ސަރުކާރުން ކޮންމެ ކަމެއް ވެސް ފޫޅު ކަނޑާލަނީ ކޮވިޑް-19 އަށް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގެ "ނިއުސްޓޯކް" ޕްރޮގްރާމްގައި މުއިއްޒު ވިދާޅުވީ މަޝްރޫއުތައް ނުހިނގުމާއި ސަރުކާރުގެ އެހެނިހެން ކަންކަމަށް ފާޑު ކިޔުމުން އެކަންކަން ނުވަނީ ކޮވިޑް-19 ގެ ސަބަބުން ކަމަށް ބުނެ، ސަރުކާރުގެ އެކިއެކި ވެރިން ބަހަނާ ދައްކަމުންދާ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެއީ ޒިންމާދާރު ގޮތެއް ނޫނެވެ. ކޮވިޑް-19 ނުފެތުރޭ އިރު، ނުނިމި ދިގުލައިގެން އައި ކަންކަން ނުވަނީ އެ ބަލީގެ ސަބަބުން ކަމަށް ބުނަނީ ސަރުކާރުގެ ސިޔާސަތުތައް ދޯދިޔާވުމުން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ކޮވިޑް-19 ރާއްޖޭގައި ފަހަކަށް އައިސް ހަލުވިކަމާއެކު ފެތުރެން ފެށީ ސަރުކާރުގެ ސިޔާސަތުތައް ދޯހަޅިކަމުން ކަމަށެވެ.

ކޮވިޑް-19 ގެ އަސަރު ރާއްޖޭގެ އިތުރުން އެހެން ގައުމުތަކަށް ކޮވިޑް-19 ގެ އަސަރު ވަރަށް ބޮޑަށް ކުރާ ކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮތީ ރާއްޖެ ކޮންޓްރޯލް ކުރަން ފަސޭހަކޮށް ކަމަށެވެ.

އެހެންކަމުން ޖިއޮގްރަފީ ގޮތުން ބަލާނަމަ ރާއްޖެ އަކީ ކޮވިޑް-19 ކޮންޓްރޯލް ކުރަން އެންމެ ފަސޭހަ އެއް ގައުމަށް ވާނެ ކަމަށާއި ސަރުކާރަށް އެކަން ކުރަން ނޭނގުނީކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

" ޖިއޮގްރަފީ ގޮތުން ބަލާނަމަ ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރަން ފަސޭހަ. ކޮންމެ ރަށަކީ ރިސޯޓެއް. އެކަމަކު މި ތަނަށް އަންނަ ޓޫރިސްޓުނަށް ވެސް ރައްކާތެރިކަން ކަށަވަރުކޮށްދީ ޑޮކްޓަރެއް ބަހައްޓަންވެސް އުޅެނީކީ ނޫން. ޓޫރިސްޓުން ފުރުމުގެ ކުރިން ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސާ ދެވުނީކީ ނޫން،" ޑ.މުއިއްޒު ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ރާއްޖެ އަށް ކޮވިޑް-19 ފެތުރުނީ ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުން ލަސްވުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުރި ނަމަ ކޮވިޑް-19 ރާއްޖޭގައި ކޮންޓްރޯލް ކުރަން ކަމާއި ބެހޭ އިދާރާތަކުން ކުރާ މަސައްކަތް މިހާރަށް ވުރެ ރަނގަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" ކޮވިޑް-19 އާއި ގުޅިގެން އިގްތިސާދަށް އަސަރުކުރާނެ ކިތަންމެ ވަރުގަދަ ލީޑަޝިޕެއް އޮތަސް. ރައީސް ޔާމީން ހުންނެވި ނަމަ މިއަށް ވުރެ ރަނގަޅުވާނެ. ކްރޮނޮލިޖަކީ ފެންނަން ހުރި ކަންކަން މިއީ. ދޯހަޅިކަމުން ނުވީ. އެތައް ފުރުސަތެއް ލިބުނު ރާއްޖޭގެ ބޯޑަރު ބަންދުކުރަން. ޑޮކްޓަރުން ދިޔައީ ބުނަމުން. އަޅުގަނޑުމެން ދިޔައީ ބުނަމުން. ރައީސް ޔާމީން ހުންނެވި ނަމަ ބޯޑަރުތައް ބަންދު ކުރާނެ." ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި ފައްސިވާ މީހުން ގިނަވާ އިރު ޓެސްޓް ކުރުމުގެ ނިޒާމް ހަރުދަނާ ނޫން ކަމަށް ވެސް މުއިއްޒު ވަނީ ފާހަގަކުރައްވައިފައެވެ.

