މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވެގެން ގޮސްފައިވަނީ ސިއްހީ އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ މުޒާހަރާކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) މިއަދު ވިދާޅުވެއްޖެއެވެ.

އެޗްޕީއޭގެ ބައެއް ފިޔަވަޅުތަކުގެ ސަބަބުން އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ މާލީ ހާލަތު ގޯސްވަމުންދާތީ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަން ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ދައްކަވާ ވާހަކަތަކަށް ހަސަން ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، ސަރުކާރަށް ކޮވިޑް މެނޭޖް ނުކުރެވޭ ކަމަށް އިދިކޮޅު ކޯލިޝަންގެ ބޭފުޅުން ވިދާޅުވި ނަމަވެސް ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން ކޮވިޑް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކުރި ކަމަށެވެ. އެކަމަކު މިއީ ޝިފާއެއް ފެނިފައިނުވާ ބައްޔަކަށް ވާތީ ވަރަށް ބޮޑަށް އާންމު ފަރުދުންގެ ފަރުދީ ޒިންމާ ވެސް މި ކަމުގައި މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު ވެސް އިދިކޮޅު ޕީޕިއެމްއާއި ޕީއެންސީގެ އިސް ބޭފުޅުންނަށް މި ޒިންމާ ނުނެންގެވޭ ކަމަށް ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާލެ ތެރޭގައި ބަލި އިތުރަށް ފެތުރިގެން ދިޔައީ ވެސް އިދިކޮޅު ސިޔާސީ ބޭފުޅުން ޒިންމާދާރު ކުޑަކޮށް އަމަލު ކޮށްގެން ކަމަށެވެ. އެއްވެސް ފިޔަވަޅުތަކެއް ނެތި މާލެ މަގުމަތީ މުޒާހަރާ ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އޮޕޮޒިޝަން އިން، ޕީޕީއެމް އާއި ޕީއެންސީ އިން ދެތިން ރެއަކުން ކުރި ކަމަކުން މުޅި މާލެ ތެރޭގައި މި ފެތުރިގެން ދިޔައީ، ކޮންޓްރޯލް ވެފައި އޮއްވައި އެ ބޭފުޅުންގެ ސަބަބުން މާލޭގައި އިތުރަށް ފެތުރިގެން ދިޔައީ، މިއީ ހަގީގަތް،" ހަސަން ވިދާޅުވިއެވެ.

ހަސަން މި ގޮތަށް ވިދާޅުވިއިރު، މާލެ މަގުމަތީ ރޭގަނޑު އިދިކޮޅު ފަރާތްތަކުން މީގެ ކުރިން މުޒާހަރާ ކުރަމުންދިޔައިރު ބައެއް އާންމު މީހުން މާސްކް ނާޅާ ވެސް ތިއްބެވެ. އަދި މުޒާހަރާ ކުރުމުގައި ގައިދުރުވުމުގެ އެއްވެސް ހަމައަކަށް އަމަލުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    މުޒާހަރާ ކުރީވެސް މި ސަރުކާރުގެ ބަލާވެރިކަމަށް ރައްޔިތުންނަށް ކެތް ނުކުރެވިގެން. އަނިޔާވެރި ވަގު ސަރުކާރު އިސްތިއުފާ

    83
    7
    • ބޯހަލާކު

      އަލިފުށިން އިންނާނެމީހަކުވެސް ނުލިބުނުމީހެއްތީ ތަނެއްދޮރެއް ނޭނގޭޖާހިލެއް.؟! ދެން ލާދީނީފަހަތުން ތެޅުނީ..މިރާއްޖެއަށް ކޮވިޑްގެނައީ އިނގިރޭސިވިލާތުގަތިބި އެމްޑިޕީގެބޮޑުންގެދަރިންކޮޅުގެނައިމާނޯންތޯ...؟!

  2. ގޭދޮށު ގަރުދިޔަ ފެކްޓަރީ

    އެމްޑީޕީ މީހުން ޕާޓީއެއްޗެހި ބާއްވައިގެނެއް ނޫންތަ ފުރަތަމަ ފެތުރުނީ؟ އެވާހަކަވެސް ބުނެލިނަމަ

    90
    4
  3. ގެރިމޯދީގެ ކަންޒުކަހަނބު

    ކަލޯ ކޮވިޑަން ވުރެ ބޮޑު ވަބާއެއް މިސަރުކާރަކީ

    86
    5
  4. ކެހެރި ނުފަޅާ ޖަނަވާރު

    އެމްޑީޕީގެ މުޒާހަރާގަ ދެން ވަކި ކިހިނެއްތަ ވަނީ

    68
    2
  5. ކީކޭ ބުނާނީ

    ގައިމު އަންނި އެގޮވަނީ އެއްވާންވެސް، އެއިރުވެސް މިހާރުވެސް އެސޮރު އެއްވުން ތަކާއި އެއްކޮޅަށް ވާހަކަ ދައްކަނީ. ކަލޭމެންގެ ތެރެއިން އަހަރުމެން ރައްޔިތުންގެ މުސާރަ ކައިގެން ތިބި މީހުންގެ ތެރެއިން ކޮންބައެއްތަ ތެދު ހަދަނީ ؟

