައިތިބޭ ހުރިހާ ކުއްވެރިން ދައުރުނިމޭއިރު މިނިވަންވާނޭ އޭރުން ފައިސާ ދީގެން ހުކުމު ބާތިލް ކުރާކަށް ނުޖެހޭނެ
ހާދަ ޢަދުލުވެރި ގާޒީންނޭ މިހާރު މިތިބެނީވެސް. ހަމަ ސީދާ ފޮތުގައޮތްގޮތަށް ހުރިހާ މައްސަލަވެސް ބަލާފަ ހުކުމްމިކުރަނީ. ނޫނޭވާ މިއޮތީ ޒަމާނެއް އައިސްފަ.
މި ރާ އްޖޭގަ އި މި އޮތީވާ ގާނޫނެ އް. މަ އްސަލަ ހުށަހާޅާގޮތާ އި ހުށަހަޅާ އަތްވެސް ކު އްވެރިވޭ ... މައްސަލަ ހުށަހަޅަން ދިޔަ މަގުތަކާ އި ގަޑިވެސް ކަމަކުނުދޭ.. މަ އްސަލަ ބަލާ ފުލުހުން ގާނޫނަކަށް ނުފެތޭ.. ވަކީލުންގެ ސެޓުފިކެޓު ސަަ އްހަ އެ އްނުވޭ... އެހެންވީމަ އި ކު އްވެރިންނެ އް ނުތިބޭނެ.. ކޯޓުތަ އް ހުސްކޮށްފަ އި ގާޒީން ގެ އަށް ފޮނުވާލާ... ެެޭެެެެޭެެެޭެެެެޭެެޭެެެެޭެެެޭެެެެެެޭެެެެޭެެެޭެެެެޭެެޭ
އަދީބުގެ ކުށެ އްނެތި އްޔާ ރަ އީސް ޔާމީންގެވެސް ކުށެ އް ނޯންނާނެ... ޔަގީންވެ އްޖެ މިހާރު.. ޔާމީން މިނިވަންކުރަން ގޮވާލަން.
ރައީސް ޔާމީން މިހާރުން މިހާރައް ދޫކޮއްލާ
މިހާރު ދެން އަދީބު ފެނުން އެންމެ ގާތީ އަލީ ވަހީދުގެ މަޤާމުގައި ހުއްޓާ.. ހަމަ އަނެއްކާ ޓުއަރިޒަމް މިނިސްޓްރީ އޭނަގެ ޖީބަށް ލާން ލިބުނީ...