މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަން ނުވެގެން ކަންބޮޑުވާ މީހުންނަށް ވުރެ ގިނައީ އިންސާފު ނުލިބިގެން ކަންބޮޑުވާ މީހުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް "އަވަސް" ގެ "ފަށަމާ" ޕްރޮގްރާމްގައި މާރިޔާ ވަނީ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި، މުޒާހަރާ ކުރަން ނުކުންނަ މަދު ބަޔަކު ފުލުހުން ގަޔަށް ހައްޕުނޑު ޖެހުން ކަހަލަ ކަންކަން ކުރިއަސް، ޔާމީނަށް ކުރި ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ ނުދައްކައިގެން ކަންބޮޑުވާ މީހުން މާ ގިނަ ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީން މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން އެމަނިކުފާނު ހުންނަވަނީ މާފުށީ ޖަލުގައެވެ.

"ފަންސާހަކަށް، ތިރީހަކަށް މީހަކު ނުކުމެ ރަށް މެދުގައި ތިބެގެން ރައީސް ޔާމީންގެ ޝަރީއަތޭ ބުނާ މީހުން މިއަދުވެސް ރައީސް ޔާމީނަށް ހުކުން ކުރަން ނުވަތަ ހުކުމް ކުރެވޭނެއޭ ބުނެފިއްޔާ ރަށް މެދަށް އެއްވާ މީހުން ފެނިވަޑައިގަންނަވާނެއޭ އަޅުގަނޑު ދަންނަވާނީ، ކިހާ މީހުންނެއްކަން ނުކުންނަނީ އިންސާފު ނުލިބޭ ކަމަށް ބުނެ." މާރިޔާ ވިދާޅުވިއެވެ.

އާއްމު މީހުން މިއަދު ވެސް އިންސާފު ނުލިބިގެން އެކަމާ ސުވާލު ކުރާ ކަަމަށާއި މިހާރު ވެސް ކަންކަން ގޯސްކޮށް ހިނގާ އެއް ސަބަބަކީ މިދިޔަ ސަރުކާރުގެ ކޮރަޕްޝަނާއި ޚިޔާނާތް ކަމަށް މާރިިޔާ ވިދާޅުވިއެވެ.

އަދި ރައީސް ޔާމީންގެ ސަރުކާރުގައި ވެފައިވާ ޚިޔާނާތަށް އިންސާފު ނުލިބޭ ކަމާއި އާއްމު މީހުންނަށް ރަނގަޅު ގޮތެއް ނުވާ ސަބަބަކީ އެއީކަން ގަބޫލު ކުރާ މީހުން މިހާރު ވެސް ނިސްބަތުން ގިނަ ވާނެ ކަަމަށް މާރިޔާ ވަނީ ފާހަގަ ކުރައްވައިފައެވެ.

މާރިޔާ ވިދާޅުވީ ޔާމީން، ދައުލަތަށް ފަސް މިލިއަން ޑޮލަރު ދެއްކެވުމަށް ކުރި ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކާފައި ނުވާތީ ކަންބޮޑުވާ އެތައް ބަޔަކު ތިބި ކަމަށެވެ.

އެފަދަ މީހުން ރައީސް ޔާމީންގެ އަތްޕުޅުގައި ފަސް މިލިއަން ޑޮލަރަށް ވުރެ މާ ގިނަ ފައިސާ ހުންނާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރު ދެއްކުމަށް ކްރިމިނަލް ކޯޓުން ދިން މުއްދަތު މި އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހަށް ހަމަވެފައިވާތީ ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފައެވެ.

އެގޮތުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ކަންކަން ނިމުނުހާ އަވަހަކަށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ.

ރައީސް ޔާމީންގެ ފަރާތުން ވަނީ އެ ފަސް މިލިއަން ޑޮލަރު ދެއްކުން ފަސްކޮށް ދިނުމަށް އެދި ހައިކޯޓަށް ވެސް ހުށަހަޅައިފައެވެ. ނަމަވެސް ހައި ކޯޓުން ނިންމާފައިވަނީ އެކަން ފަސްކުރުމުގެ އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށެވެ.

