ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަޚުލޫފަށާއި ޖުމުހޫރީ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާ ވަލީދާ ވަލީދުގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ޤާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.
މިދައުވާގެ ތަކުގެ އަޑުއެހުން ބޭއްވުމަށް ކުރިމިނަލްކޯޓުގައި ތާވަލުކޮށްފައި ވަނީ މިމެއި މަހުގެ 25 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 އަށެވެ.
ވަލީދާގެ މައްޗަށް ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާކޮށްފައި ވަނީ ސުޕްރީމްކޯޓުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގެ ތެރެއިން ތަފާތު އެކި ފަހަރުމަތިން އޭނާ ހައްޔަރު ކުރުމަށް ފަހުގައެވެ.
މީގެ ކުރިންވެސް މަހުލޫފްގެ މައްޗަށް ދެ ދައުވާއެެއް އުފުލާ އެ ދައުވާތައް ސާބިތުވާކަމަށް ނިންމުމުން މަހުލޫފް ވަނީ 10 މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާފަ އެވެ.
މަޚުލޫފުގެ މައްޗަށް ކުރާ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އާދިއްތަ ދުވަހަށް ތާވަލު ކުރި އިރު، މަހުލޫފަށް ދައުލަތުން ދައުވާ ކުރާ ތިން ދައުވާއެއްގެ އަޑުއެހުން އަންގާރަ ދުވަހު ކުރިމިނަލްކޯޓުގައި ކުރިޔަށް ގެންގޮސްފައި ވެއެވެ.
ވަލީދާ މިހާރު ހާދަ ދޮނޭ! ސިއްރަކީ ކޮބައި؟