    63
    2
  6. އަހުމަދު

    ބަލަ ހަސަނާ ކަލެޔަށް މަޖިލީހުގެ ގޮނޑިއެއް ލިބުނީމާ ތިހުރީ ފެންވަރު އޮޅިފައެއްނު! ބަލަ ހަސަނާ ތިއީ އުޑެއް ބުޑެއް ނޭންގޭ މީހެއްކަން މަ ވަރަށް ރަނގަޅަށް ދަންނަން.. ތި ހަސަނު ބަލާނީ މޮޅު ވާހަކައެއްބުނެވޭތޯ އެއީ މުނާފިގު އަންނި ރުއްސާލެވޭތޯ.. މި ހަސަނަކީ ވެސް މުނާފިގު އަންނި ގެންގުޅޭ އަޅުންގެ ތެރެއިން އަޅެއްކަން ނޭންގޭ ދިވެއްސެއް ނުހުންނާނެ.
    ބަލަ ހަސަނާ! މިރާއްޖޭގައި ކޮވިޑު މިހާ ބޮޑައް މި ފެތުރުނީ މި ބަލި ކޮންޓްރޯލް ވީކަމަށް ބަލާ މާ ބޮޑަށް ލުއިތަށްދީ މާތްالله އަށް ޝުކުރު ކުރުމުގެ ބަދަލު ކޭކު ފެޅުމާއި ސިއްހީ މާހިރުންގެ ބަސް ގަބޫލު ނުކޮށް ސަރުކާރު ގޮތްދޫ ނުކުރުމާއި ވައްކަން ގިނަވެ ސަރުކާރު ނާގާބިލު ވީމަ.
    ބަލަ މުނާފިގު އަންނިގެ އަޅު ހަސަނާ.. !
    މިއަކީ ޕީޕީއެމް އާއި ޕީ އެންސީ ކޮއްގެން އުޅޭ ކަމެއްނޫން....

    64
    3
  7. މަބޭ

    ކަލޯ ތީތިބައިގަނޑުގެ އަސްލުސިފަ ކަންކަންނުވީމަ ހިންގަންނޭންގުނީމަ އެހެންމީހުންގެ ބޮލައް ކަންޑާލަނީ މަޖުލިސްތެރޭގަ ތިޔަޕާޓީއައްނިސްބަތްވާ މެންބަރުން ގޮވަމުމްޑިޔައީ މީއާދައިގެރޯގާއެކޭ މިހާރުވާނެ އައެތިވީމް އެހެންބަޔެއްގެ ބޮލުގަކަންކަން އަޅުވަން މަސައްކަތްތިޔަކުރަނީ.

    60
    2
  8. ފާއިޒު

    އޭގެ ކުރިން އެއްވެސް މީހަކު ޕޮޒިޓިވް ވެސް ނުވޭދޯ ހަސަނާ

    74
    3
  9. އަސަދު

    މިގަމާރަށް ކަންކަންވާގޮތްވެސްނޭގޭދޯ!

    95
    4
  10. ޙާލަތު

    ކޮބާތޯ މައްސަލައަކީ ކަލޭމެން ބުނީ އާދައިގެ ރޯގާއެކޭ

    103
    2
  11. ކަލޯ...

    ކަލޯ ސަޅި އޭ ބޮލަށް ޖަހާލުން ގަނޑު.... އޭގެ މާނައަކީ މުޅި މާލޭގައި ްްްްްްްްްްްްްްްްް އިދިކޮޅުގެ ބާރު ގަދައޭ ދޯ...އެހެއް ވެޔޭ މިބުނަނީ ދެން ވެރިކަން ނުކުރެވެންޏާ އެހެއް މީހުންގެ ބޮލަށް އެ ނުޖަހާ ށޭ... ކަމެއް ގޯސް ވެއްޖެއް ޔާ އަބަދުވެސް އިދިކޮޅު ތަ އަދިވެސް..