ނަމަވެސް މުޅި މައްސަލައިގެ އިސްތިއުނާފީ ޝަރީއަތް ހައިކޯޓުގައި ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. މުމްތާޒް

    ޤާނޫން އަސާސީ މަތިން ފައިބާކަށް ނުވޭތަ ކަމަނާ

    103
  2. ނަނަނަ ނަޝީދު

    ކަލޭ އަނގަޔޭ ކިޔާބަލަ މަރިޔާ. ތިއުޅެނީ ބިރުންދޯ. މުޅިގަމުގެ ދުލުން ގޮވަނީ ކެހިވެރި ވަގުންތައް ބޭރުކޮށް ރައީސް ޔާމީނާ ވެރިކަން ޙަވާލުކޮށް ދިނުމަށް.

    117
  3. ގަންޖާބޯ

    ލަދުން ބޯހަލާކު މިހާރު އަމަލު ކުރަމުންދާ ޤާނޫނު އަސާސީ އަށް ފައިން އަރާ ޤައުމުގެ އެންމެ މުހިއްމު ވުޒާރާ އާއި ހަވާލުވެ ހުންނާކަށް ލަދެއް ނުގަނޭތަ މިސަރުކާރަކު މީހަކަށް ލިބޭނެ އިންސާފެއް ނެތް ރައީސް ޔާމީނަށްވެސް ކުރީ ސިޔާސީ ދައުވާއެއް އެކަން ވެސް ވަރަށް ސާފްވެއްޖެ މާރިޔާ އިސްތިއުފާ އިސްތިއުފާ

    103
  4. ޢަލިބެ

    ގައިމު މިސަރުކާރުގަ އިންސާފު ނުކިބިގެން ތެޅެން ނުޖެހޭނެޔޭ ބުނި. ޢެކަމް މާރިޔާ މި ބުނަނީ އިންސާފް ނުލިބިގެން ރައްޔިތުން އެޅޭ ވާހަކަ. ދެބޯގެރި ސަރުކާރު

    99
    1
  5. ސަާ

    ތީހަމަ މުނާފިގުން އިހައް ބުރުގާ އަލާގެން މީހުންކުރިމައްޗައްނިކުމެބަލަ

    80
  6. ފފފފ

    އަދަދުތަ މުހިންމުވަނީ؟ ތިބަހުރުވައިންވެސް އެނގޭ ކަލޭމެން ދަންނައެއްޗެއްނޫންކަން އަދުލު އިންސާފަކީ. ކަލޭމެނަކީ ނުބައި ބައެއް. އަނިޔާވެރިބައެއް. ޖާހިލު ނުލަފާ ބައެއް. ކަލޭމެންގެ ހަލާކު ދާދި ކައިރީގައި ލައްވާށި. އާމީން.

    79
  7. ކީކޭ ބުނާނީ

    ހުރިހާ ރައްޔިތުން (މިހާރުގެ މަޖިލިސް މެމްބަރުންވެސް) ހިމެނޭހެން މިހާރު ކުރަންވީކަމަކީ އެއްވެސް ވެރިޔަކަށް ވަގަށް ފައިސާނުނެގޭ ނުތަ ނެގިޔަސް އެއްއަހަރުތެރޭ އެކަން ފާހަގަކޮށް ވެރިން ޖަވާބުދާރީ ކުރުވޭ ވަރުގެ ގާނޫނެއް ހަދައި އެއިގެ ދަށުން ވެރިމީހަވެސް ވަގުތުން ވެރިކަމުން ދުރުކުރެވޭ ފެންވަރުގެ ގާނޫނުތަކެއް ހަދަންވީ.

    ދެވަނަކަމަކަށް ޔާމީން ވެރިކަމަށް ގެނެސް ބޮޑު މުސާރައެއް ދީފައި މިގައުމު ހިންގަން ހަވާލު ކުރަންވީ.

