ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ދިމާވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވި ނަމަ ކޮރަޕްޝަންގެ މާ ގިނަ އަމަލުތައް ސަރުކާރުގެ ތެރެއިން ފެނިގެން ދިޔައީސް ކަމަށް މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރަށްރަށް ގިރުމާ ގުޅޭ މައްސަލާގައި އެންވަޔަރަމަންޓް ކޮމިޓީން އެކުލަވާލި ރިޕޯޓްގެ ބަހުސް މަރުހަލާގައި އެމްޑީޕީގެ އެ މެންބަރު ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައި ދިވެހި ރައްޔިތުންގެ މައްޗަށް އެމްޑީޕީން ވެރިކަން ކުރަމުން ދިއުމަކީ ލިބިފައިވާ ނަސީބެއް ކަމަށެވެ. ނޫން ނަމަ ރަށްރަށް ގިރުމުގެ މައްސަލަތަކާ މެދު ބަހުސެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
އަފީފް ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ދަށްވެފައިވާ މި ދަނޑިވަޅުގައި ސަރުކާރަށް އިގްތިސާދު މެނޭޖް ނުކުރެވޭ ކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުން ވާހަކަދައްކާ އިރު އެ ބޭފުޅުންގެ ސަރުކާރެއް ނެތް ކަން ވެސް އެއީ ދިވެހި ރައްޔިތުންގެ ލިބިފައިވާ ނަސީބެއް ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް މި އޮތީ ވަރަށް ބޮޑު ނަސީބެއް ލައްވާފައި، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދިވެހިރާއްޖޭގެ ވެރިކަމުގަ މިއަަދު ނެތުމަކީ މި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ނަސީބު،" ހަސަން އަފީފް ވިދާޅުވިއެވެ.
އަފީފް ދެން އިޝާރާތް ކުރެއްވީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައަށެވެ. ފަޅުތަކާއި ފަޅު ރަށްތައް ކުއްޔަށް ދޫކޮށްގެން ދިވެހި ދައުލަތަށް ލިބެން ޖެހޭ އެއް ބިލިއަން ރުފިޔާއަށް ބޮޑު އަދަދަކަށް ހިޔާނާތްތެރިވެފައިވެއެވެ. އެ ހިޔާނަތުގައި ދައުލަތުގެ އެތައް މުވައްޒަފަކާއި ސިޔާސީ ބޭފުޅުން ބައިވެރިވިކަމުގެ ތުހުމަތުކުރެވެއެވެ.
"ޔަގީނުންތާ އޭނަ ބޭސްފަރުވާ އަށް އެތައް ބައިވަރު ލާރިތަކެއް އޮންނާނީ ނަގާފައި، ރާއްޖޭގެ ފަޅުތަކާ ވިލުތަކާއި ފަޅުރަށްތަކާއި ވިއްކާލައިފަ ލިބުނު ރާލި ކޮންތާކުތޯވީ؟ އަޅުގަނޑުމެންނަށް ވެސް މި ކަހަލަ ވާހަކަ ދެއްކޭނެ،" މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ކޯލިޝަންގެ ބައެއް މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އަފީފް ވިދާޅުވިއެވެ.
އަފީފް މިހެން ވިދާޅުވި އިރު އެމްއެމްޕިއާރުސީ ބޮޑު ހިޔާނާތުގެ މައްސަލަގައި މިހާތަނަށް ހުކުމް ކޮށްފައިވަނީ ރައީސް ޔާމީންގެ މައްޗަށް އެކަންޏެވެ.
އެ ކަމުގައި ބައިވެރިވިކަމުގެ އެންމެ ބޮޑު ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތަށް ކުރީގެ ސަރުކާރުގައި ހުކުމް ކުރެއްވި ނަމަވެސް ފަހުން އެ ހުކުމްތައް ބާތިލްކުރިއެވެ. އަނެއްކާ ވެސް ފަހުން ދައުލަތުން އެމީހުންގެ މައްޗަށް ދައުވާ އުފުލިއެވެ. އަދީބު ހުންނެވީ އޭގެ ޝަރީއަތެއް ނިމެންދެން ޖަލު ބަންދެއްގައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލަމުންދާ ދުވެލި ލަސްކަމުން ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް ދަނީ އަމާޒުވަމުންނެވެ. އަދި ކޮވިޑް-19 އަށް ކުރަން ޖެހޭ ހޭދަތައް ކުރުމުގެ ތެރޭގައި ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތަކެއް ކޮށްފައިވާ ކަން ފެންމަތިވުމުން މި ސަރުކާރަށް ވެސް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ.
