ފުލުހުންގެ ވަޒީފާ އަދާކުރަމުން ދިޔަ ޒުވާން ފުލުހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

ފުލުހުންގެ އިދާރާއިން މިކަން ހާމަކޮށް ވިދާޅުވެފައި ވަނީ، ނިޔާވީ ޕޮލިސް ސާޖެންޓް، ޝުޖާއު އަދްދާން ކަމަށެވެ. އުމުރުން 36 އަހަރުގެ ސާޖެންޓް އަދްދާނަކީ ހއ. ދިއްދޫ އަށް ނިސްބަތްވާ ބޭފުޅެކެވެ.

ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ވަނީ ސާޖެންޓް ޝުޖާޢު (2100) އަށް ހެޔޮ ދުޢާކޮށް އާއިލާ އާއި ރަހުމަތްތެރީންނަށް ކެތްތެރިކަން މިންވަރުކޮށްދެއްވުމަށް އެދި ދުޢާކޮށް ތަޢުޒިޔާ ފޮނުވާފައެވެ.

ސާޖެންޓް ޝުޖާޢު ނިޔާވެފައި ވަނީ ރޭގެ ވަގުތެއްގައި ދިއްދޫގައެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ސާޖެންޓް ޝުޖާޢުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދަށްފަހު ދިއްދޫ ހުކުރު މިސްކިތުގައެވެ. ހެޔޮ އެދޭ ފަރާތްތަކުން މަރްޙޫމްގެ ކަށުނަމާދުގައި ބައިވެރިވެދެއްވުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހާލުގެ ދުލުން

    ސުޖާއުގެ 3 ކުދިން އެބަތިބި، ބޮޑަށް ހުރި ކުއްޖާއަށް 10 އަހަރު ކުޑަ ދަރިފުޅަށް 1 މަސް، ނިޔާވީވެސް ހިދު މަތުގަ އުޅެނިކޮށް ދި މާވި ކަ މެއްގަ، އާއިލާއަށް ކޮން މެވްސް އެއްޗެއް ދައުލަތުން ދޭންވާނެ ކުރިން 18 އަހަރުވާދެން ނަ މަވެސް

    71
    2
  2. މީހާ

    ފުލުހެއް ވިޔަސް މަރުވީމަ ކުރާނެ ކަމެއްނެތް. ހަމަ ވަޅުލަން ޖެހޭނީ.
    މަލާއިތުން ހަމަ އެމީހަކާއި ސުވާލު ކުރާނެ.

    11
    26
    • ތުނިޔަ

      ޙާދަ ރަހުމް ކުޑައޭ.

  3. ފާއިޒް

    މަރުޚޫމައް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި..

    62
    1
  4. ދީދީ

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎

    61
    1
  5. ކޮރަލް

    ދެން އާއިލާ އަށް މަހަކު 2 ހާސް ރުފިޔާ ނަމަވެސް ދީބަލާށެވެ.

    49
    2
  6. ޢެމް

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

    19
    1
  7. Anonymous

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

    11
  8. ްްޞަެެޔަ

    ވަރަ ދެރަ