    70
  8. ޖީމް

    ދީނަށް ފުރައްސާރަކުރާ / ކުރި މީހުނަށް ފިޔަވަޅު އަޅައި ހުކުމް ތަންފީޒް ކޮށްބަލަ އެެއީ އެންމެ ގިނަ ދިވެހިންގެ އެދުމަކީ އެ ކަމަށް އިންސާފެއް ނޯންނާނެ ތި އިންޑިއާ ގެ ގޮނޑިކޮށްކޮ ބައިގަނޑު އަތަކުއެއް ޤާނޫނު އަސާސީއަށް ހުރުމަތް ތެރިކޮށް ނުހިތާ އޭގަ ﷲތަޢަލާގެ މާތް އިސްމްފުޅު ލިޔެފައިވަނިކޮށް އެއަށް ކޮޅުފައިން އަރާފަ ހުރި ލާދީނީ ބޭއަދަބީ މީހެއްތީ

    69
  9. Anonymous

    ރައީސް ޔާމީނަށް ވަރަށް ގޮއްވީ ރައްޔިތުން ލައްވާ. ވައްކަން ނުކުރާކަން ހާމަވެގެންދިޔައީ ރައްޔިތުންގެ ކުރިމަތީގައި. ޖަލަށްލީ އެމަނިކުފާނުގެ އެކައުންޓަށް އަދީބުގެ ޅިޔަނު މޮހޯގެ ކުންފުނިން ލީ 2 ޗެކްގެ މައްސަލައިގައި. އެ 2 ޗެކްގެ ފައިސާވެސް އެމަނިކުފާނު ހުރީ ދައުލަތުގެ ބެލުމުގެ ދަށަށް ދެއްވާފައި. މިހިރީ ތެދުވެރިކަން. އެކަމަކުވެސް ޖަލަށްލާންޖެހުނީ އިދިކޮޅު ލީޑަރަށްވެފައި މިނުބައިވެރިކަމުގައި ގައުމުގެ ދުވަސްދުއްވާލާއިރު މަޑުން ނުހުންނާނެނީ. ގައުމުގެ މިނިވަންކަން އިންޑިޔާގެ ބޮޑު ގެރިއަށް ދީފި. އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންގެ ހިމާޔަތުގައި އޮތްސަރުކާރެއް. ދިވެހިން މިތިބީ ރީތި ބޮނޑިއެއް ބޮއެއްގެން. ހޭއަރާއިރު ތިބޭނީ ބަރަހަނާވެފައި. ނިވާވެލަން ވަންނަންޖެހޭނީ ގެރިއެއްގެ ބިއްދޮށަށް ތޯއްޗެ.

    76
  10. ކަހުރަބު

    ފަންސާހަކަށް ތިރީހަކަށް މީހުން އެވެސް ކުޑަކުދިންނާއި އެކި އުމުރުފުރާގެ މީހުން ހިމެނިގެން ނުކުންނަނީ ޣާޒާގަ އިޒްރޭލާއިދެކޮޅަށް އަތުޖެހުނު އެއްޗެއް ހިފައިގެން ދައިތަ އެމީހުނަށްވެސް ތި ކުރަނީ މަލާމާތް ސޮބު ބޮންދުއަންނި ފަހަތަށް އަރާނީވެސް ހަމަ އެވ