މިސަރުކާރުން އެހެންވީމާ ދައުލަތުގެ ޚަޒާނާއިން ހަމައެކަނި ދުލުކުރިން ރަހަދޯ ބަލާލީ؟
ރައިސް ޔާމީން ހުރިނަމަ ތަރައްގީ ގެނައީސް، ބުރިޖުތަކާ، އެއާޕޯޓްތަކާ ހޮސްޕިޓާތަށް ހެދި... ކައިކައިފަ ވެސް އަދި ނުކައި ވިއަސް ރައިސް ޔާމީން ތަރައްގީ ގެނެސްދިން.. މިވެރިކަމުގަ ހަމައެކަނި ސަރުކާރުގެ ވެރިން ކަނީ، ރައްޔިތުންނަށް ކަމެއް ނުކޮށްދޭ... . ކައިކައިފަ ވެސް ކަމެއްކޮށްދޭ ނަމަ . ރައްޔިތުން މަޖުލީސް މެމްބަރުން ކަންތަށް ކުރާ ގޮތުން މިހާރު އެމްޑީޕީ މެމްބަރަކަށް ވީތީ ވެސް ދެރަވޭ
އެހެންވީމާ މިހާރުވެސް ވައްކަން ކުރެއޭތޯ ތިޔަވިދާޅުވީ. ބަލަ ސޯލިޙަކު އެރުވީ ރ. ޔާމީން ކަމުނުގޮސްގެން ކަންކަން ރަނގަޅުކުރާކަންނު. ކީއްވެ ބައިރުފިޔާ އެއްގައި ވެސް ޖެހެންވީ. ރައީސް ޔާމީންއޭ މަޝްހޫރު ބޭފުޅެއް ނުބައި މީހެކޭ ކިޔާ. ވަގެކޭ ވެސް ކިޔާފައި ޖަލަށް ވެސް ލީތާ އެކަމަކު ދުޢާދެއްވި ސޯލިޙަކު ވައްކަން ކުރުމަކީ .... ޙައިރާން
ފައިސާ ނެތީމަ ތަންކޮޅެއް ވައްކަން ކުރެވޭ ވަރު މަދުވެގެންނޯ މިއުޅެނީ.
އަފީފަށްވުރެ ބޮޑުވަގެއް މިދިވެހިރާއްޖެއަކު ނުހުންނާނެ އޭ އަފީފު ހެލްތު މިނިސްޓަރާ ތޮޅެނީކިއްވެގެންކަން ހާމަކޮށްދީބަލަ
ބަލަގަ މިހިރަ އިއްޒަތްތެރި ގަމާރަށް ނޭގެނީބާ ވައްކަން ކިތަންމެ އަދަދު ކުޑަނަމަވެސް ވާނީ ވައްކަމަކަށްކަން؟ ޔާމިންގެ ވެރިކަން ރައްޔިތުން ނިމުމަކަށް ގެނުވީ ވައްކަމާއި އަނިޔާގެ ކާޑުކުޅެގެން އެކަން ނުކުރާނެކަމަށް ވައުދުވެ ޒީރޯ ޓޮލެރެންސްއޭ ކިޔާފަ! އެކަމު އެއިރަށްވުރެ މި ދެކަންތައްވެސް މިއުޅެނީ އެތައްހާސް ތަނެއް ކުރީގައި.
