ޔަމަނުގެ ޔާސިރު ޔަހްޔާގެ ދިފާއުގައި ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ހަބަރުތައް ގެނެސްދޭ ބިލާދު އަލް ޝާމް އިން ނުކުމެއްޖެއެވެ.
ބިލާދް އަލް ޝާމް މީޑިއާއިން އާއްމުކޮށްފައިވާ ބަޔާނެއްގައި ވަނީ ޔާސިރްގެ އާއިލާ އަށް ތައުޒިޔާ ފޮނުވައިފައެވެ. ޔާސިރާ މެދުގައި އަމަލުކޮށްފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ޔާސިރު، ތިން އަހަރު ވަންދެން އެއްވެސް ދައުވާ އެއްނުކޮށް ޝަރީއަތް ނުކޮށް ބެހެއްޓީ މި ސަރުކާރާއި އޭގެ ކުރީގެ ސަރުކާރުގައި ކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިއީ އިސްލާމް ދީން ދަސްކޮށްދީފައިވާ ކަންތައްތަކާއި ގާނޫނުތަކާއި ހިލާފު ކަމެއް ކަމަށް ބަޔާނުގައިވެއެވެ.
އެ ގުރޫޕުން ބުނީ ޖުޑީޝަރީ އިސްލާހު ކުރުމާއި އިންސާފުގެ ނަމުގައި ސިޔާސީ ފަރާތްތަކުން ކުޅެމުންދާ ގޭމުތަކަށް ރައްޔިތުން ހޭލައި، ވިސްނަންޖެހޭ ކަމަށެވެ. ކޮރަޕްޝަނުން ފޯވެފައިވާ ސަރުކާރުތަކުން ބާރު ދީގެން، މައުސޫމު ރައްޔިތުންގެ ފުރާނަތައް ގެއްލުވާލަމުންދާ ބޭއިންސާފުގެ ސިލްސިލާ ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވެސް ބިލާދު އަލް ޝާމް އިން ނެރުނު ބަޔާނުގައިވެއެވެ.
ބިލާދް އަލް ޝާމުން ބުނީ، އެކި ފަންތީގެ މީހުންގެ މެދުގައި ތަފާތުކުރުން ގެންގުޅެ ފައިސާވެރިންނަށް އަވަހަށް އިންސާފު ލިބޭ ސިޔާސަތުތައް ގެންގުޅޭ ދައުލަތްތައް އަވަހަށް ރިފޯމްކުރަން ޖެހޭނެ ކަމަށެވެ.
އިމިގްރޭޝަނާ، ކަރެކްޝަނަލް ސަރވިސްގެ އިތުރުން ފުލުހުން ގުޅިގެން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ޔާސިރު ފުރުވާލުމަށް އެކިފަހަރު މަތިން ކުރި މަސައްކަތް ނާކާމިޔާބުވީ އޭނާ ފުރައިގެން ދިއުމަށް އިންކާރުކޮށް، ފުރުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓް ހެއްދުމަށް އެއްބާރުލުން ނުދިނުމުންކަމަށެވެ.
ޔާސިރު ޔަހްޔާއަކީ، އަލްގައިދާ ޖަމައާތާއި ގުޅުން އޮންނަ އެ ޖަމާއަތުގައި އިސް ދައުރެއް އަދާކުރާ އެ ޖަމާއަތުން ހިންގާ މަތީ ފެންވަރުގެ ޓެރަރިސްޓް ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެއްކަމަށް ފުލުހުން ވަނީ ވިދާވެފައެވެ.
ނަމަވެސް ޔާސިރު ޔަހްޔާގެ އާއިލާ އިން ވަނީ އެހުރިހާ ތުހުމަތެއް ދޮގުކޮށްފައެވެ. އާއިލާ އިން ބުނެފައި ވަނީ ޔާސިރަކީ އެއްވެސް ޓެރަރިސްޓް ޖަމާޢަތަކާއި ގުޅުން އޮތް މީހެއް ނޫން ކަމަށެވެ.
އައިޖީއެމްއެޗުގައި ސީރިއަސް ހާލަތުގައި ފަރުވާދެމުންދިޔަ ޔާސިރު ޔަހުޔާ ނިޔާވީ މިދިޔަ އާދިއްތަ ދުވަހުއެވެ. އޭނާގެ ހާލު ސީރިއަސްވެ ފަރުވާދޭން ޖެހުނީ ބަންޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަން ފެށުމުންނެވެ.