    52
  11. Anonymous

    1289 ވަނަ އަހަރު އިނގިރޭސި ގާނޫނީ ސިސްޓަމް ތަރައްގީވެރިން އައުމަށް ދިމާވި ކަމަކީ އެޒަމާނުގައި މައްސަލައެއް ކާމިޔާބުވަނީ ދެ ހަސްމުންކުރެ އެންމެ ގިނަ މީހުން އެމީހެއްގެ ފަރާތުން ކޯޓަށް ގެންދެވޭ މީހަކަށް. މިކަމުގެ ސަބަބުން އިންސާފު ގެއްލި ނިކަމެތިން ނިކަމެތިވެ މުއްސަނދި މަޖުހަނުންނާއި އާއިލާ ބޮޑެތިމީހުން ނިކަމެތިންގެ މުދާ ފޭރެން ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ކޯޓުތައް ބޭނުންކުރަންފެށި. މިކަން ބޮޑުވެގެން އިނގިރޭސި ގާނޫނީ ނިޒާމް ބަދަލުވެގެންދިޔައީ. ކޮރަޕްޝަނާ ފަސާދަ ހުއްޓުވަން މީހުންގެ އަދަދުނުބަލާ ހެތްކާ ގަރީނާއަށް ހުކުމްތައް ކުރަންފެށީ.
    މާރިޔާ އިނގިރޭސި ވިލާތުގައި އެނބުރިފަ އައިސްވެސް މި ރާއްޖޭގައި ހިންގަން މިގަސްދުކުރަނީ 13 ވަނަ ގަރުނުގައި ގެންގުޅުނު އަނިޔާވެރި އުސޫލު. ގިނަމީހުން އެއްކުރީމަ އިންސާފުލިބޭ އުސޫލު. ދިވެހި ރައްޔިތުންގެ ތެރެއިން ކިޔަވައިގެން ތިބި މީހުން ނިކަން ކަންކަން ބަލާ އިންސާފަކީ ކޮބައިކަން ދަސްކޮށް މިވެރިން ފައްސާ ނަގާލަބަލަ.

    40
  12. ސަމީ

    ހިތުން ވަރަށް މޮޅު ވާ ހަކައެއްދޯ ތި ބުނީ. ބަލަ އިންސާފު ހޯދާދޭނަމޭ ކިޔައިގެން ދޮގާ މަކަރާ އޮޅުވާލުމުގެ ތެރެއިން ތިތިބީ ވެރިކަން ކުރަން ވީ ކަމަެއް ހަރާމް ހުރިހ ހާ ބާރެއް ލިބުނީމަ ވެސް. ރ ޔާމީނު ޖަލަށް ލީވެސް ނުޙައްޤުން

    54
  13. ގުއިދައިތަ

    އޯކޭ. ޔާމީން މިނިވަން ނުވިޔަސް މައްސަލައެއް ނެތް. ޢެކަމަކު ގިނަމީހުން ބޭނުންވާ ކަމަށް ތިބުނާ އިންސާފު ލިބިއްޖެބާ؟ ހޯދާ ދެވިއްޖެބާ؟ ކަންކަން ދަނީ އިންސާފުންބާ؟ އިންސާފޭ ކިޔާ އަނގަތެޅިދާނެ މާރިޔަލާ. މިވެރިކަން އައިފަހަުންވެސް ރައްޔިތުންގެ ކަރުބުޑަކުން ނާއިންސާފުގެ ހިތިރަހަ ނުފިލާ. ހިތިރަހަވީ ގަދަ..

    61
    1
  14. ސމީ

    ދުނިޔޭގައި މީ ހުން ވެރިކަން ކުރާ ގޮތަށް ކުރާ ބއެއް ނޫން މީ ކަމެއް ކުރަން ނޭނއގުނީމަ ކުރީ ސަރުކާރޭ ކިޔަ ކިޔާ ތިބެނީ. ބަލަ ރައްޔޮތުން ނަށް އޮޅުވާ ލައިގެން ވެރިކަމަށް އައީ ތިހރެން ކިޔަންތަ

    47
  15. ބޯޖަލީލު

    ގާނޫނު އަސާސީޔަށް ފައިންއެރީތީވެ ކަންބޮޑުވާ މީހުންވެސް މަދެއްނޫން ދައިތާ

    59
    • އަހަރެން

      އެހެންވެ އެންމެން ނައް އިންސާފު ދޯ އެ ލިބެނީ

  16. ކޮވިޑް

    ބަލަ ރައީސް ޔާމީން މައްސަލައަކީވެސް އިންސާފުނުލިބި ހިނގާދިޔަ ސަރިއަތެއްކަން ނޭގޭ ގަމާރެއްތަތީ! ކަލޭމެން ވެރިކަމަށް އައިސް މިވީ ދޮޅު އަހަރުތެރޭ ކޭވަރު ވޭތުވެދިޔަ ތިރީސްއަހަރަށްވުރެ ގިނަ . އެހެންވީމާ ކޮރަޕްޝަނޭ ނުވީދިބަލަ ގޮތްކުޑަ.ޕޮލިހުންގަޔަށް ހަތްޕުނޑުޖެހީވެސް ތިމީހުންގެ ރޭވުމުގެ ދަށުން. އެމީހުންނަށް ބާޤީއަށް ގޮވާ އެތަް އުދަގުލެއް ކުރިހަނދާން އަދި ނުނެތެ! އަދި ތިގޮލާ ދޯ ޤާނޫނަށް ފައިންއެރީވެސް!