އަހަރަމެންގެ ބަދު ނަސީބު. މިބަލިމޑުކަމުގައި ތިޔަ ސުންޕާ، ލާދީނީ ޖާހިލުން މިގައުމުގެ ވެރިކަމުގައި ތިބުމަކީ. ތިމާމެންގެ އެއްވެސް ކެޕޭސިޓީއެއް ނެތީމަ އަބަދުވެސް ޔާމީނޭ ، ކުރީ ސަރުކާރޭ ފަޅޮލޭ ކިޔަކިޔަ ތިއްބާ 2 އަހަރު ފާއިތުމިވަނީ. ވައްކަން ފިަޔަވައި ކުރެވުނު ކަމެއް ހަރާމް. ގައުމުގެ ރިޒާވް ހުސްކޮށް ، ގައުމު އިންޑިއާ އަށް ވިއްކައިފި. އިސްތިއްފާ ދީފާ ކަލޭމެން ދިޔުން މިގައުމަށް މިހާރު އެންމެ ފައިދާ ބޮޑީ
އަފީފް އަކީ ރައީސް ޔާމީނަށް ޒާތީ ޙަސަދަ ވެރިކަމެއްގެންގުޅޭ މީހަކަށް ވުމުން އެމަނިކްފާނަށް އަފީފުގެ ދުލުން ހެޔޮބަހެއް ލިބުމަކީ ވަރަށް ނާދިރުކަމެއް. ރައީސް ޔާމީންގެ ދުރު ވިސްނޭ ސިޔާސަތާ އެމަނިކްފާނުގެ ޙިކްމަތް ތެރި ރޭވުން އަފީފްގެ ދުލުން ނުބުންޏަސް މިރާއްޖޭގައި ތިބި ހެޔޮވިސްނޭ އިންސާފަށް ލޯބިކުރާ ބުއްދި ވެރީން ޤަބޫލުކުރޭ. ކޮވިޑްގެ ޙާލަތު ވެސް މިހާހިސާބަށް އެމަނިކްފާނު ހުރިނަމަކާ ނުދާނެ. އެމަނިކްފާނަށް ގޮތް ނިންމަން އެނގޭނެ. އެމަނިކްފާނު ގެ ވެރިކަމެއް ނަމަ މިފަދަ ނުރައްކާތެރި އަނަދަވަޅަކަށް ދިވެހީން ނުދާނެ. ނުިރަނަގަޅަށް ލިބުނު ވެރިކަކަމަށް ވިމަ ވަމުންދާގޮތް މީހައްތާހާވެސް މިމިޙުންގެ ސުންޕާ ވެރިކަމެއް އައިފަހުން ރަނގަޅު އެއްކަމެއްވެސް އެބަވޭތަ؟
ވިލުފުށީ ބޮޑު ވަގު..
މިކަހަލަ ހާލަތުގައި ޔާމީނު ވެރިކަމުގަހުރި ނަމަ، ފިސާރި ލާރި ކާލީސް ކަމަށް ބެލެވޭ!
މީކޮން ނަޖުވާ އެއް؟
އަބަދު މެޑަމް އާ އެޅިގެން ނެއްޓިގަންނަން ނޭނގޭ ނަޖުވާއެއް.
