ކ.ކާށިދޫ ފަރަށް ރޭ އެރި ދޯނީގައި، ކޮންޓެއިނަރެއް ހަލާކުވެ، އޭގައި ހުރި ރެޑްބުލްތައް ފަޅުތެރެއަށް ދޫވުމުން ކާށިދޫ މީހުން އެ ތަކެތި ނެގީ ދޯނީގެ ވެރިފަރާތުގެ ހުއްދަ ނުހޯދައި ކަމަށް އެދޯނީގެ ވެރިފަރާތުން ބުނެފިއެވެ.

ފަރަށް އެރީ އަލިތަރި ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯނި ފަރަށް އެރީ ރޭ 21:15 އެހާކަންހާއިރު އެވެ. އެ ދޯނި ފަރަށް އެރުމުގެ ސަބަބުން ދޯންޏަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

އެ ދޯނި ފަރަށް އެރިއިރު، އެ ދޯނީގައި ތިން ރެޑްބުލް ކޮންޓެއިނަރު ހުއްޓެވެ. އޭގެ ތެރެއިން ފަޅައިގެން ގޮސްފައި ވަނީ އެއް ކޮންޓެއިނަރެވެ. އެ ކޮންޓެއިނަރު ފަޅައިގެން ގޮސް، ކާށިދޫ ފަޅު ތެރެއަށް ރެޑްބުލް ކޭސްތައް ދޫވުމުން ރަށުގެ ރައްޔިތުން ވަނީ އެ ކޭސްތައް ނަގައި، އެއްގަމަށް އަރުވާފައެވެ.

އެ ދޯނީގެ އެއްހިއްސާދާރު "ވަގުތު" އަށް މައުލޫމާތުދެމުން ވިދާޅުވީ، އެ ދޯނި ފުން ނުކުރެވިގެން އުޅެނިކޮށް އޭގެން ދެ ކޮންޓެއިނަރު ބޭރަށް ދިޔަ ކަމަށެވެ. އަދި މިއަދު ހުކުރު ގަޑީގައި ދެން އޮތް ކޮންޓެއިނަރު ބޭރަށް ގޮސް، އޭގެން އެއް ކޮންޓެއިނަރުގެ ދޮރުފަތް ނެއްޓުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ހުރިހާ ކަމެއް ދިމާވީ، އެ ދޯނި ފުން ކުރުމަށްޓަކައި ބާޖަކާއި ދޯންޏެއް، އެ ދޯނި ފަރަށް އެރި ތަނަށް ގޮސް މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.

"އޭގެން އެއް ކޮންޓެއިނަރުގެ ދޮރުފަތް ނެއްޓުނީ، ރާޅާ މިހެން ޖަހާ ޖަހާ، ދޮރުފަތް ނެއްޓުނީމަ ކޭސްތައް ދެން ދާނެތާ ބޭރަށް، ދެން އޮޔާއި ވަޔާއި ހުރި ގޮތަކުން ރަށާއި ދިމާލަށް އެ ދިޔައީ". އޭނާ ވިދާޅުވިއެވެ.

އެ ހިއްސާދާރު ވިދާޅުވީ، އެ ދެ ދޯންޏާއި، ބާޖުގައި ތިބި މީހުން އެއިރު މަސައްކަތް ކުރަމުން ދިޔައީ ދޯނި ފުން ކުރެވޭތޯ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި އެ ރެޑްބުލްތައް ނުހޮވަން ފުލުހުންވެސް ކާށިދޫ މީހުންނަށް އެންގި އެވެ. އެހެން ނަމަވެސް އެ ތަކެތި ހޮވީ އެއްވެސް ވަރަކަށް ހުއްދަ ނުހޯދައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ދޯނީގެ ވެރިފަރާތުގެ ހުއްދަ ހޯދައިގެން ކަމަށް އެތަކަތި އެތަނުން ނެގީ ބުންޏަސް އަޅުގަނޑުމެން އެއްވެސް ހުއްދައެއް ނުދެން، މާތް ރަސްކަލާނގެ ގުދުރަތްތެރިކަމުން ޖެހުނު ވަޔާއި ޖެހުނު ރާޅާއި އެއްކޮށް، އެރަށުގެ ފަޅަށް އެ އެއްޗެހި ދިޔައީ" އޭނާ ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެެއްވިގޮތުގައި މިފަދަ ހާދިސާއެއް ދިމާވުމުން ދޯނީގެ ވެރިން ތިބީ ވަރަށް ކަންބޮޑުވެފައެވެ.