    46
  17. ނަައީމް

    މުޅިސަރުކާރު މާރިޔާއަށްލިބިއްޖޭ ހެޔޮވެރިކަމެއްގެ އިދިކޮޅު ހިތިނިމުމަކުން ނިމޭނެ އޮޅުވާލުމާއި މަކަރުހަދައިގެން ރައްޔިތުންނަށް ތިކިރާޖެއްސުމުގެ ރަހަ ކަރުބުޑުގަ ލާދުވަސްއަންނާނެ ޔާމިންގެ ކުށެއްނެތްކަން މިހާރު މުޅި ރައްޔިތުން ގަބޫލުކޫރޭ އަދި ވެރިކަމާހަވާލްވެ ރައްޔިތުންގެ އުންމީދުތައް ރައްޔިތުންނަށްހާސިލްކޮށް ދެއްވާނެ

    41
    1
  18. ޙަމަ

    ބަރާބަރު

    19
  19. އައްޔު

    ހައްހައް އިންސާފޭ ބުނުމުންވީ ކޮޑުހުޅުންނެއްޓެންދެން އަތްޖަހަންތޯ؟ ރައީސް ޔާމީން މިނިވަންކުރަން މީހުން މަގުމައްޗަށް ނުނިކުތުމަކީ ރައްޔިތުން އެކަން ބޭނުންވެގެން ނޫޅޭކޭނޫން ކަމަނާތީ ސިފައިންނަށް ފިނދަނަތަކެކޭ ކިޔާގޮވާފަ މިއަދު އެފިނދަނަތަކުގެ ވެރިޔަކަށް މާތްﷲ ގެ ކުޅަދުންވަންތަކަމާއެވެ. ރައީސް ޔާމީނަށް ބޭއިންސާފުން ޖަލަށްލާ އަނިޔާކުރެވިދާނެ އެކަމަކު އެމަނިކުފާނު ގެނައި ތަރައްޤީގެ ބިޔަ ބޮޑެތި މަޝްރޫއުތަށް ހަދާނަކުން ނުފިލާނެ ޝުކުރިއްޔާ ފިނދަނަތަކަށް ބޯހިޔާވަހިކަން ފުރަތަމަ ހަމަޖައްސައިދީ

    37
  20. އިބުރާހިމް

    ކަލެއަކީ ގައުމައްހިނާއްތެރިވި ބޮޑުބާޣީ އަމިއްލަޔައްތިޔައިއުތިރފުވީ ސަރުކާރުއޮތީފެއިލްވެފަ މިސަރުކާރަކީ ކުރާނަނަ ކާނަން ސަރުކާރުބަދަލުވާއިރައް ހުރިހާބާގީތައްހިފާހައްޔަރުކުރަންޖެހޭ މިހާރުއެވަގުތުޖެޖެނީ ބިރުންތިކަހަލަގެވާހަކަދެއްކޭނެ ހުރިހާޅެމެއްފަރިއްސައްވެނިމިއްޖެ

    33
    2
  21. މުފައްކިރު.

    ޔާމީން މިނިވަން ނުވެގެން މިއުޅެނީ ނުކުރާ ކުށެއްގަ ނުހައްގު އަދަބުގަ ޔާމީން ބަންދުކޮށް ބަހައްޓާތީ. އެއީ އިންސާފުގެ މަގުން އެއްކިބާ ކަމަކަށްވާތީ. މިކަން ދިވެހި ރައްޔަތުން ނަށް މިހާރު ވިސްނޭ. އެމް ޑީ ޕީ އެކްޓިވިސްޓަކު ދައްކާ ވާހަކައެއްގެ އަގު މިހާރު ރައްޔަތުން ކުރިމަތީގަ ނެތީމަ.

