"ހިޔާ" މަޝްރޫއާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި، ދެފުށް ފެންނަ ގޮތަކަށް، ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އުފައްދަވާފައިވާ ފުލެޓްތަކުގެ މައްސަލަބަލާ ކޮމިޓީގެ ބައެއް މުވައްޒަފުން ކޯވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެ ކޮމިޓީގެ މަސައްކަތް މިހާރު ވަގުތީގޮތުން ހުއްޓިފައިވާ ކަމަށް ކޮމެޓީން ބުނެފައި ވާތީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ފާޑު ވިދާޅުވެއްޖެއެވެ.

އެކަމާއި ގުޅިގެން ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ބަހަނާއެއް ދައްކަނީ މަސައްކަތް ނިންމާ ފްލެޓުތައް ރައްޔިތުންނަށް ހަވާލު ކުރަން ބޭނުން ނުވާތީ ކަމަށެވެ. ސައީދު ވިދާޅުވީ ދިރިއުޅުމުގެ ހާލަތު ބެލުމަކީ ވަކި މީހަކު ނެތިގެން މަޑު ޖައްސަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް ޖުލައި މަހު ފަހުކޮޅު އިއުލާން ކުރަން ފަށާނެ އެކޮމެޓީންނާއި އަދި ހައުސިން މިނިސްޓްރީން ވެސް ވިދާޅުވެފައި ވާއިރު ޖުލައި މަސް ނިމި އޮގަސްޓް މަސް ފެށުނުއިރު ވެސް ލިސްޓް އާއްމުކުރަން ފަށާފައި ނުވާތީ ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ޖަވާބުދާރީވަމުން ފްލެޓް ކޮމެޓީން ވިދާޅުވީ މި މަސައްކަތުގައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދަނިކޮށް، ކޮމިޓީ މުވައްޒަފުންތަކެއް ކޮވިޑަށް ފައްސިވުމުން ކުރިން ކަނޑައެޅިފައިވާ މުއްދަތުގައި އެ މަސައްކަތް ނިންމާނުލެވުނު ކަމަށެވެ.

ނަމަވެސް ފްލެޓް ކޮމެޓީން ވިދާޅުވީ ކޮމެޓީގެ މުވައްޒަފަކު ފުރަތަމަ ކޮވިޑް-19 އަށް ފައްސިވީ ޖުލައި 28 ގައި ކަމަށެވެ. އަދި 2 އޮގަސްޓްގައި މި ކޮމިޓީގެ އިތުރު މުވައްޒަފަކު ކޮވިޑަށް ފައްސިވެފައިވާތީ، 14 ދުވަހުގެ މުއްދަތަށް، ކޮމިޓީގެ މެންބަރުންނާއި ހުރިހާ މުވައްޒަފުން ގޭގައި ކަރަންޓީންވެ ތިބުމަށް އެޗްޕީއޭ އިން ވަނީ އަންގާފައި ކަމަށް ފްލެޓް ކޮމެޓީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހުސެން

  ވަކިމީހަކު ނެތިގެންނެއް ނޫން. އެކީ އުޅޭ އެހެން އެންމެން ވެސް ކަރަންޓީން ވާން ޖެހިގެން

  2
  8
 2. އަންނި

  އެއޮތީ ހުއްޓާފަ ނިކަން ކެރެންޏާ ކަމެއް ކޮއްބަލަ.

  1
  1
 3. ކަމަނަ

  ރަންކޮޅާ މިސަރުކާރު ވެރިކަން ލިބުނުއިރަށް ވީ ވަޢުދުތައް ހަނދާނުން ފިލައިފި ދެން ބޭނުން އެއްޗެއްކިޔާނީ