ޢެއީ ޖުވާގެ ވައްތަރެއް
ދިވެހި ގައުމަށް އެންމެ ގިނަ ފައިސާވަނީ 2013 އިން 2018 އަށް އޭުވެސް ނުކައި. ކެއޭގޮވީ. އެފައިސާވެސް ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި. ޖާބިރު ބުނިހެން ބިލިއަނުން ކެއޯ އެކަމަކު 1 މިއަނަށް އެންމެފަހުންވީ. އެވެސް އޮތީ ދީފައޯ. އެކަހަލަ މާތް އިހްލާސްތެރިއަކު ރައްޔިތުން ބިކަވުމުން ކާނެތަ؟
ކަޅޭމެން ތީ ވައްކަން ނުކުރަންއައި ބައެއް އެހެން ވީމަ ކޮން މުންޖެކެޭ ކިޔަަބަލަލަ
ޢަފީފް މެން ލަދެއް ނުގަނޭތަ
އެހެން ވީމަ އެބަ އިނގޭ ދެއްތޯ މިހާރު ރައްޔިތުން ބިކަ ކޮށްފަ ވައްކަން އެބަ ކުރޭކަން. ލަދެއްވެސް ނުގަނޭ އަނގަ ހުޅުވަން
ތިމާ މިހުރިހަަލު ހީވާނެ އެންންމީހުން ވެސް އުޅެނެހެން
އިބިލީސްވެސް ތެދެއްބުނެފިއްޔާވާނީތެދަކަށް! ސުވާލަކީ ވައްކަންކުރީ ނުވަތަ ކުރަނީކާކުތޯ؟ ރައީސްޔާމީނު ވައްކަންކުރެއްވިކަމަށްބުނާ ވޭތުވެދިޔަފަސްއަހަރު ގައުމުބިނާކުރެއްވުމުގައިހޯއްދެވިކުރިއެރުމާއި ދެފަހަރުމަތިން " ވައްކަންނުކުރާ" އޯގާތެރިސަރުކާރުއައިސް ގައުމަށްވީގޮތާ ފޮރުވަންކިތަންމެކަމެއްކުރިއަސް ލޯސަލާމަތުންހުރިމީހަކަށް ސިފަކޮށްދޭކަށްނުޖެހޭނެ! ކިތަންމެވަރަކަށްވަގަށްގޮވިއަސް ރައީސްޔާމީނަށްތިޔަދެނީ އަނިޔާނޫންކަމަކަށްނުވާނެ! ގައުމުގަހުޅުޖަހާއެތައްގެއްލުމެއްދީފަ ކުރިންފިލުނަސް ﷲގެއިރާދަފުޅާއެކު މިފަހަރުސޮރީ!
ޢަފީފު ވެރިކަމުގަ ހުރިނަމަ ޤައުމް ހަފައިގެން ކާލާނެ،... ކާކުތަ މީ އަނގަ ފުޅާކުރަނީ ... އެމް.ޑީ.ޕީ ޕަޕެޓް...ޕަކާސް
ސަރުކާރުން ކޮވިޑުން ވައްކަންކުރިކަމަށް އަފީފް އެއްބަސްވިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ. އެކަމުދެން މިވެނި އެވެނި މީހަކު ހުރިނަމަ ކިއުމުގެ މާނައެއް ނެތް. ވައްކަން ކުރީމާ އެމީހުން ވަކިކޮށް އާ މީހުން އައްޔަނުކުރަންޖެހޭ. އަދި ހިންނަވަރު ސޯލިހާ ކެރަފާ ނަސީދު އިސްތިއުފާ ދޭންޖެހޭ. ޖާބިރު ބުނާހެން ވަގްތުން ވަގްތަށް
އެހެންވީމަ ހަސަން އަފީފައް އިގިލައްވައިފި ދެއްތޯ ވައްކަން އެބަ ކުރެވޭކަން.
ކަލޯ ހީކުރަގޮތް ޔާމީނުގެ މެނޭޖުކުރެއްވުން މާކުޅަދާނަވާނެ ދޮގެއްނުހަދާނެ މި ސަރުކާރުމީ ހަލާކު