    47
    1
  22. ރާފިޢު

    އަނގަ ފުޅާކޮށްފަ އިންސާފު ހޯދަން ދޯ ޤާނޫނު އަސާސީގެ މައްޗަށް ކޮށަށް އަރާ ހުރީ ކޮބާ ލަދު ހަޔާތް

    48
  23. ރަންޑި

    ގަމާރު ވިޔަސްތިއީބޮޑުވަރު ބަލަ އިންސާފު ނުލިބިގެން އުޅެނީވެސް ރައްޔިތުންނޭ ރައީސްޔާމީން މިނިވަންކުރަން ގޮވަނީވެސްރައްޔިތުން ރައްޔިތުން ގޮވަނީ އެމްޑީޕީ ފިކުރުގައި ތިބިލާދީނީ ރިޕޯޓުނެތުނު ބައިގަނޑު ހައްޔަރުނުކޮށް އިންސާފެއް ނުލިބޭނެ އެބައިގަނޑު ހިމާޔަތް ކޮށްގެންތިބި ބައިގަނޑު ވެސް ހައްޔަރުކޮށްގެން ރައްޔިތުނަށް ެެެ އިންސާފުލިބޭނީ!

    44
  24. ކަމަނަ

    ކަލޭ ޤާނޫނަށް ބޭނުންގޮތެއްހަދައި އެ ވަގަށްކައި މޮޔަގޮވަނީތަ؟ އިންސާފެއް ނުލިބެޔޭ ކިޔަނީ ޔާމީނަށް ޙުކުމްއިއްވީ އިންސަފަކުންނޫން އެހެންވީމާ މަގުމައްޗަށް ނުކުތީ ކަލޭ ހުންނާތިބަލަން

  25. ދަންބެރު

    ދިވެހިހުރިހާ ރަށްޔަތުން ގާނޫނުއަސާސީ އަށް އިހުތިރާމް ކުރޭ އެކަމަކު ތިޔަ ބޮޑުރިޔާ އެރީ އެއަށް ފައިން އެހެންވީމާ އަޅުގަނޑުމެން ރަށްޔަތުން ބޭނުންވަނީ ނާއިންސާފުން ޖަލަށްލާފަހުރި ރައީސްޔާމީން މިނިވަންކުރަން ކަލެއަށްވެސް އަދިކަލޭގެ ސަރުކާރަށްވެސް އެދުވަސް އެބައާދޭ ނުރޯތި!!

  26. ވިސްނާލުމަށް އެދެމޭ

    މާރިޔާ ...ރޔާމީން މިނިވަން ނުވާތީވެ އިގެނީ އިންސާފެނެތްކަން...ރޔާމީން ނު ހައްގުން ހައްޔަރުކޮއްގެން ގެންގުޅޭތީ އިންސާފެނެތޭ ބުނަނީ....މާރިޔާ މޮޔަގޮވަނީތަ...ކިޔާނެއެއްޗެ ނެތިއްޔާ މޯދީއާ ދެމީ ހުން ދިންތަނަދިންތަނަ ކިޔަކިޔާ ތިބެބަލަ. .އިންސާފެ ނެތިގެން މިއަދު އުޅެނީ ކޮންބައެއް..އިންސާފު ނުލިބެނީ ކޮންބަޔަކަށް..އިންސާފު ގާއިމުކުރަންތިބީ މިއަދު ކޮންބައެއް..މާރިޔާގެ އިންސާފު މިއަދު އައްނިވެސް ބޭނުމެނުވާނެ..