ބިލާދޭ މީހުން ނެރޭ ބަޔާން މި ނޫހައް ލިބުނީ ކިހިނެއްބާ؟
ފިޔަވަޅުތަށް ވަރުގަދަ ކުރުމަށް ގޮވާލަން...އެހެންނޫނީ ގައުމު ދިޔައީ އިންޑިޔާ ބޭނުންވާ ހުރިހާ ކަމެއް ވެއްޖެ
ކޮބާތޯ އިންޒާރެއްދީފަ؟ ހަގީގަތެއްނޫންތޯ ބުނެފައި އެވަނީ؟
ރާއްޖޭގައި މަރުވާ އެހެން މީހުންގެ ދިފާޢުގައި މިފަދަ ޖަމާޢަތްތަކުން ބަޔާން ނުނެރޭ. މީނަގެ މަރާގުޅިގެން ބަޔާނެއް ނެރެންޖެހޭ ސަބަބެއް އޮންނާނެ. މީވަރަށް ވާހަކަ. އާޢިލާއާއި ވަކީލުންނަށް އެއްޗެއް ވިސްނޭނެކަމަށް ހީކުރަން.
100 ޔަޤީންވެއްޖެ ނޫންތޯ ޓެރެރިސްޓުމްނާ ގުޅުން އޮތްކަން.. ރައީސް ޔާމީނު މީހަކު ހައްޔަރެއް ނުކުރާނެ ހަމަ ހުރެފައެއް
ޑިމޮކްރަސީ އަކަށް ނުފެންނާނެ ޑްރަގްޕާރޓޭންނެއް
ވަގުތު ނޫހުން އައިއެސްއައިއެސްގެ ހަނގުރާމަވެރިން ޕްރޮމޯޓު ކުރާތީ ހިތާމަ ކުރަން.
ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރުމަކީ ކޮން ދީނެއްގަ ބުނެފަ އޮންނަ ކަމެއް؟ އަމިއްލަ ނަފްސަށް ގެއްލުން ދިނުން އެއީ ޓެރިރިސްޓުން ކޮން އުޅޭ ކަމެއް ޖިހާދުގެ ނަމުގަ
ކޮން ބިލާދެއްތަ މީދެން ކާކުތަ މަމެންގަ ޤައުމަށް ގޮތް ކިޔަން؟
ކޮބާ ޔޯ އެބުނާ އިންޒާރަކީ؟
އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ ހަރާމް ކަމަކަށް ވާއިރު ގަސްދުގައި ނުކައި ހުރެ ބަނޑުހައި ހޫނުކަމުގެ ހަޅުތާުލު ކުރުމަކީ ހަރާމް ކަމަކަށް ނުވާނެ ތޯއެވެ؟ އަދި ގަސްތުގައި ނުކައި ހުރެ ހާލުދެރަވެގެން މަރުވުމަކީ އަމިއްލަޔަށް މަރުވުން ކަމުގައި ނުވާނެ ތޯއެވެ؟ ނޭންގޭތީ ހަމަ އަހާލީ...
ގަސްތުގައި ނުކައި ހުރިކަންް އެނގޭތަ؟ މީޑިޔާގަ އޮތީތީ ފެނުނީ. ކިހިނެއް އެނގެނީ އެއީ ހަގީގަތްކަމެއް.
ޔާސިރުގެ ކޮން އާއިލާ ޔަކުންތަ ބަޔާން ނެރެނީ؟!
ކޮބާ ކުއްލިއަކަށް ކޮމެންޓުކުރާ ކުދިން ރާގު ބަދަލުވީ؟؟
ތީ އިންޒާރެއް ނޫން ދޯ.
ބިލާދޭ މީހުން ފޮނުވީ "އެލެކްސް ދަ ކަނޑުކޮސް" އަށް، އެކަލޭގެ އެބަޔާން ކިހިއްޔަށްޖަހައިގެން ގޮސް ވަގުތައް ދިނީ.. މަވެސް އެތާހުރިން ދިން އިރު..
އަހާބަލަ އެލެކްސް ދަ ކަނޑުކޮސް ކައިރީގައި، އެކަލޭގެ ނުބުނާނެ ދުވަހަކުވެސް ތެދެއް!
ތީ ހާދަ ފޭކު ޚަބަރެއްހެން ހީވެޔޭ..
އެލެކްސް ކިޔާ ކަނޑުކޮހެއް އުޅޭނެ. އޭނައަށް އެންމެ ރަނގަޅަށް އެކަން އެނގޭނީ...