ލޮނުޒިޔާރާތްކޮޅުގައި ތަރައްގީކުރާ ޕާކު ނުހުޅުވައި ލަސް ކުރާތީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި "ލޮނުޒިޔާރަތް ބަގީޗާ" ގެ ނަމުން ނަން ދީފައިވާ ޕާކު، އޭނާ ސިފަ ކުރެއްވީ "ކޮރަޕްޝަން ޕާކް" ގެ ގޮތުގައެވެ. މުއިއްޒު ވިދާޅުވީ ޕާކް ހުޅުވަން އެންމެ ފަހުން ދިން ތާރީހު ވެސް ފަހަނަ އަޅައި ގޮސްފައިވާ ކަމަށެވެ.

"އޮފީސް ބަންދު ދުވަސްތައް ކަނޑާފައި މުއްދަތު ގުނަނީތޯ؟" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އާޓިފިޝަލް ބީޗު ހުޅުވަން ވެސް މީގެކުރިން ތާރީހުތަކެއް ދިން ކަމަށެވެ. އެކަމަކު، މިހާރު އެ ވާހަކަ ނުވެސް ދައްކާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ބަލާލި ކޮންމެ ދިމާލަކުން މި ނޫން މަންޒަރެއް ރައްޔިތުންނަށް ނުފެނޭ،" މުއިއްޒު ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން ދިޔައިރު ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އެ ސަރަހައްދު ތަރައްގީ ކުރަން ފަށާފައި ވަނީ މިދިޔަ އަހަރުއެވެ. ފެހި ގަސްތަކުން ޒީނަތްތެރި ކޮށްފައިވާ އެ ޕާކުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފައެވެ.

"ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދު ކުރިން ވިދާޅުވީ ޕާކު ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެކަމަކު، ޕާކް ހުޅުވާނެ ސީދާ ވަކި ތާރީހެއް ދަންނަވަން ބޭނުން ނުވާ ކަމަށް ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ އެ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި ރައްޔިތުންނަށް އެތަން ހުޅުވާލާއިރު އެތަނުގެ ގަސްތައް ބެލެހެއްޓުމާއި އެކަންކަން އެކަށީގެންވާ ރަނގަޅު އުސޫލެއްގެ ތެރެއިން ކުރެވޭނެ ގޮތް ހެދުމަށްފަހު ނޫނީ އެތަން ހުޅުވާލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޙނ

    މުއިއްޒު ސިޔާސީ ކަންކަމާ ދުރަށް ދޭ

    8
    6
  2. ސިޓި ކައުންސިލް

    ތިޔަ ޕާކު ހަދަން ފެށީ 2019 ފެބްރުއަރީ 3 ގައި ދަންނަވަންތޯ ތިޔަ ތަން ހުޅުވަން 10 ފަހަރަށް ތާރީޚް ދީފި މިދިޔަ އަހަރު 5 ފަހަރު މިއަހަރު 5 ފަހަަރު ފުރަތަމަ ބަޖެޓްވެސް ކުރިތަނެއްނޫން ތީ ކެރަފާ ނަސީމު ކަމެއް ނެތި ރައީސް އޮފީހުގައިއުޅޭތީ އޭނާ ހިތް ރުއްސަން ރައީސް ސޯލި ކުރެއްވި ކަމެއް ރައީސް އޮފީސް ބަޖެޓުން 16 މިލިއަން ރުފިޔާ ސިޓީ ކައުންސިލަށްދިން އޭގެން ވެސް ނުފުދިގެން މިހާރު އިތުރަށް 6 މިލިއަން ހަރަދު ކޮށްފި
    ކަރަޕްޝަން އިންތިހާ އަށް މިކަން ސިފާއަށް ވެސް އަދި އެތާ މުވައްޒަފުންނަށް ވެސް އިނގޭ އެންޓިކަރަޕް ޝަން އިން މައްސަލަ ބަލަން އުޅެން ފެށުމުން އެތަނަށް ބަވާ ތިރި ކޮށްފި މިކަން ބިލޭނެ ދުވަސް އަދި އަންނާނެ އަމިއްލަ އުފަން ދުވަސް އެތާ ފާހަގަ ކުރި އިރު ކޮބައިތަ ޓްރާންސް ޕޭރަންސީ މޯލްޑިވްސް މަދަނީ ޖަމުއިއްޔާތައް ނިދާ މަރުވެފައި

    11
    1
  3. ކ

    22 މިލިއަން ކަރަޕްޝަން ޕާކު ތިޔައީ ސަލްޓަން ޕާކުގައި ހުރި ބޮޑު ހިލަތައް ތިޔަ ތަނަށް ގެންގޮސް އެއަށް ވެސް ބިލް ކުރި ސަންފްރަންޓް އިން ހުރިހާ ލައިޓެއް ހިލޭ ދިނުމުން އެއަށް ވެސް ބިލްކޮށް ފައިސާ ނަގައިފި ހަމަ ކެރަފާ ނަސީމު.... އެކަމު މިވަރު މީހަކަށް މިއުޅޭނީ ޓޫރިޒަމް މިނިސްޓރަ ކަން ނުދިވެގެން އެމްޑިޕީ އެކްޓިވިސްޓުން... ރުއްތައް ސިލޯނުން ގިނައީ ކަޓް ލިބޭ ގޮތަށް ގަހުކާނާ ވެސް ހިތުހުރިވަރަކަށް ވާރޭ ވެހި ހުއްޓާލުމުން ވެސް އަބަދު ފެންޖަހަނީ މުޅި ރޭގަނޑު ޕާކު ދިއްލާ އަޅާފައި ޚަރަދު ކުޑަ ކުރެވޭނީ މިވަރަށް