ދޮގު، ރަޢިސް ޔާމީނުގެ ވެރިކަމުގައި އެތަށްބައިވަރު މަޝްރޫޢުތަކެއް ވަރަށް ގިނަ ހިސާބުތަކުގައި ކޮށްފައި އެބަހުރި ވެރިރަށް މާލެއަށް ބަލާލިކަމުގައިވިޔަސް ބޮޑެތި ބޮޑެތި ބިޔަ ކަންކަން ވަރަށް ހަލުވިކަމާއި އެކު ކުރަމުން ދިޔަ، މިހާރު ސުކޫލު ކުދިން ބޭނުންކުާ ޓެބްލެޓްވެސް އެއީ ޔާމީނުގެ ވެރިކަމުގައި ކުދިންނަށް ދީފައިވާ ޓެބްލެޓްތައް ވިސްނާ ފިކުރު ކުރުން ކިތައްމެހާވެސް ރަނގަޅު މިހާރު ކުދިން ކިޔަވަމުން ދަނީ އެޓެބްލެޓްތަކުން، ރަސްފަންނުގެ ވެލިމަގުގައި ގާއެޅިހެން ، އިސްލާމީ މަރުކަޒުގެ އުތުރަށް އޮންނަމަގު ޖެއްސުން ކުރާ ބީދައިން ހުޅުވާލި ގޮތަށް ޓެބްލެޓްތައް ކީއްވެ ކުދިން އަތުން އަތުނުލީ އެވެސް އަތުލާ އަތުލާފަ ނަޝީދުގެ އާއިލާގެ އެއްމެންނަށް ބަހާ، ( ތުހުމަތުގެ ސަރުކާރު)
މީ އަދި ކާކުތަ މާ މޮޅު މީހަކަށްވެގެން ނަމަ ނަމަ ކިޔަން. ކިޔާބަލަ ރައީސް ޔާމީން ވެރިކަމުގަ ހުރިނަމަ މިހާރު ކަލޭމެން ތިކާވަރަށް ކަލޭމެންނަކަށް ނުކެވޭނޭ.? އާނ ފަހެ އެހެންޏަ? މިމީހުން ހީވަނީ މިހާރުވެސް ކެވޭލެއް މަދީހެން?. ޔާމީންއާ ދިމާއަށް ވައްކަން ކުރިޔޭ ވަގޭ ގޮވިއަސް ވައްކަން ކުރިކަމަށް ވާނީ ކުރިއްޔާ?. އެކަމް މަށަށް އެނގެނި, މަށަށް ފެންނަނި، ވަގޭ ގޮވިޔަސް ވައްކަން ކުރިޔަސް ނުކުރިޔަސް ޔާމީން ތަންތަން ތަރައްޤީ ކޮށްފަ ހުރިކަން ބޮޑު ހޮސްޕިޓަލަކާ ބްރިޖެއްވެސް އަޅާފަ އޮތްކަން?? އެކަމަކު ކަލޭމެން ވައްކަން ކުރާއިރު ރައްޔިތުން ފަޤީރުވުން ކަމެއްނުވޭ???♀️ ދެން މަށަކަށް ނޭނގެ މިވާގޮތެއް?♀️ ވަރަށް ސަލާމް?
އަމިއްލައަށް އިޢްތިރާފުވީ ދޯ ތީ ވައްކަން ކުރާބައެކޭ، ބަލަ ވައްކަން ކޮށްފަ ވެސް ޔާމީނު ބޮލުގަދޯ ، ކުރިންވެސް ދޮގު އިލްޒާމު އަޅުވާ ރައްޔިތުން ނަށް އޮޅުވާ، ލަދު ކުޑަ އެމްޑީޕީ
މީނައަށްވާނީ ހަމަ މިހެއް މިކަލޭގެ އާއި ފިނޭންސް މިނިސްޓަރ ކޮރޯނާގެ އެއްމެ ބޮޑު ފައިދާއެއްނެގީ މީ ވެއްޓިލޭޓް ގެނައުމުގާ އެއްމެ ބޮޑަށް މަކަރާ ހީލަން ހެދީ އަދި އެލާރކޭމީހާ އެހެއްވެ ގޮވޭ ނުގޮވޭ އެއްޗެއް ނޭގިދާނެ
އޭއި މިހިރަ ބީތާ، ތިބުނީ ވައްކަން އޯކޭ އޭ ތަ. ގަޓް ހުރެގެން ބުނެބަލަ
އެއްބަސްވަން ދެއްތޯ ހިޔަލީއާ ދެމީހުން ގުޅިގެން ވައްކަން ކުރެވުނުކަމަށް
ޙަސަން އަފފު އަކީ ރާއްޖެ ދިރުވާލަން މަސައްކަތްކުރާ ބޮޑު ހާއިނެއްދޯ
އަފީފޫ މިފަސް އަހަރު ކަލޭމެން ވަރަށް ގިނައިން ވަށްކަން ކުރަން ރާވައިގެން ދޯ ތިބީ. ޔާމީނޭ ކިއުން ހުއްޓާ ލެވޭނެބާ؟
އަފީފު ބަހަށްޓައިގެން ވިއްޔަ ރ ޔާމީނު ކުރިވައްކަމެއް ކުރީ ދޯ ބަލަގަ އަފީފު ޔާމީނު ކުރިޢްޔަކުރި ވައްކަން ފެންނަން އެބަހުރި ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް
ބޭފުޅާއަށް މިހާރު ވާނޭކަންކަން އެނގެނީތޯ؟ ނަބިއްޔާ ހަދީޘް ކުރައްވަނީ ވާނޭކަންކަން އެނގޭކަމަށްބުނާ ކޮންމެ މީހަކީ ދައްޖާލެކޭ. އެމީހާއާ ތިޔަބައިމީހުން ދުރުވާށޭ.
