ނައިބު ރައީސް ފައިސަލް ނަސީމް، ޒިޔާރަތް ކުރައްވައި ވަޑައިގެން ކުނިން ހަކަތަ އުފެއްދުމަށް މާލެ ސަރަޙައްދުގައި ކުރިޔަށްގެންދާ މަޝްރޫއު އިއްޔެ ބައްލަވާލައްވައިފިއެވެ.
ނައިބު ރައީސްގެ މި ޒިޔާރަތުގައި އެންވަޔަރަމަންޓް މިނިސްޓްރީން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި މާލެ ސަރަޙައްދުގައި ކުރިއަށް ގެންދާ ގްރޭޓަ މާލޭ ވޭސްޓް-ޓު-އެނަރޖީ ޕްރޮޖެކްޓް ހިނގާ ސަރަޙައްދަށް ވަޑައިގެން، މި މަޝްރޫޢުގައި އަމަލީގޮތުން ހަރަކާތްތެރިވާ ޓީމާ ބައްދަލުކުރެއްވިއެވެ.
އެމަނިކުފާނު ވަނީ ކުނިން ހަކަތަ އުފެއްދުމަށް ކުރިއަށްގެންދާ މި މަޝްރޫއިގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން މައުލޫމާތު އޮޅުން ފިލުއްވައިފައެވެ.
ނައިބު ރައީސް ވަނީ ގްރޭޓަ މާލޭ ރީޖަންގެ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ކުރިޔަށްދާ ސަރަޙައްދަށް ވަޑައިގެން ކުނި މެނޭޖްކުރުމުގައި ހަރަކާތްތެރިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އިސް އޮފިޝަލުންނާވެސް ބައްދަލު ކުރައްވައިފައެވެ.
އަދި މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް ވެމްކޯއަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުންނާއި އެކުންފުނިން މި ޚިދުމަތް ފުޅާކުރުމަށް ކުރަން ރާވާފައިވާ މަސައްކަތްތަކާ ބެހޭގޮތުން ވެސް އެމަނިކުފާނު މައުލޫމާތު އޮޅުންފިލުއްވިއެވެ.
ނައިބު ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި، އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އަދި ކަމާ ގުޅުންހުރި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކުރީ ސަރުކާރުން 2017 ގައި ފެށި މަސްރޫއު އެއް ބާރަށް ދަނިކޮށް މިސަރުކާރު އައި ފަހުން މަޑުޖެހި ހުއްޓުނީ މިނިސްޓަރ ހުސައިން ރަޝީދު ވަރަށް ސޮލޯ މިނިސްޓަ ތޯރިގު ވަރަށް ގިނަ މަސްރޫއު ހިންގެވި މިސަރުކާޜު ސޮލޯ ކަމުން މި ފަސް އަހަރު ނިމޭނެ ކަމެއް ވެސް ނޭނގެ
ކުނިން ހަ ކަތަ އުފެއްދޭތޯ ބަލާ، ރައްޔިތުން ހަނާވިޔަސް އޯ ކޭ
ނައިބް ތިއޮތީ މުސާރަ ހަލާލުވެފައި ، ސަހަރާތައްވެސް ބަލާލަން ދިޔަނަމަ
ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއު ސްޓެލްކޯ ދަށަށް ބަދަލުކޮށް ، ކަރަންޓް އަގު ހެޔޮކުރޭ
ރައްޔިތުން ބަނޑަށްޖެހި މަރުވިޔަސް މިމީހުން މިކަހަލަ ދަނޑިވަޅުގަ މިސަކަރާތްގަނޑު ޖޭހޭތޯ ބަލާނީ