  27. ގޭދޮށު ގަރުދިޔަ ފެކްޓަރީ

    އިސްތިއުފާ.. ކޮންމެ އެއްޗެކޭ ކިޔަސް ރައްޔިތުން މި އަނިޔާވެރި ރައްޔިތުން ފެލާ ސަރުކާރަށްވުރެ ރައްޔިތުން ލޯބިވަނީ ރައީސް ޔާމީންދެކެ.. މި ސަރުކާރުގެ ނާގާބިލުކަން އެއީ ރައީސް ޔާމީން މައްސަލައެއް ނޫން

  28. ވިސްނާ

    ލާދީނީ ޕާޓީއެއްކަމަށްވާ އެމްޑީޕީ އުވާނުލާ ހައި ހިދަކު ދިވެ ހިރައްޔިތު ނަށް ހަޖެ ހިލައިގެންތިބެ ހަމަނިދިވެސް ނުލިބޭނެ ހަމަޖެ ހިގެން ނޫޅެވޭނެ ރައްޔިތުން އިންސާފު ބޭނުމިއްޔާ ރައްޔިތުން ތެދުވެ މިސަރުކާރު އެއްފަރާތްކުރޭ އެ ހެންނޫނީ ދުވަ ހަކުވެސް ރައްޔިތުނަށް. ހަމަޖެ ހުމެއްވެސް ކުރިއެރުމެއްވެސް ނުލިބޭނެ އިންސާފު ހޯދޭނީ އެމްޑީޕީ ެެެެެެ އުވާލައިގެން އެޕާޓީ ވެރިކަމުގައި އޮތް ހާހިނދަކު ރައްޔަތުން ޖެ ހޭނީ ދަމާކަނޑަން އެނޫންގޮތެއް ރައްޔިތުން ބޭނުމިއްޔާ ތި ހެންނުތިބެ ރައްޔިތުން އެބަޖެ ހޭމި ހާރުތެދުވަން ނުކިޔަވާ ފެންވަރެއްނެތް ވެރީންތައް އެއްފަރާތް ކުރަން ނޫނީ މާބޮޑަށްލަސްވެދާނެ ވެރިކަމަށް ގެންނައިރު ގެންނަޖެ ހޭނީ ނުކިޔަވާތިބި ތަނެއް ދޮރެއްނޭގޭ ގަމާރުންނެއްނޫ އެފަދަ ގަމާރުން ވެރިކަމަށްގެނައި މީ ހުން ތިބީ ހަމައިގަބާ ވެރިކަން ކުރަމުދާމީ ހުނަކީ ދިވެ ހިރާއްޖޭގެ ޤާނޫނު އަސާސީއަށް ފައިންއަރާ ކުޅުޖަ ހާ ހޮޑުލާ ދިވެ ހިދިދަ ބިންމަށްޗަށް ވާއްޓާއެއަށް ފައިންއަރާ ވެއްޔާމޮޑެ ފަޚުރުވެރި ދިވެ ހިދަރީންގެ ލޭތައްއެއްވެސް ރަ ހުމެއްހ ހަމްދަރުދީއެއް ނެތި ކުޑަދުވަސް ކޮޭއްގައި މިކުޑަކުޑަ މުސްލިމް އުއްމަތް ވީރާނާކުރަމުން ދާއިރު ތިލޮބުވެތި ރައްޔިތުން މިއަދުތި ހެ ތިބީތީ ރޮވި ހިތާމަކުރަން ނު ހައްޤުން ނިކަމެތި އިންސާނުނަށް ދޭއަނިޔާ އަށްއިންސާފު ތިމާމެއްތި ހެއް ތިބެގެން ލިބޭނެބާ !

  29. ޔޫސުފް

    ޔާމީން މިނިވަން ނުވެގެން ނިކުންނަ މީހުން ނަކީ ވެސް އިންސާފު ނުލިިގެން ނިކުންނަ ބައެއް ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ކުރާ ހުކުމަކީ އިންސާފުން ބޭރުން ކުރާ ހުކުމްކަމަށް މި ރާއްޖޭ އެންމެވެސް ގަބޫލުކުރޭ އަދި ސަރުއީދާއިރާ އަށް އަތްބާނައި އެދާއިރާއަކީ ލޯބީގެ ފަސާނާ އަކަށް ހަދައިފި އަދި މާރިޔާކަހަލަ ރަނޑާލިން ޑިފެންސް މިނިސްޓަރުކަމަށްލައިގެން ރާއްޖޭ މިނިވަންކަމާ އިސްތިގްލާުލުނެތްކަން ޗީފް މަޖިލީހުގައި ސާފުކޮށް ބުނެދީފި މާރިޔާ ކަލޭ ލަދެއްވެސް ހަމަ ނުގަނޭތަ؟