    55
    2
  12. ސަންގޯރު އަހުމަދު

    މިދެން ކާކު ކޮސްބެ

    81
    2
  13. މަސީހު

    ކަލޯ ތީތިބައިގަނޑުގެ އަސްލުސިފަ ކަންކަންނުވީމަ ހިންގަންނޭންގުނީމަ އެހެންމީހުންގެ ބޮލައް ކަންޑާލަނީ މަޖުލިސްތެރޭގަ ތިޔަޕާޓީއައްނިސްބަތްވާ މެންބަރުން ގޮވަމުމްޑިޔައީ މީއާދައިގެރޯގާއެކޭ މިހާރުވާނެ އައެތިވީމް އެހެންބަޔެއްގެ ބޮލުގަކަންކަން އަޅުވަން މަސައްކަތްތިޔަކުރަނީ.

    45
    1
  14. ޢުނބުޝޭމް

    ޢަދިވެސް އިދި ކޮޅު ދޯ. ޕާޓީ ތަކާ މަސް ދަތުޜާ. ބޭ ރުން ވަޑައި ގަތް ރޯޔަލްސް ކަ ރަންޓީން ނުވުމާ. ޙޮޓާ ރެސްޓޯ ރެންޓްތަށް ހުޅުވުމާ. މިކަން ތައްތަކޯ. ޢެކަމު އިދި ކޮޅަށް ވެސް އިލްތިމާސް ކު ރަން. މި ދުވަސް ވަ ރު ރަށް ރަށު ގަވެސް މުޒާހަރާ ނުބޭއް ވުމަށް

    37
    1
  15. Anonymous

    ލޮލް ???

    43
    1
  16. ަމާމީ

    މިސަރުކާރުން ދިވެހި އެންމެހާ ރައްޔިތުންގެ ނޭވާ ހޮޅިން ވައްކަން ކޮއްފި. މިކަން ހުރިހާ ރައްޔިތުނައް އެނގޭ.

    78
    3
  17. ހުސޭނުބޭ

    ކަލޭ ދެކުނިންތަ ކޮވިޑް 19 ފަތުރާތަން! އަދި މަތިމައްޗަށް ދެތިން އައިނު އަޅާ!

    55
    1
  18. ކޮވިޑް

    ކަލޯ ހަސަނާ ކޮވިޑް ފުރަމަ ކޭސް އެއީވެސް ކަލޯމެންގެ އެއްޗެއް! އިނގިރޭސިވިލާތުން ގެނެސް ފަތުރާލި. އެއިގެ ފަހުން ކޮންޓްރޯލް ވެފަ އޮއްވައި އަނެއްކަ ކަލޯމެން މަޖިލިސްތެރެއިން ގާތްގޯޅިވެ ފަތުރާލި. ނާޖާއިޒް ފައިދާ ނަގައި ވައްކަންކުރަންވެގެން.

    49
    1
  19. އަލީ1

    ތިދައްކާ "ހޮޅި" ވާހަކަ ދިވެހި ރައްޔިތުން މިހާރު ބަލައިނުގަނޭ!

    59
    2
  20. އައިލާ

    "ދެނެއް ކެތެއްނުވާނެޔޭ" ކިޔާފަ ތިޔަ މަޖުލިސް އެއްހުޅުވިފަހުން މީހުން މަގުތަކަށްގިނަވެ މިބަލި މިވަރަށް މިފެތުރުނީ.. ކަލޭ ކޮސްނުގޮވާ ހުރޭ.

    61
    1
  21. އަލިބެއްޔާ

    ޕީޕީއެމް ޕީއެންސީ މީހުން މުޒާހަރާ ކުރުމުގެ ސަބަބުން ދިވެހިންގެ ނޭވާ ހޮޅިން ވައްކަން ކޮށްފި..

    33
    1
  22. ވަތަނީ ދަރި

    ކަންނުވެ ނަންވާނެ ކަމެއްނެތް، ކަށިން ހިއްވަރުނަގާފަ ރަނގަޅައް ޖައްސަންވީ، ބަސްއަހައިގެން ރަތްޔިތުން ގޭގަ ތިއްބާ ރަތްޔިތުންގެ ބައިތުލްމާލު ކަހާލީ، އިހުލާސްތެތި ވެރިންނެއްނޫން މި އީ، ހަސަނައް އެގޭނީ ހަސަނުމެން ކުރާކަންތައް، ދޮގުހަދާ ފިތުނަ އުފައްދަން، ބަލި މިރާއްޖެއައް ގެނައީވެސް ކަލޭމެން އަދި އެފަތުރަނީވެސް ކަލޭމެން، ހަގީގަތަކީ ތިހާގޯސްކޮއް މި އެއްޗެއް ނުވެސްނެތް، ރަތްޔިތުން ބިރުވެރިކަނެއްގެ ތެރޭ ބައިތިއްބާފަ ވައްކަންކުރަނީ، މިހެން ތިބެގެން މި ނާގާބިލު މީހުނައް ބަރޯސާވެގެން ތިބޭވޭކައްނެތް ދެނެއް، މިހާރު ރައްރަށުގަ މުޒާހަރާ ކުރާވާހަކަ ބުނީމަ ފޭކުކޭސް ރިޕޯޓްތައް ނެރެންފަށައިފި، ހުސްދޮގު ހަދަނީ

