މާލެ މާފަންނުގައި ހުންނަ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ގެއެއްްގެ ތެރޭގައި މީހަކު ނިޔާވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 13:00 ހާއިރު ކަމަށެވެ.

އަދި ނިޔާވެފައި އޮއްވާ ފެނުނީ އިންޑިއާ ފިރިހެނެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި މިހާރުވެސް ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މީހާ ނިޔާވީ ކިހިނެއް ކަމެއް ނުވަތަ އެއީ ގުދުރަތީ މަރެއްކަން އަދި ފުލުހުން ހާމައެއް ނުކުރެެއެވެ.