  30. ޙަސަނާ

    މީލަދާ ހަޔާތާ ވެސް ނެތް މީހެއް ދިވެހިޖުމްހޫރިހްޔާގެ ޤާނޫނު އަސާސީ އައްފައިން އެރި އިރު އެފޮތުގަ މާތްﷲ ގެ އިސްމުފުޅުވޭ ހުންނަނުބައިނުލަފާ ކަން ބަލާބަލަ ކަލޭމެނަކީ ބަދަލުހިފަން މަކަރާހީލަތުން ވެރިކަނައް އެރި ގުބޯ ތަކެއް....

  31. އަހިވަށް

    މިގައުމުގެ މީހުން ބޭނުންވެގެންތަ ޤާނޫނު އަސާސީ އަށް ކޮޅަށް އަރަނީ

  32. އެމަންޖެ

    ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކަލެޔާ އަންނިޔަކީ މިގައުމުގެ ހަލާކު ، ޕޮލިހުން ގަޔައް ހައްޕުނޑުވެސް ތިޔަޖެހީ މޑޕ ގެ މީހުން ކަލޭމެންގެ ރޭވުން މިގައުމު ފަސާދަކޮއް ދައުލަތް ބަނޑު އަޅާލުން.

  33. އާދަމުގެދަރި

    މިހާރު ގިނައީ ކަމަނާގެ އަނިޔާވެރިކަމުން ސަލާމަތް ނުވެވިގެން އުޅޭ މީހުން.

    10
  34. އަހްމަދު

    މިޤައުމުގައި ތިބީ ހުން އެމްޑީޕީ މީހުންނެއްނޫން ނުވަތަ ޕީޕީއެމް މީހުންނެއްވެސް ނުން! އެއްވެސް ޕާޓީއެއްގައި ނެތްމީހުން ގިނަވާނެ! ޤައުމު އަވެއްޓެރި ޤައުމަކަށް ވިއްކާލަން އުޅޭބަޔަކު އިންސާފޭ ކިޔާނެކަމެއްނެތް! ޓެރެރިސްޓަކު މިނިވަންކޮށް އުޅެވެންޏާ ޤައުމު ބިނާކުރި ވަގަކަށް މާމިނިވަންކޮށް އުޅެވެންޖެހޭނެ!

  35. ދިރާސާ

    ތިބުނީ ހަމަ ރަނގަޅަށް. ޢެންމެ ފަ ހުން ތިއްބަސްވީ. އިންސާފުގެ ދަތުރު ފެއިލްވީކަމަށް. ބަލަ ރ ޔާމީނަށްވެސް އިންސާފު ނުލިބިގެންނޭ މިއުޅެނީ.

  36. ހަނި

    ގިނައީ ގަނޫނު އަށާސީ މަތިނުފޭބިގެންއުޅޭމިހުން

    ފޭބިގެން އު

  37. މިއަދު

    އިސްސާފް ނުލިބިގެންއުޅޭމީހުނަށްވުރެގިނައީ މިސަރުކާރުގެ އަނިވެރިކަމުން ސަލާމަތްނުވެވިގެން އުޅޭމީހުން

    13
  38. ޙހހހ

    ކަމަނީއަކީ ޤާނޫނީ ވަކީލާއެއް ، އަޅެބުނުއްވާބަލަ މައްސަލައެއްގައި ކުށްސާބިތުވެ ހުކުމް ތަންފީޒް ކުރާމީހަކު ހަމަ އެމައްސަލާގައި އެހެން މީހަކާއި ދެކޮޅަށް ހެކިބަސް ދެވިދާނެބާ ، އަދި ހަމަ އެދެމީހުންނަކީ ދެ ހަތުރުންނަށް ވީހިނދު މިކަން އޯކޭތޯ ، އަދި މިހިޔާނާތުގެ ބޮޑުލިސްޓެއް އޮތްއިރު ވަކިމީހެއްގެ މައްސަލަ ބަލާ މައްސަލަ ފައިލް ކުރެވޭނެތޯ