މިއަހަރުގެ މިހާތަނަށް ބޭރުގެ ބޭންކުތަކުންނާއި މާލީ އިދާރާތަކުން 209 މިލިއަން ޑޮލަރުގެ ލޯނު ނަގައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ލޯނުތައް ނަގާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި މަހުގެ ތިންވަނަ ދުވަހާއި ހަމައަށެވެ.
މިއަހަރުގެ މިހާތަނަށް ހަތް ފަރާތަކުން ލޯނު ނަގާފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެންމެ ބޮޑު ލޯނެއް ނަގާފައިވަނީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) އިންނެވެ. އެ ފަންޑުން 50 މިލިއަން ޑޮލަރު ނުވަތަ 770 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ނަގާފައެވެ.
ސައުދީ ފަންޑުން 25 މިލިއަން ޑޮލަރު ނުވަތަ 385 މިލިއަން ރުފިޔާ ނަގާފައިވާއިރު ލޯނުތައް ހާއްސަ ކުރަން ނިންމާފައިވަނީ ގެދޮރު ވެރިކަމާއި ގުޅޭ މަޝްރޫއުތައް ހިންގުމަށާއި މަސްވެރިކަމާއި ގުޅޭ މަޝްރޫއުތަކަށް ކަމަށް ސަރުކާރުން ހާމަކުރެއެވެ.
މިހާ ގިނަ އަދަދަށް ލޯނުތައް ނަގަމުން އަންނާތީ ރާއްޖޭގެ ދަރަނި އަންނަނީ އިންތިހާއަށް ބޮޑުވަމުންނެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ވަނީ 69 ބިލިއަން ރުފިޔާ އަށް ރާއްޖޭގެ ދަރަނި ވަނީ އަރާފައެވެ. ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލާނަމަ އެއީ 107 ޕަސެންޓެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދުގެ މައިނާރު ކަމަށް ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ވަނީ ވަރަށް ބޮޑަށް އަޑި އަޅާލާފައެވެ. ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ކުޑަކޮށް ދައުލަތުގެ އިސްވެރިންގެ މުސާރަތައް ވެސް ވަނީ ކުޑަކޮށްފައެވެ. މީގެއިތުރުން ބޭރު ގައުމުތަކުގެ އެހީތެރިކަން މިކަމުން އަރައިގަތުމަށް ސަރުކާރުން ދަނީ ހޯދަމުންނެވެ.
ޒީރޯޓޮލެރަންސް، ސަރުކާރު ހެޔޮ ސަރުކާރު މޮޅުސަރުކާރު އެކަމު މިމީހުން ގައުމާ ހަވާލުވާ ކޮންމެފަހަރަކު ޑޮލަރު މަތިވޭ ރައްޔިތުން ބިކަވޭ
އިސްތިއުފާ
ލޯނުނެގުމާއި ދެކޮޅަށް ވަކާލާތުކުރި މީހުންނަށް މިވީ ކިހިނެއް
ބޮޑުވަރު
1 ރިސޯޓާއި 1 ލެޕްޓޮޕުން ގައުމު ހިންގޭނެ.
- އެމްޑީޕީ-
ކުރީ ސަރުކާރު ލޯނޭ ކިޔާ އަނގަ ތަޅަތޅާފަ މި ހާކާޅުން މިނަގަނީ އިތުރަށް ލޯނު ގުނބޯތައް ދެން އަތް ޖަހާ
ގައުމު ހިންގޭނީ ލާރި ހޯދައިގެނ ލަރި ހުރި ގައުމުތަކާގުޅިގެން. އެހެން ނުންނަމަ އަހަރުމެންގެ އުމުރުން ދާނީ ދުވަހެއް.
ސުބުޚާނަﷲ އެ މްޑީޕީ ވެރިކަ މެއް ގައި ލޯނެއް ނުނަގާނެ!
ގައުމުގާ މުސާރަދިނުނަށް ލޯނު ނެގުމާ ރިޒާވް ބޭނުންކޮށް ހުސްކުރުމަކީ ވެވޭ ވަރަށްބޮޑުހިޔާނާތެއް .ސަރުކާރެއް ގެނެވެނީ ހަރަދު ކުރާނެ ފައިސާހޯދުމަށް. ލިބޭ އާމްދަނީއަށް ހަރަދު މެނޭޖް ކުރުމަކީ ފިނޭންސް މިނިސްޓަރުގެ ޒިންމާއެއް
.ދަވްލަތަށް ލިބޭ އާމްދަނީއާ އެއްވަރަށް ހަރަދު ކުޑަކުރުމަށް މުސާރަތަކާ އޮފީސްތަކާ ވަޒީފާ މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަނާޅާ ގެންދިއުމަކީ ވަރަށްބޮޑު އިހުމާލެއް މިހާލަތުގާ މެނޭޖްމަންޓް އޮޑިޓެއް ހެދުމަކީ ކުރަން ޖެހޭނެ ކަމެއް .އަދި ދަވްލަތުގެ ހުރިހާ މުސާރަތައް ކަނޑައެޅުމުގެ ބާރު ޕޭކޮމިަސަނަށް ދޭންޖެހޭނެ. ޢަދި މެނޭޖްމަންޓްގެ އޮޑިޓާ އެްއްގޮތަށް ވަޒީފާތަކުގެ އޮނިގަނޑެއް ހަދާ އެއާމެދު އަމަލްކުރަން ރޭވެންވާނެ. ޢުފެެްއްދުންތެރިކަމަށް ނުވަތަ އާމްދަނީގެ އިތުރަށް ދަރަނި 7% އިތުރުވުމުން ދަވްލަތް ބަގުރޫޓް ވެއްޖެ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް.އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ މަގޫފަތް ކާންޖެހޭ ހިސާބަށް ހިގައިދާނެ.