"އަޅުގަނޑުމެންވެސް އެ ދޭށޭ ބުނީމަ އަޅުގަނޑުމެންނާއި، ދިމާލަށް މި ބުނީ 100 ރުފިޔާއަށޭ ވިއްކާލާނީ ތި މީހުންނަށް، އަޅުގަނޑުމެން މިއީ އެ މުދާ އުފުލި މީހުން. ކުޅުދުއްފުށިން މާލެ، ޔޫރޯ ސްޓޯރގެ މުދާތަކެއް އެއީ، އަޅުގަނޑުމެންް އެ މުދާ އުފުލި މީހުން ގޮސް ބުނީމަ، އެރަށު މީހުން މި ބުނަނީ ލާރި ދޭށޭ، ލާރި ދިނީމައޭ، މި ކޭސްތައް ދޭނީ" އެ ދޯނީގެ ހިއްސާދާރު ވިދާޅުވިއެވެ.

ދޯނީގެ ވެރިފަރާތުން "ވަގުތު" އަށް ވިދާޅުވީ، އެ ދޯނީން ދޫވި ރެޑްބުލް ކޭސްތަކާއި ގުޅޭގޮތުން އެތައް ބަޔަކު އޭނާ އަށް ގުޅި ކަމަށެވެ. އެ ރެޑް ބުލް ކޭސް ތަކަކީ ޔޫރޯ ސްޓޯރުގެ އެއްޗެއްކަމުން އެއަށް ހަދާނެ ގޮތަކާއި މެދު އެއްޗެއް ބުނަން ނޭނގޭ ކަމަށް ބުނެފައިވާނެ ކަމަށް ދޯނީގެ ވެރިފަރާތުން ބުންޏެވެ.

"އެ މީހުން ގުޅާވަރުން އުނދަގޫވެގެން އަޅުގަނޑު ބުނިން ތިވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް އަޅުގަނޑަކަށް އެހެން ބައެއްގެ މުދާ ބޭނުން ކުރާށޭ ނުބުނެވޭނެއޭ" ދޯނީގެ ވެރިފަރާތުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ޟަމީރު

    އެހޮވި ބަޔަކަށް އެލިބެން ޖެހޭނެ.. ބައެއްގެ އިހުމާލުން އޮޑި ފަރަށް އަޜާ ކޮންޓެއިނާ ފަޅާގެން ދިއުމަކީ އަދި އެހެން ކަމެއް

    16
    268
    • ސަމްސިއްޔާ

      ކަލޭގެ ސައިކަލު މަގުމަތިންް މަ ހޮވަންތަ؟؟

      122
      7
    • ގ

      ބައެއްގެ މުދާތަކެއް ތިވަގަށް ނެގީ... ?

      21
      1
  2. ބައްޕަ

    ހުއްދަ ހޯދާ ކަށް ނުޖެހޭނެ އެއްޗެއް ހޮވާ ކަށް ، އެކަމަކު ބައެއްގެ މުދާ ކަން އެނގުނީމަ ދޭންވާނެ ، ވަރަށް ގޮތެއްނެތް ބައެއް ތީ؟

    315
    7
  3. ދަރަނި ދަންތުރަ

    އެއްވެސް ސަރުތަކާނުލާ ހުރިހާ ރެޑުބުލް ދަޅުތަށް ދޯނީ މީހުންނާ ހަވާލުކުރޭ ކަލޭމެނަން ތިހަލާލެއްނުވާނެ ، މިފަދަ ހިތާމަވެރި ވަގުތުތަކުގައިވެސް ލޫޓުވަންތަވީ ...

