ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ މެންޑޭޓުގައި ނެތް އެތައް ކަމަކަށް އެ މިނިސްޓްރީން ހަރަދު ކޮށްފައިވާ ކަމަށް ކޮވިޑް ހަރަދުތަކާ ގުޅޭ ގޮތުން އެކުލަވާލި، ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން 26 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ހަރަދުތަކުގެ 99 ޕަސެންޓު ހަރަދުތަކަކީ އެ މިނިސްޓްރީގެ މެންޑޭޓުގައި ނުވެސް ހިމެނޭ ކަންތައްތައް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅުގެން ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ހަރަދުކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ، ސީދާ އެ މިނިސްޓްރީގެ މެންޑޭޓާ ގުޅުންހުރި ކަންތައްތައް ނޫން ކަމަށެވެ. އެ ކަންކަން ކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތައް ހުރި ކަންތައްތައް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެ މިނިސްޓްރީން ކޮވިޑް-19 އާއި ގުޅިގެން 26،212،727 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ. ނަމަވެސް އޭގެތެރެއިން 99 ޕަސެންޓު ހަރަދުތަކަކީ އެ މިނިސްޓްރީން ކުރަން ނުޖެހޭ ހަރަދުތަކެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ހަރަދުތައް ކޮށްފައިވަނީ ޓޫރިޒަމް ޓްރަސްޓު ފަންޑުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ބައެއް ހަރަދުތައް:
- ކ. ވިލިނގިލިވަރު (ވިލިވަރު)ގައި ކަރަންޓީން ފެސިލިޓީއެއް ހެދުމަށް 6.5 މިލިއަން ރުފިޔާ
- ފަމަސޫޓިކަލްތަކެއްޗާއި އެހެނިހެން މެޑިކަލް ކޮންސިއުމަބަލްސް ހޯދުމަށް ހޭދަކުރި 7.7 މިލިއަން ރުފިޔާ
- ކޮވިޑް19ގެ ކަންކަމުގައި މަސައްކަތްކުރާނެ ބޭރުގެ ޑޮކްޓަރުންގެ ޓީމެއް ގެނައުމަށް 6.9 މިލިއަން ރުފިޔާ
- ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން ރާއްޖޭގައި ތާށިވި ފަތުރުވެރިން ރާއްޖޭގައި ތިބުމާއި އެމީހުން އެނބުރި ގައުމަށް ދިއުމުގެ ކަންކަން ކުރުމަށް 118،842 ރުފިޔާ
ޓްރަސްޓް ފަންޑުން ކޮވިޑް-19 ގެ ހަރަދާ ގުޅޭ ބަޖެޓެއް ފާސްކުރުމަށް ފަންޑު ކޮމިޓީގެ ވަކި ބައްދަލުވުމެއް ބާއްވާފައި ނުވި ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ދެ މިލިއަން ޑޮލަރު އެ ފަންޑުން ހަރަދު ކުރުމަށް ފާސްކުރުމާމެދު މިނިސްޓްރީގެ ފަރާތުން ކޮމިޓީގެ މެމްބަރުންގެ ލަފައަކަށް އެދި، މިދިޔަ މެއި މަހުގެ ދެވަނަ ދުވަހު އެ ފަރާތްތަކަށް އީމެއިލް އެއް ފޮނުވާފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.
އަދި އެ އީމެއިލްގައި އެދިފައިވާގޮތަށް ފަންޑުން ދެ މިލިއަން ޑޮލަރު ހަރަދުކުރުން އެންމެ ރަނގަޅުކަމަށް ކޮމިޓީގައި ހިމެނޭ ފަސް މެމްބަރުންގެ ތެރެއިން ތިން މެންބަރުން މެއި މަހުގެ 9ވަނަ ދުވަހު މެއި 2020 ވަނަ ދުވަހު ޖަވާބުދީފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ ކޮމެޓީން ހުއްދަ ދިނުމުގެ ކުރިން އެ ފަންޑުން ހަރަދުކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން މެއި މަހުގެ 8ވަނަ ދުވަހުގެ ނިޔަލަށް 14 މިލިއަން ރުފިޔާއަށްވުރެ ގިނައިން ޕާޗޭސް އޯޑަރު ތައްޔާރު ކޮށްފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީގެ ރިކޯޑުތަކުން ދައްކާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.
"ކޮވިޑް-19 އާގުޅިގެން ކުރަން ޖެހިއްޖެ އެންމެހައި ކަންކަން ކުރުން އެންމެ ރަނގަޅު ކަމުގައި" ކޮމިޓީގެ ތިންވަނަ ބައްދަލުވުމުގައި ނިންމާފައިވާކަން ފާހަގަ ކުރަމެވެ. ނަމަވެސް، ޓޫރިޒަމް މިނިސްޓްރީ އަކީ ސިއްހީ މިފަދަ ކާރިސާ މެނޭޖްކުރުމުގެ ސީދާ ޒިންމާ އެޅިފައިވާ މިނިސްޓްރީއަކަށް ނުވުމުގެ އިތުރުން، ޓްރަސްޓް ފަންޑުގައި ހުރި ފައިސާ މިހާ ހުޅުވާލެވިފައިވާ ގޮތަކަށް ޓްރަސްޓް ފަންޑުން ހަރަދުކުރުމަށް ފާސްކުރުމަކީ ޒިންމާދާރު ނިންމުމެއް ކަމުގައި މި އޮފީހުން ނުދެކެމެވެ." އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ގައިމު ކަރާ އަލީ ވަހީދު ހުރިހައި ކަމެއް ކުރީ ޒީރޯ ބަޖެޓްގަޔޯ!
އައްޔަ ކޮބާބާ؟!
ޓުވަރިޒަމް ކަރާ އައްޔަ ބުރުވާލީ ފައްޔާޒު ކަމަށް ބޮޑުވަޒީރު ބުއްޅަބޭ އަށް އެގިގެން ފައްޔާޒު ބޭރުކުރަން ޖެއްސުން ކުރަނީ.
ތީ 2ވަނަ އަދީބު ބޮޑެތި ވަގުން ކަން މިހާރު ނޭގޭތަ؟ މާފުއްޕާފަ އުޅުނުއިރުވެސް އެނގޭ ތީ ކިއްލިތަޅާގެން މާލެއިން ގޯއްޗެއް ގަތް މީހެއްކަން ކޮބާ ސަރުކާރުގެ ރިކަވަރީ ކޮމިޝަން ނިދިޖެހިފަތޯ؟ ކޮބާ ލޯބޮޑު ކޮމިޝަން
ކޮވިޑައް ޓުއަރިޒަމް މިނިސްޓަރީ އިން ގެނައި ޑޮކްޓަރުން ނައް މީހަކައް ދުވާލަކައް 2000 ޑޮލަރު ޚަރަދު ކުރިއިރު ދިވެހި ޑޮކޮޓަރުން ހުރިހާ ކަމެއް ކޮއް ހުރިހާ ރިސްކެއްނެގީ އެމީހުންނައް ދޭން ބުނި އެލަވަންސް ކޮޅުވެސް ނުދީ ކުޑަކުޑައެއްޗެއް ދިނީ ކޮބާތަ ލަދު ހަޔާއް ކަރާ ކަލޭ ބަނޑުއަޅާލީ މުޅި މިނިސްޓަރީ އައްލިބުނު ޑޮލަރުލޮޅު މިއީ ހަމަ ސޯލިހުގެ 0 ޓޮލަރެންސު.....
ކު ރީގެ ސަ ރުކާ ރުގެ ކަމެއްތީ ،ހެހެހެ