އަބަދުވެސް ގިނައިން ނަގާމީހުންނަށް ހީވެފަ އޮންނަނީ އެހެން މީހުން ތިމާމެންނަށް ވުރެ ގިނައިން ނަގާނެކަމަށް. ވެއެިޓް ކޮއްލައްވާ ނެގިވަރު އެގޭނެ ދުވަސް ކާރީ އެބަވޭ. ސަލާމް.
ހެހެ އެހެން ވީމާ ވައްކަން ކޮއްފިތާދޯ،
އެހެން ކަމުން ކޯޓްއިން އެކަން ބަލާ ހައްޔަރު ކުރަންޖެހޭމީހުން ހައްޔަރު ކުރަންކެރޭނެބާ
ޢަފީފުހުރިނަމަ ރައްޔަތުމީހާގެ ގޮހޮރުވެސް ނިއިއްނާނެ
ރައީސް ޔާމީނު ހުންނެވިނަމަ މިމުސީބާތުން ސަލާމަތްވާން މިހާރު މިއަޅާފަހުރިކަހަލަ ދެއުޅި އެއްނުވާ ކަންތައްތައް ނުކުރައްވާނެ، ލާރިވެސް ހޯދާނެ، ވެންޓިލޭޓަރުވެސް ހޯދާނެ! އިންޑިޔާ ބުނާގޮތަކަށް ހަމަ ގައިމު ނަހަދާނެ! ފަހަރެްގައި މިމުސީބާތް ލައިވެސް ނުގަންނާނެތޯއްޗެ!!!
އޭމިހިރަ އަފިހުންގަޑާ ރައްޔިތކަށް އެއްވެސް ނޮކޮށްދީ ކައިލިވަރު މަދީތަ! ރައީސްޔާމީނުފައިކޭނަމަ ކައިފައިއޮތީ ރައްޔުތުންންނަށް ބޮޑެތި ތަރައްޤީ ތަކެއް ޙޯދައިދީފައި ތިޔައީ އަވަރުމިޙެއް ތަރައްޤީތައް ނުފެނިގެން ތިޔައުޅެނީ މިސަރުކާރުން ރައްޔިތުންނަށް ކޮށްދިން ކަމެއް ބުނެބަލަ
އަފީފު ކަލެއަކަށް ނޭނގޭނެ ޔާމީނު ކުރާއްވާނެ ކަންކަމާ ނުވާނެ ކަންކަން ބުނެދޭކަށް.
ކަލޭ ވެސް ތިއެއްބަސްވީތާ ކަލޭމެން ވައްކަން ކުރިކަމަށް. އަމިއްލައަށް އިއުތިރާފުވުމަކީ ޖަލުގެ ދޮރު ތިޔަބައިމީހުންނަށް މަރުޙަބާ ކިޔާކަނެ ކަމެއް! ހެހެހެ
ޒީރޯޓޮލެރެންސަކީ މަދުން ވައްކަން ކުރުންދޯ
ނަމައޭ ކިޔާކަށް ނުޖެހޭ ދައުލަތުން ކުރިވައްކަން ބަލންޖެހޭނީ. ޔާމީނު އޮތީ ޖަލުގަ. ޔާމީނު ގޭގަހުރިނަމަ ޔާމީނު ކުރިވައްކަމަކަށްވާނީ.