    111
    7
  4. މެކުނު

    ކާށިދޫ މީހުންގެ އަސްލު ފެނަވަރު މިފެންންނީ. އެމުދަލަކީ ކޮންބައެއްގެ އެއްޗެއްކަން އެނގިހުރެ ހިފެހެއްޓުމަކީ ވަރައްދަށުދަރަޖައިގެ އަމަލެއް ވެރިފަރާތުގެ ހުއްދައާނުލާ އެންމެ ކޯވަރެއްވެސް އަރުތެރެއައް ލުން ހުދަވެގެންނުވޭ

    90
    8
  5. ރާބުލް

    ރަނގަޅަށް އެ ހެދީ ޔޫރޯ ސްޓޯރުގަ ހުންނާނެ ލައްކަ ލާރި

    8
    82
  6. ހައިރާނެއް ނުވޭ!

    ކަލޭނޭ، ޖާބިރު ހޮވި ބަޔަކު، ތިގޮތަށް ރެޑްބުލް ވެސް ހޮވާކަށް ޖެހިލުމެއް ނުވާނެ އެވެ!

    93
    2
  7. Bro

    ފުލުހުންގެ ކުރިމަތީ ބަޔެއްގެ މުދާ ފޭރިގަންނަ އިރު ފުލުހުން ކަނުތަ އަޅެ

    67
    5
  8. ބުއްޅަބޭ

    ތި އެތިވަރު ނުބޮއެ ބަލަ!

    39
    2
  9. ދެން

    ކުޅުދުއްފުށީ ބަނދަރަށް ނުގެންގޮސް މާލޭބަނދަރަށް އެންމެކުރިންވެސްތި އިންޕޯރޓްކުރިނަމަ....؟

    25
    13
  10. ފުލުސްމީހާ

    ކާށިދޫ މީހުންނަކީ ވަރަށް ނުބައި ބައެއް.. މަދު މީހަކު ރަގަޅުވާނީ..

    35
    8
  11. މޯދީ ރަސްގެފާނު

    ވަރަށް ގޮތެއް ނެތް ބައެއް ދިވެހިންނަކީ. ހީވާ ކަހަލަ މީ މަތިން ބާވާލެއްވި ރޯއްޖޭ މިއީ

    39
    4
  12. ވައްކަން

    ހާއްސަކޮށް މިކަހަލަ ދަތިދުވަސް ކޮޅަކު ބަޔަކުގެ ވިޔަފާރި އަކަށް ގެއްލުން ލިބިނުތަނާ އޭގެ ވެރިފަރާތެއް ވާކަން އެނގި ހުރެ ބޭނުން ކުރާނަމަ ވާނީ ވައްކަމަކަށް. ތިވިއްކައިގެން ލިބޭ ލާރި އަދި ބޭނުންކޮށްގެން ވާނި ކިހިނެއްބާ.

    43
    4
  13. ބަކަރިބޭ

    ޖާ ގެ ކުދިންކޮޅު މިތިބެނީ ބަނޑަށްޖެހިފަ ތޯއްޗެއް.

    36
    4
  14. ކަނޑުފުރޭތަ

    މިކަހަލަ ހާލަތް ތަކުގަ ޖެހޭނެ ހަމްދަރުދީވާން އެދޯނި މީހުން ދޯނި ފަރަށް އަރައިގެން ކަންބޮޑުވެފަ ތިއްބަ އެހާ ގިނަ އަދަދެއްގެ ރެޑްބުލް ތަކެއް އެއްފަހަރާ ފެނުނީމަ އެ ކޮންބައެއްގެ އެއްޗެއްކަން އެގުނީމަ އަހާލަން ވާނެ ދޯ ރަށަށް އަރުވަމުން އަމިއްލަ ރަށުން ކާށި ހޮވި ޔަކަސް އެދަޅުތައް ހޮވާކައް ނުވާނޭނުން

    33
    2
  15. ނަސީދު

    ސަރުކާރައް ބައެއް އަޅަންޖެހޭނެތާ މާވަހަރެއް ހޮވިޔަސް ސަރުކާރައް ބައެއް އަޅަންޖޭ އުތަ

    18
    2
  16. ??