    9
    1
  4. ކާފަބޭ2020

    ދަރިފުޅާމުއިއްޒޫ ތިޔަޕާކަށް ދުވާލަކު ކިތައްޓަނުފެންޚަރަދުވޭތޯބަލާ އެއަށްފައިސާ ފެން ކުންފުންޏަށްލިބޭތޯބަލާބަލަ! އަހަރުމެންގެ ފެންބިލުގެސައިޒު ކުޑަ ދައްކަންޖެހޭއަދަދުވާނުވާގަ އެތަނަށް އެއަޅާފެންވެސް ވާނުވާގަ ސިވިލްމީހުންވެސްވާނުވާގަ ހުރިހާތަނެއްވާނުވާގަވީމަދެން މުޅިޤައުމުވެސްވާނުވާގަބާ؟؟؟؟؟

  5. Anonymous

    ހުޅުވީމަ އަނެއްކާ އެތަނަށް ބައިހަދާފަ އެއްވާން ދާންވީދޯ.... ތިހިރަ ވިސްނުމެއްދޯ

    6
    7
  6. ވިނާން

    ފަހުގެ ތާރީޚުގައި ދުނިޔެ ދެކޭނެ އިޤްތިސާދީ އަދި ސިއްޙީ ކާރިސާއެއްގައި ގައުމު އެކަތި ގަނޑެއް ގޮތުގައި ފެންނަންޖެހޭ ވަގުތު ބަޔަކު ނިކުތީ މުޒާހިރާއަށް. ސުނާމީ އެރީމަ އޭރުގެ އިދިކޮޅުން ރައީސް މައުމޫނާއި ގުޅިގެން އެންމެން އެކުގައި ކުރިފަދަ މަސައްކަތެއް ކުރާކަށް ނޭނގުން. ދިވެހިން ވިސްނަން ވެއްޖެ ސިޔާސީ މީހުންބުނާ ބަސްތަކުގެ ބޭރުން ކަންކަން ވަމުންދާގޮތަށް

    5
    8
  7. އަލްޖިބްރާ

    މިއީ ދެން މިހާރު މިޤައުމަށް ޖެހިފައި ވާ ބޮޑު މުސީބާތެއްކަހަލަ މީހެއް ! ކަލެއަށް ކީއްތަ ކޮންމެ ދުވަހަކުން ތަން ހުޅުވިއަސް ! ކަލޭ ކިތައްފަހަރަށް ކަލޭގެ ފަތާފެންގަޑު ހެދިންތަ ؟ ކިތަށްފަހަރަށް ދުވަން ހެދި ތަން ރަބަރު އަޅަން ބަންދު ކުރިންތަ ؟ އިސްލާމީ މަރުކަޒު ކުރިމަތީ ކިތައްފަހަރަށް މުށިޖެހިންތަ ! މާލޭގަ ވާރެވެހިގެން ބޮޑުވާ ފެންގަޑު ކިތައްފަހަރަށް ހިންދިންތަ ؟ މިހާރު ތިބިމީހުން ކުރާނެ ގޮތަކަށް ކުރާނީ ! އެއީ ކަލެއާ ބެހޭކަމެއްނޫން ! ތީ ބޮޑު ބަލާވެރި ކަމަކަށް މިހާރުވެއްޖެ ! ކިތަންމެ ވަރަކަށް އަގަފުޅާކުރިއަސް ސިޓީ ކައުންސިލަކަށް ކަލޭ ނުހޮވޭނެ !

    5
    11
  8. ކަލޭ ނުހޮވޭނެ!

    މީ ހާދަ ނުބައި ފިޠުނަވެރި މީހެކޭ! މިދުވަސްވަރު އަމްދުން މުޅިން އަލަށް ރީތި މާބަގީޗާއެއް ހުޅުވައިފި ނަމަ، އެތަންފުރާ މީހުން ވަންނާނެކަން ނޭނގެނީ ހެއްޔެވެ؟ ބަންގާޅީ ބޭފުޅުން ވެސް ތަނެއްދޮރެއް ނުބަލައި ތޮއްޖެހޭނެއެވެ.

    4
    6
  9. އުވާލާ

    އެމްޑީޕީ އުވާލައިގެން ނޫނީ ދެންމިދިވެ ހިރާއްޖެއަށް ދުވަ
    ހަކުވެސް ހަމަޖެ ހުމެއްނުލިބޭނެ އިިންސާފު ބޭނުމިއްޔާ އެމްޑީޕީ އުވާލަން ޖެ ހޭނީ!

  10. Anonymous

    ތިތަން ހުޅުވުން ލަސްވެގެން އެ އުޅޭ ސަބަބަކީ ތިޔަ ތަން ހުޅުވާފިނަމަ ބަޔަކަށް ލިބެމުންއައި އެތައް ބައިވަރު ފައިސާއެއް ލިބުން ހުއްޓިދާނެތީ! މި ލާދީނީ ވަގު ސަރުކާރުން އެތައްމިލިޔަނެއް ހަރަދުކޮށްގެން މި ފަސް އަހަރު ހިންގާ އެންމެބޮޑު މަޝްރޫއުތީ!!