މި އަފީފު އެހެން ބުނިއިރު އެމް.ޑީ.ޕީގެ ކުރީގެ ވެރިކަމުގައި މީނާގެ ހިއްސާ އޮންނަ ކުންފުންޏަކުން ބޭސް ގެނެސްދިނުމުގެ ނަމުގައި ހެލްތް މިނިސްޓްރީން ވަގަށް 11 މިލިއަން ރުފިޔާ ނަގައި، ބޭސް ގެނެސްނުދީ އޮތްކަން މި ގައުމުގެ ރައްޔިތުންނަށް އެނގޭބާ؟ ެެެެެެެެެެެެެެެެެ
އެހެންތަ ލަދުކުޑަ ކަލޭގެލޯ ސަލާމަތުންތަ ހުރީ ޔާމީނުގެވާހަކަނުދައްކާހުރޭ މިހާލަތުގައި ކަންކަން ނުވީމަ ކުރީގެވެރިންގެ އަބުރުހުތުރު ކުރަން އުޅޭނެކަމެއްނެތް ތީކޮންބައިގަޑެއްކަން އެގޭއަމިއްލައަށްއައުރަނުދައްކާ ބަލާނެބަޔަކުނެތް
އެހެންވީމަ ތިޔަބުނަނީ ތިމަންނަމެން ވައްކަންކުރަމޭ ރައްޔިތުން ނައްް ހާމަވާވަރު މަދީއޭ ދޯ. ތިމަންނަމެން މޮޅީއޭ ވައްކަންކުރަން ސަޅި. ގުދޯ ގުދޯ ތިޔަކިޔަނި ދެން އަތްޖަހާ ކުދިންކޮޅު.
"ނަމަ"! ކުރުވާހަކަ!
ބަލަގަ އެމްޑީ ތިބޭކަހަލަ ވަގުންނެ ަރައީސްޔާމީނު ކާރިޔަކުނުތިބޭނެ
ކޮމެންޓްތަކަށް ބަލައިލިޔަސް، ލައިކްތަކަށް ބަލައިލިޔަސް އެނގޭ ޔާމީން ކޮޅުކަން ގަދައީ.....
މިހާރު ކުރާ ވައް ކަންތައް މަދީތަ
ކަލޭ އެއްބަސްވީ ދޯ ކަލޭމެންގެ ޕާޓީން އިސްވެރިން ވައްކަންކުރާކަން
ބޮޑުވަރު
އެމްއެމްޕީއާރުސީގެވާހަކަބޭފުޅާ ނުދެއްކެވިއްޔާރަނގަޅުވާނީ ބޭފުޅާޔަކީވެސް އެމަޅީގަޖެހިފައިވާ ބޭފުޅެއް އަދި އެކަންއިތުރަށް ބެލޭނެދުވަސް ﷲއިރާދަކުރެއްވިއްޔާ މާދުރަކުނޫންއޮތީ
ވައްކަން ނުކުރާނެ ބަޔަކު މި ރާއްޖޭގައި ވެރިކަމެއް ނުކުރާނެކަން ޔަޤީން. ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮއްދޭނެ އެއްވެސް ވެރިއަކު އަދި ނާދޭ ވެރިކަމަކަށް. އަދި ނުވެސް އަންނާނެ.