    26
    1
  23. ސާންތި

    ކަލޯ ހަސަނާ ތިޔާ ބަޢިގަނޑުގެ ސަބަބުން ނޫންބާ އެމީހުނަށް އެފު ރުސަތު ލިބުނީ، ތިޔަބައި މީހުންގެ ރޫހާނީ ލީޑަ ރަށް ކަމަކު ނުދިޔަ ބަލި ފެތު ރޭލެއް މަދުވީމަ ، އެހެންވެ ސިއްހީ މާހި ރުންނާ ޖަދަލުކޮށްފަ މިއީ އާދައިގެ ރޯގާޔެކޭ ކިޔާފަ ޖަލްސާތައް ބާއްވަން ފެށީ ހުއްދަ ނުދިނަސް ޖަލްސާ ބާއްވާނެ ކަން ވިސްނިގެން ލުއި ދިނީ ، ތިމާމެން ހު ރިހާ ނުބަޔެއް ހަދާފަ އެހެން މީހުންގެ ބޮލުގަ އަޅުވަން މަސައްކަތްކު ރުމަކީ ތިޔަބައިމީހުންގެ ކަށީގަ ހިފާފަހު ރި ކަމެއް މިހާ ރު ވެސް ރޫހާނީ ލީޑަ ރ އެބުނަނީ ކޮވިޑްއާއެކު އުޅެން ދިވެހިންނަށް ދަސްވެއްޖެޔޭ އެހީތެ ރިވާކަށް ނަ ރު ހުންނެއް ނެތް ބޭސްކު ރާކަށް
    ޑ ރ. ނެއް ނެތް އެޑްމިޓް ކު ރާކަށް ތަނެއް ނެތް ހު ރިހާ ނުބަޔެއް ހެދީ ހަމަ ތިޔަމީހުންގެ ރޫހާނީ ލީޑަ ރ އާ ރީދޫކުލައަށް ނިސްބަތްވާ މީހުން ، އިދިކޮޅަށް މުޒާހަ ރާ ކު ރުމުގެ ޗާންސް ހޯދައިދިނީވެސް ތިޔަބައި މީހުން ދެން މިހާރު ކީކޭ ތިކިޔަނީ ބުއްދި ހަމަތޯ ސުވާލު އުފެދޭ

    ރ.ނެތް ނެތް

    29
    2
  24. އަބްސ

    ބޭރުގަ ކިޔަވަން ތިބި ކުދިން ތަކެއް ގެނެސް ރަށުތެރެޔަށް ދޫކޮއްލާފަ، ޕާޓީ ބާއްވާފަ އެހެން މީހުންގެ ބޮލުގަ ނާޅުވަ، މުއަދިވެސް މުޒާހަރާވެސް ކުރާނެ، ތި ހުރިހާ ވަގުން ވެސް ހިފާނެ

    16
    1
  25. މޑޕ

    މުޅި މާލެ އަށް ކޮވިޑު ފެތު ރީ ހުޅުނބު ހަސަނު

    17
    1
  26. ޕޮޒިޓިވްވީމީހެއް

    މަދުވާނަން ހަސަނު ފަހަތުން އަރާތޯ ބަލަން

    17
    1
  27. ނާދިރާ

    ހަސަނާ ކަލޯ މަހައްދޭބަލަ

  28. ޢިޔާބު

    ނުކިޔަވާ ސޮރެއް

  29. Anonymous

    ކޮހުން ހޮވާފަ މިތިބީ

  30. އޑަފި

    އެންމެ ވިއްސަކަށް މީހުން ދެރެއަކު މަގުމައްޗަށް ނުކުމެގެންތަ މުޅިމާލެއަށް ކޮވިޑް ފެތުރުނީ ނޫނީ މިސަރުކާރުގެ ނާގާބިލުކަމންތަ މުޅިރާއްޖެއަށް ކޮވިޑް ފެތުރެމުން މިދަނީ

  31. ބޭނުންވިގޮތް

    އިނގުރައިދޫ ދާއިރާގެ މެމްބަރޭ ބުނަން ވެސް ލަދުގަނޭ.

  32. ބޯޖަލީލު

    ހުންއަންނާނެ ކަމަށް ރަޖާނުލާތި ، އިދިކޮޅު އެއްމެނަން ކޮވިޑުޖައްސާފަ އިންތިހާބު ކާމިޔާބުކުރާނީ ހަސަންޓޭ ހޭދެބައިވީތޯ ބުރާންޗާ

  33. ހުސައިން އިބްރާހިމް

    މަސްއަލާގޯސްވީއެހިސާބުންކަމަށްބެލެވޭ