ލޯނުނެގީ ގެދޮރުވެރިކުރާށާއި މަސްވެރިކަން ތަރައްގީކުރަން މަށް ތިއޮތީ. އެކަމަކު އެއިން އެއްވެސް ކަމެއް ކޮށްނުދޭ. ލޯނުދޭފަރާތަށްވެސް އޮޅުވާލާ މަކަރާއި ހީލަތްހަދަނީ. ދަރިންގެ ދަރިންނަށް ދާންދެން ދަރުވާލީ ލޯނުނުގާން ގޮވިމީހުން. ތަރައްގީ އަށް ހަރާމްކޮށްދިންކަނެއް. ލޯނަށް ނެގިފައިސާވެސް ކައިހުސްކުރީ. އެފައިސާ މިހާރުނެތް. ވެރިކަން ބަދަލުކޮށްގެން ރައްޔިތުންނަށް ލިބުނު މޮޅުތައްކޮބާ؟
ލޯނުނަގާތީ ފާޑުކީ ނާގާބިލް ގްރޫޕްގަޑާ!!!!!!!!؟؟؟؟؟
ސޯލިހުއާ ތިބޭފުޅާ ދެމީހުން ކުރިން ޓީވީޗެނަލް ތަކައްއަރާ އަދިމަޖިލީހުގަ ކުރީ ސަރުކާރުތަކުން ލޯނުނަގާ ރައްޔިތުން ބޮލުގައަޅުވާކަމައް ދެއްކިވާހަކަ މިލޮކުޑައުންގަ ގޭގަތިބެ ބަލާއަޑުއަހާލާ ތިބޭފުން އިދިކޮޅުގަތެބެ 2006 2018 ދެއްކި އަދި ބޯއިކޮޓް ކުރިހުރީހާކަމެއް 2019 އަމިއްލައަތުން ދެކިތަޖުރިބާ ކުރަމުންތިދަނީ މުޅިދައުލަތެއް އައްމައްޗައެރީމަ ދުނިއޭގެ އަދިރާއްޖޭގެ ތާރީހުގަވެސް ސަރުކާރަކައްލިބުނު ހުރިހާބާރެއްލިބި މުޅިއެތި ފެއިލްވެ ވައުދުތައް އަތައްގޮވާ ލޯނުތައްގޮވާތިދަނީ ޖަޒީރާ ރާއްޖެ އެޖެންޑާނަވާރަ ފަތިސްހަނދުވަރު ނިމި ވެރިކަންނިމިދަނީ..
ކުރި ކަމެއް ފެންނާކަށް ނެއް
ތި އިބޫ ދިވެހިން ދަރާ ވިއްކާފަ ނޫނީ ހުއްޓައެއް ނުލާނެ! ލޯނު ނަގާވަރައްނަގާ ދިވެހި ރަތްޔަތަޖައްވާ އެއްވެސް ދައިދާއެއް ހަރާން އެންމެ ފަހުވަގުތު ގައުމުވެސް ވިއްކާލާނެ ދަރަނިވެރިވެގެން ތީ ނުލަފާ މީހާ ވެރިކަމުން ބާލާ!
ގައުމުހިންގޭނީ ލޯނުނަގައިގެންނާއި ރައްޔަތުން އަތުން ޖިޒީ ނަގައިގެން މިވާހަކަ މީހަކުބުނީމާ ހަނދާނައް އަންނަނީ ނުފޯރާ އެއްޗެއްގެ ވާހަކަ އެއް ދެއްކި މީހަކުބުނި އެއްޗެއް ކޮންމެވެސް އެއްޗެއް ފެންނާނޭ ފެންނަމުން މިދަނީ މުސްކުޅިން ބުނެ އުޅޭ އެމީހަކައް ދައްކަވަން ހުރި ކަމެއް ދައްކަވާ ފައޭ މަރުގަންނަވާނީ ސަހަރޯ
ކައިލާ ކައިލާ! އަހަރުމެން ކައިނުލާތި ކޮންމެސް!