އެގޮތުން ދުވާލަކަށް 400 އެއްހާ މީހުން ޓެސްޓް ކުރެވުން އެއީ އެންމެ އެކަށީގެންވާ ގޮތަށް ޓެސްޓް ކުރުން ނޫން ކަމަށާއި ބައްޔަށް ފައްސިވާ މީހުންނާއި، ބަލި ޖެހޭ މީހުންނާއި ބައްދަލުވާ މީހުން ކަރަންޓީނުކުރުމުގެ ނިޒާމްވެސް ދޯދިޔާވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަލީމް

    1.1 ބިލިއަން ހަރަދު ކުރި ގޮތެއް ނުވެސް އެނގޭ..
    ބޮޑު ވަގުންތަކެއް މި ސަރުކާރު ހިނގަނީ

    10
    1
  2. ޢަހުމަދު

    މިބަލި އެންމެ ބޮޑަށް ކޮންޓްރޯލް ނުވަނީ ހުޅުވިފައި ހުންނަ ޑިމޮކްރަސީ ތަކުގައި. މިވެރިކަމަކީ މި ބަލި ކޮންޓްރޯލް ކުރަން އެންމެ ސަކަރާތް ސިސްޓަމް.އޯޓޯކްރަސީ އަށް ވާނީ. ގިނަ ފުރާނަ ސަލާމަތް ކުރެވުނީސް. މަރުގެ ކޮމިޝަންއަށް މިސަރުކާރު މައްސަލަ ވައްދަންވާނެ ފަ ހުން

  3. ފިލް

    ދުނިޔެއައް އައިމިލޮނުމުގައި ކުދިއަދި މެދުފަންްތީގެ ގައުމުތަކަށް އަސަރުކުރާނެކަން އެއީ ސައްކެށް އޮއްކަމެއް ނޫން.މީއީ އދ ޔޫއެންނުން ބުނާއެއްޗެ އެ ހެން ނަމަވެސް މުއިއްޒުމެން މިކިއަނީ ފޫޅު މިކަޑަނީ ކޮރޯނާއަށޭ.އެ ހެން ވެއްޖެއްޔާ މުއިއްޒު ނެންގެވި ޑރ ފާސް އަޅުގަނޑުމެން އެބަޖެ ހޭ ޗެކުކޮއްލަން.އެއީ ކިޔަވައިގެން ހުރި ބޭފުޅަކު ދައްކާ ކަ ހަލަވާ ހަކަތަކެއްނޫން.

    1
    3
  4. ދިލް

    ދުނިޔެއައް އައިމިލޮނުމުގައި ކުދިއަދި މެދުފަންްތީގެ ގައުމުތަކަށް އަސަރުކުރާނެކަން އެއީ ސައްކެށް އޮއްކަމެއް ނޫން.މީއީ އދ ޔޫއެންނުން ބުނާއެއްޗެ އެ ހެން ނަމަވެސް މުއިއްޒުމެން މިކިއަނީ ފޫޅު މިކަޑަނީ ކޮރޯނާއަށޭ.އެ ހެން ވެއްޖެއްޔާ މުއިއްޒު ނެންގެވި ޑރ ފާސް އަޅުގަނޑުމެން އެބަޖެ ހޭ ޗެކުކޮއްލަން.އެއީ ކިޔަވައިގެން ހުރި ބޭފުޅަކު ދައްކާ ކަހަލަ ވާހަކަތަކެއްނޫން.