    ކާށިދޫ މީހަކައްވެ ހުރެ މަވެސް ލަދުގަނޭ މިރަށުމީހުން ގެ ގޮތެއް ނެއް ކަމުން

    52
    3
  17. މިއަދު

    މިކަމުގައި ބައިވެރިވިމީހުން އެކަންކޮށްފައިއެވަނީ ވ ނާއިންސާފުން އޮޑިވެރިފަރާތުންވެސް ކަންކުރިގޮތް ރަގަޅެއްނޫން އެތަކެތި އެއްމެފުރަތަމަ ނެގިމީހުންވެސްބުނީ މިއީ ޕޮލިހަކާވެސް އަދި ކައުންސިލަކާވެސް ބެހޭކަމެއްނޫނެ އޮޑިވެރިފަރާތުން ދޫކޮށްލާފަހުރިއެއްޗެކޭ ނެގިބަޔަކުގެންދާށެ އެބަސް ދޮގުނުކުރެވުނީ އެއީ އެއްމެކުރިންފެށިގެން އެމީހުންގާތު އުޅުނު މީހުނަށްވެފައި ކައުންސިލުގަވެސް އަދި ޕޮލިހުގަވެސް އޮޑިވެރިފަރާތުން ނުބުނެ އެތަކެތި ބަލަހައްޓާދޭށެކެ ތަކުރާރުކޮށްގުޅުމުން އޭނަބުނަނީ ދެން ތިމަންނައަކަށްނޭންގެޔޭ މިކަން މިގޮތަށްހިނގަންޖެހުނީއިޑިވެރިފަރާތުގެބޯގަޅިކަމުން ގޮތް ބުނަން ނުއެގުމުން

    15
    1
  18. ޜެޑުބުލް

    ޔޫރޯ ސުޓޯރ (ވެރިފަރައިތް) އޮޔާ ދިޔަ ރެޑްބުލް ހޯދާކައް ނުގުޅަ. ޢަދި ދޯނީގެ ވެރިފަރާތުންވެސް އޮޔާދިޔަ ރެޑްބުލް ތައް ސަލާމަތް ކުރާކައްވެސް ނޫޅެ. ބަޔަކު ބުރަ މަސައްކަތުން ހޮވައިގެން ގެނައީމަ އޭތި ހޯދަން އުޅުނީ ދޯނީގެ ވެރި ފަރާތުން. ޢެއީ އެމީހުންގެ އިޙްމާލުން ލިބުނު ގެލުން ފޫބައްދަން. ޙޮމީހުން ބުނި އެމީހު ކުރި މަސެއްކަތައް އުޖޫރަ ދީފަ ގެންދަން. ޢޮޑިވެރި ފަރާތުން އެކަމާ އެއްބަސް ނުވުމުން ހޮވި ފަރާތްތަކުން ރެޑްބުލްތައް ގެދިޔައީ.

    10
    25
    • ފ

      ޜެޑުބުލް.. ތީނަ މަގުމަތީގަ އެއްޗެއް، ދުވާ އުޅަދެއް އބަހައްޓަފަ އެއް ސިކުންތަށް އެހެން ތާކަށް ދާއިރަށް މަސެއްކަތުން ގޮސް ނަގައިފިއްޔާ ކީކޭ ބުނާނީ... ވައްކަން ވާނީ ވައްކަމަށް

      6
      2
  19. ޢަދުރޭ

    އިންސާނިއްޔަތު ކަމާ ތެދުވެރިކަން ދިވެހިންގެ ތެރޭގައި ހުރިވަރު މިތާ ލިއެފަ މިހިރަ ކޮމެންޓްތައް ކިއާލީމަ އެބަ އެނގެ.. ސަމޫދު ބާގައެކޭ މިއެކޭ އެއްގޮތެއް ނޫންތަ؟ އެމީހުންވެސް ބުނީ ޙިމާރު މަގުމައްޗަށް ދޫވީ ގެންގުޅޭ މީހާގެ އިހުމާލުން ކަމަށް އެހެންވެ ޙިމާރު އަތުލި މީހާ އަށް އެނގީ އެއަށް ކާންދީ ގެންގުޅުނީތީ އެ ވަގަށްނެގި މީހާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއަށް އިތުރަށް ފައިސާވެސް ދޭން.. މީ ކޮން ކަހަލަ ހަމައެއް ޖެހުނު ގޮތަކަށް މީހެއްގެ އެއްޗެއް ކަން އެނގި ތިބެވެސް ފޭރިކެއުން ހުއްދަ ވީތަ؟ ނަޢޫޒު ބިﷲ .. ލަކުމް ދީނުކުމް ވަލިއަދީން