ބަލަގަ ނަސީދުގެ ވެރިކަމުގަ ނެގިދަރަނި 16 ބިލިއަންރުފިޔާއިންކުރީ ކޮންކަމެއް އަތޮޅުއެކައުންޓާ ރަށު އެކައުންޓްގެ އެތައްމިލިއަން ރުފިޔާ ކޮބާ.މިވެރިކަން އައިއިރު ހުރި 900 މިލިއަންޑޮލަރުގެ ރިޒާވް ކޮބާ ބިދޭސީންގެ ޑިޕޮޒިޓްގަހުރި 11 މިލިއަން ޑޮލަރު ކޮބާ ކުރިކަމެއް ބުނެދީބަލަ ޕެންސަން ފަންޑުގާހުރި 16 ބިލިއަން ރުފިޔާ ކޮބާދަރަނަޏަށްނަގާ ކުރިކަމެއް ބުނެދީބަލަ
ހޭބަލި ނުވޭ ތިބެ. ޔާމީނު މާސްޓަރ ޕޭނެއްގެ ދަށުން ބުރޯ ލައްވާ ވައްކަން ކުރުވާ އެފައިސާ އިން މަނީ ލޯންޑާރ ކުރީ. އެގިއްޖެތަ؟ އަހަރުމެން ނުއުޅެން ކުރި ކަންތައް ނެއެގިގެން. ޔާމީނު ބުނެގެން ނެގި ފައިސާގަޑުގެ ބޮޑުބައެއް ޔާމީނުގެ އެކަނުންޓު ތަކަށް ވައްދާފަ ބާކީ ހުރި ފައިސާ ވީ ނުވީ ތަނެއް ނެއެގިގެން އެ ހޯދުމުގެ ބޭނުމުގަ މުޅި ރާއްޖޭގަ ކާފިއު އިއުލާނު ކުރީ. އިބޫ ސޯލިޙު ގެ ވެރިކަމުގަ އިބޫ ބުނެގެން ވައްކަން ކުރި ބަޔަކު ނުތިބޭނެ. ވަޒީރުން ވައްކަން ކުރުމުން އިބޫގެ ކަމަކީ އެކަން ތަހުގީގު ކުރުން. ޔާމީނުގެ ދުވަސް ވަރު ފެނަކައިން ނިމާލުމެން ވައްކަން ކުރީމަ އެހެން މަގާމެއް ދިނީ. ބުރޯ ވައްކަން ކުރީމަ ނައިބު ރައީސް ކަން ދިނީ. އޮޑިޓަރ ޖެނެރަަލް ވައްކަން އެބަކުރެއޭ ބުނީ މަ ޔާމީނު ދިން ޖަވާބަކީ " އިޓްސް ނަން އޮފ ޔުއަރ ބިޒްނަސް" ލަދެއް ނުގަނޭ ތަ ޕީޕީއެމް ގަމާރުން ވާހަކަ ދައްކަން.
ވައްކަންކުރިކަމަށް އިއުތިރާފުވެއްޖެ މިމީހުން ވެރިކަމުންބާލަންޖެހޭ އިސްތިއުފާ
ޔާމީނު މަރުވިނަމަ ޖަލަކުވެސް ނޮއޮންނާނެ އެހެން ވީމަ ކުޑަކޮ ވައްކަން ކުރަނީ
ކޮންމެކަމެއްވާއިރަށް ޔާމީނޭ މިގޮވަނީ މިއީ ކޮވިޑް19 އަށްވުރެ ނުރައްކާބޮޑު ރޯގާއަކަށް ވެއްޖެނު މިހާރު. ކުރިން ހުރިމީހާ ވައްކަން ކޮށްގެންވެސް ކޮށްފައިހުރި ކަންތައް ފެންނަން އެބަހުރި. ތާއަބަދު މިނޫންއެއްޗެއް ކިޔާކަށް މިބުރާންތިންނަށް ނޭނގެނީތަ؟
ކުރީ ސަރުކާރޭ ފަޅޮލޭ ކިޔަކިޔަ ތިއްބާ 2 އަހަރު ފާއިތުމިވަނީ. ވައްކަން ފިަޔަވައި ކުރެވުނު ކަމެއް ހަރާމް.
މިސަރުކާރު ކޮނމެއަހަރަކު ފާސްކުރާބަޖެޓް އެހެން ހުރިހާސަރުކާރަކައްވުރެވެސް ބޮޑު އެކަނަކު ވީކޮންކަމެއް. ށަރުކާރު އިފީސްރތައް ނުހިންގިގެން އުޅޭއުރުވެސް ރައްޔިތުން މަޖިލިހުގެ މެމްބަރުން ކިހާކެއުމެއް އެކަނީ ކޮންމެ ޖަލސާއަކައްފަހު
ސާބަސް ދެން
ލައްކަ ފޯރިގަދަ ???
މީގަ މިއުޅޭ ރަންނަމާރި އަތުޖެހޭނީ ކޮންއިރަކުންބާ ???މަ ވާ ސަލާމް ???
މީ ބޮޑު ރަންނަމާރިއެއް އަރައިގެން އުޅޭ ތަނެއްތަ ???