    37
    2
  20. ބޯކިބާ

    ފަރަށްވީ ގެއްލުން މިހާރު ނުބަލާތަ؟

    17
    2
  21. ޓޯހާ

    މީ ލޫޓުވުން ނޫން ދެން ކޯޗެއް

    10
    1
  22. ޙުއްތު

    ޜެޑްބުލްއަކީ ސިއްހަތަށް ގެއްލުން ހުރިއެއްޗެއް . އެވަރުން ހޮވައިގެން ބޯން ހެޔޮވާވަރުއެއްޗެއް ނޫން، އަވަހަށް ވެރިފަރާތަށް ހަވާލުކުރަށްވާ

    7
    1
  23. ސަމަޓީ

    ކާށިދޫ މީހުން ހާދަ ހަޔާތްކުޑައޭ

    5
    2
  24. ާއަހުމަދު

    ގެނެސްފޮރުވާފަ ބަހައްޓާފަ އަގުބޮޑުވީމަ ގެންނަީކޮއްތަ

  25. Anonymous

    ރެޑްބުލް ގިވްސް ޔޫ ވިންގްސް. މަގުތައް މަތީގަ ސުއްޓާ ޖަހައިގެން ތިބޭ މީހުން ވަރަށް ހޭބަލިވާނެ ރެޑްބުލަށް. އެމީހުން ގިނަފަހަރު ހަމަޔަކު ނޫން ތިބޭނީ

  26. ގާނޫނު

    އުޅަނދެއް ފަރަށް އަރައިގެން ހަލާކުވެގެން އޮޔާދާ އެއްޗެހި ހޮވުން މަނާކަމަށް އޮތް ގާނޫނެއް ނެތް ކަމަށްވަންޏާ އެފަދަ ތަކެތި ހޮވުން މަނާކުރާނެ އެއްވެސް ގާނޫނީ ހަމައެއް ނޯންނާނެ.

  27. ގާނޫނު

    ތި ކަމާބެހޭ ގާނޫނެއް އޮންނާނެ. އެ ގާނޫނުގައި އޮތް ގޮތަށް އަމަލުކުރެވޭނީ. ނުހޮވާކަށް ނޭންގޭނެ. އެކަމަކު ހޮވި އެއްޗެއް އޭގެ ވެރި ފަރާތަށް ހަވާލުކުރެވޭނީ ހޮވި ބަޔަކަށް އެ ތަކެތި ބެލެހެއްޓުމަށް ކުރި ޚަރަދު ދިނުމަށްފަހު. މި ޤާނޫނަކީ 8/96.

    1
    2
  28. ޭއެންޓިޒް

    ގަސްދޮށަށް ޖަންބުމާ
    ނަސްވެރުމަތަލި ރަންކޮޅާ
    ގަސްވެރިޔާ އަމުރާނުލާ
    އަސްތާ ހޮވަންނޭނުވާ
    ހަސްނެތިކަމަކު މަ ބަނޑުހައިވި
    ޔަސްމުހުތާދު ހުރިހައިވި

  29. ރާބުލް

    ކާށިދޫ މީހުން ބަނޑަށް ޖެހުނީތަ އެހެން ބައެއްގެ މުދާ ވަގަށް ބޭނުން ކުރަން. ތިޔަަށް ކިޔަނީ ވަގުންނެއްވެސް ނޫން އަސްލު. ތިޔައީ ފޭރުން. ޓޭކުން. މިކަހަލަ ބުރާންތިން މަޖިލިހަށް ވެސް ހޮވީ ބުރާންޗެއް. ލަޑަޔާ ވާނީ ލަޑަޔާ.

    2
    1